ވިޔަފާރި / އެމްޓީސީސީ ޓްރާންސްޕޯޓް ޑިޕާޓްމެންޓް

އެމްޓީސީސީގެ ޓްރާންސްޕޯޓް ލިންކަށް އިތުރު އުޅަނދުތަކެއް ނެރެފި

އެމްޓީސީސީގެ ޓްރާންސްޕޯޓް ލިންކަށް އިތުރު އުޅަނދުތަކެއް ނެރުމުގެ ހަފުލާގައި އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒް ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

30 އެޕްރީލް 2017 - 23:17

5 comments

ހުޅުމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެމްޓީސީސީގެ ޓްރާންސްޕޯޓް ލިންކަށް އިތުރު އުޅަނދުތަކެއް މިރޭ ނެރެފި އެވެ.

ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނިން މިރޭ ވަނީ ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރުމަށް 125 މީހުގެ ޖާގައިގެ ދެ ފެރީ އާއި 44 މީހުންގެ ޖާގައިގެ ދެ ބަހާއި 11 މީހުންގެ ޖާގައިގެ ތިން ވޭނާއި ހަތަރު މީހުންގެ ޖާގައިގެ ކާރެއް ހިދުމަތަށް ނެރެފަ އެވެ.

އެމްޓީސީސީގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް ގެނައި ހުރިހާ އުޅަނދުތަކެއް މިރެއިން ފެށިގެން ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި ކުރިއާ ހިލާފަށް އެ ބަޔަކު ބޭނުން ސައިޒެއްގެ ވެހިކަލެއް ކުއްޔަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ފެރީގެ ހިދުމަތަށް އެމްޓީސީސީން އަލަށް ގެނައި ފެރީތަކެއް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"ކުރީގައި އަޅުގަނޑުމެން ކުއްޔަށް ދަތުރުކުރަން ހުޅުމާލޭގައި ބޭނުންކުރަނީ ކާރު. މިހާރު އޭގެ ބަދަލުގައި ވޭނާއި ބަސް ވެސް ލިބޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެމްޓީސީސީން މިރޭ ވަނީ ހުޅުމާލޭގެ ހުރިހާ ނެއިބާ ހުޑްތަކާއި ސްކޫލްތަކާއި ސަރަހަރާ އަށް ދަތުރުކުރެވޭ ގޮތަށް ސެންޓަލް ބަސް ރޫޓެއް ތައާރަފްކޮށްފަ އެވެ.

ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އާ ވެހިކަލްތަކާއި ފެރީ ދޯނި އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ޗެއާމަން އަހުމަދު ނިޔާޒެވެ.

އެމްޓީސީސީން ހުޅުމާލޭގައި ބަހުގެ ހިދުމަތަށް އަލަށް ގެނައި ބަހެއް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެއާމަން ވިދާޅުވީ އެމްޓީސީސީން މަސައްކަތްކުރަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވީހާ ވެސް ލުއި ފަސޭހަ ގޮތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ދެމުން އަންނަ ޓްރާންސްޕޯޓް ނެޓްވޯކުގައި އެކި މޮޑެލްތައް ބޭނުންކުރެވިގެންދާނެ. އެމްޓީސީސީއަކީ ރާއްޖޭގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތް ވިޔަފާރި އުސޫލުން ކުރަމުން އައި ނަމަވެސް މޮ ހިދުމަތް ދެމުން އަންނަނީ ރައްޔިތުންނަށް ވީހާ ވެސް ހެޔޮއަގެއްގައި ކުރެވޭނެ ގޮތަށް ނިޒާމް ބައްޓަންކޮށްގެން،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުގައި ދެމުން އަންނަ ފެރީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެ ހިދުމަތް ދެމުން އަންނައިރު ހިދުމަތުގެ ފެންވަރާ މެދު ހިތްހަމަނުޖެހިގެން ޝަކުވާތަކެއް ލިބޭ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

"މިރޭ މި އިފްތިތާހުކުރެވުނު އުޅަނދުތަކަކީ އެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ގެނައި އުޅަނދުތަކެއް. އިރާދަކުރެއްވިއްޔާ ބްރިޖްގެ މަސައްކަތް ނިމުމާއެކު ހުޅުމާލެއިން މާލެއަށް ދަތުރުކުރުމަށް ރަނގަޅު ބަހުގެ ނިޒާމެއް ގާއިމުކުރުމަށް ދަނީ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.

5 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 5%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުކްވެލް

01 May 2017

މާލޭގެ ޕަބްލިކް ޓްރާންސްޕޯރޓް ސިސްޓަމް އެބަޖެހޭ ރަނގަޅު ކުރުމަށް ޓަކައި އެމްޓީސީސީން އެކަން ކުރަން ފަށަން. ރޭގަނޑު 12 އިން ފެށިގެން ގޮސް އިރުއަރާ 6 އާއި ދެމެދު ޓެކްސީ އެއް ހޯދަން އުޅޭ ބަޔަކަށް މާލޭން ޓެކްސީ އެއް ނުލިބޭ އަދި ޕިކަޕެއް ނުލިބޭ. މީހަކަށް ސްޓްރޯކެއް ޖެހިގެން ނުވަތަ އެހެން ކަމެއްވެގެން ނުވަތަ އެކްސިޑެންޓެއް ވެގެން ވެސް ހޮސްޕިޓަލަށް ދާން ޖެހިއްޖެނަމަ ޓެކްސީ ނުލިބިގެން ނުދާ ތިބެން މިޖެހެނީ. ދެން އަނެއް ކަމަކީ އެއާރޕޯރޓަށް ފުރަން އެގަޑީގައި ދާން ޖެހިއްޖެނަމަ ދެވޭނެ އެއްގޮތެއް ވެސް ނެތް އާދައިގެ މީހަކަށް. ލަގެޖް ނުލާ ނުދެވޭނެ ނޫންތޭ. ކަން މިހެން ހުރުމުން ފްލައިޓް ވާނީ ކެންސަަލް އެވެ. މީ ހަގީގަތަކީ. މިކަން އިނގޭނެ މާލޭގައި ޓެކްސީ އަދި ޕިކަޕްސް ތަކުގެ ޚިދްމަތް ހޯދާ ފަރާތް ތަކަށް. އިނގޭހާވެސް އެއްޗަކީ މާލެ ސަރަހައްދުގައި ޓެކްސީ ކުރުުމުގެ ކަންކަން އަމިއްލަ ފަރާތް ތަކަށް ނުކުރެވޭނެ ކަން އަދި ޕިކަޕްސް ޚިދްމަތް ދިނުމުގެ މަސައްކަތް އަމިއްލަ ފަރާތް ތަކަށް ނުކުރެވޭނެ ކަން. ޓެކްސީ ސެންޓަރުން ހުރިހާ ފޯލްޓެއް އަޅުވަނީ ޓްރާންސްޕޯރޓް އޮތޯރިޓީގެ ބޮލުގައެވެ. އެމެންގެ އެއްވެސް ޒިންމާ އެއް ނޯވެއެވެ. ކަން މިހެން ހުރުމުން މިކަމަކީ ސީދާ ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ވިސްނަން ޖެހޭނެ ކަމެކެވެ. އެމްޓީސީސީ އަށް މާލޭގެ ޕަބްލިކް ޓްރާންސްޕޯރޓް ސިސްޓަމް ނުދީ ހެޔޮ ނުވާނެ 2018 ގެ ރިޔާސީ އިންތިޚާބާއި ކުރިމަތިލާން. އެތައް ބަޔަކަށް ޓެކްސީ ނުލިބިގެން ވޯޓް ލުމުން ވެސް މަހްރޫމް ވާނެއެވެ.

The name is already taken The name is available. Register?

މަރީ

01 May 2017

ވިހި މިނިޓުން ވިހި މިނިޓުން ބަސް އޮންނަނީ، ވިހި މިނިޓުން ބަސް ލިބިގެން ދާއިރު ފެރީއެއް ނޯވޭ، އަނެއް ފަނަރަ މިނިޓް އެތާ. ހުޅުމާލެއަށް އައިސ ފެރީން ފައިބާތަނުން ވެސް ތިބަސްތައް ކުރިން ތިބި ފަސް މީހުން އަރުވައިގެން، ފަހުން އައ ފެރީ މީހުންނަށް އެ ހިސާބަށް ނުދެވެނީސް ނައްޓާލާ!

The name is already taken The name is available. Register?

ބަލަންވީ

01 May 2017

އެމްޓީސީސީގެ ޓްރާންސްޕޯޓް ލިންކަށް އިތުރު އުޅަނދުތަކެއް ނެރެފި ކަމުގައިވާނަމަ އެމްޓީސީސީ އަށް ދެވެންވާނެ މާލޭގެ ޕަބްލިކް ޓްރާންސްޕޯރޓް ސިސްޓަމް އަދި ހުޅުމާލޭގެ ޕަބްލިކް ޓްރާންސްޕޯރޓް ސިސްޓަމް އަދި މާލެ ވިލިގިލީގެ ޕަބްލިކް ޓްރާންސްޕޯރޓް ސިސްޓަމް އަދި ތިލަފުށި ޕަބްލިކް ޓްރާންސްޕޯރޓް ސިސްޓަމް އަދި ގުޅިފަޅުގެ ޕަބްލިކް ޓްރާންސްޕޯރޓް ސިސްޓަމް. އެމްޓީސީސީން އެބަޖެހޭ މާލެ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޯރޓް ސިސްޓަމް ނަގަން ކޮންމެ ގޮތެއް ހަދާ ނަމަވެސް. މާލެ ސަރަހައްދުގައި މިހާރު ޓެކްސީ ކުރާ ފަރާތް ތަކަށް އެކަން ނުކުރެވޭނެ ކުރިއަށް އޮތް 5 އަހަރު ދުވަހު ވެސް. އެމެންނަކީ އެހާ ފައިނޭންޝަލް ކެޕޭސިޓީ ހުރި ބަޔެއް ނޫނެވެ. މާލެ ސަރަހައްދުގައި ޕަބްލިކް ލޭންޑް ޓްރާންސްޕޯރޓް ޚިދްމަތް ދެވޭނީ ހަމައެކަނި އެމްޓީސީސީ އަށެވެ. ސަބަބަކީ އެމެންގެ ކިބައިގައި ފެންވަރެއް ހުރީ. އެމެން އެކަން ކުރަން ފެށުމުން އަގު ކޮންޓްރޯލް ކުރެވި ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރެވެނީ.

The name is already taken The name is available. Register?

މުގާބޭ

30 April 2017

ބުރިޖު އަޅާ އެއޮށް ނިމެނީ. ދެން ކީއްވެ އިތުރު އުޅަނދެއް؟؟

The name is already taken The name is available. Register?

ހާމިދް

30 April 2017

ޗެއަރމަނަށް ދަންނަވަން އޮތީ ތ.އަތޮޅުގެ ރައްޔިތުން ތިޔަވަރަށް ތިޔަ ހާލު ޖައްސަނީ ޔާމީންގެ ވެރިކަމާ މީހުން ނަފްރަތުކުރުވަންވެގެންހޭ؟ އާނ! އެހެންޏަ. ކުރިން ދެ ފެރީން ދެމުން އައި ޚިދުމަތް ތިޔަ ކުންފުންޏަށް ބަދަލުވީމަ އެއްމެ ފެރީއެއް އެ ވެސް ގިނަ ދުވަހު އޮންނަނީ ހަލާކުވެފަ. މަހަކު ތިން ހިއްލުން ހިއްލުމަކު ހަތް ދުވަސް. ދެން އޭނާ ގަދަވެ ސަލާމަތުން ހުންނާނެ ދުވަސް ޗެއަރމަން ހިސާބު ޖައްސަވާ. ކުރިއަށްވުރެ އަގު ބޮޑުކޮއްފަ ކިދުމަތް ދަތިވީ. ކުންފުނި ބޮޑުވެފައި ތަޖުރިބށހުރެފަ މުއްސަދިވީމަ ވާކަމެއް ނެތް އެއްކަމެއްވެސް. ކޮންފޮނި ވާހަކަތަކެއް ދައްކައިގެން ރައްޔިތރުން ވާ ވައްދާކަށް. ހަގީގަތަކީ ޚިދުމަތް ނުދެވުން. ހޫލުމާލެއަށް ބާރަށް ދުވާ ފެރީގެނެސްގެން ފަސްމިނިޓް އަވަސްވާނެކަމަށް އަޑު އަރުވާފަ އެ އަވަސްވީ ތަންކޮޅު ދުރު ނެރަށް ބަދަލުކޮށް ކުރިން 20 މިނިޓުން ދެވޭތަނަށް މިހާރު ދެވެނީ 25 މިނިޓުން. ކިތރިޔާކަމެއް ވިޔަސް 30 މިނިޓް. އޮޅުވާލަން ނޫޅުއްވާ ހަގީގަތް ހާމަކުރައްވާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454