ނަގޫރޯޅީގައި ހިތަދޫގެ 10 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނޭ
18 މެއި 2017 - 12:38
ރޭ ގާތްގަނޑަކަށް 10 ޖަހާކަންހާ އިރު ހިތަދޫ ސޭންޑީ ބޭންކްގެ މީހުން ތިބީ ޓީވީ ބަލާށެވެ. ތުނިތުނިކޮށް ވާރޭވެހެ އެވެ. ކުއްލިއަކަށް ބާރު އަޑު ފައްގަނޑެއް އިވުމާ އެކު އެންމެން ދިޔައީ ސިއްސައިގެންނެވެ. އެ ބިރުވެރި ވަގުތުކޮޅު ވާނުވާއެއް ނޭނގި ތިއްބާ ގޭ ފުރާޅު އެއްލައިލި އެވެ.
އައްޑޫ ސިޓީގެ ހިތަދޫ ދެކުނާއި މެދު ދާއިރާ ގުޅުނު ހިސާބަށް އެރި ބާރުގަދަ ނަގޫރޯޅި އެ ސަރަހައްދު ހުރަސްކޮށް ދިޔައީ ސޭންޑީ ބޭންކްގެ އިތުރުން އެހެން 11 ގެއެއްގެ ފުރާޅު ވެސް އެއްލަައިލައި، ބައެއް ގަސްތައް މުލުން ލުހެލާފަ އެވެ.
"އެހާ ބޯކޮށް ވާރެއެއް ވެސް ނުވެހޭ އަދި އެހާ ވައެއް ވެސް ގަދައެއް ނޫން. އާދައިގެ ވަރަކަށް ވާރޭ ވެހިވެހި އޮއްވައި މިކަމެއް ހިނގީ،" ސޭންޑީ ބޭންކް ގޭގެ ފަރާތުން ވާހަކަ ދެއްކި އަލީ ރަޝީދު ބުންޏެވެ.
"ސިޓިން ރޫމްގައި ޓީވީން ބަލަން ތިއްބައި ކުއްލިއަކަށް ބޮޑު އަޑުފައްގަނޑެއް ކިޔާފައި ފުރާޅު އެއްލައިލީ. ދެން އެންމެން ބިރުން ދުއްވައިގަތީ ބޭރަށް."
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ނަގޫރޯޅިއެއްގެ ސަބަބުން މިވަރުގެ ބޮޑު ގެއްލުމެއް ފަހުގެ ތާރީޚެއްގައި ހިތަދުއަކަށް ނުލިބެ އެވެ. ނުރައްކަލާ ކުރިމަތިވި ބައެއް ގޭގޭގެ މީހުން ބުނާ ގޮތުގައި މިވަގުތު އެމީހުންގެ "ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފަ" އެވެ.
"ވަރަށް ބޮޑު ހިތާމައެއް މި ލިބުނީ. ރޯދަ މަސް ވެސް ބޯމަތިވެފައި އޮއްވައި ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނީމަ ހަމަ ހަދާނެ ގޮތެއް ވެސް ނޭނގިފައި މި ތިބީ،" ރަޝީދު ބުންޏެވެ.
ހިތަދޫ ގެއެއްގެ ފުރާޅު އެއްލާލައިފައި: ބަައެއް ގޭގޭގެ މީހުން ރޭ ނިދީ އެހެން ގޭގޭގައި
ފުރާޅު އެއްލައިލި ގޭގޭގެ މީހުން ރޭ ނިދީ ތިމާގެ މީހުންނާއި އަވަށްޓެރިންގެ ގޭގޭގަ އެވެ. ބައެއް ގޭގޭގައި މިރޭ ވެސް ނިދޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވެސް ބައެއް މީހުންނަށް އެބަ އޮތެވެ.
"ކައުންސިލާއި ހައުސިން މިނިސްޓްރީގެ ބޭފުޅުން ވެސް ރެ އާއި މިއަދު ވެސް ވަޑައިގެން ލިބުނު ގެއްލުންތައް ބެއްލެވި. އަޅުގަނޑުމެން މި ތިބީ މިކަމުގައި އެހީއެއް ލިބޭނެ ކަމުގެ އުންމީދުގައި،" އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ގެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހިފައި އެބަ ހުރި ލިބުނު ގެއްލުންތަކަށް ބަލާ އިރު."
ނަގޫރޯޅީގައި ގަހެއް ވެއްޓިފައި: ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ގެއްލުންތައް ބަލަމުން
އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރް (އަބްހަރީ) ވިދާޅުވީ ނަގޫރޯޅި އެރި ހާދިސާއާ ގުޅިގެން، މިނިސްޓްރީގެ ޓީމަކުން ގެއްލުންތައް ދެނެގަނެ މީހުންގެ ހާލު ވެސް ބަލާފައިވާ ކަމަށެވެ.
"ރޭ އަޅުގަނޑުމެން ނިކުމެ، ލިބުނު ގެއްލުންތައް ބަލަމުން ދިޔައިން. އަދި ލިބުނު ގެއްލުންތަކުގެ އިތުރު ތަފުސީލް ނަގައި ލިބުނު ގެއްލުންތައް އިތުރަށް ސާފުކުރުމަށް އަޅުގަނޑުމެންގެ ޓީމްތައް މިހާރު ވެސް އެބަ ހަރަކާތްތެރިވަމުން ގެންދޭ،" ޒުހައިރު ވިދާޅުވި އެވެ.
ނަގޫރޯޅީގައި ފުރާޅު އެއްލައިލުމާ އެކު ގެއެއްގެ ސީލިން ވެސް ހަލާކުވެފައި: ބައެއް ގޭގޭގައި މިވަގުތު އުޅެވޭނެ ގޮތެއް ނެތް
ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް ވިދާޅުވީ 10 ވަރަކަށް ގެއަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި މި ހާދިސާއާ އެކު ގިނަ ބަޔަކަށް ނަފުސާނީ ގޮތުން ޝޮކެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދެ ޓީމެއް މިހާރު ވެސް ގެއްލުންތައް ސާފުކުރުމުގައި އެބަ އުޅޭ. މިހާރު ބޮޑަށް މި ބަލަނީ ގެތަކުގެ މީހުންނަށް ކައިބޮއި އުޅެވޭނެ ގޮތްތަކާއި ބޯހިޔާވަހިކަން ބޭނުންވާ ނަމަ އެ އެހީތެރިކަން ހަމަޖައްސައި ދިނުމުގެ ކަންކަން،" ޔަސްރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހާދިސާއާ ގުޅިގެން ކަމާ ބެހޭ ހުރިހާ މުއައްސަސާތައް މިއަދު ހެނދުނު ކޮންފަރެންސް ކޯލަކުން ވާހަކަ ދައްކާ މަޝްވަރާކުރި ކަމަށެވެ.
ހިތަދުއަށް އެރި ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު އިމާރާތެއް ކައިރީގައި ފުލުހުން
"ގެއްލުންވެ ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދަން މަޝްވަރާ ކުރެވުނު. އެގޮތުން ރައީސްގެ ހާއްސަ ވަފުދެއް ވެސް ގެއްލުންތައް ބެލުމަށް މެންދުރު ފަހު އައްޑު އަށް ވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.
ރޭގެ ނަގޫރޯޅިއާ އެކު ވެއްޓުނު ގަސްތައް ކޮށައި ނެގުމާއި، ފުރާޅު އެއްލާލި ގެތަކުގެ ފުރާޅުތައް މަރާމާތު ކުރުން ފަދަ ކަންކަން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
މިކަމުގައި ފުލުހުންނާއި ސިފައިންނާއި އެމްއާރްޑީސީގެ އިތުރުން އައްޑޫގެ އެހެން މުއައްސަސާތަކުން ވެސް އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސުބޭގެ ދަރި މޫސު
19 May 2017
މިދިވެހިން ދުވަހަކުވެސް އިސްލާހުނުވާނެ.. ކޮންމެ ކަމެއްވެސް ހަމަ ސިޔާސީ ކުރަންޖެހޭތަ؟
އަސޭލާ
19 May 2017
ހާސްނުވެ އެއްވެސް ދިވެއްސަކު މީ އާދައިގެ ހުނޅަގެއް އެކަމް އަދި ހުނޅަގުއޮތީ ކުރިޔަށް ލިބުނުގެއްލުމުގެ ތަފްސީލު އަދިނުލިބެ ލަފާކުރެވެނީ 3 މިލިޔަން ރުފިޔާވަރުގެ ގެއްލުމެއްލިބުނުހެން
ކާފަ
18 May 2017
"ރޭގެ ނަގޫރޯޅިއާ އެކު ވެއްޓުނު ގަސްތައް ކޮށައި ނެގުމާއި، ފުރާޅު އެއްލާލި ގެތަކުގެ ފުރާޅުތައް މަރާމާތު ކުރުން ފަދަ ކަންކަން މިހާރު ވެސް އަންނަނީ ކުރަމުންނެވެ." މި ޕެރެގްރާފް ކިޔާލުމުން ގެއްލުން ލިބުނު ގެެތަކުގެ ފުރާޅު މަރާމާތުކުރުން ކުރިޔަށް ދާކަން އެގެއެވެ. ކާފަގެ ސުވާލަކީ މިހާރު އެއްވެސް ގެއެއްގެ ފުރާޅު މަރާމާތުކޮން ނިމިއްޖެ ހެއްޔެވެ؟
ކަމަނާ
18 May 2017
ސަރުކާރު ފެންނަނީ ބޮނޑިއެއްލިބުނީމަ ދޯ ގެއްލުންލިބުނު ފަރާތްތަކަށް އެހީވާން ބަޖެޓް އޮންނަންޖެހެނީ މިސަރުކާރުގަ ދޯ މިސަރުކާރުގަހުރީ ކޮރަފްސަނުން ފުރިފައިވާ ފައިސާކަމަށް އިދިކޮޅު ފަރާތްތަކުންބުނެ ހިތަދޫއަކީ އެމްޑީޕީ މެޖޯރެޓީއެއް އޮންނަތަނެއް އެހެންވީމަ ދައުލަތުން ފައިސާއެއްދިނަސް ހިފާނެބާއެ ހިތަށްއަރާ ސުވާލު އަޅުގަނޑަށް އުފެދެ
ކާފަ
18 May 2017
މިހާރު ދެން ތިދަނީ އަތްފޯރާވަރަށްވުރެ މަތިންނެވެ. ދައުލަތަކީ އިދިކޮޅުފަރާތްތައްވެސް ހަމަ އެއްވަރަކަށް ސާމިލްވާތަނެކެވެ. ދައުލަތުގެ ހަޒާނާއިން އެއްކޮޅުމީހަކަށް ލިބޭ މިންވަރު ހަމަ ތިބުނާ އިދިކޮޅު މީހާއަށްވެސް ލިބެންޖެހެއެވެ.
އަލީ
18 May 2017
އެހެންވިއްޔާ "އިދިކޮޅު" ކަމަށް ތިޔަކިޔާ އެއްވެސް މީހެއްގެ އަތުން ޓެކްސްނެގުން ހުއްޓާލަންޖެހޭނެ!
އައްޔު
19 May 2017
ބަލަ ރައްޔިތުންނެތް ނެތް ތަނެއްގައި ނޯންނާނެ ސަރުކާރެއް ރައްޔިތުންނައް ނުވަތަ ރައްޔިތަކަށް ގުދުރަތީ ގެއްލުމެއްވެއްޖެ ނަމަ އެބަޔަކަށް ހުރިހާ އެހީއެއްވުމަކީ ސަރުކާރައް ވާޖިބް ކަމެއް! މަހީކުރީ މިވަރުނޭގޭމީހަކު 21 ވަނަ ގަރުނަކު ނޫޅޭނޭކަމަައް.....
ހަމަދު
19 May 2017
މިވަގުތު ސިޔާސީ ނުވެ އަޅުގަނޑުމެންގެ ޙާލާމެދު ވިސްނާވަޑައިގަންނަވާ
އަށްޔާ
18 May 2017
ނުޖެހޭނެ ދައުލަތަކުން ކައުންސިލްތަކަށް ވިއްސާރާގަ ގެއްލުންލިބުނު ފަރާތްތަކަށް އެހީވުމަށް ފައިސާދޭކަށް ހަމަޖެހޭނީ ކައުންސިލާނުގުޅި ގެއްލުންވީފަރާތްތަކަށް އަގުމަގުކޮށްފަ އެފައިސާ ގެއްލުންލިބުނު ވެރިފަރާތަށް ހަވާލުކުރަން ތިލާރި ދައުލަތުން ކައުންސިލަށް ހަވާލުކުރިޔަސް އޭގެ ހައްގުވެރިފަރާތްތަކަށް ހަމަޔަކަށް ނުލިބޭނެ އަޅުގަޑު ގޮވާލަން ސަރުކާރަށް ފައިސާއެއްދިނަސް ގޭގެ ވެރިފަރާތަށް ކައުންސިލް މެދުވެރިނުކޮށް ދިނުމަށް
ހަސަން
18 May 2017
ރައްޔިތުން ހޮވާފަ ތިބި ބަޔަކަށް ގާނޫނުން ހަވާލުކުރަންޖެހޭ ކަންކަން ހަސަދަވެގެން ހަވަލުނުކޮށް ބާކީކޮށްފަ ބައިތިއްވަން ކީއްކުރަން ބޭއްވި އިންތިޚާބެއް؟
އައްޔު
19 May 2017
ތިހިރީ ހަމަހޭގަތަ؟ ޖެހޭނީދޭން އެހެންނޫނީ އިސްތިއުފާދީފަ ގެއައް ކަނޑާލާ!
އަލީ
18 May 2017
ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ދައުލަތުން ކައުންސިލްތަކަށް ފައިސާދޭން ޖެހޭނެ.
ކަމަނަ
18 May 2017
މާކަންތަށްބޮޑުނުވެ މީ އާދައިގެ ހުނޅަގެކެ މެޓް އޮފީހުން ބުނެފައޮތީ
ޕޮގުބާ
18 May 2017
ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ މިފަދަހިތާވެރި ހާދިސާއެެށް މިގަގުމަށް ދެން މިންވަރު ނުކުރަށްވާށި އަދިމިހިތާމަވެރި ހާދިސާގަ ގެއްލުންލިބުނު އެންމެންނަށް ކެއްތެރިކަންދެއްވާ އިސްލާމީރިވެތި އަގީދާގެ މަތީގާ ފައިތިލަ ސާބިތުކޮށް ތިބުމުގެ ހިޔޮތައުފީގު ދެއްވާށި އާމީން
ކާފަ
18 May 2017
އާމީން
ައަލީ
18 May 2017
މިއީއިބް ރަތަކަށް ބަލަމާ
ޔުމްނާ
18 May 2017
ހިތަދޫގެ ބައެއް ރައްޔިތުންނަށް ލިބުނު ގެއްލުންތައް އެއްމެންގެ ލޯ ހުއްޓުނު ފަދައިން ނަޑައްލާގައި ފެންބޮޑުވެ ލިބުނު ގެއްލުންތައްވެސް ބަލައި އެހީތެރިކަން ދެއްވާ..