ޚަބަރު / ތ. ވަންދޫ

ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ފެށޭނެ ދުވަހެއް ބުނަން ދަތި: ތޯރިގް

މަޖިލިހުގެ ކޮމެޓީ ބައްދަލުވުމެއްގައި ތޯރިގް ވާހަކަ ދައްކަވަނީ. ރައީސް އަބްދުﷲ ޔާމީން ސަރުކާރުން 15 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މިހާރު

ތ. ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާތީ މަސައްކަތް ފެށޭނެ ދުވަހެއް ވިދާޅުވާން ދަތި ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް އޮޅުން ފިލުއްވުމަށް މިނިސްޓަރާ ސުވާލު ކުރެއްވީ ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ. މިނިސްޓަރުގެ ޖަވާބާ ގުޅިގެން ރިޔާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރިޔާޒް ވިދާޅުވީ ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު މީގެ ކުރިން ހިންގުމަށްޓަކައި ބަޖެޓުގައި ހިމަނާފައި އޮތް ނަމަވެސް، މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.

"ބަޖެޓުގައި އޮތަސް، މި ސަރުކާރުން މިކަންކަން ނުކުރާ ކަން ފާހަގަ ކުރަނީ. ކޮންމެހެން ބަޖެޓުގައި އޮވެގެނެއް ނޫން ޕްރޮޖެކްޓްތައް، މަސައްކަތްތައް ހިނގަމުން ދަނީ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި ވަންދޫ ގިރުމަކީ އެ ރަށު މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ގޮތުން އެ ރަށު މީހުން ދިރިއުޅެން ދަތިވެފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ޝަކުވާތަކާ ގުޅިގެން މިނިސްޓަރު ތޯރިގް ވިދާޅުވީ ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 2014 އަދި 2015 ގެ ބަޖެޓުގައި ހިމެނި، ކޮންޓިންޖެންސީ ބަޖެޓުގައި ނުހިމެނުނު މަޝްރޫއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީ އަށް އައި ބަދަލުތަކާ ގުޅިގެން ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު މަޑު ޖައްސާލާފައިވާނެ ކަމަށެވެ. އަދި އެ މަޝްރޫއު މިދިޔަ އަހަރު މަޖިލިހަށް ހުށަހެޅި ބަޖެޓުގައި ހިމެނި ނަމަވެސް، ބަޖެޓު ފާސްވެގެން ދިޔައީ އެ މަޝްރޫއާ ނުލައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށް ގިރުމުގެ މައްސަލަތަކަކީ ތިމާވެއްޓަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް ކަމަށެވެ. ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން 23 ރަށެއްގެ ގޮނޑު ދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައި، 15 ރަށެއްގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަޝްރޫއުތަކަށް 260 އަށްވުރެ ގިނަ މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

4 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަނާ

07 June 2017

ތޯރީގު އީނގީލީ ދީއްނުކޮއް ހަރުދަނާގޮތުގަ ކަމެއް ކުރެވޭތޯ އުޅެބަލަ..

The name is already taken The name is available. Register?

އިބު

06 June 2017

2014 2015 ބަޖެޓް ގައި ހުމެނުނު، އެކަމު ވެސް ނުކުރި،،، ދެން މި ވަރުގެ ބަޔަކު ކހިނެއް ގައުމު ތަރައްގީ ކުރާނީ

The name is already taken The name is available. Register?

ހަބޭސް

06 June 2017

ވަންދޫ މަޝްރޫއުފެށޭނީ 2018 ލިބުނީމާ

The name is already taken The name is available. Register?

ވާންޗޯ

06 June 2017

ހަހަހަހަހަ. މަ ގާތަށް އަންނަނީ ހިނި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454