މާލޭގެ ދެކުނު ފަރާތުގައި އަލަށް ކެނޑި ނެރުން ލޯންޗެއް ވަންނަނީ. މިއީ އެ ސަރަހައްދުގައި ނެރެއް ކަނޑައިގެން ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރު - ފޮޓޯ: މިހާރު
19 ޖޫން 2016 - 12:48
މާލޭގެ ދެކުނު ފަރާތުގައި ފުރަތަމަ ފަހަރަށް ނެރެއް ކަނޑައި ބޭނުންކުރަން ފަށައިފި އެވެ.
ޓްރެކް ދަނޑު ކުރިމަތިން ފަޅުތެރޭގައި ހެދި މި ނެރު ކެނޑީ ކުރިން މާލޭގެ ދެކުނުގައި ލާފައި އޮތް ގެރިގަލުގެ ތޮއްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މާލޭގެ ހުޅަނގު ދެކުނު ބަނދަރުން ފެށިގެން ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދެއް ވެސް ހިމެނޭ ގޮތަށް އިންޑްސްޓަރިއަލް ވިލެޖް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އާ ނެރަކީ ސީދާ ދެކުނު ފަރާތުން އުޅަނދުތަކަށް ވަދެވޭ ގޮތަށް ތައްޔާރުކުރި ތަނެކެވެ.
މާލޭގެ ދެކުނު ފަރާތުގައި ކެނޑި ނެރު: މިތަން މިދިއަ ހަފުތާގައި ވަނީ ބޭނުންކުރަން ފަށާފައި
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާ ނެރު މިދިޔަ ހަފްތާގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
"އުޅަނދުފަހަރު މީގެ ކުރިން ދަތުރުކުރާ ދިމާލަކުން މިހާރު ނުދެވޭނެ، އެ ތަން ވާނީ ބަންދުކޮށްފައި. އެހެންވެ އުޅަނދުފަހަރު ވަންނަން ފަސޭހައަކަށް ނެރެއް ކެނޑީ،" ކަޅުތުއްކަލާ ކޮށީގެ ކުރިމަތިން ބަނދަރުގެ ބޮޑު ބައެއް ބަންދުކޮށްފައި އޮތް އޮތުމަށް އިޝާރަތްކުރައްވައި އޮފިޝަލް ވިދާޅުވި އެވެ.
މީގެ ކުރިން އެ ސަރަހައްދަށް އުޅަނދުފަހަރު ވަދެ ނުކުންނަނީ ވިލިމާލެ ފެރީ ޓާމިނަލް ކައިރިން ކަނޑާފައިވާ މައި ނެރުންނެވެ. އިންޑަސްޓްރިއަަލް ވިލެޖް ހަދާ ނިމުމުން އެ ނެރުން ވަދެގެން ދެކުނު ފަރާތަކަށް ނުދެވޭނެ އެވެ. އެހެންކަމުން ދެކުނު ފަރާތުން އުޅަނދުތައް ވަންނަން ނެރެއް ހަދަން ކުރިން ވެސް އޮތީ ނިންމައިފަ އެވެ.
ދެކުނު ފަރާތުގައި ނެރު ކަނޑާފައި އޮތް ސަރަހައްދުގައި އުޅަނދުފަހަރު އަޅާފައި
ދެކުނު ފަރާތުގައި އަޅާފައި ހުރި ބައެއް ލޯންޗުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން މިއަދު ބުނީ އެ ސަރަހައްދުގައި ނެރެއް ކެނޑުމަކީ ލިބުނު ފަސޭހައެއް ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި އުޅަނދުފަހަރު އަޅަން އޮތް ޖާގަ ކުޑަކަމުން ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް އެ މީހުން ބުނެ އެވެ.
މާލޭގެ ދެކުނު ފަރާތަކީ މާލެ ހިއްކުމުގެ ކުރިން ފުއްޓަރު ފަރާތެވެ. މާލެ ހިއްކައި، އެ ފަރާތުގައި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގެރިގަލުގެ ބޮޑު ތޮއްޓެއް ލީ 1987 ގައި މާލެ އަށް ބޮޑު ރާޅު އަރައި ލިބުނު ގެއްލުންތަކަށް ފަހު އެވެ. އަދި މިހާރު ވެސް ކަނޑު ގަދަ ދުވަސްކޮޅު އެ ފަރާތުގައި ބޮޑެތި ރާޅު އުފެދެ އެވެ. އެކަމަކު އާ ނެރު ކަނޑަން އެ ތޮށިގަނޑު ވަނީ ކުރިއަށް ވުރެ ދުރަށް ޖައްސާފަ އެވެ.
މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި އެމްޓީސީސީއާ ހަވާލުކޮށްގެން އިންޑަސްޓްރިއަލް ވިލެޖެއް ހަދަނީ މާލެ ތެރޭގައި ކުރަމުން އަންނަ ސިނާއީ ބައެއް މަސައްކަތްތައް ބަދަލުކުރުމަށެވެ. ސަރުކާރުގެ ބަޖެޓުން މި މަޝްރޫއު އަށް 159 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
19 June 2016
މި މުއިއްޒުގެ މޮޅުވިސްނުމުގެ ކަމެއް ! މުޅި މާލެ އެތަންމިތަން ފަސްބާޑި ޖަހާ އެގޮތް މިގޮތް ހެދުމަށްފަހު ، މާލެވަށާ ނުލާހިކު ރަގަޅަށް ހަދާފަ އޮތް ތޮއްޓެއް ކީއްކުރަން ހަލާކު ކޮށްލަންވީކީ!؟ މިހާރު އެދިމާ ފަޅުތެރޭ އަލާފަ ހުންނަ ހުރިހާ ލޯންޗްތައްވެސް އަބަދުވެސް ހީވަނީ ގަދަ ކަނޑެއްގަ އުޅޭހެން! އެހެން ނޫނަސް ހުޅުމާލެ ބްރިޖް އަޅާއިރު މިތާ ދެން ކޮން އިންޑަސްޓްރިއަލް ސަރަހެއްދެއް ހަދަާކަަށްތަ!؟ ހުޅުމާލޭގައި ތިޔަ ސަރަހައްދު ހެދީމަ ދޯ އެތާއުޅޭބަޔަކަށްވެސް އިތުރު ވަޒީފާވެސް ލިބޭނީ އަދި އެކަށީގެންވާ ވަރު ސަރަހައްދެއްވެސް ލިބޭނީ އެތަނުންދޯ!؟ އެކަމަކު އޭރުން 159 މިލިއަން ގެ ޕްރޮޖެކްޓަކުން ލިބޭ އަނެއްވައްތަރު ބައި ނުލިބޭނެދޯ!
މުހައްމަދު
19 June 2016
މާލެވަނީ ހަލާކު ކުރާނެވަރަކަށް ހަލާކު ކޮށްފަ އޭރުގެ ސަރުކާރުން. ރަށެއް ހަލާކު ކޮށްލައިގެން ލިބޭނެ ޝަރަފުގެ އެވޯޑެއް ދޭނަމަ ލިބޭނެ ރަން 30 އަހަރުގެ ބާނީއަށް. މިވަރު ނުވެގެން މޫދުގަ މިހަދަނީ ކުނި އަޅާނެ ތަނަކާއި ނެރުބޭރުކޮށް ބީޗަކާއި. ކުނި އުކާލާ ތަނެއް މޫދުގަ ނުވަތަ މޫދުކައިރީ ހެދުމަކީ ތިމާވެށްޓަށް އަސަރު ކުރާނެ ކަމެއް. ކިތަންމެ ރައްކާތެރި ޒަމާނީކޮށް ހެދި ނަމަވެސް ހިތާމަވެރި ހާދިސާތައް ހިނގާ ފަހަރަކު ތި ކުނީގެ އަސަރު ތި ސަރަހައްދުގެ މޫދައް ކުރުމަކީ ވުން އެކަށީގެންވާ ކަމެއް. ދެން ތި ސަރަހައްދުގެ ވިޝުއަލް ނުވަތަ މަންޒަރު ތި ހަޑިވީ ބޮޑު ކުނި ނައްތާލާ ފެކްޓުރީއެއް ހުޅުވައިގެން. ޕާކާއި، ފުޑްކޯޓާއި ބީޗު ހަދާފަ ކުރިމަތިން ބޮޑު ފެކްޓުރީއެއް ފެންނަން ހުރުމުން ރީޗެއް ނުވާނެ މަލަމަތިވެސް. ޓުރެކު ކާރިއަށް ގޮސް ސްޓެލްކޯ އިންޖީނުގެ ދުންހޮޅިތައް ފެނުމުން ހިތްހަމަ ޖެހުން ލިބޭތޯ؟
އހ
19 June 2016
ކީއްކުރަންބާވަޔޭ ޖަޕާން މީހުން އެހާ ރީއްޗައް ޖަހާފަ ހުރިގާތަކެއް ބޭރައް ޖެއްސީ ނުޖައްސާވެސް އިންޑަސްޓްރިއަލް ވިލެޖް ކުޑަ ހަރަދަކުން ހެދޭނެ ، ނެރުކެންޑުމަކުން މައްސަލައެއް ނެތް ، ޖަޕާން މީހުން ޖަހާފަ ހުރިފެންވަރުގަ ގާތައް އަތުރަންވެސް އެކޮލެޓީގަ އަޅަންވެސް އެމްޓީސީސީ އަދި 50 އަހަރުގެ ތަޖުރިބާ ބޭނުންވާނެ އަދި އެއްވާހަކަ ވިލިންގިލީ ގިރަމުންދާ ބީޗް އަޅެ ތިތަނުން ވެލިކޮޅެއް އަޅާލަ ދޭނަމަ ދޯ އެތާހުރި ރީތި ބޮޑެތި ފުނަ ގަސްތައް ނެވެއްޓެނީސް އެބީޗް އަޅެ ހިމާޔަތް ކޮށްދީބަ އެމްޓީސީސީގެ ސީއެސްއާރުގެ ބަޖެޓުން ނަަމަވެސް
މުހަންމަދު
19 June 2016
ރަނގަޅިއްޔާ ކިތަންމެހައިވެސް ރަނގަޅެވެ. އެކަމަކު، ކަމުނުގޮސްފިނަމަ، ޒިންމާބޮލުއަޅާނެ އެކަކުވެސްނުވާނެކަން ޔަޤީނެވެ. އަލަށްހެދި ހެދިގޮނޑުދޮށަކީ، ތަޖުރިބާއެކެވެ. ޚަރަދުގަނޑެކެވެ. މިކަން އެފަދަ ތަޖުރިބާއަކަށާއި ޚަރަދުގަނޑަކަށް ނުވެގޮއްސިނަމަ، ގައިކޮޅުގައިގާދުރެވެ! ކިހާވަރަކުން ދާނެބާވައެވެ؟ ކޮންމެއަކަސް މިފެންނަހައި ކަންތައްތަކުން 2018ގެ އިންތިޚާބުގެކުރިން މިފަދަ މިފަދަ އެތައްކަމަކަމަކާއި ރާއްޖެތެރޭގެ ޤަބުރުސްތާނުފަދަ ތަންތަނުގެ ފާރު އައުކުރުމަށްދާންދެން ކުރެވި، ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދުކުރެވޭއިރު، ދައުލަތުގެ ބަޖެޓުގައި ފައިސާނެތިގެން އެކިއެކި މިސްކިތް މިސްކިތަށް ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކޮށްފައިވާ އެޔާކޯން ނުހިންގި ނުޖެއްސިފަހުންނަތަން އެބަފެނެއެވެ. ވާގޮތް އެބައެނގި ވިސްނޭބާވައެވެ!!!!!