ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް ކައިރީގައި ސިވިލް ސާވިސްގެ މުވައްޒަފުންތަކެއް މަޑުކޮށްލައިގެން: މުސާރަ ކުޑަވުމުން ގާބިލް މުވައްޒަފުން ހޯދަން ދަތިވާ ކަމަށް ސީއެސްސީން ބުނޭ--ފޮޓޯ/މިހާރު
01 މެއި 2017 - 13:58
ދިވެހި ސިވިލް ސާވިސް އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިވިލް ސާވަންޓުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަވުން ކަމަށް ސިިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިިއަދު ބުނެފި އެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާގެ ބާޒާރާ އަޅައި ބަލާއިރު ސިވިލް ސާވަންޓުގެ މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ ސަބަބުން ސިވިލް ސާވިސަށް ގާބިލް މުވައްޒަފުން ހޯދުން ދަތިވެފައިވާ ކަމަށެވެ. މިއީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް އެ ބަޔާނުގައިވެ އެވެ.
"ތިބި މުވައްޒަފުން ވެސް ވަޒީފާއިން ވަކިވެގެން ބޮޑު މުސާރަތަކަށް ދައުލަތުގެ އެހެން ވަޒީފާތަކަށާއި ކުންފުނިތަކުގެ ވަޒީފާތަކަށް ދާ މައްސަލައަކީ ދިވެހި ސިވިލް ސާވިސް އަށް އެންމެ ބޮޑު ހީނަރުކަން ކުރިމަތިވަމުންދާ މައްސަލަ،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ސިވިލް ސާވަންޓުންގެ މަސައްކަތުގެ ރޫހު ދިރުވައި، އާލާ ކުރެވޭނެ ގޮތްތަކެއް ހޯދައި ނުދެވުމަކީ ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. ދަރިމައިވެފައިވާ މުވައްޒަފުން ވަޒީފާގެ ވަގުތުތަކުގައި އެ މީހުންގެ ދަރިން ބަލަހައްޓައިދޭން ޑޭ ކެއާ ސެންޓަރެއް ނެތުމާއި މުނިފޫހިފިލުވުން ފަދަ ކަންކަމަށް އެއްވެސް ޚިދުމަތެއް ލިބެން ނެތުމަކީ މުވައްޒަފުންގެ ޝަކުވާއެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
"މިކަންކަމާ ގުޅޭގޮތުން ސަރުކާރާ އެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ. އަދި މިކަންކަމުގެ ދިރާސާތައް ވެސް ދަނީ ކުރެވެމުންނެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރާ އެކު މަޝްވަރާ ކުރުމުގެ އިތުރުން ސައިންޓިފިކް ގޮތުން ދިރާސާތަކެއްް ވެސް ދަނީ ހަދަމުންނެވެ. އަދި މުވައްޒަފުންގެ ގާބިލްކަން އިތުރު ކުރަން ގިނަ މަސައްކަތްތަކެއް މިހާތަނަށް ވެސް ކުރެވިފައިވާ ކަމަށާއި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ސިވިލް ސާވަންޓުންނަށް މަތީ ތައުލީމް ހާސިލް ކުރުމަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށް ދެވިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އިތުރު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިބަޓީ
30 January 2019
އަހަރަމެން އިންސާނުންގެ ފިޒިކަލް ބެނުންތައް ހުންނަ ފަދައިން ސައިކޮލޮޖިކަލް ނީޑްސް ވެސް ހުރޭ. އިންސާނާ ބޭނުމެއްނުވޭ އެހެންމީހަކު އޭނާ ކޮންޓްރޯލްކުރާކަށް. އެކަމަކު މިހާރު މިއޮތް ސޯޝިއޯ އިކޮނޮމިކް ސިސްޓަމުން އެކަކު އެނެކަކަށް ޑިޕެންޑްކޮށްލުވާ. އަދި ބުނަން، މުއްސަތިން އަތުން 80 ޕަސެންޓްގައި ޓެކްސް ނަގަން އެބަޖެހޭ. އެމީހުން އަތުގައި ހެސްކިޔާފަ ލާރި އެބައޮތް. އެއްވެސް މީހަކު މާބޮޑަށް މުއްސަތިވީމަ ރައްތުންނަށް ގެއްލުންވާނެ. އެއީ އޭނާގެ މުދަލާ ފައިސާ އޭ
ޗޗޖދޖަޖސަރިިދޖޖސކަކޖދޖަސދސ
30 October 2017
ސިވިލްސާވިސްގެ މުވައްޒަފުންނަށް ދެ މުސާރަ އަދިވެސް މާބޮޑު. ކުޑަކޮށްލަންފެނޭ. ކޮންމެވެސް ބަހަނާއެއް ދައްކާފަ ނަމަވެސް ކުޑަކޮށްލަ ދެއްވާ އާދޭސްކޮށްފަ މިދަންނަވަނީ 3100.00ރ މާގިނައޭ މިގެންގުޅޭނެގޮތެއްވެސް ނޭނގޭ ފޮރުވާނީ ކޮންތާކަށްލާ ބޭންކަށްވެސް އިތުބާރެއް ނުކުރެވޭ ހާދަހާ ބައިވަރު ލާރިއެކޭ ދޯ އުފަލުން ފޮޅިފަ މިތިބެނީ ކޮމިސަނަށް ހަމަ އައްސަރިބަހާއި ސާބަސް.
ލޯބިހޯދާ
26 October 2017
ތީ ގަމާރު ކޮމިޝަނެއް ކިޔަވައިގެން ތިބި މީހުން ތިއްބަސް ހިސާބަށް ވުރެ ޕޮލިޓިކަލް ވީމާ ރަނގަޅު ޑިސިޝަން ނުނެގޭނެ، ތިޔަ ކޮމިށަނާއި އޮފީސްތަކުގެ ވެރިންގެ ޕކލިޓިކަލް ވިސްނުމާއި ނާޤާބުލު ކަމާއި ހެދި ކިތައް ޓެކްނިކަލް މީހުން ތިޔަ ސިވިލް ސަވިސް އިން އިސްތިއުފާދޭތޯ އަމިއްލައަށް ސުވާލު ކޮށްލަބަލަ.އެންމެނަކީ ފައިސާއަށް އުޅޭ ބައެއްނޫން. އިންސެންޓިވެ އަކީ ފައިސާކަމުގައި ހީވާނެ އެނޫން އެހެން އެއްޗެއް ނުފެންނަ އެޔަށް ބޫތު ކައިފައި ތިބި ބައެއް
ތަލާގަނޑު
02 May 2017
ސިވިލްސަރވިސްގަ މަސައްކަތް ކުރާ މަސައްކަތު މުވައްޒަފަށް 3100 ރުފިޔާ މުސާރަ ސަރވިސް އެލަވަންސް 1000 މީގެން ޕެންޝަނަށް ކަނޑާ އޮތީ 3914 ރުފިޔާ އޭގެން އޮފީހުގަ ސައިނުބޯއި ދުފުމަށް 5 ރުފިޔާ މަގުން 100 ރުފިޔާ ކެނޑީމަ 3814 ރުފިޔާ ގެއަށް ގެންދެވެނީ އެވެ. އޭގެންވެސް އަދި ޖީއެސްތީއަށް ކެނޑީމާ އޮންނަނީ 3000 އެއްހާ ރުފިޔާއެވެ. ބުނަން މިއުޅެނީ މަގޭ މުސާރައިން ކަނޑާފަ ދޭމީހާއަށް ދެނީ 5200 ރުފިޔާއެެވެ. މަސައްކަތް ކުރަން ހުރި މީހާއަށް މި ލިބެނީ ކިހާވަރެއްތޯއާއި އަގުތައް ހުރިގޮތާމެދު ވިސްނާލިން ތޯ އެވެ. އިންސާނީ ކަރާމަތް ގެއްލި ދަނީ އެވެ.
ރަޝީދާ
02 May 2017
މުސާރަކުޑަޔަސް ކަޓްޖައްސަައިގެން އެމީހުން ދިރިއުޅޭ އަދި އެގޮތަށް ސިސްޓަމް އޮންނަނީ ހަދާފައި
ހަބޭސް
02 May 2017
ތީ ކާކު ދެއްކި ވާހަކައެއް ؟ ތިކަމާ ކަންބޮޑުވާ ބަޔަކުތިބިހެނެއްހީއެއްނުވޭ ؟ ވޭތުވެދިޔަ 35 އަހަރުތެރޭ މިނޫނީ 5 އަހަރުން އެއްފަހަރު /50 ރުފިޔާ ނަމަވެސް ބޮޑުނުވާ ފަހަރެއްނާދޭ ؟
އުމަރު
02 May 2017
މުސާރައާއި އެއްވަރަށް ރައްޔިތުންނަށް ހިދުމަތްދެވޭތޯ؟ އަޅުގަނޑަށް ފެންނަނީ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަށް ގިނަވެ ހިދުމަތްދޭ މީހުން އެކަންކަމުގައި ޝާމިލުވެ ރައްޔިތުންނަށް ހިދުމަތްކުރުން ލަސްވާތަން
ސިވިލް ސާރވަންޓެއް
02 May 2017
އަޅުގަނޑަކީވެސް ސިވިލްސާރވިސްގައި މަސައްކަތް ކުރާތާ މިހާރު 11 އަހަރުވެފައިވާ މީހެއް...ބޭސިކް މުސާރައަކި -/4465 ސާރވިސް އެލެވެންސް އަކީ -/1000 ޖުމްލަ: -/5465 ރުފިޔާ....... 8 ގަޑިއިރު މަސައްކަތް ކުރުމުން އެންމެ -/5000 ، އެނދުމަތީގަ އަރާމުގަ ތިބެގެން މުސްކުޅިންނަށްވެސް -/5000...ކޮބާތޯ އިންސާފަކީ؟؟؟؟؟؟؟ ވަޒީފާގައި 11 އަހަރުވީ އިރު އެއްވެސް ކުރިއެރުމެއް ނުލިބޭތާ އެންމެ މުސާރަ ފޮއްޗެއްވެސް ބޮޑެއް ނުވޭ..........މިހާރު ސިވިލްސާރވިސް ވަޒީފާގައި އުޅެން ފޫހިވޭ........
ސީއެސެސްސީ
30 October 2017
ބައްލަވާ -/4465 މުސާރަ ދެންޏާ -/1500 ސާރވިސް އެލަވަންސް ދޭނެ.
ހަމަބުނެލީ
02 May 2017
މުސާރަ ބޮޑުނުކުރެވެންޏާ ރަސްމީގަޑި ކުޑަކުރެވޭތޯ ބަލާބަލަ!!!!! އެއްވެސް އެއްޗެއް ބޮޑުކުރަންނުވިސްނާ "ކުޑަ" ކުރަންވިސްނާ! ހެނދުނު 08.00ން މެންދުރު 12.00ށް އެއިރުން މުސާރަތައް ބޮޑުކުރާކަށް ނުޖެހޭނެ.
މޫސަ
02 May 2017
ސަރުކާރު ވަޒީފާގައި އުޅޭ މަސައްކަތު މީހަކަށް 4850 ރ މި ލިބެނީ . އުމުރުން ދުވަސްވީ މީހެއްގެ އެލަވަންސް އަށް 5000ރ ދެން ކިހިނެއް އުޅޭނީ