ކޯސްޓްގާޑްގެ ކޮމާންޑަރު މުހައްމަދު އިބްރާހިމް ވާހަކަ ދައްކަވަނީ: މިހާތަނަށް 10،000 ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް ވިދާޅުވި --މިހާރު ފޮޓޯ/ހުސައިން ވަހީދު
20 މެއި 2017 - 20:25
ދިވެހި ދެމަފިރިއަކާއި ހަތަރު ބިދޭސީންނާ އެކު ދަތުރު ކުރަނިކޮށް ގެއްލުނު ކޮޅުވެއްޓި މާދަން ނުފެނިއްޖެ ނަމަ އެ އުޅަނދު ރާއްޖޭގެ ކަނޑު ސަރަހައްދުން ބޭރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.
"މާރިޔާ 3" ނަމަކަށް ކިޔާ އެ ކޮޅުވެއްޓި މިދިޔަ އަންގާރަ ދުވަހު ގެއްލުނީ ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރު ކުރަނިކޮށެވެ. އެ އުޅަނދު ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަނާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓް ގާޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ އެ އުޅަނދު ފެނޭތޯ މިހާތަނަށް 10،800 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
މާދަމާގެ އިރުއޮއްސުމުގެ ކުރިން އެ ކޮޅުވެއްޓި ނުފެނިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުވެ، ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އެއީ ރާއްޖޭގައި މިވަގުތު ހުރި ވަސީލަތްތަކުން ބެލޭނެ އެންމެ ބޮޑު ސަރަހައްދުން ބޭރުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭގެ ފަހުން ވެސް އެ އުޅަނދު ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އިންޖީނު ހުއްޓުނަސް އަދި އެހެން ކަމެއް ދިމާވިޔަސް ބެހިގެންދާ ނަމަ އަޅުގަނޑުމެން ގަބޫލުކުރަނީ މާދަމާގެ 18:00 އާއި 12 އާ ދެމެދު ރާއްޖޭގައި މިހާރު ބެލެން ހުރި ވަސީލަތްތަކުން ބެލެން ހުރި ސަރަހައްދުން، މަތިންދާބޯޓުން ވެސް ބެލޭނެ ސަރަހައްދުން އެ މީހުން ނިކުމެގެން ހިނގައިދާނެ ކަމަށް. މިހާރުއްސުރެން ވެސް އަޅުގަނޑުމެން ވާނީ އަވަށްޓެރި އިންޑިއާ އަދި ސްރީ ލަންކާގެ އަށް ވެސް މި މައުލޫމާތު ފޯރުކޮށްދީފައި،" މުހައްމަދު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެ މީހުންގެ ސަރަހައްދަށް ދިޔަޔަސް އަޅުގަނޑުމެން މިކަން ހުއްޓައެއް ނުލާނަން."
މާރިޔާ-3 ގައި ދަތުރުކުރި ދިވެހި ދެމަފިރިންނަކީ އޭގެ ކައްޕި ވިލިފުށީ އާދަމް ނައީމާއި ޒުލޭހާ އުސްމާނެވެ. ޒުލޭހާ އެއަށް އެރީ ލ. އަތޮޅަށް ދާ މަގުމަތީގައި ރަށަށް ދިއުމަށެވެ. މީގެ ކުރިން ވެސް ފިރިމީހާއާ އެކު އެގޮތަށް އޭނާ ދަތުރުކުރާ ކަމަށްވެ އެވެ.
މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި ގެއްލުނު އުޅަނދު ރާއްޖެއިން ބޭރުވާނެ ކަމަށް ލަފާކުރަނީ ކޯސްޓް ގާޑުގައި މިހާރު ހުރި ޑްރިފްޓް މޮޑެލް ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ. އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އުޅަނދުގެ ކުޑަ ބޮޑުމިނަށާއި އޮއިވަރަށް ބަލައި އެ އުޅަނދު ބެހިގެން ދާނެ ސްޕީޑް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑިއާގެ ކަނޑުގެ އޮޔާއި ވަޔާއި ދިޔަވަރާއި އޮއިވަރާއި މި ހުރިހާ އެއްޗެއް ހުރި ވަރެއް އެއަށް އެބަ ލިބޭ. އެއިން މިބަލަނީ މި ސްޓްރަކްޗާއަށް އޮތް ލޭންޑިން ކްރާފްޓެއް ނަމަ އޭތި އޮޔާ އެކު ދަތުރުކުރާނީ ކިހާ ވަރަކަށް ކަން،" މުހައްމަދު ވިދާޅުވި އެވެ.
ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓާ ސަލީމްވާހަކަ ދައްކަވަނީ: ދަތުރު ކުރާއިރު ދަތުރުގެ މައުލޫމާތު ހިއްސާކޮށްފައި ދަތުރު ކުރުމަށް އޭނާ އިލްތިމާސް ކުރެއްވި --މިހާރު ފޮޓޯ/ހުސައިން ވަހީދު
ކޯސްޓް ގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެ އުޅަނދު ހޯދުމުން ދަނިކޮށް ލ. އިސްދުއާ ދިމާލުން ތެޔޮތަކެއް ކަނޑަށް އެޅިފައި ވަނިކޮށް އިއްޔެ ފެނުނު ކަމަށާއި އެކަމަކު އިތުރު އެއްޗެއް އެތަނުން ފެނިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ މާ ބޮޑަށް ލަސްވި ފަހުން އެ ހާދިސާ ރިޕޯޓްކޮށްފައި އޮތުމެވެ. އެހެންވެ، ކަނޑު ދަތުރުކުރާއިރު ދަތުރުގެ މައުލޫމާތު އޭގެ ވެރިފަރާތަށް ހިއްސާކޮށްގެން ދަތުރު ކުރަމުން ދިއުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"އާއިލާ އަށް އަދި އޮޕަރޭޓް ކުރައްވާ ފަރާތަށް ވެސް މާ ބޮޑަށް މިކަންކަން ނުބެލެވި އެބަ ދޭ. މި ކޭސްގައި ވެސް 48 ގަޑިއިރަށް ވުރެ ގިނަ އިރު ވީ ފަހުން ރިޕޯޓް ވެސް ކޮށްފައި މިއޮތީ. އެހެންވީމަ ސާޗްތަކާ އެއްޗެހި ހެދުމުގައި އެރާތައް އެބަ އާދޭ. އަޅުގަނޑުމެންގެ ކަލްކިއުލޭޝަންސްތަކަށް އެބަ ލާން ޖެހޭ ވަރަށް ގިނަ ކަންކަން،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަވަހަށް މައުލޫމާތު ލިބިއްޖެ ނަމަ އެފަދަ އުޅަނދުތައް ހޯދަން ފަސޭހަވާނެ އެވެ. އެހެންވެ، ދަތުރުގެ މައުލޫމާތު ގަވާއިދުން ހިއްސާ ކުރަމުން ދަތުރު ކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ. އަދި މިއީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން ވެސް އޭނާ އެދިވަޑައިގަތެވެ.
މާރިޔާ-3 ހޯދުމުގައި ރާއްޖޭގެ އިތުރުން އިންޑިއާގެ އަސްކަރީ މަނަވަރަކާއި މަތިންދާބޯޓެއްގެ ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އާދަމް
21 May 2017
ކަލޯ "ކުރަބަރި މޫސަބޭ" ދަންނަވަންތޯ ސްރީލަންކާގެ މަސްބޯޓެއް ގެއްލިގެން ވެސް ދިވެހި އަސްކަރިއްޔާގެ އެހީއަށް އެދުނު އަދި ދިވެހި އަސްކަރިއްޔާއިން އެ ބޯޓު ހޯދި.. ދެން ކީއްކުރާ ބައެއްތޯ ލަންކާގެ އަސްކަރިއްޔާގަ އެތިބެނީ.. އަނގެއް ގެޅެން އޮތިއްޔާ ގަލާފަ ބަހައްޓަ، ވާނުވާ ނޭންގުނަސް
ކުރަބަރި މޫސަބެ
21 May 2017
އަޅުގަނޑު ހިތައްއަރަނީ އެހެންގައުމަކުން ހަތިޔާރާއެކު މިގައުމު ހިފަން އުޅިފިނަމަ ރާއްޖޭސިފައިން އެއްކަމެއްވެސް ނުކުރެވޭނެކަން އެގޭއިރު، މިހާބޮޑު ހޭތަދަޔެއް ސިފައިންނައް ކޮއްގެން ސިފައިން ބައިތިއް ބަނީކީއްވެބާއޭ؟ މިހެން މިދެންނެވީ ބަޑައްޖެހިފަތިބެ ތަމުރީންނުނެއް ވިސްކައް ތަމަޅައިން ގައުމައް ހަމަލާ ދިނީމަވެސް އިންޑިއާގެ އެހީހޯދަންޖެހުނީމަ އަދި ރާއްޖެއިން ބޮއްކުރާގަނޑެއް ގެންލިގެންވެސް ޖެހެނީ ބޭރުގެ އެހީއަން އެދެން؛ މިކަންމިހެން ހުރިއިރު ދައުލަތުން ބޮޑުހަރަދުކުރާ ސިފަންގެ ދައުރަކީކޮބައި! ތިމިހުންގެ ކަމަކީ ކޮންވެސް ދުވަހެއްފާހަގަ ކުރާއިރު ސީފައިންގެ ޔުނީފޯމު ލައްވައިގެން ކުޑަކުދިން ފޮޓޮނަގާ މިއީ މާމުހިންބަޔެއްކަން އާންމުންނައް ދައްކުވައިދިނުން!
އުބައިދު
20 May 2017
އަދިވެސް މެޓް އޮފީހުން ބުނާތި މިއަހަރު ހުޅަނގު މޫސުމަކީ އާދައިގެ ހުޅަނގު މޫސުމެކޭ...! މެޓް އޮފީހައް ވަރަށް ސަލާމް.
ޢަހްމަދު
20 May 2017
އަދިނެތް ތިމީހުން ބުނި އެއްވެސް އުޅަނދެއްގެ ކަންކަް ތިމީހުން ބުނި ގޮތައް ގޮސްފައެއް
ދީދީ
20 May 2017
އުޅަންދުގެ ވެރިފަރާތް ނޫނީ ޢާއިލާ އިން ތޯ ސަލާމަތީ ކަންކަން ބަލަހައްޓަނީ. ތީ މިޒަމާނުގައި އުޅަންދު ފަހަރުގެ ސަލާމަތީ ކަންކަން ބަލަހައްޓާގޮތެއްނޫން. ކޮންމެ ރަށެއް ގައި ޕޯޓް އޮފިސަރެއް ބަހައްޓަބަލަ. އަދި އުޅަންދުފަހަރު ރިޕޯޓުކެރާކގޮތައް ހަދާބަލަ. މީގައިވެސް އޮންނާނެ ދުނިޔެ ގަބޫލުކުރާ މިން ގަންޑެއް. މިމަޖިހައް ލާފަމިތިބެނީ ކީއްކުރާބައެއް، މަހަކު 100،000 ރ މުސާރަ ނަގައިގެން އަމިއްލަ ވިޔަފާރި ފުޅާ ކުރެވޭތޯ ބަލަނީ. ރައް ޔިތުންގެ ކަންކަން ބަލަނީ ކޮންބައެއް
ޤައުމު
21 May 2017
މާ ބޮޑަށް އިނގެނީ ދީދީ އަށް!
ނާޒިމް އަލީ
21 May 2017
ދަރިން ވެސް އުޅޭ ނޫޅޭގެޮތް ބަލަންވީ ސިފައިންތޯ، ބެލެނިވެރިން ކިޔަނީ ރަދީފް ގަ އެެހެން އޮތީމަތޯ، ކޮންމެސް ޒިންމާތަކެއް އޮތީމަދޯ ވެރިފަރާތް ކިޔަނީ، ދެން ކީއްވެބާ އުޅަނދުފަހަރު މާވަހަރެއް ހޮވީމަ އޮޑިފަރާތަށް ލިބެނީ، ކީއްވެ ސިފައިންނަށް ނުދެނީ.. ބޯގޯސް
ޜަހީމް
20 May 2017
ޢެ ކޮޅުވެއްޓި ދާނީ އަޑިއައް ، އޭގެ ޑެކް އޮތީ މުޅިން ފޫގޮސް ބާ ހެދިފައި!
ހޯބޯ
20 May 2017
އޭގެ ޑެގު ފޫ ގޮއްސް އޮތީމަ އޭތި އަޑިއަށް ދާންވީ ޑެގު ތަ ފެނުއަޑީގަ ހުންނަނީ؟
މެންޓަލް ކޭސް
21 May 2017
އެބުނީ ވަރަށް ބާ އެއްޗެކޭ އެއީ
ނާޖިޔާގެ ބުލާ
20 May 2017
ތިކަމުން ވެސް ބުނަާނެ ސަރުކާރޭ ގޯހީީ ބޯހަލާކު
ދިރާސާ
20 May 2017
ތި އުޅަނދު ގެއްލުނުދާ މިހާރު 96 ގަޑި އިރުވަރު ވެއްޖެ. އެހެންކަމުން އެންމެ ކުޑަމިނުން ގަޑިއަކު 5 މޭލުގައި (މޫސުމް ގޯސްކޮށް އުޅޭތީ އެއަށްވުރެވެސް ބޮޑުވާނެ) ޑްރިފްޓް ކުރިއަސް ތި އުޅަނދު މިހާރު އޮންނާނީ 450 މޭލަށް ވުރެ ބޭރަށް ގޮސްފައި ރާއްޖޭގެ އިޤްތިޞާދު ސަރަހައްދަކީ 200 މޭލު.. މަޢުލޫމާތު ދެއްވާއިރު ތެދު މައުލުމާތު ދެއްވާ.
އަލީ
20 May 2017
ބަލަ ކަލޭހީކުރީ އެބޭފުޅުންނައް ތިކަން ނޭގޭނެ ކަމައްތަ؟ ވަޔާ އޮޔާ ހުރި ގޮތައް ބަލާފަ އަދި، ބާވަތުން އެންމެ ރަގަޅު ގޮތް ވިސްނާފައޭ ވާހަކަ ދައްކަން ޖެހޭނީ!
ހުލާސާ
21 May 2017
ދިރާސާ ތީ ވަރަށް މޮޅުމީހެއް ކަމަށް ގަބޫލު ކުރަން.. އެކަމް ދިރާސާ ތީ އެންމެ މޮޅުމީހާކަމަށް ހީނުކުރައްޗޭ.. ތީ އެއްކޮޅުން ވިސްނީމަ އަންނަ ޖަވާބު. ވީމަ ފެއިލް
ދޫނި ރާއްޖެ
20 May 2017
ކޮންމެ މިފަދަ އޮޕަރޭޝަންސްގައި ކޯސްޓްގާޑް އިން ކުށްވެރިކުރަނީ އާއްމު ރައްޔިތުމީހާ. މިފަހަރުވެސް މިބުނަނީ ޢާއިލާއިން އެންގީ 48 ގަޑި އިރުފަހުންނޭ. އެމީހުންނަށް މައުލޫމާތު ލިބުނީ އުޅަނދު ގެއްލުނީ ކ.ތލުސްދޫއިން ލ.ގަމަށް ދަތުރުކުރަނީކޮށޭ. ކ.ތލުސްދޫއިން ލ.ގަމަށް ހުންނާނެ މަދުވެގެން 70 ވަރަކަށް މޭލު. އުޅަނދު ގެއްލުނު ލޮކޭޝަން ނޭގޭ. އެކަން އުޅަނދުގެ ކޮންމެ މީހަކުވެސް ފޯނެއް ގެންގުޅޭނެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ހުރޭ މުއާސަލާތު ދޭ ދެކުންފުނީގެ އެންޓަނާތަކެއް. އެ އުޅަނދު ކ.ތލުސްދޫއިން ލ.ގަމަށް ދާއިރު ހީއެއް ނުވޭ 12 މޭލު ބޭރުން ދަތުރުކުރާނެހެން. ވީހާވެސް ރަށްތަކާއި ކައިރިން ދަތުރުކުރާނީ. އަނެއްކާ އެދެމެދުގައި ބޮޑު މާކަނޑެއް ނެތް. އާއްމުކޮށް ރާއްޖޭގައި ހަރުކުރަވިފައިވާ އެންޓަނާތަކުން އެންމެ ކުޑަމިނުން ގާއްގަޑަކަށް 3 ވަރަކަށް ނޯޓިކަލް މޭލަށް ސިގްނަލް ލިބޭނެ. އެހެންކަމުން އެ އުޅަނދުގައި މީހުން ގެންގުޅުނު ފޯނު ނަމްބަރުތައް ބޭނުންކޮށްގެން އެމީހުންގެ ސިގްނަލް އެންމެފަހުން ލިބިފައިވަނީ ކޮން އެންޓަނާއަކަށްތޯ ބެލިންތޯ؟ އޭރުން އެނގިދާނެ ގާއްގަނޑަލަށް އެމީހުން ގެއްލުނު ހިސާބު. މި މައުލޫމާތު ހާމަނުކުރަނީ އެކަން ނުބަލަނީތޯ؟ ހަމަ ހިތުގައި ސުވާލު އުފެދޭތީ ކޮށްލީ.
ސާބަސް
20 May 2017
ރާއްޖޭގަ މިހާރު ހުސް 'އާރމްޗެއަރ ޑިޓެކްޓިވްސް'
ހަސަނު
20 May 2017
ތިކަހަލަ ކަންކަން ވެސް ކޮއްގެން ބެލޭނެ. އެކަމަކު ކުރާހުރިހާ ކަމެއް ގެ މައުލޫމާތު ތަފްސީލުކޮއް ނުދެވިދާނެ އެއީ މިފަދަ ހާލަތުގައި އިސްކަންދޭނީ އުޅަދު ހޯދަން ހެން ހީވަނީ
އަނެއް ރާއްޖެ
20 May 2017
މީ ވަރަށް ރަނގަޅު ވާހަކައެއް. ކ.ތލުސްދޫއިން ލ.ގަމަށް ދަތުރު ކުރާ އުޅަނދެއް ދިޔުން އެންމެ ކައިރީ ރާއްޖޭގެ އިރުމަތި ފަރާތުން. ފަހަރެއްގައި ހަތަރު އަތޮޅު ތެރެއަށް ވަދެދާނެ. އެންމެ ކުޑަ މިނުން އެ އުޅަނދު ދާނީ ގްރޭޓަރ .މާޅެ ހުރަސްކޮށްފައި. އެހެން ކަމުން އެމީހުން މާލެ ކައިރިން ދެވުނުތޯވެސް އެމީހުންގެ ފޯން ސިގްނަލް އެންޓަނާތަކަށް އެރިތޯ ބެލިދާނެ ދިރާގް އަދި އޫރިދޫ ބޭނުންކޮށްގެން. މާލެ ހުރަސްކޮށްފިއްޔާ އެމީހުން ވ ނުވަތަ މ އަތޮޅާއި އަރާ ހަމަވިތޯވެސް ބެލިދާނެ. އަދި މޫސުމް ހުރިގޮތުން އުޅަނދު ޑްރިފްޓްވާނީ ހުޅަނގުން އިރަށް. އެހެން ކަމުން ކަންނެލި މަސްވެރިކަން ދޯނި ފަހަރުތަކާއި އޭގެ މައުލޫމާތު ލިބުނުތޯވެސް ބެލިދާނެ. މައުލޫމާތު ދިނުމުގައި ހުއްޖަތާއި ބުރުހާނު ދައްކާއިގެން މައުލޫމާތު ދިނުން މުހިއްމު. ހަމައެކި ޗާޓެއް ދެއްކުމަކުން ނުފުދޭ.
ކޯސްޓްގާޑް
21 May 2017
ބޭކާރު އަނގަ ނުތަޅާ އެ އުޅަނދު ފެނޭތޯ ތިބޭފުޅުން ނުކުންނަންވީ ނޫންތޯ، ކަމެއް ވާއިރަށް ސަލާމަތީ ބާރުތަކަށް އިނގިލިދިއްކޮށްފަ މޮޅުވާހަކަ ދެއްކުމަށްވުރެ އޭރުން މާ ސަޅިވާނެ
އުދުހޭ
20 May 2017
ކޮންމެ އުޅަނދެއްގައި ޓްރެކިންގ ސިސްޓަމް ހަރުކުރުން ލާޒިމްކުރި ގާނޫނު މިހާރު އޮތީ ކޮންތާކުބާ؟