24 މެއި 2017 - 14:53
ލިލީ މަގަށް މިއަދު އެރިން ހެއްޔެވެ؟ މިއަދު އިރުއެރުމާ އެކު ފެނުނީ އަމީނިއްޔާ ސްކޫލާއި ދާރުލްއާސާރާ ދެމެދު ލިލީމަގުގެ މަތީގައި އެލުވާފައި ހުރި އޮރެންޖު ކުލައިގެ ކުޑަތަކެކެވެ. މިއީ މާލޭގެ މަގަކުން މީގެ ކުރިން ފެނުނު މަންޒަރެއް ނޫނެވެ. ގިނަ ބަޔަކަށް ވަރަށް ހިތްގައިމެވެ.
އެކަމަކު މިއީ ކޮން ބަޔަކު، ކީއްކުރަން އެލުވާފައި ހުރި ކުޑަތަކެއް ހެއްޔެވެ؟
"މިއީ ދިރާގުން ކޮށްގެން އުޅޭ ކަމެއް. އަޅެ އަހާބަލަ އެ މީހުން ކައިރީ،" ކުޑަތަކަށް ބަލަން ހުރި މީހެއް ކައިރީ އަހާލުމުން ބުންޏެވެ.
ލިލީމަގުގައި އަމީނިއްޔާއާ ދިމާލުގައި، ބަރިއަކަށް ހަތަރު ކުޑަ ވާ ގޮތަށް 48 ކުޑަ އެލުވާފައި ހުއްޓެވެ. ވިއްސާރަ މި މޫސުމުގައި އުޑުމަތި ބަނަކޮށްލާފައި އޮންނައިރު، ކުޑަތައް އެލުވާފައި ހުރުމުން، އެ ސަރަހައްދަށް އޮންނަނީ އޮރެންޖު ކުލައެއް ވެރިވެފަ އެވެ.
ލިލީމަގުގައި އެލުވާފައި ހުރި އޮރެންޖު ކުޑަތައް-- ފޮޓޯ-- ހުސެން ވަހީދު/ މިހާރު
"ތަންކޮޅެއް ގިނައިން ކުޑަ އެލުވާލި ނަމަ ދޯ! ކިހާ ރީތި!،" މަންޒަރު ބަލަން މަޑުކޮށްލައިގެން ހުރި އެހެން މީހަކު ބުންޏެވެ.
މިގޮތަށް މަގުމަތީގައި ކުޑަ އެލުވަން އެންމެ މަޝްހޫރީ ޕޯޗުގަލް މީހުންނެވެ. އެ ގައުމުގެ އަގުއޭޑާގައި ބާއްވާ އާޓް ފެސްޓިވަލެއްގައި ކޮންމެ ޖުލައި މަހަކު މިގޮތަށް އެތައް ސަތޭކަ ކުޑައެއް އެލުވަ އެވެ. އެއީ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބޭ ހިތްގައިމު މަންޒަރެކެވެ.
މި ދުވަސްވަރު މާލޭގެ އެކި ތަންތަނުން، އެކި ގޮތްގޮތަށް އޮރެންޖު ކުލަ ދަނީ ފެންނަމުންނެވެ. އޮރެންޖު ކުލައިގެ ހެދުމެއް ލައިގެން، އެ ކުލައިގެ ތޮތްޕާއި އައިނާއި ވިގު ފަދަ ތަކެތި އަޅައިގެން ތިބޭ މީހުން ވެސް މަގުމަތިން ފެނިދާނެ އެވެ.
ލިލީ މަގުގައި އެލުވާފައި ހުރި އޮރެންޖު ކުޑަތަކެއް: މިއީ ކޮން ބަޔަކު ހަރުކޮށްފައި ހުރި ކުޑަތަކެއް ކަމެއް ނޭނގޭ-- ފޮޓޯ-- ހުސެން ވަހީދު/ މިހާރު
ދިރާގުން ގެންދަނީ ވަޓްސްނެކްސްޓްއެމްވީ ޖަހައިގެން ޕްރޮމޯޝަން ކެމްޕޭނެއް ސޯޝަލް މީޑިއާގައި ވެސް ކުރަމުންނެވެ. ބައެއް މީހުން ބުނަނީ ދިރާގުގެ ރަސްމީ ރަތް ކުލަ އޮރެންޖު ކުލައަށް ބަދަލުކޮށްލަނީ ކަމަށެވެ. އެކަމަކު ގިނަ ބަޔަކު އަދިވެސް ތިބީ ވާނުވާ ނޭނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
I'm So
25 May 2017
The ކޮމެންޓްސް ހިއަރް!! ޙަހަހހަހަހަ މީ ދެން ކޮން ކަމެއްތަ؟؟
މީހާ
27 May 2017
ޒާތީ ވާ މީހުން ގިނައީ. ކީއްކުރާނީ، އަދުގެ ހާލަތު. ރަމަޞާން ކަރީމް
ހަންކޮ
25 May 2017
ތި ކުލައިގެ އެއްޗަކުން ތި މަގު އެއްކޮށް ހިޔާ ކޮށްލިނަމަ .
ދެރަސޮރު
25 May 2017
ވާނެގޮތަކީ އެހެންބަޔަކު ހަމަޖެއްސި ކުލަޔަކަށް އަރައިގަނެވިފަތިބީމަ، ކޮންމެވެސް ކުލަޔަކަށް ބަދަލު ކުރަނއެބަޖެހޭތާދޯ... ތިވެދާނެ ހަމަ ކޮންމެވެސް ބަޔަކާ ޖޮއިން ކޮށްލީ ކަމަށްވެސް.... ރާއްޖޭގަ ވަތަނިއްޔާ ލޯމްޗް ކުރަން (ރަތްކުަލަ) ތައްޔާރު ވެފަ 2 ދުވަހަށްވެފަ އޮށްވާ ދިރާގުން ރެޑަށްބަދަލުކުރީ... އަދިވެސް ފައިހަމަކުރަންއުޅޭއިރު ހާދަ އަވަހޭ ޑާޓާ ކޮޅު ހުސްވެގެން ދާލެއް... އެކަމަކު އުރީދޫ ން ފޫހިވާއިރުވެސް ހުސްނުވޭ ހީވެސްނުވޭ ވަދެގެން އުޅޭހެން ރަނގަޅުކޮށްބަލަ....
ދޮންދޮނާ
25 May 2017
ކިހާބޮޑު އިސްރާފެއްތޯ....މިވިއްސާރަ މޫސުމުގަ ނިކަމެތި ރައްޔިތުންނަށް ބެހިނަމަ މާރަގަޅެއނުން....
އަހަންމަދު
24 May 2017
ވާނުވާ އަންގައިދޭން ތިބި ނޫސްވެރިން ވާނުވާ އަންގައިދޭންވީނު.
ތުށްޕި
24 May 2017
"ތަންކޮޅެއް ގިނައިން ކުޑަ އެލުވާލި ނަމަ ދޯ! ކިހާ ރީތި!،" މަންޒަރު ބަލަން މަޑުކޮށްލައިގެން ހުރި އެހެން މީހަކު ބުންޏެވެ. މި ދެން ނިއުސް ލިޔާ ވަށްތަރުތަ! ބޮޑު ކަމެށް. ހަހަހާހަހާ
ާއަލީ
25 May 2017
ތެދެއް. ހީވަނީ ވާހަކަ އެއްހެން
ސިންތިލީ ވޫމް
24 May 2017
ރީތި ތޔަ. ސުވާލަކީ ކިހާވަރަކަ ހޭ "އެއާރ ސުޕޭސް" ގަތީ ދިރާގުން؟ ގައިމުވެސް ތިޔަވެސް ވާނީ އިސްތިޙާރަކައް ނުން؟؟؟
ތަކުރު
24 May 2017
އޮރެންޖް ކުލަގިނައިން ބޭނުންކުރާތަން ފެންނަނީ ފަންޅިތަކުގަ މީވަރަން ވާހަކަ!
މީހާ
25 May 2017
ތި ބޮޑުވަރު!!!
ދައިތަ
24 May 2017
މިކިޔައިގެންވެސް ވާނުވާ ނޭގުނުތާ... ކީއްކުރަން ލިޔުނު އާޓިކަލް އެއްބާ
ހަންނު
24 May 2017
ދިރާގުގެ ކުލަ ބަދަލުވަނީ އެއީ ވާގޮތަކީ؟