އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ: ވަގުތީ ނަތީޖާ މާދަމާ 11:00 ގައި އިއުލާންކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ.
08 މެއި 2017 - 23:39
ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކުރަން ނިންމުމަށް ފަހު، މާދަމާ އަށް ފަސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ބާ ޖަމާލުއްދީން ސްކޫލުގައި ހުންނަ އިންތިހާބާ ބެހޭ މައި މަރުކަޒުގައި އެ ދާއިރާއެއް ނުވަތަ ކައުންސިލެއްގެ ވަގުތީ ޖުމްލަ ނަތީޖާ މިއަދު އިއުލާންކުރަން ފަށާނެ ކަމަށެވެ. އެކަމަކު ނަތީޖާ އިއުލާންކުރުން މާދަމާ ހެނދުނު 11:00 ގައި ފަށާގޮތަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ވަގުތީ ނަތީޖާ އިއުލާންކުރުން ލަސްކުރި ސަބަބެއް އެ ކޮމިޝަނުން ނުބުނެ އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކޮށްގެން އެ ކޮމިޝަނަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި އެކަން ލަސްވަނީ، ސަރުކާރުން މަޖުބޫރުކޮށްގެން ނަތީޖާ އޮޅުވާލަން މަސައްކަތް ކުރަމުންދާތީ އެވެ.
ވާދަވެރި މި އިންތިހާބުގައި، މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ. ބައެއް މީޑިއާތަކާއި އޮބްޒާވަރުންނާއި މޮނިޓަރުންގެ ނަތީޖާތަކަށް ބަލައި ތައްޔާރުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ތިން ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ.
އެއާ އެކު، އާބާދީ ބޮޑެތި ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށެވެ. އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި އެތައް ފިއްތުންތަކާއި ބިރުދެއްކުންތަކާ އެކު ވެސް އިންތިހާބުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީ އާއި އިދިކޮޅު އިއްތިހާދަށް ވަނީ ލިބިފަ އެވެ. އެކަމަކު ޕީޕީއެމުން ބުނަނީ، އިންތިހާބުގެ މެޖޯރިޓީ ލިބުނީ އެ ޕާޓީ އަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަނދު
09 May 2017
10000 ފޯރމް ޣަރަގުވެއްޖެ
ދަގަނޑު ދަހަނާ
09 May 2017
ލަސްކުރަނިކޮށް ކޮފީޖަގެއް ވޯޓު ކަރުދާސްތަކުގެ ތެރެއަށް ބަންޑުން ވެދާނެ. އެއަށްފަހު ނަތީޖާ ނެރެފައި ބުނާނީ ސަލާމަތުން ހުރި ވޯޓުތައް ގުނާލީމާ ވަރަށް ސާފު އަޣްލަބިއްޔަތަކުން އެއްވަނައަށް އައީ ޕީޕީއެމްއޭ ހުރިހާ ކައުންސިލްތަކުން. އެހެން ނޫނީ އަދިވެސް މޮޅުގޮތެއް އެބޮތް. އެގޮތަކީ އިދިކޮޅު ހުރިހާ ކައުންސިލަރުންގެ ބޮލުގައި ކޮންމެވެސް ކުށެއްގެ ތުހުމަތު އަޅުވައި އެންމެން އަވަހަށް ޖަލަށްލުން.
ސިންތިލީ ވޫމް
09 May 2017
އިއުލާންކުރާނެ ނަތީޖާޔެ ނެތީމަވާނީ ތިޔަހެން.
ހަބީބު
09 May 2017
ޔާމިނައް އެވަނީ ރީނދޫކާޑުދައްކާފަ 2018 ގަ ދައްކާ ރީނދޫކާޑާއެކު ބެންޗުންވެސް ފޮނުވާލާނަން އިންޝާ ﷲ ދައުލަތުގެ މުދަލާ މީޑިޔާ ހިސޯރުކޮއްގެން ދަރުބާރުފެކްޝަން ބޭނުންވީމަ މަގުބަންދުކޮއް އެމްޑީޕީޔައް އެފުރުސަތުނުދީ ބޭއްވިއިންތިހާބުން ލަދުވެތި ގޮތަކައް ބަލިވީމަ އިބިލީހު ކައިވެންޏައް ވީފަދައިން ކުޅުދުއްފުށި އެއާޕޯޓައް ވީފަދައިން މާދަންމާދަން ނަތީޖާ ގޮވާނިކަމެއްނެތް ޔާމިނު އިސްތިތުފާ ޔާމީން އިސްތިޔުފާ
އަލިބެ
09 May 2017
އިންސާފެއް ލޯބީގައި ނެތޭ..... ކެހިވެރި މި ދުނިޔޭގައި.... ރޯލާ...ރޯލާ... އޮވެދާނަން އަނދިރީގައި....
ހުސޭނު
09 May 2017
ޕީޕީއެމް މޮޅުކޮށޤފަނޫނީ އިއުލާނުކޮށްފިއްޔާ ކަލޭމެންގެ ދުވަސްދިޔައީ، ހަހަހަހަާ އަދިވެސް މާމޮޅުކަމެއްކަމަށް ހީކޮށް މަކަރުހެދޭތޯބަލާ، ރައްޔަތުންނާދެކޮޅަށް އިއުލާނުނުކުރެއްވުންއެދެން.
ގަރުދިޔެ
09 May 2017
ކީއްވެ ފަސްކުރަނީ. ސަރުކާރު މޮޅު ނުވީމަ އޮޅުވާލަން ދެއްތޯ. ސަރުކާރުގެ ޕްރެޝަރު ބޮޑުވީ ދެއްތޯ. މިނިވަން އިލެކްޝަން ކޮމިޝަނެއް ނެތްކަން ޔަގީން ވެެއްޖެ.
ސަދާ
09 May 2017
ކޮބާ ޕީޕީއެމް އިން ނިކުމެގެން 10 މިނިޓްތެރޭ ފުރި 10000 ފޯރމް
އައްޑޫ ރަދުން
09 May 2017
ހަމަ ވެރިކަން ދޫކުރަން ޖެހޭނީ...ނޫނީ ގައްޒާފީއަށް ޖެހުނު ހާލު ޖެހޭނީ...
ޒޫޒޫ
09 May 2017
މަކަރުވެރިން ކިތަންމެ މަކަރެއް ހެދިއަސް ވާނެކަމެއްނެތެވެ. ކަލޭމެން އޮރިޔާންވެ ޖަލުގެ ކުޑަގޮޅީގައި ތިބޭދުވަސް މާލަހެއް ނުވެ ފެންނާނެއެވެ. އިން ޝާއަ ﷲ