ޑާކާގެ އެންމެ ބޮޑު މިސްކިތުން ބަޔަކު ފައިބަނީ. --އޭއެފްޕީ ފައިލް ފޮޓޯ
22 މެއި 2017 - 11:19
ޑާކާ (މެއި 22) - ސައުދީ އަރަބިއާ އިން ދޭ އެއް ބިލިއަން ޑޮލަރުގެ އެހީގައި 560 މިސްކިތް އެޅުމުގެ މަޝްރޫއެއް ބަންގްލަދޭޝް ސަރުކާރުން ފަށަން ތައްޔާރުވެއްޖެ އެވެ.
ބަންގްލަދޭޝް ސަރުކާރުން ނިންމާފައި ވަނީ އެ ގައުމުގެ ކޮންމެ ޓައުނެއްގައި މިސްކިތެއް އެޅުމަށެވެ. މި ޕްރޮޖެކްޓަށް ޚަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 1.07 ބިލިއަން ޑޮލަރެވެ. މީގެ ތެރޭން ބޮޑުބައި، އެއް ބިލިއަން ޑޮލަރު ދިނުމަށް ސައުދީން ނިންމީ ބޮޑު ވަޒީރު ޝެއިޚް ހަސީނާ މިދިޔަ އަހަރު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ކަމަށް ޕްލޭނިން މިނިސްޓަރު މުސްތަފާ ކަމާލް ވިދާޅުވި އެވެ.
ބަންގްލަދޭޝް ސަރުކާރުން ހިންގާ އިސްލާމިކް ފައުންޑޭޝަނުގެ ރައީސް ޝަމީމް އަފްޒަލް ވިދާޅުވީ މިސްކިތްތައް އިމާރާތް ކުރާނީ ރިސާޗް ކުރެވޭ މަރުކަޒުތަކާއި ލައިބްރަރީތަކާއި ސަގީފީ ސެންޓަރުތައް ވެސް ހިމަނައިގެން ކަމަށެވެ.
"މިއީ އިސްލާމް ދީނުގެ ހަގީގީ މައުލޫމާތު ފޯރުކޮށް ދިނުމަށް އެންމެ ފުރިހަމަ ގޮތް،" އޭނާ ވިދާޅުވި އެވެ.
މިސްކިތް އަޅާތީ އެއް ބަޔަކު ބުނަނީ މިއީ އިންތިޚާބުގެ ކުރިން އިސްލާމީ ޖަމާއަތްތަކުގެ ހިތް ރުއްސަން ހަސީނާގެ ސަރުކާރުން އިއުލާން ކުރި މަޝްރޫއެއް ކަމަށެވެ.
ބަންގްލަދޭޝްގައި ހައްދުފަހަނަޅައި ދިއުމުގެ ހަރަކާތްތައް އިތުރުވެ ޓެރަރިސްޓް ހަމަލާތައް ދޭން ފެށުމުން އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ޓެރަރިޒަމް ހުއްޓުވުމުގެ އޮޕަރޭޝަނެއް ފަށައިފަ އެވެ. ބަންގްލަދޭޝްގެ ދީނީ ބައެއް ފަރާތްތަކުން ބުނަނީ ހުރިހާ މިސްކިތްތަކެއް ހިންގުން ސަރުކާރުގެ ކޮންޓްރޯލް ދަށަށް ގެންނަން ޖެހޭ ކަމަށެވެ. ހަރުކަށި ކަމަށް ހިތްވަރު ލިބެނީ ބައެއް މިސްކިތްކުގައި ދޭ ޚުތުބާގެ ސަބަބުން ކަމަށް ވެސް އެފަދަ ބައެއް ފަރާތްތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނު
22 May 2017
ބަންގާޅުގާ އަޅަންވީ މިސްކިތެއް ނޫން.. ބަންގާޅު ފަގީރު ރައްޔިތުންނަށް ފައިދާ ހުރި އިގްތިސާދީ ކަންކަމަށް އެ ބިލިއަން ޑޮލަރު ހަރަދުކުރުން މާ އައުލާކަން ބޮޑު..
ހޯލިކެ
22 May 2017
މިފަހަރު ރާއްޖެއަކަށް އެކަށްޗެއްވެސްނެތް. ޓްރަމްޕަށް
މާލެ ތޮއްޖެހިފަ
22 May 2017
ދެން ދިވެހިރާއްޖެއިން މިމިސްކިތްތައް އަޅަން މިތަނުގައި މިއުޅޭ ހުރިހާ ބަންގްދަލޭޝް މީހުން އަނބުރާ ރަށަށް ފޮނުވާލަން ވީނުން.
އަމިއްލަ
22 May 2017
ކަލޭ އެމީހުން ކުރާ މަސައްކަތް ކުރާނަންތަ؟ ޖަންކްޝަން ފުރުނީމަ ސާފު ކުރާނަންތަ؟ ހޮޓަލުގެ ވެއިޓަރުކަން ކުރާނަންތަ؟ މަގުމަތީގެ ކުނި ކަހާނަންތަ؟