ސްރީލަންކާގެ ރައީސް ސިރިސޭނާ (ކ) އާއި ފޮރިން މިނިސްޓަރު އާސިމް ބައްދަލު ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް
02 ޖޫން 2017 - 13:22
ސްރީ ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭން ދިން އެހީ އަށް އެ ގައުމުން ޝުކުރު އަދާކޮށްފި އެވެ.
ލަންކާގެ ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހި ސަރުކާރުން ދިނީ ފައިސާގެ އެހީ އެކެވެ. އެކަމަކު އެއީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.
ރާއްޖޭން ދިން މި އެހީ އަށް، ސްރީލަންކާގެ ރައީސް، މައިތިރިޕާލަ ސިރިސޭނަ ޝުކުރު އަދާ ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން، ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އެމަނިކުފާނާ ބައްދަލު ކުރެއްވުމުންނެވެ.
މި ބައްދަލުވުމުގައި ސިރިސޭނަ ވިދާޅުވީ ލަންކާ އަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅު، ދިވެހި ސަރުކާރުން އެގައުމަށް ދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އެ ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ލަންކާ އަށް ދިމާވި މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ސްރީލަންކާގެ ސަރުކާރުން އެޅި އަވަސް ފިޔަވަޅަށް ރާއްޖޭން ވަނީ ތައުރީފް ކޮށްފަ އެވެ.
އާސިމް ވިދާޅުވީ މި ހާދިސާ އިން ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމަށް ލަންކާ އިން ކުރަމުންދާ މަސައްކަތް ކާމިޔާބު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ޑރ. އާސިމްގެ އިތުރުން، ލަންކާ އަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު ބައިވެރިވެވަޑައިގެންނެވި އެވެ.
ވިއްސާރައިގައި ކުރިމަތިވި އެކި ހާދިސާތަކުގައި ލަންކާއިން 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗިއްލޫ
03 June 2017
ރައްޔިތުންގެ ފައިސާއިން އެހީވިނަމަ، އެހީއަށް ދެއްވީ ކިހާވަރެއްކަން ރައްޔިތުންނަށް އަންގަންޖެހޭނެ! ވާނުވާނޭގޭ ގޮތައް ކަންތައްކުރުމުން އެއިން ދޭހަވަނީ ކޮންމެވެސް ގޯހެއްއުޅޭހެން!
ޭމެންޓަލް ކޭސް
03 June 2017
ލަންކާގިނަ މީހުންނަކީ އަހްލާގް ރަނގަޅު އަދި ދިވެހިންނަށް ޙާއްސަ ގޮތެއްގައި ބަލާ އަހަރުމެންނާ ގުޅޭ ގާތްގަޑަކަށް އެއްމިޒާޖެއްގެ ބައެކެވެ. އަދި މީހުންނަށް އިޙްތިރާމް ކުރަން ދަންނަ ހިތްތިރި ބައެކެވެ. ލަންކާގައި ދާހިލީ ހަނގުރާމަ ނުހިނގިނަމަ މިއަދު އެތަން އޮންނާނީ ސިންގަޕޫރެކޭ އެއްފެންވަރެއްގައި، ކިޔަވާގެން ތިބި މޮޅެތި މީހުން ގިނަ ގައުމެކެވެ
މެންޓަލް ކޭސް
03 June 2017
ހާލުގަ ޖެހިފަ ތިބި ބަޔަކަށް އެހީއެއް ވެދީގެެން އެކަމުގެ ފައިދާ އަހަރުމެން ދިވެހިންނަށް ފެންނާނެއެވެ. ގިނަ ދިވެހިންތަކެއް ކޮންމެދުވަހަކު ހެން ދާ އަދި ދިރިއުޅޭ ލަންކާގައި މިކަމުގެ ސަބަބުން ލަންކާ އާއްމު ރައްޔިތުންގެ ކުރިމަތީގައި އަހަރުމެންގެ އަގު އަރާ އަދި ދިވެހިންނަށް ލަންކާ އާއްމު ރައްޔިތުން ކުރާ އިޙްތިރާމް ހަމަ ޔަގީނުންވެސް އިތުރު ވެގެން ދާނެއެވެ
ޢަބްދުﷲނާފިޒު
03 June 2017
ޙާލަތަށް ރިއާޔަތްކޮށްފަ އެހީވުމަކީ ވަރަށް ރަނގަޅު ކަމެއް، އަދި ޚާއްސަކޮށް ދިވެހި ރައްޔިތުންގެ ނަމުގަ، އެކަމަކު ދެއްވި އެހީއަކީ ކިހާ މިންވަރެއްކަން ރައްޔިތުންނަށް އަންގާލަދިންނަމަ، އަނެއްކާ ސަރުކާރުން ކުރަން ބޭނުންވާ އެއްވެސް ކަމަކަށް ހުރަސް އެޅެނީބާ! ވެދާނެ މީ ވަރަށް ފާޑެއްގެ ސަރުކާރެއްވިއްޔަ.
ހާމިދު
03 June 2017
ސިލޯނުގެ ރައަޔިތުންނަން ދިވެހި ސަރުކާރުން ދެއްވީ 2،000،000 (ދެ މިލިއަން ޑޮލަރު) އެވެ. އެއީ، ފެނުގެ ކާރިސާ ރާއްޖެއަށް ދިމާވުމުން ލަންކާއިން އެހީގެ ގޮތުގައި ދިން ފައިސާ އަށްވުރެއް 5 ލައްކަ އިތުރު އަދަދެކެވެ.
ހަޑިގިއްލާ
03 June 2017
ދިވެހި ސަަރުކާރުން ދިނީ އެންމެ 25،000(ފަންސަވީސްހާސް) ޑޮލަރު! މީ ލަންކާއިން ދިން އަދަދައްވުރެ 30.34 މިލިޔަން މަދު އަދަދެއް! ތިރީގައިވާ ލިންކު ބައްލަވާލައްވާ! http://www.sundaytimes.lk/article/1023112/maldivian-special-envoy-hands-over-financial-assistance-for-flood-relief
ޯނޯ
03 June 2017
ސަންޑޭ ޓައިމްސްގައި އިން ގޮތުން 25000 ޑޮލަރު.
ހަސަން / ހިތަދޫ
02 June 2017
ރައީސު ތިޔަ އެޅުއްވީ ހަރުދަނާ ފިޔަވަޅެއް، ކޮންމެހެން ނުޖެހޭ އެކަމުގެ ތަފުސީލު ނެރޭކަށެއް. ވަރައް ބޮޑައް ޝުކުރިއްޔާ ރައީސު ޔާމިނުއައް..
ޢަބްދުﷲނާފިޒު
03 June 2017
ހޫނ، ރައްޔިތުންގެ ތިޖޫރިއަށް އަތް ކޮއްޕާލުމަކީވެސް ފިސާރި ހަރުދަނާ ފިޔަވަޅެއް، ވަރަށް ބޮޑަށް ޝުކުރިއްޔާ ދެއްތޮ.
ޗިއްލޫ
03 June 2017
މީހާދަ ގަމާރު މީހަކޭދޯ! އުކާލާތަކެތީގެވެސް ހިސާބުބަލަންޖެހޭ، ވީއިރު ރައްޔިތުންގެ ފައިސާއިން އެންމެ ލޯލާރިއެއްނެގިޔަސް އެކަން ރައްޔިތުންނަށް އިގެންޖެހޭނަ!
އާދަނު
02 June 2017
ރައްޔިތުންގެ ފައިސާއިން އެހީވުމަކީ ރަނގަޅު ކަމެއް އެކަމަކު ދިންވަރު ހާމަކުރަންޖެހޭނެ.
ޢެވެސް
02 June 2017
ޢެއްވެސް ހިހުލާސް ތެރިކަމެއް އެބަހުރިބާ މިސަރުކާރުގެ. ދިވެހިން ނައް އަންގާ ނުލާ ކިހާވަރެއްގެ ފައިސާ އެތޯ އެހީގެގޮރުގައިނިނީ. ރައްޔިތުންގެ ފައިޔާ ތީ، ރައްޔިތުން ނައް އެނގެންޖެހޭނެ
ވޮޗްޑޯގް
02 June 2017
މިލިޔަނުން ދިނަސް ވަރިހަމަ، އެކަމަކު ފައިސާ ދިންވަރު އެގެން އެބަޖެހޭ. ލަންކާއާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ބަދަހި ގުޅުމެއް. ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމާވެސް ލަންކާއިން ޑީލްކުރަނީ ވަރަށް ބަރާބަރަށް.
އަލީ
02 June 2017
ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ ނަމުގައި އެހީވާއިރު ރައްޔިތުންނަށް އެއީ ކިހާ ވަރެއްކަން އިގެންވާނެ. ދިން އަދަދު ކުޑަކަމުން ލަދުން ތޯ ހާމަކުރައްވަން ނުކެރުނީ؟ ބަލަ އަޅުގަޑުމެންނަކީ 125 މިލިއަންޑޮލަރު ދީފާ ހޮސްޕިޓަލަކަށް ބައެއް އިތުރުކޮށްލާ ބައެއް!
ލަންކާ
02 June 2017
25000 ޑޮލަރު. އެވާހަކަ ސަންޑޭޓައިމްސް ގައި އެބައޮތް