ރައީސް އަބްދުﷲ ޔާމީން: ރައީސް އޮފީހުގެ ތަރުޖަމާން މުއާޒު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ރައީސް ޔާމީން ވިދާޅުވި ކަމަށް -- ފޮޓޯ: ރައީސް އޮފީސް
03 މެއި 2017 - 12:38
ނޫސްވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހައްދުން ނެއްޓުނު" ނޫސްވެރިކަމުގެ މިނިވަންކަން، ހަގީގީ މިނިވަންކަމުގެ މިންގަނޑުގެ ތެރެއަށް ހެޔޮވަރުކުރުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ މި ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން ހުރިހާ ނޫސްވެރިންނާއި މީޑިއާގައި އުޅޭ ހުރިހާ ފަރާތްތަކަށް ތަހުނިޔާ އަރިސްކުރެއްވި ކަމަށެވެ.
މުއާޒް ވިދާޅުވި ގޮތުގައި ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން މީގެ އަހަރުތަކެއް ކުރިން ފެށިގެން އޮތީ އޭގެ ހައްދުން ނެޓިފަ އެވެ. ނޫސްވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ހައްދުން ނެއްޓުނު ނޫސްވެރިކަމުގެ މިނިވަންކަން މިންގަނޑަށް ފެއްތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ތެރެއިން މީހުންގެ އަބުރާއިި އިންސާނީ ކަރާމާތް ރައްކާތެރި ކުރުމުގައި ރާއްޖެ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފައި. --މުއާޒް
އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އަމަލުކުރަން ފެށި ގާނޫނަކީ ނޫސްވެރިކަމުގެ މިނިވަންކަން މިންގަނޑަށް ފައްތަން ކުރަން ފެށި މަސައްކަތުގެ ތެރެއިން ސަރުކާރުން ހޯދި ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"ނޫސްވެރިކަމުގެ ތެރެއިން މީހުންގެ އަބުރާއިި އިންސާނީ ކަރާމާތް ރައްކާތެރި ކުރުމުގައި ރާއްޖެ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފައި،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ދިމާވެފައިވާ ހަމަލާތައް ސަރުކާރުން ކުށްވެރިކޮށް، މިނިވަން ނޫސްވެރިކަމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިއެރުންތައް ހޯދުނު ކަމަށް ސަރުކާރުން ސިފަކުރާއިރު، ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިން ދުނިޔޭގެ 180 ގައުމުގެ ނޫސްވެރިކަމުގެ މިނިވަންކަން ބަލައި، ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ވާ ގޮތުން ރާއްޖެ ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ފަސް ދަރަޖަ ފަހަތަށް ޖެހިފަ އެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ނުވަތަ އެ މިނިވަންކަން އެންމެ ދަށް ގައުމުތަކުގެ ލިސްޓަށް ވެސް ރާއްޖެ ވަނީ އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންނަމާރި
04 May 2017
ކަމެއްގެ ހަގީގަތް އޮޅުންފިލާގޮތަށް ތެދުބަހުން ލިޔާ ކޮންމެ ޚަބަރަކީ މިންގަނޑަށް ނުފެތޭ ޚަބަރެއްކަމަށްތޯ ތިޔަ ވިދާޅު ވަނީ. ނޫން އެހެނެއް އެކަމެއް ނުޥާނެ.
ހޯހޯހޯ
04 May 2017
ކޮބައިތޯ ތިޔަ ވިދާޅުވާ މިންގަނޑަކީ. މަނިކުފާނަށް ހެޔޮކޮށް ލިޔާ ކޮންމެ ޚަބަރެއް އޯކޭ ދެއްތޯ؟
ބޮޑު ކަމެއް
03 May 2017
އަޅެ މި 'ތަމެން' 'މަމެން' ކިޔާފަ ކޮމެންޓް ކުރާ މީހާގެ ކޮމެންޓް ތައް ނުޖަހަން ވެއްޖެ އެއްނު!! ކޮންމެ ތަނަކުން ކޮންމެ އާޓިކަލް އެއް ކިޔަސް މީނަގެ ކޮމެންޓް ތަކާއި ހެދީ ބޮލައް އުނދަގޫ ވާވަރުވޭ. މާ ދެން 'އަހަރުމެންގެ ރައީސް' ވެގެން އުޅޭ މީހެއް!
ޙާމިދު
03 May 2017
އެހެންަޏާފަހެ، އެވަރަށް ޑިސްލައިކް ކުރާއިރުވެސް...
ހަސަނު
03 May 2017
ކޮންމެ މީހަކު ވެސް އެމީހަކަށް ފެނުނު ގޮތަކަށް ކޮނެންޓު ކުރެވެން ޖެހޭ.. ޙިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫން
ކާޑުއޮފްޔާން
03 May 2017
މިއީ ހައުސް އޮފް ކާޑްސް ގެ ބައެއްތަ
ތުއްތުބޭބެ
03 May 2017
ގޮންޖެހުމަކީ މަދުންނަމަވެސް ބުނާހާގޮތަށް ނުހަދާ ނޫސްވެރިން ތިބިކަން މިކަމަށް ހައްލުހޯދަން ދެވަނަ އަދީބެއް ހޯދަންޖެހޭ
އިންސައިޑް
03 May 2017
ތަމެން ބޭނުން ގޮތަށް ނޫން ނޫސްވެރިކަން ކުރަން ޖެހޭނީ. އެކަން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރޭންނެވެ.
އަހުމަދު
03 May 2017
މިޤައުމުގެ ނޫސްވެރިކަމަކީ ވިދާޅުވި ފުރައިވަޑައިގެންފި ވަޑއިގެންފި . ދެން ސޮއިކުރައްވައިފި. މަޤާމުހަވާލުކުރައްވައިފި ރަގަޅު ނިމުނީ
އާންއެކޭ
03 May 2017
އެއިރުން މާ ރަނގަޅު ވާނެއެވެ. އެއިރުން މިގައުމުގައި މާރާމާރީ އާއި ގަތުލު އާންމު ނުހިނގާނެއެވެ. ހޭޓް ނިއުސް ނުގެނެސްދިނުން އެއީ މުހިއްމު ކަމެކެވެ.
ފޭކުއިކޮނޮމިސްޓް
03 May 2017
ހައްދުން ނެއްޓިފައިވާ ސަރުކާރާއި މަޖުލިހާއި ކޯޓުތައްވެސް އަދި ރައްޔިތުން ނުކުމެ މިންގަނޑަށް ހެޔޮވަރު ކުރާނަން!
ގަބޫލެއް ނުކުރެވޭ
03 May 2017
ފުރުސަތު ލިބުނީމަކާ ތިހެނެއްނުވޭ.. އެދުވަހަކުން ތިބާ ބަލާނީ އެއަށްވުރެން ބޮޑު ރުފިޔާ ބަސްދާއެއް ކޮނޑަށްލައިން ދެވޭތޯ
ކޮމެންޓެއް
03 May 2017
އެބަވިސްނޭތަ މިކިޔާ އެއްޗެއް ބައެއް މީހުންނަށް؟ ވަރަށް ފާޅުގަ އެބުނަނީ.
އުމަރު
03 May 2017
މިންގަނޑަށް ހެޔޮވަރު ކުރެވިއްޖެތޯ؟ ކިހާދުވަހަކު ހިފެހެއްޓޭނެތޯ؟ މިޤައުމަކީ 800 އަހަރުވެފައިވާ ޤައުމެއް، 200 ވަރަކަށް ރަށުގައި މީހުން އެބައުޅޭ، ކިޔަވާމީހުންދަނީ ގިނަވަމުން، ޓެކްނޮލޮޖީދަނީ ނުހިފެހެއްޓިގެން، ރައީސްއަށް ދަންނަވާލަން ބޭނުންވަނީ ޓެކްނޮލޮޖީގައި ނުހިފެހެއްޓޭނެއޭ، ނޫސްވެރިކަން ދެން އޮންނާނީ ސޯޝަލް މީޑިއާގައޭ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބެގެންވެސް މިނިވަން ނޫސްވެރިކަން ކުރިއަށް މިހާރު ގެންދެވިދާނެއޭ ދެން ރާއްޖޭގައި އެކަން ނުކުރެވެންޏާ މިނިވަން ރޭޑިއޯ ކުރިން އުފެއްދިގޮތަށް އެތަކެއް ސޯޝަލް މީޑިއާ ރޭޑިއޯތަކެއް އުފެދި ކޮންމެ ދިވެހި ރައްޔިތަކުވެސް އޭނާގެ ޝުރޫރު ދަން ފާޅުކުރާނީ ފޭސްބުކުގައިކަން އެކަން މިހާރުވެސް އެދަނީ ފެންނަމުން
އަހުމަދު
03 May 2017
މި ސަރުކާރު ޤަބޫލު ނޫން ގޮތަކަށް އެއްޗެއް ލިޔާނަމަ، އެ ހައްދުން ނެއްޓީ! މީ ދެން ކިހާ ހެއްވާ ކަމެއް!
އަދިވެސް
03 May 2017
މިހާރު އިދިކޮޅު ކްރިޓިކްސްގެ ބްރޯޑް ކާސްޓިންގް މީޑިއާ އެއޮތީ ހައްދުން ނައްޓާފައެވެ، އަދި ވެސް ސްޓްރީމް ލައިން ކުރަންވީ ޑިފަމޭޝަން ގާނޫނު،