އުރީދޫގެ ހިއްސާ ވިއްކުން އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި މިދިޔަ އޭޕްރީލް 19 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
28 މެއި 2017 - 09:33
އުރީދޫގެ ހިއްސާ ވިއްކުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކުރީ އުރީދޫން ބުނިގޮތުގައި، މި މަހުގެ ހަތްވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ހެދުމުންނެވެ. މި ބަދަލު ގެނައީ ޕްރޮސަޕެކްޓަސް ގައި ބުނެފައި އޮތް ގޮތަށް އައިޕީއޯ ހުޅުވާލާފައި އޮންނަތާ ވިޔަފާރި ކުރެވޭ 20 ދުވަސް ހަމަވާން ޖެހޭތީ އެ ކުންފުނިން ބުންޏެވެ.
އުރީދޫން ބުނިގޮތުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މުއައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް އެ ކުންފުނިން ދޫކުރާ ހިއްސާގެ 40 ޕަސެންޓާ ހަމައަށް ގަންނަން ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުގެ ނިޔަލަށެވެ.
އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް، (http://ooredoo.mv/investors) ނޫނީ މޯލްޑިވްސް ސެކިއުރިޓީޒް ޑެޕޮސިޓްރީގެ ވެބްސައިޓް (https://infinity.depository.mv) އިން އުރީދޫގެ ހިއްސާ ގަނެވޭނެ އެވެ.
އެ ކުންފުނިން ބުނީ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އުރީދޫގެ ކަލެކްޝަން ޕޮއިންޓްތަކުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ކަމަށެވެ.
ކަލެކްޝަން ޕޮއިންޓް ތަކުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކާއި އުރީދޫ ބިޒްނަސް ޕާޓްނާ ފިހާރަތަކާއި ޕޯސްޓް އޮފީހާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތައް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތަކެވެ. މީގެ އިތުރުން ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތަކުން ވެސް އެޕްލިކޭޝަން ފޯމު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޅަބެ
28 May 2017
މުއްދަތު މާ ކުރު ..
ސދފ
28 May 2017
މިފުރުސަތުގައިވެސް ތަންކޮޅޭއް އަގު ކުޑަކޮށްލަބަލަ. މިސާލަކަށް ގަނެވޭ އެއްމެ ދަށް އަގަކަށް 500ރ. އެއިރުން އަހަރުމެންވެސް ގަންނާނަން
ދެރަ
28 May 2017
ފެށޭ އަގު ތަންކޮޅޭއް ބޮޑީ. ކިހިނެއް ރޯދަމަސް ކުރިޔަށް އޮއްވައި 1500ރ ހިއްސާޔަށް ޚަރަދު ކުރާނީ.
ވާފިރު
28 May 2017
އަދި އެއް މަސް ދުވަސް އިތުރުކޮށްލަދޭންވީނުން