ޚަބަރު / ކުރީގެ ނައިބު ރައީސް އަދީބު

އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރޭ ގޮތެއް ނުވޭ: ވަކީލު

ފުލުހުންގެ ލޯންޗެއްގައި އަދީބު ދޫނިދޫ އަށް ގެންދަނީ..---މިހާރު ފޮޓޯ/ހުސެއިން ވަހީދު

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމާ މެދު އަދިވެސް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އަދީބުގެ ވަކީލު މޫސާ ސިރާޖް މިއަދު ވިދާޅުވެއްޖެ އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ އަދީބު ރާއްޖޭން ބޭރުން ފަރުވާ ހޯދުމުގެ ހުއްދައަކަށް އެދި ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އެކަމަކު ސިޓީތަކުގެ ޖަވާބުގައި އަދީބަށް ފުރާވަޑައިގެންނެވޭނެ ކަން ނުވަތަ ނޫން ކަން ވެސް ބުނެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދީބު މި ވަގުތު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫ ޖަލުގަ އެވެ.

އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" އަދީބަށް ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަދީބު ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަކަށް އެދި އާއިލާ އިން ފުލުހުންނަށް ވެސް ހުށަހެޅި ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އަދީބުގެ އާއިލާ އަށް ޖަވާބުދާރީވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި ފުލުހުން ޖަވާބު ދީފައިވަނީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ކަންކަން ބަލަހައްޓާނީ ކަރެކްޝަނަލް ސާވިސް އިން ކަމަށެވެ. އެހެންވެ، އަދީބު ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެ ތަނުން ކަން ފުލުހުންގެ ސިޓީގައި ފާހަގަ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ ސިޓީއާ ހަވާލާދީ ސިރާޖް ވިދާޅުވި ގޮތުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓާނީ ކަމާ ގުޅޭ ގަވާއިދުތަކާ އެއް ގޮތަށެވެ. އެއީ ހުކުމް ތަންފީޒު ކުރާ މީހުން އަމަލު ކުރަން ޖެހޭ މެޑިކަލް ގަވާއިދާއި ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގައި ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖޭން ބޭރުން ފަރުވާ ހޯދުމާ ބެހޭ ގަވާއިދެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޭސްފަރުވާ އަށް އަދީބު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ އަށް އެދި އާއިލާ އެދުނަސް، މި ވަގުތު އެކަމާ މެދު ގޮތެއް ނިންމޭކަށް ނެތެވެ. އެއީ ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ދޫނިދޫ ޖަލުގައި ހުންނެވީމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކޮޅުގެ (ކަރެކްޝަންސް) ގެ ބެލުމުގެ ދަށުގައި ނެތްހާ ހިނދަކު ގޮތެއް ނުނިންމޭނެ. ފުލުހުންގެ ބެލުމުގެ ދަށުގައި އަދީބު އަދިވެސް އެ ހުންނެވީ،" އޮފިޝަލް ވިދާޅުވި އެވެ.

އަދީބު މާފުށީ ޖަލުން، ދޫނިދޫ ޖަލަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި މިދިޔަ މާޗް މަހުގަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމަ ނުކުރާ އިރު، އަދީބުގެ ވަކީލުން ވަނީ މާފުށީ ޖަލުން ފިއްލަވަން އެއްވެސް އިރެއްގައި އަދީބު މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

ދޫނިދޫ ޖަލަކީ ފުލުހުންގެ ތަހުގީގަށް ބަންދުގައި ބައިތިއްބާ މީހުންނަށް ހާއްސަ ޖަލަކަށް ވާއިރު، ހުކުމެއް ތަންފީޒު ކުރާ މީހަކު، ދޫނިދޫ ޖަލަށް ބަދަލު ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަަމަށް ވަކީލުން ބުނެ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.

އަދީބުގެ އާއިލާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮކްޓޯބަރު 24، 2015 ގައި އަދީބު ހައްޔަރުކުރި ފަހުން، ބޮޑެތި ސިއްހީ މައްސަލަތަކެއް އަދީބުގެ ފަރާތުން ފާހަގަކުރެވިފައިވާ ކަމަށެވެ.

21 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 15%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަޑާ

04 June 2017

ބޭސްކުރޭ މިގައުމުން

The name is already taken The name is available. Register?

Salaam

30 May 2017

ގާނޫނުގެ ހަމަހަމަކަން ގެއްލުވާލުމަކީ އިންސާފެއްނޫން އަނިޔާވެރިންނަށް ދުނިޔޭގައިވެސް ނިޔާ އިންވި ތަންފީޒުވަނީ ތަގުދީރުގެ މަތިވެރި އުސޫލުންނެވެ. ޥަﷲ އައލަމު

The name is already taken The name is available. Register?

ޝަނީފް

30 May 2017

މާފުށީ ޖަލުން ފިލަން އުޅުނީމަ ދޫނިދޫއަށް ބަދަލުކުރީ. ކުރީމަ ދޫނިދޫއިންވެސް ފިލަން އުޅުނީ. ދޫނިދޫގަ އަދީބު ހުރި ގޮޅި ރޭޑުޖެހީވެސް އެހެންވެ. މިއީ ހަމަ އިހައްދުވަހުގެ ކަމެއް. އޭގެފަހުން 24 ގަޑިއިރު ދޫނިދޫކައިރީގަ އޮންނާނެ ޕޮލިސް ލޯންޗެއްވެސް. އަދިވެސް މީސްމީހުން ގަނެލަނީ. ލާރިގަނޑު އަދިވެސް މީނަ އަތުގަ އެބައޮތް. މިވަރުގެ މީހަކު މިކިޔަނީ ބެސްފަރުވާއަށް ބެރަށް ދާށޯ. ހަމަ ފޮނުވީ ރައްކާވީ. ދެން ނުފެންނާނެ ލޮލުކޮޅަށްވެސް.

The name is already taken The name is available. Register?

އަލީ

30 May 2017

އަދީބު ލައްވާ ފައިސާ ނެގުވި މީހުންނާއި އެފައިސާ ބޭނުން ކުރި މީހުން އަރާމާައި އުފަލުގައި މިނިވަންކަން މަތީ. އަދީބު ޖަލުގައި. މިއީ އިންސާފެއް ނޫން.

The name is already taken The name is available. Register?

ޟައިފު

30 May 2017

ޢަދީބު ފިލަން އެއުޅެނީ. ދެން ބޭރަ ބޭސްކުރަން ދަނީ ވަގައްނެގި ފައިސާއިންތަ. ޢަދީބުގެ ސަރުކާރައް ނަގަންވީ.

The name is already taken The name is available. Register?

އަދީބް

29 May 2017

މަވީމާ ހަމަ އެންމެންތައް ޖައްސާލައިގެން.

The name is already taken The name is available. Register?

ސަމާލު

29 May 2017

ބޭރަށް ފުރޭގޮތް ނުވިއްޔާ ރަނގަޅީ. ޔަގީނޭ ދެން އެހިސާބުން ގެއްލުނީކަން. ގައުމަށް ޣައްދާރުވި އެފަދަ މީހަކު އަބަދުވެސް ބާއްވަންވާނީ ފަލަ ޗޭނުޖަހައިފަ. ހެޔޮނުވާނެ އެފަދަ ނުލަފާ މީހުން ތެދުވިޔަވެސް ދޭން. ދިވެހިރައްޔިތުންަނަށް އެފަދަ ބޮޑު ޚިޔާނަތެއްވީމީހަކު ދިވެހިރައްޔިތުން މާފުނުކުރާނެދުވަހަކުވެސް. އެހާވެސް ބޮޑު ޣައްދާރެއްތީ

The name is already taken The name is available. Register?

ހައިޝިމް

29 May 2017

އަދީބަކީވެސް ދިވެއްސެއް، ކޯޓަކުން ހުކުމެއްކޮށް ޖަލައްލީމާ އެޖަލުގައިތިބި ހުރިހައި މީހުންނަށްވެސް ހިނގަންވާނީ އެއްހުކުމެއް އެއް އުސޫލެއް، އެކަކު ސިންގަޕޫރަށް ބޭސް ފަރުވާއަށް ފޮނުވައިފިއްޔާ އަނެކަކުވެސް އެގޮތަށް އެދިއްޖެއްޔާ ސިންގަޕޫރަށް ފޮނުވަންވާނެ، އެކަކު ގޭބަންދަށް ބަދަލުކޮށްފިއްޔާ އަނެކަކުވެސް ގޭގެ ބަންދަށް ފޮނުވައިދޭންވާނެ، ކާންދޭންވާނީވެސް އެކެއްޗެއް، ނިދަންދޭންވާނީވެސް އެއްފެންވަރެއްގެތަނެއް، މިޤައުމުގެ މައްސަލައަކީ އެކި މީހުންނަށް އެކި އުސޫލުންކަންކަން ކުރާތީ، މިސްކިތަށް އަރައިފިއްޔާ ހުރިހައި ބޭފުޅުން ބޭނުންވާނީ ކުރީސަފް، ސަރުކާރުގެ ވެރިން ބޭނުންވާނީ ކުރީސަފް، ފުރަން ބޭނުންވިއްޔާ ސަރުކާރުގެ ވެރިންނަށް ވަކި ފާލަމެއް، ވަކި މާލަމެއް، ޖަލްސާއެއް އަދި ދީނީ ޖަލްސާއެއް ނުވަތަ މިއުޒިކް ޝޯއެއް ބޭއްވިޔަސް އެންމެ ކުރީބަރި ހުންނަންޖެހެނީ ވަކި ބަޔަކަށް ރިޒާވްކޮށްފައި، ދޫނިދޫން ވަކި ކުއްވެރިން ލޯންޗުކޮޅުގައި އަނެއްބައި މީހުން ދޯނީގައި، މިކަންކަން އެބަޖެހޭ ކަނޑުވާލައި ހުރިހައި މީހުންނަށް އެއްއުސޫލަކުން ކަންތަށް ކޮށްދެވޭތޯބަލަން، ފުލެޓް ހަދައިދިނުމުގައިވެސް ވަކި ބަޔަކަށް ބޮޑު އަގުބޮޑު ތަނަކުން ފުލެޓް، އަނެއްބައިމީހުނަށް ޗައިނާގެ އަގުހެޔޮ ފުލެޓްތަށް، ދައުލަތުން ހުރިހައި ދިވެހިންނަށް އެއްހަމައަކުން ހިދުމަތްދޭންވާނީ، ފުލުހުންނަށާއި ސިފައިންނަށް ކިޔާވައި ވަކި ހޮސްޕިޓަލެއް ހުންނަންވެސް ނުޖެހޭ، އެމީހުންނަށް ހާއްސަ ފިހާރަތަކެއް ހުރެގެންުނުވާނެ، އެހެންކަމުން ދިވެހިން ބޭނުންވަނީ ހުރިހައި މީހުންވެސް ހަމަ ހަމަ އުސޫލަކުން ގެންގުޅޭނެ ރައީސެއް

The name is already taken The name is available. Register?

ލަބީދް އެންޑް ކަބީރް

29 May 2017

މިހާ ބަލިމީހުން ސިޔާސީދާއިރާގައި ނޫޅޭނަމަ.... އަދި އިތުރަށް ބައްޔެއްނު ވާނީ.

The name is already taken The name is available. Register?

ފަޅުވެރިން

29 May 2017

ނަމަނަމަ އޭނަ ދޫނުކުރާތި! އެއުޅެނީ ރައްކާވާންވެގެން. އޭނަ ދޫވެއްޖިއްޔާ ދެން އަންނާނީ އާޒަމާނުގެ ޕިޗޯރީން ގޮވައިގެން. 24 ގަޑިއިރު އޭނަ އަނދަގޮނޑި ޖަހާފައި ބޭއްވުން އެންމެ ރަނގަޅު ގޮތަކީ. އެކަމަކު ދެން ރޯދަ މަސްވީމަ ކޮންމެވެސް ލުޔެއްދޭންވާނެ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454