ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް: އޭނާ ހައްޔަރުކޮށްގެން އުޅެނީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވޭ. --މިހާރު ފޮޓޯ/ހުސައިން ވަހީދު
29 އެޕްރީލް 2017 - 19:58
ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަންކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި މިއަދު ސޮއިކުރަން ފަށައިފި އެވެ.
އދ. މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވިދާޅުވީ ގާސިމް ބަންދުކޮށްގެން އުޅެނީ އެއްވެސް ކުށެއް ކުރައްވައިގެން ކަމަކަށް އެ ރަށުގެ ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ. އެހެންވެ، ގާސިމް ވަގުތުން ދޫކޮށްލަން ގޮވާލައި މިއަދު ސޮއިކުރަން ފެށި ޕެޓިޝަން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށާއި މާމިގިލީ ރައްޔިތުންގެ އިތުރުން، ގާސިމް ހައްޔަރުކުރީ ނުހައްގުން ކަމަށް ގަބޫލުކުރާ ގިނަ އަދަދެއްގެ ބަޔަކު އޭގައި ސޮއިކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާމިގިލީ ރައްޔިތުން ދެކޭގޮތުގައި ގާސިމް ހައްޔަރުކޮށްގެން އުޅެނީ އެއްވެސް މައްސަލައެއް އޮވެގެނެއް ނޫން. ޖަލްސާއެއްގައި ގާސިމް ވިދާޅުވަނީ މަޖިލިސް މެމްބަރުން އަންނަ ދައުރަކަށް ހޮވައިދޭން މަސައްކަތް ކުރައްވާނެ ކަމަށް. ޕާޓީތަކަށް މީހުން އިތުރުކުރާށާއި ކެމްޕޭންތަކަށް ފާޅުގައި ފައިސާދޭ މަންޒަރު ވެސް އެބަފެނޭ، މިއީ ކުށަކަށް ނުވެ، ގާސިމް ދެއްކެވި ވާހަކައަކާ ހެދި ބަންދުކުރީ،" ޖުނައިދު ވިދާޅުވި އެވެ.
ދައުލަތަށް ވަންނަން ޖެހޭ ފައިސާ ގޯނިގޯނީގައި ބެއްސެވި ކަމަށް ފާޅުގައި މަޖިލިސް މެމްބަރަކު ވިދާޅުވެފައިވާއިރު، އެކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި ގާސިމް ބަންދުކޮށްގެން ގެންގުޅުމަކީ އިންސާފުތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.
"އެހެންވީމަ މާމިގިލީ ރައްޔިތުން ނޭދޭ ގާސިމް ބަންދުކޮށްގެން ގެންގުޅެން،" އޭނާ ވިދާޅުވި އެވެ.
ގާސިމަށް ތުހުމަތުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލާގައި ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލައި ޝަރީއަތް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސައިން
30 April 2017
ވިލާގެ ވަޒީފާގައި އުޅުނަސް، އެހެންތަނެއްގެ ވަޒީފާގައިއުޅުނަސް ދިވެހި ރައްޔިތެއްވެއްޖެއްޔާވާނީ ހަމަ ދިވެހިރައްޔިތަކަށް. ޤާސިމަށްވެސް ނުޙައްޤުން އަދަބުދިނުމަކީ ރަނގަޅުކަމެއްނޫން. އަދި ޙާލަތު މިހާރުއޮތްގޮތުން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ސޮއިކޮށް މަޖިލީހަށް ހުށަހެޅިއަސް ވާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. އެތާގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕާޓީ ބަދަލުކޮށްގެން ތިއްބެވި ބޭފުޅުން އިސްތިއުފާދެއްވާފަ އަލުން އެދާއިރާތަކަށް ކުރިމަތިލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީމާވެސް އެތިއްބަވަނީ ގޮތް ދޫނުކޮށް ގަނޑިތަކުގައި ބަގުޑިބައްދައިގެން.
ޕޮކަންޑި މޭން
30 April 2017
މަޖިލީހަށް ހުށަހަޅާ ޕެޓިޝަނަކުން ވާ ކަހަލަ ކަންތައްތަކެއްނޫން ތިހުންނަނީ.
ރާޖާ
30 April 2017
މާމިގިލީ ރައްޔަތުންނޭ ކިޔާފައި ޕެޓިސަން ހުސައެޅުމަކީ ކައުންސިލްގެ އިންނަވާ ޕަޕެޓް ރައީސް ކަނޑައެޅިގެން ހައްދާ އިތުރުފުޅެއް، އިހްތިޖާޖަށް ނިކުންނަށް މީހުންނަކީ ވީލާގެ ވަޒީފާ ތަކުގައި މަސައްކަތް ކުރާ މުއްޒަފުން ނާއި ރަށުތެރެއިން ނިސްބަތުން ވަރަށް މަދުބައެއް، މާމިގިލީގައި ކޮންކަމެއްތަށް ގާސިމް އިބްރާހިމް އަމިއްލަ ފައިދާއެއްނޫން ގޮތަށް ކޮއްފައި އޮތީ؟ ކޮބާ މާމިގިލިގައި ގާސިމް އިބްރާހިމް އަޅަންބުނި ހޮސްޕިޓަލް، ގާސިމްގެ ފަހަތުން އުޅޭ ހުރިހާ އައުވާނުން ނަކީ ގާސިމް ސިޔާސީ ދާއިރާއަށް ނެރެ ގާސިމްގެ ވިޔާފާރި ހަލާކު ކޮއްލަންއުޅޭ މީހުން އެއްގޮތަކަށްވެސް ގާސިމްއަށް ރަނގަޅުގޮތެއްވާން އެދޭ ބަޔެއްނޫން، ތިތަނުން ކޮންމެ މީހަކުވެސް ބޭނުންވަނީ ގާސިމް އަތުން ކޮމެވެސް ނާޖާއިސް ފައިދާގަނޑެއް ނެގުން އެހެން ނޫންނަމަ ގާސިމް މިއަދަވަޅައް ތިންވަންފަހަރަށް ވައްޓައެއް ނުލާނެކަން ކަށަވަރުވެ ޔަގީންވޭ، ދެން އޮތީ އެމްޑީޕީ މީހުން ގާސިމަށް ހެޔުއެދިދާނެތަ؟
އަފިރި
30 April 2017
ވަރަށް ބޮޑު ތެދެއް. މަވެސް މީ މާމިގިލި. މާމިގިލި ހޮސްޕިޓާ އަޅަން ދޫކުރި ބިންވެސް އޮތްގިތަށް، މާމިގިލި އަމީނީމަގާ ރަށްްދެބައިމަގު ގުޅޭ ކަަންމަތީގައި އަޅަން ބުނި ސަންގުމަރުމަރު ހިލައިގެ މިސްކިތްކިބާ...މާލެ ސަރަހައްދުުން މާލެ ފިޔަވައި ދެން އެންމެ ބޮޑު އާބާދި އެއްއޮތް އިރު ސިއްޙީ ނިޒާމް މުޅިން ފެއިލް.. މިސަރުކާރުންވެސް މާމިގިލިގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރައްވާނެނަމަ ވރަށް ރަނަގޅު. މާމިގިލި ރައްޔިތިންގެ އިތުރުން މާމިގިއްޔަށް ދިރިއުޅޫން ބަދަލުކޮށްގން އޅޭ މިހުންނަަ ،ފެންފުށި، ދިގުރަށް، ދިއްދޫ އިތުރުން ރިizޯޓްފަކުންވެސް އެތައްބަޔަކު އާދޭ
ތަކުރު
30 April 2017
އެމްޑީޕީ ކުދިން މިކަމާ ކީކޭ ބާބުނަނީ!!!.؟ޤާސިމް ދޫކޮށްލަން ގޮވާލާއިރު ނަޝީދު އެގޮތުގަ ބަހަށްޓަން ތިޔަކުދިން ހަމަ ރުހެނީބާ؟؟؟!ޢމިށްލަ ފަސްގަޑުގަ ފައި ޖައްސާ ލެވޭވަރު ކޮއްލަދޭން ގޮވާލާނެ އިބިލީހެށްވެސް ހަމަނެތީބާ؟؟؟!!ބަހުން ލޯބިވާ ރައިސް ނަޝީދު....އަމަލުން ބަޤާވާތުގެ ބޮޑު ސޭޓައް ހުރިހާކަމެއް؟؟!!ހަރުބަހެށް...ކެއު ކެޑީމަ ވާގޮތް ދޮތަ؟؟؟!
ޕޮގުބާ
30 April 2017
42 މެންބަރުންނާއެކު ޕެޓިސަން ހުށައަޅާ ނުކުރާނަމެގަބޫލެއް އެހެންނޫނީޔައެއް
ސ
30 April 2017
އެއްކަލަ ތާއީދު ނެތްކަމާށް ދައްކަން އުޅުނު ފެންފުށިގަވެސް ތިޔަ މަސައްކަތް ބާރަށް އެބަ ކުރިއަށްދޭ....ހެހެހެހެ
އދ
29 April 2017
މާމިގިއްޔަށް ސަރުކާރުން ކޮށްދިން ކަމެއް ކޮބާ...އަނދުން އެޅުވީ ލޮލުގަ
ހަސަނު
29 April 2017
މާމިގިލީ މީހުން ވާހަކަ ގިނަނުކުރާށެވެ. ގާނޫނީ ހުކޭމަތަށް ގޮންޖަހަންޏާ އެއީ އެއްމެން ޖަލަށްދާން ޖެހިދާނެ ކަމެކެވެ.