ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ކުރާނެ ގޮތް: އެ މަގު ފުޅާކުރުމުގެ މަސައްކަތް ކުރަނީ ތިން ބަޔަކަށް ބަހާލައިގެން.-- ފޮޓޯ: އެމްޕީއެލް
14 ޑިސެމްބަރ 2025 - 13:08
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައި ވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ކަނޑު އުޅަނދުތައް ނަގަން އެމްޕީއެލް އިން މިއަދު އަންގައިފި އެވެ.
އެމްޕީއެލް އިން ކުރި އިއުލާނެއްގައި ބުނީ ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށައި ތިން މަސްދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް އެމްޕީއެލް އިން ބުންޏެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން އެމްއެމްއޭ ކުރިމަތީގައި އޮތް ސަރަހައްދުގައި ތާރު އަޅައިފައި.-- ފޮޓޯ: އެމްޓީސީސީ
އެމްޕީއެލް އިން ބުނި ގޮތުގައި، އެ މަސައްކަތުގެ ފުރަތަމަ ބައިގައި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ނޯތު ހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރުގެ ސަރަހައްދެއްގަ އެވެ. އެއީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާ ދެމެދެވެ.
މަސައްކަތްކުރާ ސަރަހައްދުގައި ހުރި ކަނޑު އުޅަނދުތައް ނަގަން ޖެހޭ ސަރަހައްދު އެނގޭނެ ގޮތަށް އެއްގަމު ތޮށީގައި ފާހަގައެއް ޖަހާފައި ވާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
އެ ސަރަހައްދުގައި ބަނދަރުކޮށްފައި ހުރި އުޅަނދުތައް އަންނަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ނަގަން އެމްޕީއެލް އިން ވަނީ އަންގައިފަ އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން މިދިޔަ އޮގަސްޓް މަހު ފެށި، 144 މިލިއަން ރުފިޔާގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ކަމަށްވާ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު މަގު ހުޅުވާލީ މިދިޔަ ހަފުތާގަ އެވެ.
އެ މަޝްރޫއުގެ ދެވަނަ ސެގްމަންޓުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް އަންނަ ރޯދަ މަހުގެ ކުރިން ނިންމަން ސަރުކާރުން ވަނީ އަމާޒު ކަނޑައަޅައިފަ އެވެ. ކުރިއަށް އޮތް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހު 18 ވަނަ ދުވަހެވެ.
ފުރަތަމަ ސެގްމަންޓުގެ މަސައްކަތެކޭ އެއްގޮތަށް މަސްމާރުކޭޓާ ހިސާބުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް މަގުފުޅާ ކުރާނެ އެވެ. އޭގެ އިތުރުން މުޅި އެ މަގުގައި ތާރު އަޅައި އެންމެ ޒަމާނީ ފެންވަރުގެ މަގަކަށް ބަދަލު ކުރާނެ އެވެ.
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ނިމުމުން ޖުމްހޫރީ މައިދާނާ ހިސާބުން ފަށައިގެން ކާނިވާ ސަރަހައްދާ ހަމައަށް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބުރުވެރިކަން
15 December 2025
މަތީމަގެއްގެ ވިސްނުންފުޅު ނެތީބާއެޢ ހިތައް އަރާ
އެންޑީ
15 December 2025
އާދޭސްކުރާކަށް ނުކެހޭނެ، ފުލުހުން ފޮނުވައިގެން އޮޑިދޯނިފަހަރުގެ ވާކަންޑާލާ ފަޅުން ބޭރުކޮއްލާ، މީގެ ކުރިން ކަމިޝަރު ރިޔާޒުގެ އަމުރަށް އޮޑިތަށް ބޭރުކުރިހެން
ހާމިދު ޝާހިދު
15 December 2025
ދެން ދޯނިފަހަރު ޕާކު ކުރާނީ ކޮންތާކު. މަގުފުޅާ ކުރުމުގެ ކުރިން އޮޑިވެރިންނަށް ޕާކުކުރެވޭނެ އެހެން ތަނެއް ދައްކަންޖެހޭ. ގުއި ފުނަދޫ ފަޅުންނަމަވެސް ދޭންޖެހޭ. ނޫނީ ޗައިނާ މީހުން ލައްވާ އެދިމާލުން ބޭރު ކަނޑުތެރެއަށް ބޮޑެތި ސައިލޯތަކެއް ފައްތާ، ކަނޑުގައި ދިގު ފާލަންތަކެއް އެޅިއްޖެނަމަވެސް ވަރަށް ޖާގަ ބޮޑުވާނެ.
ޑރ ވާންޗޯ
14 December 2025
ތިޔަމަގު ފުޅާކުރުމަކީ މާފައިދާބޮޑުކަމެއް ބޭކާރަށް އަނގަފުޅާކުރުމަށްވުރެ.
ތިމަޥެށި
14 December 2025
އަތުޅު ފިހާރަ ތައް އެހުރީ ބޮލަށް ވެއްޓޭ ހިސާބުގަ އެވެ . މިހާރު ވެސް ތަންތަން ކޮޅު އެބަ ވެއްޓެވެ. މަރާމާތު ކުރިއަސް އިމާރާތުގަ ވަރެއް ނެތެވެ . މަގު ހަދާ އިރު ރަނގަޅު ކުރަން ވީ ކަމެކެވެ . 70 އަހަރު ކުރީން އުވަޔާ ވެލީން އަކިރީން ހަދާފަ އެވެ .
ޢަލްޓިކޯ
14 December 2025
ޢަހަރީފީ ސަލާމަތީ ސެޓްފިކެޓް ހަމަވެފަ ހުރި ލައިފެޖެކެޓް ހަމަނުވާ އުޅަދުތަށް ދަޑިދިގު ކުރޭނާ ފޯރކް ލިފުޓު ޖަހާ ނަގާ ތިލަފުއްޓަށް ގެންދަބަލަ ކާރުތައްވެސް ގެންދިޔައީނު
ސިކުނޑި
14 December 2025
މިކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްްލު ހޯދައިދޭން އެމްޕީއެލްއިން ކޮށްފައިވަނީ ކޮންކަމެއް ކަން މި ލިޔުމުގައި ހިމަނައިލިނަމަ ވަރަށް ރަނގަޅުވީސް. އޭގެ އިތުރުން މަގު ހެދުމުގެ މަސައްކަތުގައި އެމްޕީއެލްގެ ދައުރާއި، މިކަމަށް ޚަރަދު ކުރަނީ ކޮންބައެއްކަންވެސް މުހިންމު! މިހާރަކަށް އައިސް ނޫސްވެރިން ޚަބަރުތައް ލިޔަނީ ކިޔުންތެރިންނަކަށްނޫންހެން ހީވަނީ!
އިމްދާދު
14 December 2025
މިކަންވެސް ޖެއްސުން ކުރަން ކޮމެންޓު ކުރާ މީހުނަށް ގޯސް ވާނެ... މިހާރު އެމްއެމްއޭ ކުރިމަތި ވަރެއް އެމީހުނަކަށް ނޯންނާނެ، ރައީސް އަށް ދަންނަވާލަން ކުރިއަށް ވަޑައިންނެވުމަށް
އޮނަރަބްލް އަފީފު ދީދީ
14 December 2025
ކ.މާލޭ ބާޒާރު މަތީގައި ހުރި އަތޮޅު ފިހާރަތައް ކ.ހުޅުމާލެ ފެރީ ޓާމިނަލް ސަރަޙައްދައް ބަދަލުކޮށް މާލޭގެ މޫނުމަތި ރީތިކުރަން ތިސަރަޙައްދު ހުސްކޮށް ގަސް އިންދާފައި ޕާކް ހެދުން ރަނގަޅު. އަދި ހުޅުމާލެ ސަރަޙައްދުގައި އަތޮޅު ފިހާރަ ބަރީގެ އިތުރަށް އެހެން ފިހާރަތައް ވެސް ތަރައްޤީކޮށް (ފިހާރަ، ސްޓޯރޭޖް، އޮފީސް ހިންގޭ ގޮތަށް ކޮންމެ ފިހާރަ އެއް 5 ބުރިއަށް ހަދާފައި) މިހާރު އަތޮޅު ފިހާރަތައް ހިންގާ ވިޔަފާރި ވެރިންނަށް އެތަންތަން ދޫކުރުން ރަނގަޅު.
ކެކެކެ
15 December 2025
މާދުރުގަ އޮތް ރަށެއްގެ މީހެއް ކީއްވެ މާލޭ ގަބީލާއާ މި ބެހެނީ.
އަހުރެމެންގެ މާލެ
14 December 2025
މާރުކޭޓުން ފެށިގެން ތިޔަ އަތޮޅު ފިހާރަބަރި ނަގާބަލަ ސަރުކާރަށް، އެ ތަންތަން ތަޅާލާފަ ތިރި ޔަށް ޕާކިން ލާފަ ހައެއްކަ ބުރިިޔަށް ނަގާ ޝޮޕިން ކޮމްޕލެކްސް އެއްހަދާ މަތިން ނޯތު ހާބަރާ ކަނެކްޓު ކޮށްލާ ބޮޑު މަގަކުން، އޭރުން ތިޔަ ސަރަހައްދުގެ ޓްރެފިކް އެއް ނޯންނާނެ، ގައި މަގުގެ ކުޑަކުޑަ ތަންކޮޅެއް ފުޅާ ކޮށްލަން 144 މިލިޔަން ރުފިޔާ ވޭސްޓް ކުރުމަށްވުރެ ވޯތު ވާނެ،