ރެއާލް މެޑްރިޑުގެ ވަރާން (ވ) އާއި އެތުލެޓިކޯ މެޑްރިޑުގެ ޓޮރޭޒް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
11 މެއި 2017 - 06:26
މެޑްރިޑް (މެއި 11) – ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 4-1 އިން ކުރި ހޯދައި ރެއާލް މެޑްރިޑުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
ވޭލްސްގެ ކާޑިފް ސްޓޭޑިއަމުގައި އަންނަ މަހުގެ 3 ވަނަ ދުވަހުގެރޭ ރެއާލް މެޑްރިޑުގައި ފައިނަލުގައި ބައްދަލުކުރާނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ އެވެ. މި ދެ ޓީމު 1998 ގެ ފައިނަލުގައި ވެސް ވާދަކުރިއިރު އެ ފަހަރު 1-0 އިން މޮޅުވެ ތަށި ހޯދި ރެއާލް މެޑްރިޑެވެ. އެ ޓީމުގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާނަކީ އޭރު ޔުވެންޓަސްގެ މުހިއްމު ކުޅުންތެރިއެކެވެ. އެކަމަކު އޭގެ ފަހުން މެޑްރިޑަށް ބަދަލުވެ 2002 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ކޯޗެއްގެ ގޮތުގައި މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްދިނެވެ. މިހާރު ޓާގެޓަކީ މިހާރުގެ ފޯމެޓަށް މުބާރާތް ބަދަލުކުރި ފަހުން ތަށި ދިފާއުކުރާ ފުރަތަމަ ޓީމަށް ވުމުގެ ޝަރަފް ހޯދުމެވެ.
ފުރަތަމަ ލެގުން ރެއާލް މެޑްރިޑް 3-0 އިން މޮޅުވެފައިވާތީ ރޭ މަދުވެގެން ތިން ލަނޑު ޖަހަން އެތުލެޓިކޯ އަށް އޮތީ ޖެހިފަ އެވެ. އެ ޓީމުގެ މެޗުގެ ފުރަތަމަ 16 މިނެޓުގެ ތެރޭ ދެ ލަނޑު ޖެހުމުން ރެއާލް މެޑްރިޑް ހާސްކޮށްލި އެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ސައުލް ޖެހިއިރު ދެ ވަނަ ލަނޑު 16 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ އެންޓޮއިން ގްރިޒްމަން އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން 42 ވަނަ މިނެޓުގައި އިސްކޯ ވަނީ ލަނޑު ޖަހައި އެތުލެޓިކޯގެ އުއްމީދަށް ހުރަސް އަޅައިފަ އެވެ. މި ލަނޑާ އެކު އެތުލެޓިކޯ ކުރަން ޖެހޭ މަސައްކަތް އިތުރުވި އެވެ. އެކަމަކު ފަހު ހާފުގައި އެ ޓީމަށް އިތުރު ގޯލްތަކެއް ނުޖެހި އެގްރިގޭޓުން ކުރި ހޯދޭ ގޮތެއް ނުވި އެވެ.
މުބާރާތުގެ ފައިނަލުން އެތުލެޓިކޯ ވަނީ ރެއާލް މެޑްރިޑް އަތުން 2014 އަދި މިދިޔަ އަހަރު ވެސް ބަލިވެފަ އެވެ. އެތުލެޓިކޯ ވެފައިވަނީ ވިދިވިދިގެން އެއް ޓީމުގެ އަތްދަށުވެ ޗެމްޕިއަންސް ލީގުން ހަތަރު ފަހަރު ކެޓި ފުރަތަމަ ޓީމަށެވެ.
ރެއާލުގެ ކޯޗު ޒިދާން ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އަލުން ދެވުމުން ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށާއި މިއީ ކުޅުންތެރިންނަށް ހައްގު ކާމިޔާބެއް ކަމަށެވެ.
"ފުރަތަމަ ކޮޅު އުނދަގޫތަކެއްވި ދެ ގޯލް ވަދެގެން. އެކަމަކު ހާސްވާން ނުޖެހުނު. އަހަރެމެންނަށް އެނގޭ ފުރުސަތު ލިބޭނެކަން،" ޒިދާން ބުންޏެވެ.
މި ފަހަރުގެ ފައިނަލާ އެކު ޔުވެންޓަސް އާއި ރެއާލް މެޑްރިޑަށް ވަނީ ޗެމްޕިއަންސް ލީގުގެ ފޯމެޓުގައި އެންމެ ގިނައިން ފައިނަލް ކުޅެގެން އޭސީ މިލާން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އެއީ ޖުމްލަ 6 އެކެވެ. މިއީ ރެއާލް މެޑްރިޑުން ޔޫރަޕުގެ ފައިނަލުގައި ކުޅޭ ރެކޯޑް 15 ވަނަ ފަހަރެވެ. ދެ ވަނައިގައި އޮތް މިލާން ވާދަކޮށްފައިވަނީ 11 ފައިނަލުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުންގާނު
11 May 2017
ސެމީ ފައިނަލުގެ ދެ ވަނަ ލެގު އެތުލެޓިކޯ މެޑްރިޑް 2-1 އިން މޮޅުވީމަ ދެ ލެގުގެ އެގްރިގޭޓު 4-1 އަށް ވާނެގޮތެއް ބުނެދީބަލަ މަށަށް ހީވަނީ 4-2 އިން ކަންނޭގެ ރެއާލް މެޑްރިޑް ކުރިހޯދީ
ޏޮލް
11 May 2017
ހަމަތަ ޖެހިޖެހިގެން ތިންވަނަ ފަަައިނަލްއޭ
ހަމަމީހާ
11 May 2017
އާނ ހަމަ 3 ވަނަ ފައިނަލެއް ނޫން މީ ޖެހިޖެހިގެން. މީ ޖެހިޖެހިގެން 2 ވަނަ ފައިނަލް. 2015 ފައިންލްގައި ކުޅުނީ ބާސާ އާއި ޔުވެންޓަސް. 2014 ފައިންލަ ރެއާލް ކުޅުނީ
ހީިހީހީ
11 May 2017
ކޮބާ މިޔޮތީ ނިހާނު ބުރޯ ބުނާހެން ވެފަ ސެމީން ބަލިވެ ފައިނަލައް ގޮސްފަ ހީހީހީ
ޒައިން
11 May 2017
ބުރޯ ސެމީން ބަލިވެގެންނެއް ނޫން ފައިނަލަށް ދިޔައީ މޮޅުވެގެން މީގަ ނަތީޖާ ބަލާނި 2 ލެގު އެއްކޮށް... ސެމީން މޮޅުވުމަކީ ހޯމް އެންޑް އަވޭގެ ނަތީޖާއިން ކުރި ހޯދުން.. އޮޅުވާލަން ނޫޅޭ
ކެނެޑި
11 May 2017
އޭ ޒައިނޫ، ތިކަން ހީހީހީ އަށްވެސް އެނގެޔޭ. އޭނަ ހަމައެކަނި މަޖާކޮށްލަންށޭ އެހެން އެބުނީ މިރާއްޖޭގެ ހާލަތާ ރޭގެ 2ންޑް ލެގާ ގުޅުވާލާފަ. މިއަށް ކިޔަނީ "ހިއުމަރ"
އަލިފް
11 May 2017
ސެމީފައިނަލުން ބަލިވެގެން ފައިނަލަށް ގޮސް އެއޮތީ! ދެން ރޮޒޭނާ މެން އޮޅާލާ! ފުޓްބޯޅަ ދަސްކޮށްގެން ފައިނަލާ ސެމީފައިނަލުގެ ވާހކަ ދައްކަބަލަ!
ޑޯން
11 May 2017
ފުޓްބޯޅަ ނޭގެންޔާ އަނގަ ނުކޮއްޕާ... ކަލޭވެސް އޮޅާލާ...
33
11 May 2017
އެކަމަކު އެއީ އެގްރިގޭޓުން އިނގޭ. ނިހާނުއާއި ހަލީލުއާއި ޝައިނީ އެކިޔާ ސެމީފައިނަލަކީ ދެލެގް އޮންނަ އެއްޗެއްނޫން. މޮޔަ ވާހަކަ ނުދައްކާ.
ޙަމީދު
11 May 2017
ސާބަހޭ ރިއަލް މެޑްރިޑް! ޗެމްޕިއަންސް ލީގު ދިފާޢުކުރުމުގެ ފޮނި އުންމީދުގައި މިހުރީ!
ައަލީ
11 May 2017
އެގްރިގޭޓުން ބަލިވި އެތުލެޓިކޯ މެޑްރިޑް އެއްނު ފައިނަލްގަ ކުލޭނީ ރެއާލް މެޑްރިޑްއާއި ؟