ޚަބަރު / ރައްޔިތުންގެ މަޖިލިސް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތައުލީމް ލިބޭ އިސްލާހެއް މަޖިލީހަށް ފޮނުވައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން މީގެ ކުރިން ބޭއްވި ކުޅިވަރު ހަރަކާތެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިވަނީ. އެކުދިންނަށް ސަރުކާރު ހަރަދުގައި ކިޔެވޭނެ ގޮތް ހެދުމަށް މެމްބަރު ފައިސަލް ވަނީ އިސްލާހު ހުށަހަޅުއްވާފައި.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމުރީން ލިބޭ ގޮތަށް، އެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.

ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ތައުލީމާއި ތަމްރީނު ދިނުމަށް ގާއިމުކޮށްފައިވާ ތަންތަނުގެ ތެރެއިން، އެ ކުއްޖަކު ބޭނުންވާ ކޮންމެވެސް އެއް ތަނަކުން ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމްރީނު ލިބޭނެ ގޮތެއް ހަމަޖައްސަން ވާނެ ކަމަށެވެ.

މި ގާނޫނަށް އިސްލާހީ ހުށަހެޅީ، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދިމާވެފައިވާ ނުކުޅެދުމެއްގެ ސަބަބުން ދިރިއުޅުމުގެ ބޭނުންތައް އަމިއްލައަށް ފުއްދުމުގެ ގާބިލުކަން ނެތް މީހުންނަށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތައުލީމް ލިބޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި. - ފޮޓޯ: މަޖިލިސް

މި އިސްލާހު ފާސްވެއްޖެނަމަ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، އެ ފަދަ އާއިލާތަކަށް މިހާރު ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވެ، ތައުލީމާއި ތަމްރީނު ހޯދުމަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެގެން ދާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އިސްލާހަކީ އަތޮޅުތެރޭގެ ރަށްރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބޭނެ ބޮޑު ލުޔެކެވެ. ބައެއް މީހުންނަށް ފައިސާ ނެތިގެން ކިޔަވަން ނުދެވިފައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މި އިސްލާހަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކިޔަވާނެ މަރުކަޒުތައް ގާއިމުކުރުމަށް ހުޅުވޭނެ ދޮރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް އާއިލާތަކަށް ސްކޫލް ފީ ދައްކަން ބޮޑު ބުރައަކަށް ވެފައި އޮންނަނީ، ދައުލަތުގެ ބަޖެޓުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 2000ރ. ލިބުނަސް އެއީ ނިސްބަތުން ކުޑަ އަދަދެއް، އެކަހަލަ ކުދިންނަށް ހަރަދު ކުރަން އެކަށީގެންވާ އަދަދެއް ނޫން އެއީ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ 2015 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި، ރާއްޖޭގައި ހިންގާ އެންޖީއޯތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތަމްރީނާއި ތައުލީމު ދިނުމުގެ މަސައްކަތްކުރާ ޖަމްއިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން އެ އަހަރުގެ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ފަސް މިލިޔަން ރުފިޔާ ހަމަޖެއްސުމަށް ވެސް ހުށަހަޅުއްވައިފަ އެވެ.

3 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 15%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާނަ

21 June 2016

ނުކުޅެދުންތެރިކަން ހުންނަކުއްޖެކޭ ކިޔާފަ ވަކިވަކި މުައައްސަސާތައް ހަދައިގެން ތަޢުލީމް ދިނުމަކީ އެންމެ ރަނގަޅުގޮތަބާ؟ ކީއްތޯވާނީ ސަރުކާރުގެ ސްކޫލްތަކުގެ ތެރެއިން މިކުދިންނަށް ތަޢުލީމް އުނގަންނައި ދިނުމަށް މަސައްކަތް ކުރެއްވިއްޔާ. ނުކުޅެދުންތެރިކަން ހުރިކުދިންވެސް އެންމެ ތުއްތު އިރުންފެށިގެން އާންމުކުދިންނާއެކު ތަޢުލީމް އުނގެނުމުގެ ފުރުޞަތު ބެލެނިވެރިން ހޯއްދަވައި ދެއްވައިފިނަމަ، އެކުދިންގެ ވިސްނުން ރަނަގަޅުވެ އާއްމުކުދިން އެކުދިްނނަށް އޯގާތެރިވެ އަޅާލުމަށް ދަސްކޮށްދެވޭނެ. އަދި ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުމަށްވެސް މަގުފަހިވާނެ. ސަރުކާރުގެ ސްކޫލްތަކުގެ ތެރެއިން މިފަދަކުދިންނަށް ފުރުޞަތުތައް އިތުރުކޮށްދެއްވުމަކީ އެންމެ ރަނގަޅުގޮތްކަމަށްފެނޭ. މިހާރުވެސް މިފަދަގިނަކުދިން ކިޔަވަމުންދަނީ ސަރުކާރުގެ ސްކޫލްތަކުގައި. ވަކިވަކި މުއްސަސާތައް ހަދައިގެން ކިޔަވައިދިންކަމުގައިވިޔަސް، އެތަންތަނަށްދާ ކުދިންވެސް ދަނީ ހަމަ ސަރުކާރުގެ ސްކޫލްތަކުގައި ތަޢުލީމް އުނގެނެމުން. މިކަމަކީ އަދުގެ ސަރުކާރުންވެސް ވަރަށް ބާރުއަޅުއްވާ ކަމެއް.

The name is already taken The name is available. Register?

އަލީ

20 June 2016

ކުރިން ތިގޮތަށް ނުކުޅެދުން ތެރިކަން ހުނަ ފަރާތަކުގެ ހަގުތަކާ ބެހޭ ގޮތުން މަޖިލީހުގެ ތަޅުމަ ހުށަހެޅި ބިލްތަށް ވަނީ މިހާރުގެ ސަރިކާރަށް ނިސްބަވާ މެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރުކޮލާފަ. ތިބިލްވެސް ބޭރުކޮލާނެކަން ޔަގީން

The name is already taken The name is available. Register?

ވަންތިންގް

20 June 2016

ނުކުޅެދުން ތެރިކަން ހުންނަ ކުދިންނަށް ކިޔަވާ ދޭން ޖެހޭނީ ދައުލަތުގެ ޚަރަދުގައި ކަމަށް ގާނޫނަކުން އެކަށައެޅިފައި އޮތުން އެއީ ރާއްޖެ ބެޓަރ ކަންޓްރީ އަކަށް ވުމުގެ އަލާމާތް ތައް ފެންނަނީ އެވެ. ވަން ތިންގް ދެޓް މޭކްސް އިޓް އޯލް ކޮމްޕްލީޓެޑް.. ރާއްޖޭގެ ނުކުޅެދުން ތެރިކަން ހުންނަ ކުދިންނަކީ އެއީ ޖެނެރަލް ޕަބްލިކް އާއި އިންޓަރެކްޓްވެ އެއް ބަޔެއްގެ ގޮތުގައި އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މެޝިންސް ތަކަށް ބަދަލުވުމުގެ ކޮޅު މަތި ފެންނަނީ އެވެ. ނުކުޅެދުން ތެރިކަން ހުންނަ ކުދިން ކިޔަވައިގެން ހުނަރު ދަސް ކޮށްގެން މަނީ ޕްރިންޓިންގް މެޝިންސް ތަކަށް ބަދަލު ވަނީ އެވެ. ނުކުޅެދުން ތެރިކަން ހުންނަ ކުދިންގެ ސްވީޓް ޑްރީމްސް އާރ އަވަރ ސްވީޓް ޑްރީމްސް.. ވީއާރ ސޯ ސެންސިޓިވް ޓު ޔުއަރ ޕެއިން އެން ޑްރީމްސް.. ދަ މެޖިކް ދަ ވޮންޑަރ،، ދަ މިސްޓްރީ އެން ދި އިނޮސެންސް އޮފް ޔުއަރ ހާރޓް އާރ ދަ ސީޓްސް އޮފް ކްރިއޭޓިވިޓީ ދެޓް ވިލް ހީލް އޯލް އޮފް އަސް.. ވީ ރިއަލީ ބިލީވް އިޓް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454