އުލިގަމު ސިޓީ ހޮޓާ ހަދާ ސަރަހައްދުގައި އޮތް ހަލާކުވެފައިވާ އެކްސްކަވޭޓަރެއް: އެތަނުގައި ހުރި ތަކެތި ނީލަން ކިޔަން ވަނީ ނިންމާފައި.
29 އެޕްރީލް 2017 - 14:28
ހއ. އުލިގަމުގައި 100 އެނދުގެ ސިޓީ ހޮޓަލެއް ހަދަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ން ގެންދިޔަ ބައެއް ތަކެތި ނީލަމުގައި ވިއްކާލަން އެ ކުންފުނިން ނިންމައިފި އެވެ.
ޒަމާނީ ފެންވަރުގެ ސިޓީ ހޮޓަލެއް ހެދުމަށް، ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށުން އެމްޓީޑީސީ އަށް ވަނީ ފެބްރުއަރީ 27، 2007 ގައި 36 ހެކްޓަރުގެ ބޮޑު ބިމެއް ދީފައި އެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުގެންދެވިގެން އެންމެ ފަހުން ސަރުކާރުން ވަނީ އެ އެއްބަސްވުން އުވާލައިފަ އެވެ. މީގެ އަހަރުތަކެއް ކުރިން އެއްބަސްވުން އުވާލިއިރު، ހޮޓަލުގެ 40 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީޑީސީން ބުނެފައިވެ އެވެ.
އުލިގަމު ސިޓީ ހޮޓާ ސަރަހައްދުގައި އޮތް ވެހިކަލެއް.
އެތަނުގައި ހުރި ތަކެތި ވިއްކާލަން އެމްޓީޑީސީން ނެރުނު އިއުލާނުގައި އެދިފައި ވަނީ ހޮޓާ އަޅަން ގެންދިޔަ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން އުލިގަމު ކައުންސިލަށް ހުށަހެޅުމަށެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ތިން ދުވަސް ތެރޭގައި އުލިގަމު ކައުންސިލަށް ފައިސާ ދެއްކުމަށް ފަހު 10 ދުވަހުގެ ތެރޭގައި އެތަކެތި ގެންދަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އުލިގަމު ސިޓީ ހޮޓާ އަޅަން ގެންދިޔަ ތަކެތީގެ ތެރެއިން ވިއްކާލަނީ ކޮން އެއްޗެތިތަކެއް ކަމެއް އިއުލާނުގައި ނެތެވެ.
ސިޓީ ހޮޓާ އަޅަން ގެންދިޔަ ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުންކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެތަނުގައި އަދިވެސް ގިނަ އަދަދަކަށް ބާ ހެވީ މެޝިނަރީ ވެހިކަލްތަކާއި ކޭބަލާއި ލަކުޑި އާއި ދަގަނޑު އަދި އެޅިގާ ވެސް އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީރާނަ
30 April 2017
އަދި މާއަވަހެއް ނޫންތަ ތި ތަކެތި ވިއްކާލަން މިކުރެވެނީ ކީތަ މިކުރެވެނީ ވީރާނާ ދޯ ؟؟؟؟؟
ޢަބްދުﷲނާފިޒު
29 April 2017
ސިޓީ ހޮޓާ އަޅާ ނިންމާފަ، އެތަނަށް ޕިކަޕެއް ވައްދާފަ ދެއްތޮ، ހީހީހީ.
އުލިގަމު އެންޑް ބުރޭޒް
29 April 2017
މިހާރު ފެންނަމުން މިދަނީ މާލޭ މީހުންނާއި ރާއްޖެތެރޭ މީހުން ހަމަހަމަ ވެގެންދާތަނެވެ. ކުދި ވިޔާފާރި ވެރިންނާއި ބޮޑެތި ވިޔަފާރި ވެރިން ހަމަހަމަ ވެގެންދާތަނެވެ. ފަގީރުންނާއި މުއްސަދިން ހަމަހަމަ ވެގެންދާތަނެވެ. ފައިންޕުޅާއި ބޫޓުކޮޅު ހަމަހަމަ ވެގެންދާތަނެވެ. ވެލާނާ އެއާޕޯޓާއި ރާއްޖެތެރޭ އެއާރޕޯޓްތަށް ހަމަހަމަ ވެގެންދާތަނެވެ. މިހެން ގޮސް ކިޔާނެކަމަމެއް ނެތެވެ. އެކަމަކު ރާއްޖެތެެރޭ މީހުންނަށް ފައިންޕުޅާއި ބޫޓު ވަކިކުރާން އެނގެއެވެ. ވަރައްސަލާމް
ޖޭޑު
29 April 2017
ދެން ވިއްކާލާނީ (އެސް އޯ އެން ) ސަން އައިލެންޑް
އެމެންދޯ
29 April 2017
އުލިގަމުގައި ސިޓީ ހޮޓާ ހަދަން ގެންދިޔަ ތަކެތި ނީލަމުގައި ވިއްކާލަނީ އެވެ. މީ ރަންރީނދުލޭ މެންގެ ވެރިކަމުގައި އެމެން ކަނޑުކޮސް އުސޫލުން ތަންދޮރު ނޭނގި މަސައްކަތް ފެށި އުލިގަމް ހޮޓަލަށް ވީގޮތް. ލާރި ގަނޑު މަޅާލާފައި މެޝިނަރީސް ތައް ވެސް އެތަނަށް އުކާފައި ފިލީ ދޯ. ކީއްކުރާނީ ދެން.
ހޯދާ
29 April 2017
ރަނގަޅަށް ތާރީޚްގެ ތެރެއިން ބައްލަވާލައްވާ....
ބޫ
29 April 2017
ތިބފޅާގެ ތެދުވެރިކަން އެބަ ފެނެއެވެ. ތަންދޮރު ބަލާ މިންވރާއި އެނގޭ މިންވަރު އބަ ފެނެއެވެ. ލިޔުމުގައި 27 ފެބުރުއަރީ 2007 ލިޔުނީމާވެސް ތިޔަ ކެނޑީ ނަޝީދު ބޮލަށެވެ. ޙަސަދަވެރިވިޔަސް ތީ ބޮޑުވަރު ދޯ؟؟؟؟
މަރީ
29 April 2017
މިކަހަލަ ކޮންމެ ވަގުތެއްގަ ރައީސް ނަޝީދުމަތިން ވަރަށް މިސްވޭ
މުހަައައްމާ
29 April 2017
ހަޖަމް
ދޮންބެ
29 April 2017
މިސަރުކާރުން ބަެއް ރައްރަށުގަ ޖަލްސާ ބާއްވާ ބިންތަކަކީ ވެސް ކުރީ ސަރުކާރުން ހިއްކާފަ ހުރިބިންތަށް އަޅެ ލަދެއް ނުގަނޭތަ އެތަންތާގަ ޖަލްސާބާއްވާން. އެތަންތަން ވެސް ވިއްކާލާ
ނޫނުއަލިފް
29 April 2017
އެހެންވިއްޔާ ކުރީގެ ސަރުކާރުން އެމީހުން އެ ބުނާ ޑީކްޓޭޓަރު ހިއްކާފައިވާ ހާދަ ބިމެއްގައި ޖަލްސާ ބާއްވާފައި އޮންނާނެތާ! މެމޯރީ ޑިލީޓްނުވަންޏާ އުސްފަސްގަނޑާ ރާޅުގަނޑު ސަރަހައްދު ވިސްނަވާލައްވާ! ނުވީތާކަށް މި ސަރުކާރުން މިހާރު ހިއްކާފައިވާ ކިތައްކިތައް ބިމުގައި މިހާރުވެސް ޖަލްސާ އެބަ ބާއްވަމު! ކެކެކެކެކެކެކެ
ހަސަނު
29 April 2017
އމޑޕ ސަރުކާރުގަ ރައްރަށުގައާއި މާލޭގަ އާއި ހުޅުމާލޭގަ އަޅާފަ ހުރި ފުލެޓުތަކާއި ރޯހައުސްތަށް ވެސް ނީލަން ކިޔާ ވިއްކާލާ. އަދި ރައްރަށުގަ އެޅި އެއާރ ޕޯޓްތަކާއި އައްޑޫގަ ހެދި ކޮންވެންޝަން ސެންޓަރުވެސް. މީގެ އިތުރުން ރައްތަށުގަ ހިއްކި ބިންތަކާއި ހެދިހާ ބަދަރުތަކަކާއި މީހުންނަށް ލޯނުދީގެން އެޅިހާ ގެސްޓްހައުސްތަށް ވެސް ނީލަންކިޔާ ވިއްކާލާ. އެކަމަކު އެމްޑީޕީ ސަރުކާރަށް ރައްޔިތުން ދީފައިވާ ލޯތްބާއި ހިތާހިތުގެ ގުޅުން ނީލަން ކިޔާ ވިއްކައެއް ނުލެވޭނެ
ސިންތިލީ ވޫމް
29 April 2017
މުޅިތިޔަ ހޮޓާހަދާ ދޭނަން މަޝައްދީ %12 އެކު 2 އަހަރުން ނިމާލާނަން