ކުޑަހުވަދޫގައި ހުޅުވާ ދާލު އެއާޕޯޓުގެ މަތިން މިދިޔަ ޖެނުއަރީ މަހު ނަގާފައިވާ ފޮޓޯއެއް: މި އެއާޕޯޓްގެ ރަންވޭގައި 1،800 މީޓަރު ދިގުމިނުގައި ހުރޭ. ފޮޓޯ: ދާލު އެއާޕޯޓް
14 މެއި 2017 - 14:18
ދ. ކުޑަހުވަދޫގައި ރިއޯލޯ އިންވެސްޓްމަންޓްސްއިން ހެދި އެއާޕޯޓް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
"ދާލު އެއާޕޯޓް"ގެ ނަމުގައި މި އެއާޕޯޓް ހިންގާ ދާލު އެއާޕޯޓް ހޯލްޑިންސް އިން 62.81 ހެކްޓަރުގެ ބިން ހިއްކައިގެން 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ހެދި މި އެއާޕޯޓުގައި 42 ބޯޓަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ. އޭގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގައި އާއްމުކޮށް ބޭނުންކުރާ ޑޭޝް-8 އަދި އޭޓީއާރު-72 މަރުކާގެ ބޯޓުތައް ހިމެނޭއިރު، މިއީ އަމިއްލަ މީހުންގެ ޖެޓުތައް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު ވެސް މެ އެވެ.
އަމިއްލަ ހަރަދުގައި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ރިއޯލޯ އިންވެސްޓްމަންޓްސްއާ ސަރުކާރުން ހަވާލުކުރީ 2013 ގަ އެވެ. އަދި އެއާޕޯޓް ހިންގާނީ ރިއޯލޯ ހިއްސާވާ ދާލު އެއާޕޯޓް ހޮލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.
ކުޑަހުވަދޫގައި ހެދި އެއާޕޯޓުގެ ޑިޕާޗާ ހޯލު އެ ރަށުގެ އާއްމުންނަށް ދައްކާލަނީ: އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހެދި އެއާޕޯޓް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ބުނޭ. ފޮޓޯ: ދާލު އެއާޕޯޓް
އެ އެއާޕޯޓް ހެދި ކުންފުނީގެ އިސް އޮފިޝަލަކު "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެއާޕޯޓް ހުޅުވުމުގެ ކުރިން ސިވިލް އޭވިއޭޝަން އޮތޯރިޓީން ފުރަތަމަ އޮޑިޓް ހަދާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޓެސްޓް ފްލައިޓެއް ޖެއްސޭވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއާޕޯޓުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ހުރީ ނިންމާފައި. ޓެސްޓް ފްލައިޓް ޖެއްސުމަށްފަހު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފްލައިޓް އޮޕަރޭޓްކުރަން ފެށޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓްގެ ރަންވޭ އާއި ޓާމިނަލްގެ ހުރިހާ ކަމެއް ނިމި އަދި އެއާޕޯޓުގައި ހުންނަން ޖެހޭ ކެޓަގަރީ އަށް އަލިފާން ނިވާ ނިޒާމް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިތިބީ ސިވިލްއޭވިއޭޝަނުގެ ޖަވާބެއްގެ އިންތިޒާރުގައި. އަޅުގަނޑުމެންނަށް ފައިނަލް އެޕްރޫވަލް ލިބޭނީ ޓެސްޓް ފްލައިޓެއް ޖެއްސުމަށްފަހު،" އެ އޮފިޝަލް ވިދާޅުވި އެވެ.
ކުޑަހުވަދޫގައި ހެދި އެއާޕޯޓު އެ ރަށުގެ އާއްމުންނަށް ދައްކާލަނީ: އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހެދި އެއާޕޯޓް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ބުނޭ. ފޮޓޯ: ދާލު އެއާޕޯޓް
ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް އެބައޮތެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓާއި އދ. މާމިގިލީ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ އިތުރުން، ހަތް ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ފުވައްމުލައް، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ އަދި ތ. ތިމަަރަފުށީގައި އޮންނަ އެއާޕޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހްމަދު އަލީ
15 May 2017
ސާބަހޭ ސަރުކާތުން ތިކޮއް ދެއްވާ މަސައްކަތައް
ރައްޔިތެތް
15 May 2017
ރާއްޖޭގަ 1200 އެއާރޕޯޓް ނާޅާ ކަލޭމެން ހުއްޓާނުލާތި! ހުވާ މިބުނީ.......
މާނު
15 May 2017
ޝުކުރިއްޔާ ރައީސް ޔާމީން!
ޝާކިރާ
15 May 2017
ޝުކުރިއްޔާ ޔާމީން
އަހުމަދު
15 May 2017
މީގެން މި އިގިގެން ދަނީ ރައީސް ޔަމީންގެ ދުރުވިސްނުން.އެމަނިކުފާނުގެ ތަރައްގިގެ ތަސައްވަރު.ޝުކުރިއްޔާ ރައީސް ޔަމީން
ކުޑަހުވަދޫ މީހާ
14 May 2017
ރައީސް ނަޝީދުއަށް ޝުކުރިއްޔާ ކުޑަހުވަދޫ މިއަދު މިދެކޭ ތަރައްޤީގެ ބާނީ
އަބުދޯ
14 May 2017
ޝަމްސުއްދީނު ރަދުންނަށް ޝުކުރިއްޔާ!
ސަމަރޭ
14 May 2017
ޝުކުރިއްޔާ ރައީސް ނަޝީދު.
މީމަށޭ
14 May 2017
މުހައްމަދު އަމީން ޝުކުރިއްޔާ
ކަޑަ ދޯ
14 May 2017
ސްޓާފުން ނަގައިގެން އޭޕްރީލް 1 ގައި ކޮންޓްރެކްޓް ދޭނަމޭ ކިއައިގެން އުޅޭތާ ފަސްވަރަކަށް މަސް ވެއްޖެ. އެކުދިން ނަގައިގެން ކުރުވަނީ ލޭބަރުންގެ މަސައްކަތް ގަދަ އަވީގަ. މުސާރަ ކޮޅު ވެސް ދެނީ މަސް ނިމޭ ފަހުން ފަނަރަ ވަރަކަށް ދުވަސް ފަހުން އާދޭސް ކޮއްގެން.
މީމަށޭ
14 May 2017
ދެން ނުދިޔާމަ ނިމުނީ ދޯ މަދާން ތައްޔާރު
ކުޑަހުވަދިއަންސް
14 May 2017
މިހާ މުސާރަ ކުޑަ އެއަރޕޯރޓެއް ހިޔެއް ނުވޭ މިގައުމުގަ އޮންނާނެ ހެނެއް. ހުރިހާ އެއްޗެއް ލައިގެން އެވްރެޖް ކޮށް ޖެހެނީ ފަސްހާސް ވަރު. އިތުރު އެއްވެސް އެލަވަންސް އެއްވެސް ނުދޭ.
މޫސަ
14 May 2017
ހިތާނުވަންޏާ ވަޒީފާ ދޫކޮށްލާފަ ގޭގަ އޮވޭ. ދާނެ މީހުން އެބަތިބި.
އެމް އެޗް
14 May 2017
ގެއްލިގެން އުޅޭ އެމް އެޗް މިފަހަރު ފެންނާނެ! ހައްހައްހާ