ދުނިޔެ / ސްރީ ލަންކާ

ލަންކާގެ މިސްކިތްތަކަށް ދޭ ހަމަލާ އެމެރިކާ އިން ކުށްވެރިކޮށްފި

ކުރުނެގަލަ ޖުއްމާ މިސްކިތަށް އިއްޔެ ހަމަލާ ދިނީ ބުޑިސްޓުން ކަމަށް ތުހުމަތުކޮށްފައިވޭ.

ކޮލަމްބޯ (މެއި 22) - ސްރީ ލަންކާގެ މިސްކިތްތަކަށް ދޭ ހަމަލާތައް އެމެރިކާ އިން ކުށްވެރިކޮށްފި އެވެ.

ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު އަތުލް ކެޝަޕުގެ ރަސްމީ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވަނީ މިސްކިތްތަކަށް ދޭ ހަމަލާ ހުއްޓުވުމަށް ލަންކާ ސަރުކާރުން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ. އަދި އެއްވެސް ބައެއްގެ އަޅުކަން ކުރާ ތަންތަންނަށް ހަމަލާ ދީގެން ނުވާނެ ކަމަށް ކެޝަޕް ވިދާޅުވި އެވެ.

އެމެރިކާ ސަފީރު މި މޭރުމުން ކޮމެންޓް ކުރައްވާފައި ވަނީ ކުރުނެގަލަ ޖުއްމާ މިސްކިތަށް އިއްޔެ ހެނދުނު ދިން ޕެޓްރޯލް ބޮމުގެ ހަމަލާއާ ގުޅިގެންނެވެ. ފުލުހުން ދަނީ މި ހަމަލާ ތަހުގީގު ކުރަމުންނެވެ.

ކެޝަޕް ވިދާޅުވީ އިއްޔެ ދިން ހަމަލާ އަކީ ހަފުތާއެއްގެ ތެރޭގައި މުސްލިމުން އަޅުކަން ކުރާ ތަންތަނަށް ދިން ތިން ވަނަ ހަމަލާ ކަމަށެވެ.

"މި ހަމަލާތަކުގެ ފަހަތުގައިވާ މީހުން ހައްޔަރުކޮށް، ޝަރީއަތަށް ހާޒިރުކޮށް، އެކަންކަން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުއްމީދު ކުރަން،" ކެޝަޕް ވިދާޅުވި އެވެ.

ލަންކާގެ މިސްކިތްތަކަށް ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ ބުޑިސްޓް ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސެނާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

3 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 52%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް އެންޑް ރަފައިދާ

22 May 2017

ކޮބާ ސައްތައިން ސައްތަ އިންލާމީ ސައުދީޔާ ސައްތައިން ސައްތަ ދިވެހިރާއްޖެ؟؟؟

The name is already taken The name is available. Register?

ސަލީމް

22 May 2017

ބޮޑު ބަލަ ތީ އޭނަގެ ނަން ތަ .އެހެންވިއްޔާ ނަމާ އޭނަގެ އަމަލާ ދިމާވެ. އޭނަގެ ނަން ބަދަލު ކުރަން ލަންކާ ސަރުކާރަށް ގޮވާާލަން

The name is already taken The name is available. Register?

ތާންބެ

22 May 2017

އެމެރިކާގެ މިސްކިތް ތަކށް ދޭ ހަމަލާ ތަކޯ ؟ އެކަން ހުއްޓުވަނީ ކާކު ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454