ޚަބަރު / މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތަށް މިނިސްޓަރު ނާޒިމަށް އެވޯޑެއް ދޭން ޑަބްލިއުއެޗްއޯ އިން ނިންމައިފި

ހެލްތު މިނިސްޓަރު ނާޒިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ދުންފަތާ ދެކޮޅަށް އޭނާ ގިނަ މަަސައްކަތްތަކެއް ރާއްޖޭގައި ކުރައްވާ ކަން ޑަބްލިއުއެޗްއޯ އިން ފާހަގަކުރޭ.

ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާއްސަ އެވޯޑެއް ދޭން ނިންމައިފި އެވެ.

މިނިސްޓަރު ނާޒިމަށް ޑަބްލިއެއެޗްއޯ އިން މި އެވޯޑު ދޭން ނިންމީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އިސް ނަންގަވައި އޭނާ ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރުމަށެވެ. ސަރުކާރުގެ އެކި މުއައްސަސާތަކާ ގުޅިގެން، ދުންފަތާ ދެކޮޅަށް، ފައިދާކުރާނެ ކަންކަން ރާއްވަވައި ހިންގަވަމުންދާ ކަން އެ ޖަމއާތުން ފާހަގަކުރެ އެވެ.

އޭގެ ތެރޭގައި، ދުންފަތް ހުންނަ އުފެއްދުންތަކުން 60 ޕަސެންޓް ޓެކްސް ނެގުމާއި ދުންފަތުގެ ބާވަތްތައް ރާއްޖެ އަށް އެތެރެކުރުން މަދުކުރަން ނާޒިމް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

މީގެ އިތުރުން ދުންފަތާ އާއްމުން ދުރުކުރުމަށް މުޖުތަމައުގެ އެކި ގިންތިތައް ބައިވެރިކޮށްގެން ހޭލުންތެރިކަން އިތުރުކުރަން އޭނާ ކުރައްވާ މަސައްކަތް ވެސް ޑަބްލިއުއެޗްއޯ އިން ފާހަގަކުރެ އެވެ.

ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ދޭ އެވޯޑު މިދިޔަ އަހަރު ރާއްޖެ އިން ލިބުނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން މިނިސްޓަރު ނާޒިމް އިއްޔެ ނެރުއްވި ހިތޯބުގައި ވިދާޅުވީ ރާއްޖޭގައި މަރުވާ މީހުންގެ 81 ޕަސެންޓް މީހުންނަކީ ދުންފަތުގެ ސަބަބުންގެ ޖެހޭ އެކި ބަލިތަކުގައި މަރުވާ މީހުން ކަމަށެވެ. އަދި ރާއްޖެ އަށް ކޮންމެ އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރާ އިރު އެކަމަށް 1.1 ބިލިއަން ރުފިޔާ އިސްރާފު ކުރާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ނާޒިމް ވިދާޅުވީ ދުންފަތުގެ އުފެއްދުންތައް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތް ވޯނިން މެސެޖުތައް ވަރަށް އަަވަހަށް ތައާރަފްކުރާނެ ކަމަށެވެ. މީގެ އިތުރުން އީ ސިނގިރޭޓާއި ޝީޝާ އަދި ވޭޕިން ފަދަ ތަކެތި ކޮންޓްރޯލް ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

22 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 0%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫ

02 June 2017

ދުންފަތުން ޓެކްސް ނަގައިގެން 1.5ބިލިއަން ލިބުނު އިރު، %5 ވެސް ރައްޔިތުން ހޭލުން ތެރިކަން އިތުރު ކުރަން ޙަރަދު ކުރާން ނުކެރުނު، ޕަބްލިކް ސްމޯކިންގް މަނާ ނުކުރެވުނު، ކުރާކަށް ނުވެސް އުޅުނު. ދެން %80 މަރުވަނީ ދުމޭ ކިޔާ ސާރވޭ އެއްނެތި ފިގަރ އެއްކިޔައިގެން ދޭ އެވަޑެއް މިއީ.. ޑަބްލިޔުއެޗްއޯ ދޭ އެވާޑް ގެ އަގުވެސް މިވެއްޓުނީ

The name is already taken The name is available. Register?

GAN Island

02 June 2017

ވެރިކަން ބަދަލު ކުރމަށްފަހު ރައްޔިތުން ތިޔަ އެވޯޑް އަތުނުލި ކަމުގައި ވިޔަސް ''ޤާނޫނީ އިމުގެ ބޭރުން'' ކޮށްފައިވާ ކަންކަން ބަލާނެ. އަދި ޤާނޫނީ އިމުގެ ބޭރުން ދޫކޮށްފައިވާ ހުރިހާ އެއްޗެއް އަބުރާ ހޯދާނެ

The name is already taken The name is available. Register?

ކޯޑިނޭޓަރ މުޢާޒު ރީބްރޭންޑް

01 June 2017

މިނިސްޓަރުކަމުގައި އަދި 3 މަސް ނުވޭ ....ކޮބާތަ ތިޔަ ކުރިކަމަކީ ދުންފަތާދެކޮޅައް !!! ޢަދި އަޑު އެހިތާ މިހުރީ

The name is already taken The name is available. Register?

ހަސަންބެއްޔާ

01 June 2017

ބަލަގަ މިނިސްޓްރުކަމުގައި 2 ދުވަސްވީމިހަކަށް ޑަބްލިޔޫއެޗްއޯ އިން އިނާމާއި ސަނަދު ދެނީނަމަ އެކަން ބަލައިގަނެވޭތަ. ތިވާނީ މަށަށް މަށަށް ގޮވާ އާދެސް ކުރީމާ ލަދުން އެއްޗެއް ދެނީކަމަށް.....

The name is already taken The name is available. Register?

ލަދު ކޮބާ

01 June 2017

އެވޯޑު ދެނީ ދުންފަތުގެ އިސްތިއުމާލު ކުރުން ކިހާވަރަކަށް ކޮންޓްރޯލް ނުވަތަ މަދު ކޮށްގެންބާ؟ ޑިއުޓީ ބޯޑުކުރީ ބަޖެޓަށް ފައިސާ ހޯދަން. ކޮންމެހެން ހެލްތް މިނިސްޓްރީ އިން ބޭނުންވެގެން ދުންފަތުގެ އިސްތިއުމާލު މަދުކުރާ ކަށެއްނޫން. ދުންފަތުގެ އިސްތިއުމާލު މަދުކުރަން ބޭނުންނަމަ ސިގިރޭޓް އެތެރެ ކުރާ ކުންފުނިތަކުގެ ފައިދާއިން %75 ޓެކްސް ނަގާފަ އެފައިސާ އިން ދުންފަތުގެ ނުރައްކަލާ ބެހޭގޮތުން ހޭލުންތެރި ކުރުވަން އިތުރުކުރަން ޚަރަދުކޮށް ބަލަ. ސިގިރޭޓު އެތެރެ ކުރުން މަދު ކޮށްގެން މެނުވީ ތިބޯމީހުން މަދެއް ނުވާނެ. ކޮން އެވޯޑެއް!

The name is already taken The name is available. Register?

ޑޮކްޓަރ

01 June 2017

ވަރަށްތާއީދު. ތިލިސްޓަށް އިތުރުކޮށްލާނަން އެތިންނަމެއް. 1 ފުނަދޫ ޒާހިދު, އޭދަފުށި ސިދުގީ, ކެލާ ފާރޫގު, މަކުނުދޫ ޝަރީފް,

The name is already taken The name is available. Register?

ހެލްތަވޯކަރު

01 June 2017

ސުބުހާނަ ﷲ އަޅުގަނޑަކީ ސިއްހީދާއިރާގައި ދުންފަތާ ދެކޮޅަށް ކަށިންހިތްވަރުނަގާ މަސައްކަތްކުރާތާ 26 އަހrަވީ މީހެއް. އަޅުގަނޑުގެ ފެންވަރުން އަޅުގަނޑުގެ ރަށާއި އަތޮޅުގައި ދުންފަތާދެކޮޅަށް ގިނަ މަސައްކަތްތަކެއް އެބަކުރަން. މިނިސްޓަރުކަމަށް އަހަރެއްވެސް ވީކަމެއްނޭނގެ, ނުވިތާކަށް ދުންފަތާދެކޮޅަށް ކުރި މަސައްކަތެއްވެސް ފެންނަންނެތީސް ތި ލިބުނީ ދުނިޔޭގެ ފެންވަރުގެ އެވޯޑެއް. ނަޝީދެކޭ ތަފާތެއްނެތް. ތިމާވެއްޓަށްކުރި ކަމެއްނެތް, އެކަމަކު އެވޯޑްފުނިވަރު...

The name is already taken The name is available. Register?

ސަލާ

01 June 2017

100 އައް ސިގެރޭޓު ފޮއްޓެއް ކޮބާ... ޥިލިމާލެ ސޮރު

The name is already taken The name is available. Register?

އަލީ

01 June 2017

ސިގިރޭޓު ގޯސް އޭގެ ޓެކުސް ބަރާބަރު

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

01 June 2017

މިކަމުންވެސް މިއެނގެނީ ރާއްޖޭގަ ހިނގާކަންކަން، އަހަރުމެން ޤައުމުގެ މީހުނަށް ނޭގުނަސް ބޭރުގެ ފަރާތްތަކުން ފާރަލާ ބަލާކަން، ތިޔަ މިނިސްޓަރަކު ދުންފަތާ ދެކޮޅަށް މާވަރުގަދަ ކެމްޕޭނަކާ ހަރަކާތްތަކެއް ހިންގާކަން އަހަރުމެނަށް ނޭގުނެއްކަމަކު ދެއްތޮ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454