ލައިފްސްޓައިލް / އިންޑިއާ

އެންމެ ބަރު މީހާއަށް އެހީވި ނަރުހުން ދެރަވެފައި

މިސްރުގެ އަންހެން މީހާގެ ބަރުދަނުގައި 500 ކިލޯ ހުންނަ ކަމަށް އޭނާގެ އާއިލާ އިން ބުނޭ.

ދުނިޔޭގެ އެންމެ ބަރު މީހާއަށް އިންޑިއާގެ ސައިފީ ހޮސްޕިޓަލުގައި ފަރުވާ ދިން މީހުން މިހާރު ތިބީ ވަރަށް ދެރަވެފަ އެވެ. އެންމެ ބަރު މީހާގެ ރެކޯޑް އޮތް މިސްރުގެ އީމާން އަހުމަދުގެ ދައްތަ ހޮސްޕިޓަލުގެ ނާގާބިލްކަމާއި ފެންވަރާ މެދު އެޅުވި އިލްޒާމްތަކާ އެކު ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. އެހާ ފަލަ އަދި ބަލި މީހަކު ބެލުމުގައި 88 ދުވަސް ހޭދަކުރި ފަހުން ޑޮކްޓަރުންނާއި ނަރުހުން ވީ ބަދުނާމެވެ.

އީމާން އަށް ފިޒިއޮތެރަޕީ ދިން ފިޒިއޮތެރަޕިސްޓުންގެ ތެރެއިން ގިނަ މީހުންގެ އުނަގަނޑާއި އަތް ވެސް ވަނީ މަސްގުޅަ ކައިފަ އެވެ. ނަމަވެސް ހެޑް ފިޒިއޮތެރަޕިސްޓް ޑރ. ސްވާތީ ސަންގްވީ ވިދާޅުވީ އެމީހުންގެ މަސައްކަތުން އީމާން އަށް މިހާރު ވަރަށް ކުޑަކުޑަ އެހީތެރިކަމަކާ އެކު އަމިއްލައަށް ތެދުވެ އެނދުގައި އިށީނދެލެވޭ ވަރު ވެފައި ވާތީ އުފާކުރާ ކަމަށެވެ.

އީމާންގެ ދައްތަ ޝައިމާ އެޅުވި އިލްޒާމްތަކުން ދެރަވެ މާޔޫސްވެގެން، އޭނާއަށް ފަރުވާދިން 13 ޑޮކްޓަރުންގެ ތެރެއިން 12 ޑޮކްޓަރަކު ވަނީ ރަމްޒީ ގޮތުން އެ މަސައްކަތުން އިސްތިއުފާ ދީފަ އެވެ.

އީމާން ގެ ޚިދުމަތުގައި މަސައްކަތްކުރި ބައެއް ޑޮކްޓަރުންނާއި ނަރުހުން

ނަމަވެސް ބެރިއޭޓްރިކް ސާޖަން ޑރ. އަޕަރްނާ ގޯވިލް ބާސްކަރް ވިދާޅުވީ މިހާރު ވެސް އެ ބޭފުޅުން އީމާންގެ ހާލު ބައްލަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އީމާންގެ ކަންތައްތަކާ 24 ގަޑިއިރު އުޅޭ ބަޔަކީ ނާސިން ސްޓާފުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަރުހެއް ކަމަށްވާ ޝާލީ ކޯޝީ ބުނި ގޮތުގައި އެމީހުންގެ "ގުޑް މޯނިން" އަށް އީމާން އަބަދުވެސް އައީ އިޖާބަ ދެމުންނެވެ. ނަމަވެސް މިހާރު އެމީހުން ގޮވާލިޔަސް އަޅާނުލައި ކަމަށްވެ އެވެ. ޝާލީ އަކީ އީމާން ސައިފީ ހޮސްޕިޓަލަށް ގެނައި ދުވަހުން ފެށިގެން އޭނާއަށް ޚިދުމަތް ކުރުމުގައި ދެމި ހުރި ނަރުހެކެވެ.

އީމާން އަށް ފަރުވާ ކުރައްވާ ޑޮކްޓަރަކު އޭނާ އާ ވާހަކަ ދައްކަނީ.

ޝާލީ ބުނި ގޮތުގައި ކެންސަރު ޖެހިފައިވާ އޭނާގެ މަންމަ ދެކިލަން މަންމަ ކައިރިއަށް ނުދާތާ ވެސް މިހާރު ތިން މަސް ދުވަސް ވެއްޖެ އެވެ. އީމާންގެ ޑައިޕާ ބަދަލުކުރުމުން ފެށިގެން ހެދުން ފަހައިދިނުން ފަދަ ގިނަ ކަންތައްތަކެއް ޝާލީ އަމިއްލައަށް ކޮށްދީފައިވެ އެވެ.

ނަރުހުން ގަބޫލުކުރާ ގޮތުގައި އެމީހުންނާ ވާހަކަ ނުދައްކަބް އީމާންގެ ދައްތަ އީމާން އަށް ވަނީ އަންގައިފަ އެވެ.

"އީމާން އަށް ފިޓް ޖެހި އެންމެ ބަލިވީ ދުވަސްތަކުގައި ވެސް އޭނާއަށް އެހީތެރިވުމުގައި އަބަދުހެން ތިބި ބަޔަކީ އަހަރެމެން. އެފަދަ ކޮންމެ ކަމެއް ދިމާވުމުން އޭނާ ހިތްހަމަޖައްސައި އުފާކޮށްލެވޭތޯ އަހަރެމެން ނަށާ ހެދިން. ނަމަވެސް އަހަރެމެން ކޮށްދިން ޚިދުމަތުގެ އަގު އީމާން އާއި އޭނާގެ އާއިލާއިން މި ދިނީ ވަރަށް ހިތި ގޮތަކަށް،" ޝާލީ ބުންޏެވެ.

އީމާން އާއި ދައްތަ ޝައިމާ

ގެނައިތާ ކުރީކޮޅު އީމާން އެއް ފުށުން އަނެއް ފުށަށް ޖަހާލަން ވެސް ހައެއްކަ އަށެއްކަ މީހުން ބޭނުންވި ކަމަށާއި ނަމަވެސް މިހާރު އޭނާގެ ގައިގައި ހުރީ 176 ކިލޯ ކަމުން ދެ މީހަކު ވެގެން ވެސް އުނދަގުލަކާ ނުލާ ފުށުން ޖަހާ ލެވޭ ކަމަށް ނަރުސް ބުންޏެވެ.

އީމާންގެ އިތުރުން ނަރުހުން ވަނީ ޝައިމާ އަށް ވެސް ހެޔޮކޮށް ހިތާފަ އެވެ. މިނަރަލް ވޯޓާ ނުލިބުނަސް ޝައިމާ ހިތްހަމަނުޖެހިގެން އުޅޭނެ ކަމަށާއި ކާ އެއްޗެހި ވެސް ބޭނުންވަނީ މަޝްހޫރު ތަންތަނުން ކަމަށް ނަރުހުން ބުންޏެވެ.

އީމާން ފުރަތަމަ އެ ހޮސްޕިޓަލަށް ގެންދިޔަ ދުވަހު ނަރުހުންގެ ޓީމަކަށް އޭނާ ފެންވެރުވުނީ ވެސް ހަތަރު ގަޑިއިރުންނެވެ. ތަންފާރާއި ހަލާކުވެފައި އެތައް ތަނެއް އަދި ފަންގަލް އިންފެކްޝަންތައް ވެސް އޭނާގެ ގައިގައި ހުރި ކަމަށް ނަރުހުން ބުންޏެވެ.

ފާއިތުވީ 25 ވަރަކަށް އަހަރުގެ ތެރޭގައި ހަމާއި ދަތްތައް އެކަށީގެންވާ ގޮތެއްގައި ސާފު ކުރެވިފައި ނެތުމުން އޭނާ ސާފުކުރުމަށް ފަހު ތަންތަނުގައި ބޭސް އަޅަން ވެސް ވަރަށް ގިނަ ވަގުތު ހޭދަވި ކަމަށް ޝާލީ ބުންޏެވެ.

"އަހަރެމެން އެފަދަ އެއްވެސް ކަމަކާ ޝަކުވާއެއް ނުކުރަން. ސަބަބަކީ އަހަރެމެން އީމޯ (އީމާން) ދެކެ ވަރަށް ލޯބިވާތީ،" ޝާލީ ބުންޏެވެ.

އީމާން ހިތްހަމަޖައްސައިދޭން އިންޑިއާގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ސޮނާލީ އާއި ރޫޕް ކުމާރު ރާތޯޑް ހޮސްޕިޓަލުގައި

ނަމަވެސް އީމާންގެ ދައްތަ ޝައިމާ ބުނަނީ ޑޮކްޓަރުންނާއި ހޮސްޕިޓަލުގެ ފަރުވާ ކުޑަކަމުގެ ވާހަކަ އޭނާ ދެއްކުމުން މިހާރު ނަރުހުން ވެސް އީމާންގެ ހާލު ބަލަނީ ފޯނުން ކަމަށެވެ. އެމީހުން ވަރަށް އަވަހަށް އީމާން ގޮވައިގެން ޑުބާއީ އަށް ފުރަން ހަމަޖެހިފައިވާތީ ނަރުހުން އެގޮތަށް ކަންތައް ކުރިޔަސް އެއީ މައްސަލައެއް ނޫން ކަމަށް ޝައިމާ ބުންޏެވެ. އެކަމަކު ޑޮކްޓަރުން ބުނަނީ ހޮސްޕިޓަލާއި ޑޮކްޓަރުން ބަދުނާމުކޮށް ދައްކާފައިވާ ވާހަކަތަކަށް މައާފަށް އެދެން ޖެހޭނެ ކަމަށެވެ.

ފޭސްބުކްގައި ޝައިމާ ޕޯސްޓްކުރި ވީޑިއޯއެއްގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ހަދަނީ ދޮގުކަމަށާއި އީމާންގެ ބަރުދަން ލުއި ނުވާ ކަމަށް ޝައިމާ ބުނެފައިވެ އެވެ. އަދި އޭނާގެ ކޮއްކޮގެ ހާލު ދުވަހެއް ދުވަހަކަށް ވަނީ ގޯސް ކަމަށް ވެސް ބުންޏެވެ. އަދި ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އީމާންގެ ހަށިގަނޑުން 260 ކިލޯ ނުވަތަ 240 ކިލޯ ލުއި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ސީނިއާ ލީޑަރަކު ވެސް ވަނީ ސައިފީ ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ދިފާއުކޮށް ވާހަކަ ދައްކަވާފަ އެވެ.

ޑރ. ލަކަޑްވާލާ ގެ ޓުވީޓެއް

އީމާންގެ ދައްތަ ޝައިމާ ޑރ. ލަކަޑްވާލާ ދެކެ ރުޅި އައީ އީމާން މިސްރަށް ގެންގޮސް އެތަނުގައި ފަރުވާ ކުރިޔަށް ގެންދިއުމަށް ބުނި ހިސާބުންނެވެ. ނަމަވެސް އެންމެ ކުރިން ވެސް ޑރ. ލަކަޑްވާލާ ވިދާޅުވެފައި ވަނީ ދެ ތިން މަހެއް ފަހުން އީމާން މިސްރަށް ފޮނުވައިގެން ފަރުވާ ދެވޭނެ ކަމަށެވެ.

ސައިފީ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އީމާންގެ ފަރުވާ އަށް ގާތްގަނޑަކަށް ތިން ކްރޯޑު (30 މިލިއަން ރުޕީސް) ޚަރަދުވެފައި ވިޔަސް އީމާންގެ އާއިލާގެ ފަރާތުން އެއްވެސް ފައިސާއެއް ނުނަގަ އެވެ.

މި ހުރިހާ ކަމަކާ އެކު އީމާން އާއި އޭނާގެ ދައްތަ އަށް އިންޑިއާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

4 ކޮމެންޓް, 91 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 30%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަސދ

06 May 2017

ތިއީ މިއުޅޭ ދިވެހިންގެ ފާޑު

The name is already taken The name is available. Register?

މުސްލިމްމީހާ

06 May 2017

މީހުން ހެޔޮކަމެއް ކޮށްދިނަސް ބަލައިގަންނަން ނޭގޭ ބައެއް މިނޫނީ ނުދެކެން..ބޮޑާވެގަތުމަކީ މުނާފިގުންގެ އާދައެއް.

The name is already taken The name is available. Register?

ޕްރިންސެސް

05 May 2017

ކޮންމެ މީހަކަށްވެސް އިނގޭނެ އީމާން ކުރިއަށްވުރެ މާބޮޑުތަންވެސް ހިކިއްޖެކަން.. ޢާއިލާއިން ކީއްވެތަ ޝުކުރު ނުކުރަނީ

The name is already taken The name is available. Register?

މެންޓަލް ކޭސް

05 May 2017

މިހުން ކޮއްދޭ ރަނގަޅު މަސައްކަތުގެ އަގު ވަޒަން ކުރުމަކީ ވަރަށް މުހިއްމު ކަމެއް، ސިއްހީ ދާއިރާގަ ވަރަށް ގިނައިން ދިމާވާ ކަމެއް ބަލިމީހާއަށް ޝިފާއެއް ނުލިބިއްޖިއްޔާ އެތަނެއް ބަދުނާމު ކުރުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454