ހޮނިހިރުދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ވޯޓު ގުނަނީ. - ފޮޓޯ: މިހާރު
09 މެއި 2017 - 12:06
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ތިން ކައުންސިލެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށްފަ އެވެ. އެއީ އދ. ކުނބުރުދޫ، އދ. ފެންފުށި އަދި ރ. ފައިނު ކައުންސިލްގެ ވަގުތީ ނަތީޖާ އެވެ.
ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ އެ ކޮމިޝަނުން ރެއާއި ދުވާލު މަސައްކަތް ކުރަމުން ދަނީ އިންތިހާބުގެ ވަގުތީ ނަތީޖާ ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމަށް ކަމަށެވެ. އެ ގޮތުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދެވަނަ ދަންފަޅީގެ ނަތީޖާ އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި އިންތިހާބުގެ ވޯޓުލުން ދިޔައީ ސުލްހަވެރިކަމާއި އޮމާންކަމާއެކީގަ އެވެ. އިންތިހާބު ސުލްހަވެރިކޮށް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކުން އެއްބާރުލުން ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރާ ގޮތަށް ކުރިން ނިންމާފައި އޮތީ އިއްޔެ އެވެ. ނަތީޖާ އިއުލާންކުރުން ލަސްކުރި ސަބަބެއް އިލެކްޝަންސް ކޮމިޝަނުން ނުބުނެ އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކޮށްގެން އެ ކޮމިޝަނަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި އެކަން ލަސްވަނީ، ސަރުކާރުން މަޖުބޫރުކޮށްގެން ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާތީ އެވެ.
މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ. ތިން ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ.
އެއާ އެކު، އާބާދީ ބޮޑެތި ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށެވެ. އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި އެތައް ފިއްތުންތަކާއި ބިރުދެއްކުންތަކާ އެކު ވެސް އިންތިހާބުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީ އާއި އިދިކޮޅު އިއްތިހާދަށް ވަނީ ލިބިފަ އެވެ. އެކަމަކު ޕީޕީއެމުން ބުނަނީ، އިންތިހާބުގެ މެޖޯރިޓީ ލިބުނީ އެ ޕާޓީ އަށް ކަމަށެވެ.
މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 255،987 މީހަކަށް ލިބުނު އިރު، ވޯޓުލާން ނުކުތީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. ތިން ފަހަރެއްގެ މަތިން ފަސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވިއިރު، 1،497 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އިންތިހާބުގައި 650 އަށްވުރެ ގިނަ ކައުންސިލަރުން އިންތިހާބުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަ
09 May 2017
ކޮބާތަ މަހާސިންތާގެ ލީދަރުންތަށް.
ޢަލީި
09 May 2017
ޢަވަސް ކުރޭ
ނިރު
09 May 2017
ނަމަނަމަ އޑޕ ހިތްހަމަ ނުޖެހޭ ގޮތަކަށް ނަތީޖާ ނުނެރޭތި. މާޒީ އަށް ބަލާއިރު ބޮޑުހުޅު ޖެހިމީހުން އެއީ
ކުނާ
09 May 2017
އާދައިގެ ރައްޔިތުންނަށް ބަލާލުމެއްނެތް ސަރުކާރަކަށް ކުރިއެރުމެއްނެތް.. ބޮޑެތި ލޯންތައް ނަގައި އިމާރާތްތަކެއް އެޅިޔަސް ރައްޔިތުންނަށް އެގުމެއްނުވޭ.. ކަރަންޓް ފެން ކާޑް މުސާރަ އެނގުމެއްނުވޭ..
މެޑަމް
09 May 2017
ކޮބައިތަ އަހަރެމެންގެ އަދުރޭ. ގޭގައި ރޯން އޮތީބާ؟؟ ރައީސް މައުމޫނާ މެދު އެގޮތަށް ކަންތައްކޮށްފައި ލައްކަ މީރު ކާއެއްޗެހި ކެވޭނޭކަމަށް ދޯ ހީކޮށްގެން ތިތިބީ. މިހާރު އެނގޭނެ މުސްކުޅި ސާރިދޯޅާއި ޒުވާން ފުއްލާގެ ހުރި ތަފާތު. އަދިވެސް ޒުވާން ފުއްލާގެ ނާޒުކު ހިތް ރުއްސޭތޯ ގަދަ އަޅާ މަސައްކަތް ކުރޭ. ކިތަންމެ މަސައްކަތެއް ކުރިއަސް އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް ކާމިޔާބެއް ނުވާނެ. ތިކުދިން އަހަރެމެންނަށް ލައްކަ އަނިޔާއެއް ކޮށްފި. އަހަރެމެންގެ ހިތަށް ލައްކަ އަސަރެއްކުރި. އެކަމަކު އަހަރެމެން ކެތްތެރިވިން. އިންޝާﷲ އެ ކެތްތެރިކަމުގެ ފޮނި މޭވާ މިހާރު އަހަރެމެންނަށް މިދަނީ ލިބެމުން.
މުހައްމަދު
09 May 2017
ކީއްވެ ވޯޓްލީ މަދުބައެކޭ ތިބުނަނީ. 423 ވޯޓް ފޮށީގެ ތެރެއިން 402 ފޮށި ގުނިއިރު ވަނީ 155483 މީހުން ވޯޓްލާފައި.
ދިސްވޭ
09 May 2017
ހީވަނީ މޭބިސްކަދުރު ހުތްވީހެން. ނިހާނާއި ޒަމީރު ޓީވީއަށް އަރާ ބުނަމުން ދިޔައީ ގިނަ ގޮނޑިލިބުނީ ޕީޕީއެމް އަށޭ. އެކަން އެގޮތަށް ނުވެއްޖެއްޔާ އެ މަލާމާތް ކުރެވުނީ ޕީޕީއެމް ގެ މެމްބަރުންނަށް. މާފަށް އެދެން ކެރޭނެބާ؟ އަދިވެސް ފެނުނު ހެން ހީވޭ ފީޕީެއެއް އަށް 219 ގޮޑި ލިބިއްޖެ ކަމަށް ޓީވީ އަށް އަރުވާފަ އިންދާ. މީ ދޮގަކަށް ވެއްޖެއްޔާ ބްރޯޑްކޮމް އިން ފިޔަވަޅު އަޅާނެބާ؟