ޒުލޭހާ އާއި އާދަމް ނައީމް: ކޮޅުވެއްޓި އަށް ޒުލޭހާ އެރީ ރަށަށް ދިއުމުގެ މަގުސަދުގައި
19 މެއި 2017 - 14:39
ޗުއްޓީއަކަށް މާލެ އައިސް ހުރި ޒުލޭހާ އުސްމާން، އޭނާގެ ފިރިމީހާ ކައްޕިކަން ކުރާ ކޮޅުވެއްޓިއަށް އެރީ އެ އުޅަނދު ލ. އަތޮޅަށް ކުރާ ދަތުރުގައި އުފަން ރަށް، ތ. ވިލުފުއްޓަށް ދިއުމަށެވެ.
ފިރިމީހާއާ އެކު މީގެ ކުރިން ވެސް އޭނާ އެ އުޅަނދުގައި ދަތުރު ކުރެ އެވެ. އެކަމަކު ޖުމްލަ ހަ މީހުންނާ އެކު މިދިޔަ އަންގާރަދުވަހު ތުލުސްދޫން ފުރި ފަހުން އޭގެ ހަބަރެއް ނުވެގެން ސިފައިން ވަނީ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ތުލުސްދޫން ފުރި ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޯކުގެ "މާރިޔާ-3"ގެ ކައްޕިއަކީ ޒުލޭހާގެ ފިރިމީހާ އާދަމް ނައީމެވެ. ބަނދަރު ހެދުމުގެ ސާމާނު ހިފައިގެން ތުލުސްދުއަށް ގޮސް، އެ ރަށުން އެ ކޮޅުވެއްޓި ފުރީ އަންގާރަ ދުވަހު ހަވީރު، ހަމަ އެފަދަ ސާމާނުތަކެއް ހިފައިގެން ލ. ގަމު ތުނޑީ އަވަށަށް ދިޔުމަށެވެ.
"އެހެން އުޅެލާފައި އާދަނާ އެކު ޒުލޭހާ ކޮޅުވެއްޓީގައި ދަތުރުތައް ކުރާނެ. ބައެއް ފަހަރަށް ލ. އަތޮޅަށް ވެސް ދާނެ،" ވިލިފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"އެކަމަކު މި ފަހަރު އޭނާ އެއަށް އެރީ ލާމަށް ދާއިރު ވިލިފުއްޓަށް ފައިބަން ވެގެން."
ހަތަރު އަންހެން ކުދިން ތިބޭ އެ ދެމަފިރިންގެ ދަރިއަކު ލ. ފޮނަދޫގައި ވެސް ދިރިއުޅެ އެވެ. ހުރިހާ ދަރިން ވެސް އުޅެނީ ކައިވެނިކޮށްގެންނެވެ.
މޭ 16، 2017 ގައި ތުލުސްދޫން ފުރި ގޮތަށް ގެއްލިގެން ހޯދަމުން ދާ ސްރީ ލަންކާގެ ސެނޮކް ކުންފުނީގެ ކޮޅުވެއްޓި "މާރިޔާ 3" ރާއްޖޭގެ ބަނދަރެއްގައި
ވިލުފުށިން ވާހަކަ ދެއްކި މީހާ ބުނީ ކޮޅުވެއްޓި ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވިލުފުށީގެ މީހަކަށް ގުޅާފައި ރަށަށް ދާ ވާހަކަ އާދަނު ބުނި ކަމަށެވެ. އެކަމަކު އޭގެ ފަހުން އެ މީހުންގެ ހަބަރެއް ނުވެ އެވެ.
"އޭނާގެ ކުއްޖަކު އިއްޔެ މިގެއަށް އައިސް ބުނި މަންމަ އާއި ބައްޕަގެ ފޯނު ވެސް އޮތީ ނިއްވާލާފައި ކަމަށް. އަދި އެ އުޅަނދު އޭރު ހޯދަން ފަށައިފި ކަމަށް ވެސް ބުނި،" އޭނާ ބުންޏެވެ.
އުމުރުން 50 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ދެމަފިރިންނާ އެކު ކޮޅުވެއްޓި ފުރި އިރު މޫސުމް ވަރަށް ގޯހެވެ.
އެންމެ ފަހުން އެ އުޅަނދުގެ ހަބަރެއް ވީ އަންގާރަ ދުވަހުގެ ރޭ 9:30 ހާއިރު އެވެ. އެކަމަކު ކޮޅުވެއްޓި ގެއްލިގެން އުޅޭކަން އެމްއެންޑީއެފަށް ސެނޯކްގެ ފަރާތުން ރިޕޯޓްކުރީ އިއްޔެ ހަވީރު އެވެ. އޭރު މާރިޔާ-3 ގެ ހަބަރެއް ނުވާތާ ދެ ދުވަސް ވަނީ އެވެ.
ތުލުސްދު އާއި ގަމު ތުނޑީ އަވަށުގެ ބަނދަރު ހެދުމުގެ މަސައްކަތްކުރަނީ ސެނޯކުންނެވެ. އެ މަސައްކަތަށް ބޭނުންވާ ސާމާނު އުފުލަނީ މާރިޔާ-3 ގަ އެވެ.
ތުލުސްދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަންގާރަދުވަހު ހަވީރު 3:30 ނުވަތަ ހަތަރެއް ޖަހާކަންހާ އިރު އެ ރަށުން ކޮޅުވެއްޓި ފުރީ ބަނދަރަށް ބޭނުންވާ ސިމެންތި ޕައިލްސްތަކެއް ހުސްކޮށްފަ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތުގައި ޓީއެމްއޭގެ މަތިންދާބޯޓެއް ވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ސިފައިންގެ ހެލިކޮޕްޓަރާއި ހުރަވީ މަނަވަރާއި ކޯސްޓް ގާޑުގެ އެހެން އުޅަނދުފަހަރުން ވެސް ރާއްޖޭގެ އެކި ސަރަހައްދު ބެލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރީގެޕައިލެޓް
20 May 2017
ސިފައިންގެ ހެލިކޮޕްޓަރެއް އޮވޭތަ
އެންމެން
20 May 2017
ކައްޕިގެ ދެމަފިރިންނާއިއެކު އޭގައިވާ އަނެއް ހަތަރު މީހުން ވެސް ﷲގެ ރަޙުމަތްފުޅުން ސަލާމަތުން ލަހައްޓަވާށި! އާމީން
މީހާ
20 May 2017
ދެންވެސް ތިބީ ހަމަ އިންސާނުން. އެމީހުންގެ ވާހަކަ ހަމަދައްކާނެ މީހެއް ނެތްބާ
Dear
19 May 2017
މާތްﷲ ތިޔަދެމަފިރިން ގަދަވެ ހެޔޮހާލުގާ ލަހައްޓަވާށި
މެންޓަލިސްޓް
19 May 2017
ކޮންމެއަކަސް ވަރަށްވެސް ހިތާމަހުރިކަމެށް ،،،، އަޅުގަނޑުގެ ދުއާއަކީ އެދެމަފިރިންނަށް ބާއްޖެވެރި އަނެއް ހަޔާތްދައްކަވާ އާއިލާޔާ އެމީހުނާ ގުޅުމުގެ ހެޔޮރަހްމަތް މާތްﷲ ދެއްވުން ،،، އާޢިލާއަށް ހިއްވަރާއި ކެއްތެރިކަމަށް އެދެން ،، ވަރަށްވެދުން
ޢަލީ
19 May 2017
މާތްﷲ ތިޔަދެމަފިރިން ގަދަވެ ހެޔޮހާލުގާ ލަހައްޓަވާށި
ސަލާމަތީ
19 May 2017
މިކަހަލަ ހިތާމަވެރި ހާދިޘާ ތަކުން ޢިބުރަތް ލިބިގަނެ، "އިޕާރބް" ފަދަ ޒަމާނީ ވަސީލަތްތައް ތިޔަ އުޅަނދު ފަހަރުގައި ހަރުކުރައްވާ، ހޮތާމަވެރި ހާދިޘާއެއްގައި އުޅަނދު ބަނޑުންޖަހާލައިފިނަމަ ނުވަތަ އަޑިޔަށްގޮސްފިނަމަ އެ އުޅަނދު އޮތް ތަން އެނގޭގޮތަށް އޮޓަމެޓިކުން ދިވެހިރާއްޖޭގެ އަދި ދުނިޔޭގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކަށް މަޢުލޫމާތު ލިބޭނެ. އެއްފަހަރު ކުރަންޖެހޭ ކުޑަ ޚަރަދެއް (ގާތްގަނޑަކަށް 5000ރ-10000ރ ދެމެދު) ދިޔަކަމުގައި ވިޔަސް އުޅަނދު ހޯދަން ކުރަންޖެހޭ ޅަރަދު ވަރަށް ބޮޑުތަން ކުޑަވެގެން ދާނެ.
ޖޭކޭ
19 May 2017
ކޯސްޓުގާރޑުން ވެއްޖެނު މިލިޓަރީ ގުރޭޑުގެ ޑުރޯނު ވެސް ބޭނުން ކުރަން
އަލީ
19 May 2017
މޮބައިލް ހިދުމަތް ކެނޑުނު ހިސާބު ބަލައިގެން ނޭންގޭނެތަ އެ އެހިސާބެއް ބަލާކަށް؟
ސަލީމްޢަލީ
19 May 2017
މި ޤައުމުގެ މީހުންނަކީ ތިއިން އެއްވެސް ކަމެއް އެންގޭ ބައެއް ނޫން. ވިސްނުމާއި ޓެކްނޮލެޖީގެ ބޭނުން ހިފަން ދަންނަ ބައެއް ނޫން.
މަސޮރު
20 May 2017
މި ޤައުމުގެ ގިނަ މީހުން ވިސްނުމާ ޓެކްނޮލޮޖީގެ ހިދުމަތް ބޭނުންކުރަނީ ލެއްވިހާ ނުބައި ކަންކަންކުރަން.
ހަމްދު
20 May 2017
އެއީ މުޒާހަރާ ކަވަރުކުރަންށާ ސިޔާސީ ފަރާތްތަށް ފަހަތުން ދުއްވަން ގެންގުޅޭ އެއްޗެއް. އެކަމާ ނޫޅޭ. އެދެމަފިރިންނަށް ރަހުމަތް ލައްވާށި. އާމީން
އެދުރު
19 May 2017
މާތް ރަސްކަލާންގެ ރަހުމަތްފުޅުން އެއެންމެންވެސް ހެޔޮހާލުގައި ލައްވާށީ އަދި ވީހާވެސް އަވަސް ފުރުޞަތެއްގައި އެމީހުން ފެންނާނެގޮތް މެދުވެރިކޮށްދެއްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.. އާމީން