މަސް ކިރުމަށް ދޯނިތައް ކޫއްޑޫގެ ފަޅުގައި އަޅާފައި: މިފްކޯއަށް މަސް ކިރާ މިންވަރު މިއަދު ވަނީ ލިމިޓްކޮށްފައި
27 އެޕްރީލް 2017 - 18:53
ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯ އަށް ބާރު ބޮޑުވުމާއެކު، ދޯނިތަކުން މަސް ކިރާ މިންވަރު މިއަދު ލިމިޓްް ކުރީ އެ ކުންފުނީގައި ކޮރަޕްޝަން ބޮޑުވެގެން ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.
މިފްކޯއިން މިއަދު ވަނީ އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖް ކުރުމަށް، މަސް ކިރުވާ ކޮންމެ ދޯންޏަކުން ގަނެވޭނީ 2.5 މެޓްރިކް ޓަނުގެ މަސްކަމަށް ކަނޑައަޅާފަ އެވެ. އެތަނުން ބުނިގޮތުގައި މަސް ކިރާ މިންވަރު ލިމިޓު ކުރީ މިފްކޯ އަށް މަސް ލިބެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، މަސް ގަތުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށެވެ.
މިކަމަށް ފާޑު ވިދާޅުވެ ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފްކޯއިން އެ ކުންފުނީގެ ފިޝަރީޒް ކޮމްޕެލްކްސް ހުންނަ ގއ. ކޫއްޑޫގެ ކުރިމަގަށް ވެސް އިހުމާލުވެފައިވާ ކަމަށެވެ.
"މަސްވެރިކަމުގެ ސިނާއަތުން މި ފެންނަނީ ސަރުކާރުން މަސްވެރިންނާ މެދު އިހުމާލުވަމުން ދާތަން،" މަސްވެރިންނަށް ކުރާ "އަނިޔާ" ހުއްޓާލަން ގޮވާލައްވައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެ އެވެ.
މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އެއްފަހަރާ ރައްކާ ކުރެވެނީ 2000 ޓަނުގެ މަހެވެ. އެކަމަކު މިފްކޯގެ މަސްބޯޓުތަކާ އެކު ޖުމްލަ 3،500 ޓަނުގެ މަސް ރައްކާކުރެވެ އެވެ. މިދިޔަ ދެ ދުވަހު ވެސް މިފްކޯ އަށް 720 ޓަނު މަސް ކިރުވި އެވެ. އެއީ ދުވާލަކު 360 ޓަނުގެ މަހެވެ. އައިސް ނާޅާ 1.5 ކިލޯ އިން ފެށިގެން މަތީގެ ކަޅުބިލަމަސް މިފްކޯ އަށް މިވަގުތު ގަންނަނީ ކިލޯއެއް 17ރ. އަށެވެ. އަދި އައިސް އަޅާފައި ހުންނަ މަސް ކިލޯއެއް ގަންނަނީ 19ރ. އަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިބަޅި
30 April 2017
މަލްޓި ޕާރޓީ ޑިމޮކްރަސީއެއްގަ ސަރުކާރު ހިންގާ ފަރާތް ކޮރަޕްޓު ނުވެ ހިފެހެއްޓޭނީ އިދިކޮޅު ސިޔާސީ ޕާރޓީތައް ކޮރަޕްޓް ނުވެ ތިބެގެން. އެކަމަމު ސަރުކާރަށްވުރެ އިދިކޮޅު ފަރާތްތައް ކޮރަޕްޓް. ސަރުކާރުން ހިންގާ ހުރިހާ ކޮރަޕްޝަނެއްގަ އިދިކޮޅު ޕާރޓީތަކުން ބައިވެރި ވެފަ ދެން ސަރުކާރު ކޮރަޕްޓޭ ކީމަ އެކަން އެހާ ސަޅިއެއްނޫން.
ބަލާ މީހެއް
30 April 2017
މިވަރުންވެސް ބުނަންވީ ހަމަ ތަރައްޤީ ވެޔޭތަ؟ ނޫނީ ޤައުމަށް ޤައުމުގެ އިޤްތިޞާދު ކުރިއަރައޭތަ : ކޮންމެތަނަކުންވެސް ފައިދާއެއް ފެންނަނީ ރައްޔިތުމ،ީހާގެ ޖީބުން ސަރުކާރަށް ނަގާފައިސާ އިރުތުކޮށްގެން ފައިދާކުރެވޭތަން ؛ އިމާރާތްތަކަކީ ތަރައްޤީތަ :
މޫސާބޭ
29 April 2017
މި މައްސަލައަށް ޕޮޒިޓިވް ރޫޙެއްގަ އެޑްރެސް ކުރަމާތޯ ސަޢުދު. އަޞްލު މައްސަލައަކީ ކޮބައިތޯ؟ ކޮންމެސް އެއްގޮތަކަށް ޕްރޯސެސް ކުރަން މިއުޅެނީ. މަސްކޮޅު އުކާނުލާ ފަރުޖެއްސޭތޯ މިއުޅެނީ.
ނިސްމޯ
28 April 2017
މިއުޅެނީ މަސްފިނިކުރަން ނޭނގިގެން ނޫން. ޓޫރިޒަމް އޭކިޔާފަ މީހަކު އަނގަ ހުޅުވާލިޔަސް ސަރުކާރު ހީވަނީ ނީސްތައްޓަޢް އަރައިގެން އުޅޭހްން. މަސްވެރިކަމަކާ އަޅާލުމްއްނެތް.
ބޭއްޔާ
28 April 2017
ސައުދަކީ މިފްކޯ އުފެއްދި އެންމެ ރަނގަޅު އެއް ކެޕްޓަން، މަސްގެނެ، އެ މަސް ފިނިކޮށް ހެނޑްލް ކުރަން އެންމެ ރަގަޅަށް އެގޭނެ އެކަކު،
ޝައުކަތު
27 April 2017
ތިދެން ބޮޑުވަރު. މިފްކޯއަކީ ގައުމުގައި އޮޮތް އެންމެ ކޮރަޕްޓް ކުންފުނި މައުމޫނުގެ ދައުރުއްސުރެ. މިއަދު މިފްކޯ އެސްޓީއޯ ދަށަށް ގެނެސް، ޕްރޮޑަކްޝަން އިތުރު ކުރަން ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަ ކުރެވޭ. އެކަންތައްތައް ދަނީ މީޑިއާތައް މެދުވެރިކޮށް އަންގައިދެމުން. މިގޮތަށް ކުރިއަށް ދަނިކޮށް ﷲގެ ހެޔޮ ރަހުމަތް އިތުރުވެ މަސްވެރިކަން ރަނގަޅުވީ... ހެސްކިޔާފައި. މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ބަލަންވީ ކޮން ކަމެއްތޯ ކޮށްދެވޭނީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރަން ވީ އެންމެ އަވަސް މުސްތަގުބަލެއްގައި. ވަގުތީ ގޮތުންވެސް ކެޕޭސިޓީ އިތުރު ކުރަން ކޮން ކަމެއްތޯ ކުރެވޭނީ. ހުރިހާ އެންމެން އެއްޗެހި ކިޔައި ރުޅިވެރިކަމާއި ފަސާދަ އުފައްދާނަމަ ދުވަހަކުވެސް ގައުމު ކުރިއަކަށް ނުދާނެ.
މަރީ
27 April 2017
އަސްލުވެސް ސައުދު ތިބުނީ ރަގަޅުވާހަކައެއް ، 30 ހަކަށް އަހަރުވެގެންދާއިރުވެސް ކޫއްޑޫގެ ހާލަތު ބަދަލުނުވެ އޮތީ ޖެހުނުތަނަކުން ކައި ހުސްކުރާތީ ، ތިމެންނަމެން ހުސް ބިލް ނުދޭނަމެ ބުނި އެސްޓީއޯ އިން ކޫއްޑޫ އާއި ހަވާލުވެ މިހާރު އެއްކަލަ ހުސްބިލް ވެސް ދޭންފަށާފި
GAN Island
27 April 2017
ދައުލަތުގެ މަސްކުންފުނިން މަސްގަތުމަށް އުޒުރުވެރި ވަނީ އެމީހުންނަށް އެކަން ނުކުރެވޭތީ ނުވަތަ އެމީހުންގެ ގައިގަ ޤާބިލް ކަން ނެތި ނުކުޅެދުންތެރިވެފައިވާތީ. . . . އެހެން ކަމުން ރާއްޖޭގެ މަސްވެރިންގެ ހިމާޔަތަށް ބޭރުގެ ފަރާތް ތަކަށް ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރަން ހުޅުވާލަން ޖެހޭ. . . . ހަމަ އެކަނި ފަތުރު ވެރިކަމަށް ދައުލަތުން އިސްކަންދީގެން ފަތުރުވެރިކަމަށް ދައުލަތުގެ ފައިސާ ހަރަދުކޮށް ކަންކަން ކުރަނީ އެދާއިރާގައި ތިބި މަދު ބައެއްގެ މަސްލަހަތު ރައްކާތެރި ކުރުމަށް. މަސްވެރިންނަށް އެފަދަ މަގެއް ހުޅުވާ ނުލަނީ އެއީ އަތޮޅު ތަކުގެ އާންމު ރައްޔިތުން އަތަށް އަރާ ފައިާ ކޮޅަކަށްވާތީ.