އަނަބެލް ނޯޗިރީ: ހަޔާތުގެ ބާކީ އޮތް ދުވަސްކޮޅު ހޭދަކުރާނީ އެކި ތަންތަނަށް ދަތުރުކޮށް ހެދުމުގައި
22 މެއި 2017 - 06:24
އަނަބެލް ނޯޗިރީ އަކީ ލަންޑަންގެ އިރުމަތީގައި ދިރިއުޅޭ އާޓް ޓީޗަރެކެވެ. އޭނާއަށް ކަށީގެ ކެންސަރު ޖެހި 2016 ގައި ބަލީގެ ހަތަރު ވަނަ ސްޓޭޖަށް ދިޔަ އެވެ. އަދި އެ ބަލިން އޭނާ ދެން ގަދަނުވާނެކަން ނޯޗިރީ އަށް ޔަގީންވި އެވެ.
ނޯޗަރީ އަށް ބޯން ކެންސަރު ޖެހުނީ 2010 ގައި އުރަމަތީ ކެންސަރު ޖެހުމަށް ފަހު އެ ބަލިން އެއްކޮށް ސަލާމަތްވެފައި ވަނިކޮށެވެ. ބޯން ކެންސަރު ހުރިކަން އެނގުނީ 2012 ވަނަ އަހަރު، ފައިގައި ރިއްސާތީ ދެއްކުމުންނެވެ. އޭރު ހުރީ ފަސޭހަ ނުވާ ވަރަށް ބަލި ގޯސްވެފަ އެވެ.
އެހެންވެ އޭނާ މަރުވުމުގެ ކުރިން ކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް ތައްޔާރު ކުރި އެވެ. ފުރަތަމަ ކަމަކަށް އޮތީ ފިރިމީހާ ކައިރިން ވަރިވުމެވެ. އެގޮތުން، 28 އަހަރު ވަންދެން އިނދެގެން އުޅުނު ފިރިމީހާ ކައިރިން ވަރިވާން ވެސް ނިންމި އެވެ.
ނޯޗަރީ ބުނި ގޮތުގައި އޭނާއަށް އުފާވެރި ޒަވާޖީ ހަޔާތެއް ވަނީ އުޅެވިފަ އެވެ. ނަމަވެސް މިހާރު އެ ކައިވެނިން އޭނާއަށް ކުރެވެނީ ސަލާމަތް ނުވެވޭވަރު ކަމެއްގައި ބެދިފައިވާ ކަމުގެ އިހްސާސް ކަމަށް ބުންޏެވެ. އަދި އުމުރުގައި ބާކީ އޮތް ކުޑަ ދުވަސްކޮޅު ގެވެހި އަންބެއްގެ ގޮތުގައި އުޅެން އޭނާ ބޭނުމެއް ނުވި އެވެ.
ފިރިމީހާ ކައިރިން ވަރިވުމުގެ ކުރިން ނޯޗިރީ އޭނާގެ ފުރާވަރުގެ ދަރިންނާ ވާހަކަ ދެއްކި އެވެ. ދަރިން އެކަމަށް އެއްބަސްވި އެވެ.
ނޯޗިރީ އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާ ބޭނުންކޮށްގެން ފްލެޓެއް ގަތެވެ. އަދި ފިރިމީހާ ކައިރީގައި ވަރިއަށް އެދުނެވެ.
"އަހަރެން ފުރަތަމަ އެހެން ބުނީމަ އޭނާ ހީކުރީ އެއީ އަހަރެންގެ ބަލީގެ ސަބަބުން ކޮށްފައިވާ ނަފްސާނީ އަަސަރުތަކެއްގެ ސަބަބުން ކިޔާ އެއްޗެކޭ. ދުވަސްކޮޅަކުން ރަނގަޅުވެގެން އެނބުރި އޭނާ ކައިރިއަށް ދާނޭ،" ނޯޗިރީ ބުންޏެވެ.
ފިރިމީހާ ދޫކޮށްލަން ނިންމި ސަބަބާ ބެހޭ ގޮތުން ނޯޗިރީ ބުނެފައިވަނީ އޭނާގެ ބައްޔަކީ ފަސޭހަ ނުކުރެވޭނެ ބައްޔެއް ކަމާއި އެންމެ ގިނަވެގެން ވެސް ދުނިޔޭގައި ހުންނާނީ ދެ އަހަރާއި ބައިގެ މުއްދަތަކަށް ކަން އެނގުމުން އެ ދުވަސްތައް ގޭތެރޭގައި ހޭދަކުރަން ބޭނުން ނުވީ އެވެ.
ނޯޗިރީގެ އެދުމުގެ މަތިން އޭނާގެ ފިރިމީހާ ވަނީ އޭނާ ވަރިކޮށްފަ އެވެ. މިހާރު އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
"އަހަރެން އޭނަ ދޫކޮށްލީ އެހެން މީހަކު ލިބިގެނެއް ނޫން. އަހަންނަށް ވަނީ ވަރަށް އުފާވެރި ލޯބީގެ ހަޔާތެއް ހޭދަ ކުރެވިފައި. އަހަރެން އޭނާ ދޫކޮށްލުމުން މިހާރު އޭނާ ވަނީ އެހެން މީހަކު ހޯދައި އެމީހާއާ އެކު އުފާވެރި ދިރިއުޅުމެއް އުޅެން ފަށާފައި،" ފިިރިމީހާ ދޫކޮށްލި ހަގީގީ ސަބަބު ނޯޗިރީ ބުންޏެވެ.
ފިރިމީހާ ދޫކޮށްލުމަކީ ނޯޗަރީގެ ބޭނުންވާ ކަންކަމުގެ ލިސްޓުގައިވާ ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ. ދެން ހުރީ ޕެއިންޓްކުރުމާއި ސަލްސާ ނެށުން ދަސްކުރުން އަދި ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރުމެވެ. އޭނާ ބުނި ގޮތުގައި ކެންސަރު ނުޖެހުނު ނަމަ އޭނާ އުޅުނީހީ ކުރިން ވެސް އުޅުނު ފޫހި ދިރިއުޅުމެވެ. ނަމަވެސް ކެންސަރު ޖެހުމުގެ ސަބަބުން އޭނާ އަކީ ހިތްވަރުގަދަ އަންހެނަކަށް ވަނީ ވެފަ އެވެ.
ދަރިން ބޮޑެތިވާ ތަނާއި މާމަ ދަރިން ވެސް ދެކެން ނޯޗިރީ ބޭނުންވިޔަސް އޭނާއަކަށް އެ ފުރުސަތެއް ނެތެވެ. ނަމަވެސް ދިރިއުޅުމާ މެދު މިހާރު އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯނޯމް
23 May 2017
މިކަހަލަ ލިޔުންތަކުގެ ސަބަބުން ޑިޕްރެށަން އަށް ދާ މީހުންގެ ބަލި ބޮޑުވޭ
ބޭބެ
23 May 2017
" ނޯޗަރީ ބުނާގޮތުގައި އޭނާއަށް އުފާވެރި ޒަވާޖީ ޙަޔާތެއް ވަނީ އެޅެވިފައެވެ." ދެން މި ޚަބަރުގެ ފަހުބައިގައި މިވަނީ " އޭނާ (ނޯޗަރީ) ބުނީ ކެންސަރު ނުޖެހުނުނަމަ އޭނާ އުޅެންޖެހުނީހީ ކުރިންވެސް އުޅުނު ފޫހި ދިރިއުޅުމުގައެވެ." މި ޚަބަރުން އަސްލު މިއަންހެންމީހާއަށް ވެގެން އުޅޭގޮތް ވަރަށް ރަގަޅަށް ސާފުއެބަވޭ. އެއީ އޭނާގެ ސިކުޑިއަށް ޖެހިފައިވާ ނަފްސާނީ ބަލި. އެހެންކަމުން އޭނާ އެވަނީ ދުނިޔޭގެ ދިރިއުޅުމުގައި އުޅުމުގެ މުހިއްމުކަން ގެއްލިފައި. އަދި އޭނާގެ މުޅިޙަޔާތުގައި އޭނާއަށް މިލްކުވި ފައިސާ ކޮޅާއި ޢާއިލާގެ މަތިންވެސް ފޫހިވެފައި. އެހެންކަމުން އޭނާއަށް ހަލާކުކޮށްލެވެން އެކީގައި ހުރީ އޭނާ ރައްކާކުރި ފައިސާކޮޅު. އޭތިކޮޅު ނިކަންއަވަހަށް ހުސްވެ އެއްމެފަހުން މިއަންހެންމީހާ ބަލަންޖެހޭނީ ކޮންމެވެސް ބަލިމީހުންބަލާ ބަލިޚާނާއަކަށް ކަމަށް ފެންނަނީ. މިކަމުންވެސް އެގިގެން މިދަނީ އިންސާނާއަށް އޭނާއަކީ ހައްދަވާ ގެންގުޅުއްވާ ކަލަކު ވޮޑިގެންވާ މީހެއްކަން ނޭގޭނަމަ އޭނާއަށް ޖެހޭ މުޞީބާތްތަކުގައި އޭނާވަނީ އެއްމެފަހުން ބުއްދިގޯސްވެފައިވާ މީހަކަށްވުމެވެ.
ތަކުރު
22 May 2017
ރަގަޅު. ކީއްކުރަން ހިތް ހަމަނުޖެހޭވކައިވެންޏެއްގައި އުޅެންވީ.
ޗުއްޕް!
22 May 2017
މީ ކޮންކަހަލަ ނުވިސްނޭ މީހެއް
ޙަބަ
22 May 2017
ހާދަހާ މޮޔަމީހެކޭ. ޢަދިވެސް ހެއދެވި ފަރާތަށް އީމާންވާކަށް ނޫންތަވީކީ.
މުންކޮ
22 May 2017
ހައްދަވާ ބޮޑުކުރެއްވި އަޅުތަކުންގެ ވެރިﷲ! ކޮންމެ ބައްޔެއްގެ ފެށުމާ ނިމުންވަނީ އިބަﷲގެ ހަޒުރަތުގައެވެ. ކެންސަރު ބަލި ޖެހިފައިވާ މީހާއަށް ހިދާޔަތުގެ ތެދުމަގު ދައްކަވާ އެބަލިން ސަލާމަތްކޮށްދެއްވާންދޭވެ!!!
ބަކެޓް
22 May 2017
ތި ބަކެޓް ލިސްޓުގަ އޮތް އެންމެ ބޮޑުކަންތައް އޭނާ ނުބުނޭ... އެ މަގުސަދުގައި އެ ވަރިވީ ވެސް. ރަނގަޅު ދެން... ސަލްސާ އަށް ނެށުމަކީ ވަރަށް ބޮޑު ކާމިޔާބީ އަކަށް ވާނެ.
ބާދިލީ
22 May 2017
އޭ ތެދެއް! ދިވެހިންނަށް އެކަހަލަ ކަންތައް އެންމެ ރަނގަޅަށް އެނގޭނީ. އެއީ މީހުނެ ނުބައި ނިޔަތް ހުންނަވަރު އެނގޭވާހަކަ މިބުނީ އަދި ވަރަށް ގިނަ ވާހަކަ.