ދިރާގުގެ އާ ބްރޭންޑް ލޯންޗްކުރުމަށް ރޭ ބޭއްވި ހަފުލާގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަދައްކަވަނީ. ފޮޓޯ: ދިރާގު
25 މެއި 2017 - 12:16
ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވާ ކުންފުންޏެއްކަން ދޭހަކޮށްދޭ ގޮތަށް ދިރާގުގެ ލޯގޯ އާއި ކުލަ ބަދަލުކޮށްފި އެވެ.
ބާރަ އަހަރަށް ފަހު ދިރާގުން ވަނީ ކުންފުނީގެ ރަސްމީ ކުލައިގެ ގޮތުގައި ބޭނުންކުރި ރަތް ކުލައިގެ ބަދަލުގައި އޮރެންޖް ހިޔާރުކޮށް މުޅިން އާ ލޯގޯއެއް ތައާރަފްކޮށްފަ އެވެ. އާ ލޯގޯ އިން ދައްކައިދެނީ އަތްތިލައެއްގެ ތެރެއިން ސިމްޕަލް ޑީ އަކުރެކެވެ. އެ ކުންފުނިން އެންމެ ފަހުން ލޯގޯ އާއި ކުލަ ބަދަލުކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ.
"ޒަމާނީ ވިސްނުމާއި އުޖާލާ މުސްތަގުބަލަކާއި އެކުވެރިކަން ރަމްޒުކޮށްދޭ ގޮތަށް ދިރާގުގެ މިބްރޭންޑް ކަށަވަރުކޮށްދެނީ ދިރާގަކީ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވާ ނުވަތަ ލައިފްސްޓައިލް ޑްރިވަން ޑިޖިޓަލް ސާވިސަސް ޕްރޮވައިޑަރެއްކަން،" އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
އެތައް އަހަރެއް ވަންދެން ބޭނުން ކުރަމުން އައި ލޯގޯ އާއި ކުލަ ބަދަލުކުރީ ރޭ އާޓް ގެލަރީގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި އެ ކުންފުނީގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.
ދިރާގުގެ އާ ބްރޭންޑް ތައާރަފްކުރުމަށް ރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ. ފޮޓޯ: ދިރާގު
ދިރާގުން ވަނީ ކުރިން ޝިއާރެއްގެ ގޮތުގައި ބޭނުންކުރަމުން އައި "ޓަޗް މޯލްޑިވްސް"ގެ ބަދަލުގައި "ޓޭކް އޮން ޓުމޯރޯ" ނުވަތަ "މުސްތަގުބަލަށް ފުރިހަމައަށް ތައްޔާރު" އަށް ބަދަލުކޮށްފަ އެވެ.
"މި ބްރޭންޑިންއަކީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ދިރާގު ތައްޔާރަށް އޮތްކަން ސިގްނަލްކޮށްދޭ ބަދަލެއް. ދުވަހަކަށް ވުރެ ދުވަހެއް ޓެކްނޮލޮޖީ އަންނަނީ ދިވެހިންގެ އިޖްތިމާއި އަދި އިގްތިސާދީ ހަޔާތުގައި މުހިއްމު ދައުރެއް އަދާކުރަމުން. މުއާސަލާތު، ވިޔަފާރި މުނިފޫހި ފިލުވުން އަދި ތައުލީމަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމްގެ މައްޗަށް ބިނާވެފައިވާ ބައެއް ދާއިރާތަކެއް،" އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ މަގުސަދަކީ ކަސްޓަމަރުން ބާރުވެރިކޮށް ޑިޖިޓަލް މުސްތަގުބަލުގެ ބޭނުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.
ދިރާގުގެ ދެ މުވައްޒަފަކު ހެޑް އޮފީހުގައި: ދިރާގުގެ ބްރޭންޑާއެކު މުވައްޒަފުންގެ ޔުނިފޯމް ވެސް ވަނީ ބަދަލުވެފައި.
"މި ތައާރަފްކުރި އާ ބްރޭންޑްގެ މަގުސަދަކީ ގުޅުން ބަދަހިކުރުމާއި ބާރުވެރިކުރުމާއި އިނޮވޭޓްކުރުމަށް ހިތްވަރުދިނުން. ދިރާގަކީ ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްބާރުމިނެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެއް،" އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަގުބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއްކަން އާ ބްރޭންޑުން ވެސް ކަށަވަރުކޮށްދޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޚްލާސް
26 May 2017
ތިކަމުން ކަސްޓަރުންނަށް ވީ އަދި ވާނެ ފައިދާއެއްވެސް ނެތް، ތިކަން ޕްރޮމޯޓް ކުރުމަށާއި، އިސްތިހާރުތައް ބަދަލުކުރުމަށް އިތުރު ޚަރަދު ކުރަންޖެހުމުން ޚިދުމަތުގެ އަގު ހެޔޮކުރުމުގެ ބަދަލުގައި، އެކަންތައްތަކަށް ދިޔަ ޚަރަދު ހޯދަން ކުރަންޖެހޭ ކަންކަމުގެ ސަބަބުން ކަސްޓަމަރުންނައް ވާނީގެއްލުން، ވަތަނިއްޔާ ގެ ޚިރުދުމަށް ފަށަން ތައްޔާރުވެފައި އޮއްވާ ވަތަނިއްޔާ ބޭނުންކުރާ ކުލައަށް ދިރާގު ކުލަ ބަދަލުކޮށް ވަތަނިއްޔާގެ ލޯގޯއާއި ވައްތަރު ލޯގޯއެއް ހެދުމުން ދޭހަވަނީ، ވަތަނިއްޔާއަށް ޖެއްސުންކުރުންކަމަށް، މިފަހަރުވެސް އެކަހަލަ ކަމެއް އުޅެނީބާ؟
މޯޑު
26 May 2017
އެކަމަކު އިންޓަރނެޓް ސްޕީޑް ހަމަ ސުމެއް!!
އަހުމަދު
25 May 2017
ތި ސީއީއޯ ބަދަލު ކުރަންވީ !
އަންމަޑޭ
25 May 2017
ލޯގޯ އާ ކުލަ ބަދަލުކުރުމުން އެތައް ސަތޭކަ މިލިއަން ރުފިޔާ އެއް ހަރަދު ކުރަން ޖެހެއެވެ.
އަހުމަދުބެ
25 May 2017
އޮރެންޖް ކުލަ ރާއްޖޭގެ މާހައުލާ ނުގުޅެއެވެ. ލޯގޯ އޯކޭއެވެ. ތިޔަ ބަދަލާ ގުޅިގެން އެތައް މިލިއަން ރުފިޔާ އެއް ލިޔެކިއުމާއި ބޯޑް ތައް ބަދަލުކުރުމަށް ހޭދަވާނެއެވެ. ބަޔަކަށް ފައިދާ ވާނެއެވެ.ހިއްސާ ދާރުންނަށް ގެއްލުމެވެ.
އަހުމަދު
27 May 2017
އާނއެކޭ ދޯ؟ ތިކަހަލަ ގަދަ ކުލަތައް ރާއްޖެއަކާއި ނުގުޅެ. އެހެންވެ ބުނަނީ ރީނދޫކުލަވެސް ރާއްޖެއަކާ ނުގުޅެޔޭ.
ލިޔާޒާ
25 May 2017
ޢަބުދުﷲ ޖަމީލުގެ މިއާޓިކަލް ނަޒަރު ހިންގާލާއިރު، މިއާޓިކަލް ވަރަށް ފުރިހަމަކަމުގައި ލިޔާޒާ ދެކެން *
މުންޑު
25 May 2017
ބޭރުތޮށި ގަނޑު ކިތަންވެ ވަރަކަށް ބަދަލު ކުރިއަސް އެތެރެ ހަމަ އޮންނާނީ ފީކޮށް! ހަހަހަ
ޛޖޖ
25 May 2017
ކުރު ތި ޔުނީފޯމް
ކުލަރޭސް
25 May 2017
ރަތްކުލަޔަށްވެސް ބަދަލުވެގަތީ އޭރު ވަތަނިއްޔާ އައުމާގުޅިގެން. މިހެދުނުކޮސް މިއެގުނީ 11 އަހަރުފަހުން. ކުރިޔަށްތިދަނީ މުސްކުޅި ފިނިހަކަ ސްޕީޑުގަ. ރަތްކުލަ ދޮންވެ އޮރެންޖުކުލަޔަށް. މާގިނަދުވަސްނުވަނީސް ގަސްބުޑަށްވެއްޓިފަ އޮއްވާފެންނާނީ..
ފިނިހަކަ
25 May 2017
ފިނިހަކަ ސްޕީޑް އިންޓަރނެޓް