ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: އަބްދުﷲ ޖަމީލް /މިހާރު
11 މެއި 2017 - 14:36
މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 24 ނަތީޖާ ޝީޓެއް ކަށަވަރު ކުރަން ވޯޓު ކަރުދާސް ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓު ކަރުދާސްތައް އަލުން ގުނަނީ އިތުރަށް ކަށަވަރު ކުރުމަށް ކަމަށެވެ. އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ވޯޓު ކަރުދާސް ގުނުން ކުރިއަށް ގެންދާނީ މެންދުރުފަހު 3:00 ގައި، ބާ ޖަމާލުއްދީންގައި ހިންގާ އީސީގެ އިންތިޚާބީ މަރުކަޒުގަ އެވެ.
ލޯކަލް އިންތިޚާބުގެ ބައެއް ޝީޓްތައް އަލުން ގުނަން ނިންމިއިރު، އީސީން އަންނަނީ ވަގުތީ ނަތީޖާ އިއުލާން ކުރަމުންނެވެ. މިހާތަނަށް އާންމުވެފައިވާ ނަތީޖާތަކަށް ބަލާއިރު، މި އިންތިޚާބުގެ އަޣުލަބިއްޔަތު ހޯދާފައި ވަނީ އިދިކޮޅު ފަރާތްތަކުންނެވެ. އަދި ތިން ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީތާ
11 May 2017
ސުލައިމާނެއްނޫން.. ސުލޯމޭން...
އ
11 May 2017
ދެން ނުދެއްކޭނެ ހުއްޖަތެއް، އެއޮތީ ފެންނަށް ނަތީޖާ. އެއީ އަސްލަކީ. ކިތަންމެ ވަރަކަށް ބޮޑޭ ރުއްސަން ނުޅުނަސް ބޮޑޭ އަށް އިގޭނެ ތީ ހުސް ފޭކްކަން.
ޢަލީ
11 May 2017
ކޮނުނު ވަރަކައް ބައިކޮޅައް ލަނޑުޖަހާފަ އުފާކުރި މީހުން ބޭޒާރުވާނީ ގުއިރޯނުގަޖެހި ވަސްދޮވާނީ މަކަރާހީލަތުން ކަންކަން ކުރަންނޫޅޭތި ފަޅާއަރާނެ
ރަދުން
11 May 2017
މަގޭ ވޯޓު ގަ މަފާހަގަ ޖެހިތާނގަ ތޯ ފާހަގަ އިނީ ބަލަން މަވެސް ބޭނުން
ސަންތި
11 May 2017
ކިހާދެރަކަމެއް އަޅެމީ.... މިމީހުން ކީތްކުރާނަމޭ ހިތާތަ މިއުޅެނީ، އަދި ހުރިހާ ފޮއްޓެއްވެސް ގުނާނެ،،، ސުލޭމާނަށް އޯޑަރ އަންނަ ގޮތް އެއީ. އަދިވެސް ގަބޫލު ނުކުރެވެނީ.
ސައްދާމް
11 May 2017
ގުނާ ނިމޭއިރު އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށް ވެސް ނިމޭނެ.......... ދުވާލު މެންދުރު ވައްކަން ކުރުން..........
111
11 May 2017
ކަލޯ ޕީޕީ 100 ޕަސެންޓޭ ކިިޔާ ނަތީޖާ އިއުލާން ކޮށްލާ. މަމެންނަށ ްހެޔޮ. އަސްލު ބަލަން ބޭނުންވީ ރައްޔިތުން ތިބި ގޮތެއް. އެކަން މިހާޜު މުޅި ދުނިޔެއަށް އެނގިއްޖެ. ދެން ކަލެމެން ހަދާނެ ގޮތެއްހަދާ. އޭރުން ބަދަލުވެސް ކުރެވޭނީ ދެން އަންނަ އިންތިޚާބަކަށް ވާއިރަށް
ުުުގރގފ
11 May 2017
ތިޔަ ގުނަން ޖެހޭނީ މެމްބަރުންގެ ހާޒިރުގައި
ހެހެހެ
11 May 2017
މަކަރު ހަދަން އުޅޭނެ ކަމެއް ނެތް. ރާއްޖެ ޓީވީ އިން 100 ފޫޓު ދުރުން ހޯދި މައުލޫމާތު އެންމެ ސައްހަ ކަމަށް ފެންނަނީ. އޭރުވެސް ތިތަނުން ވޯޓަށް މަކަރު ހަދަން އުޅޭނެކަން ރައްޔިތުންނަށް އެނގޭ.
ބަލާބަލަ
11 May 2017
ތިޔާ ނަތީޖާ ކަށަވަރު ކުރަން އައްޑޫ ހުޅުދޫ ފޮށި ގުނާނަނަމަ ހާދަހާ ވާ ރަނގަޅޭ މަމެންގެ ހިތަށް އަރައޭ އިނގޭ. އެއީ ގާތް ގަނޑަކަށް 100 ގޮނޑި އާއި އެއްވަރު ގޮނޑިއެކޭ އިނގޭ. ބިކޮޒް މަމެންގެ އެމްޕީ އަދި މަމެންގެ މިނިސްޓަރު ލޮބީ ކުރި ގޮނޑި ދޯ އެއީ.