ތުރުކީގެ ރައީސް އުރުދުޣާން: ގަތަރަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވި.
07 ޖޫން 2017 - 14:44
އިސްތަންބޫލް (ޖޫން 7) - ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނާ ގަތަރާ ބައެއް ގައުމުތަކުން ގުޅުން ކަނޑާލި ނަމަވެސް ގަތަރުގެ ދިފާއުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ނުކުންނަވައިފި އެވެ.
އުރުދުޣާން ވިދާޅުވީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނާ ވާހަކައަކީ ތެދެއް ނަމަ އެ މައްސަލަ ހައްލު ކުރުމުގައި އަމިއްލަ ގޮތުން ވެސް އެހީތެރިވެދިނީސް ކަމަށެވެ.
އުރުދުޣާން ވިދާޅުވީ ސައުދީ އަރަބިއާ އިން އިސްވެ ގަތަރާ ގުޅުން ކަނޑާލާ އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އެމަނިކުފާން ހުންނަވާނީ ގަތަރުގެ ދިފާއުގައި ކަމަށެވެ.
"ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެއްގޮތަކުން ވެސް ރަނގަޅު ކަމެއް ނޫން،" އަންކަރާގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ. "ގަތަރަށް ދަތި ހާލު ޖެހުނު ދަނޑިވަޅުގައި ތުރުކީން އެ ގައުމާ ގުޅުން ބަދަހިކޮށް ހުރިހާ އެއްބާރުލުމެއް ވެސް ދޭނެ. ތުރުކީ އަށް ދަތި ހާލު ޖެހުނު ވަގުތު ވެސް ރަހުމަތްތެރި ގައުމުތަކުން ވަނީ އެއްބާރުލުން ދީފައި."
އުރުދުޣާން ވިދާޅުވީ ގަތަރު އެކަހެރި ކުރުމުން މައްސަލަ އަށް ހައްލެއް ނުފެންނާނެ ކަމަށެވެ. ގަތަރަށް ކޮށްފައިވާ ޓެރަރިޒަމުގެ ތުހުމަތާ ގުޅިގެން އުރުދުޣާން ވިދާޅުވީ ގަތަރުގެ ލީޑަރުން އޭނާ ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި އެ ގައުމުން ޓެރަރިޒަމަށް ތާއީދު ކުރާ ނަމަ އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވާނެ ލީޑަރަކީ އޭނާ ކަމަށެވެ.
ގަތަރާ އެކު ތުރުކީން ގާތް ގުޅުމެއް ބާއްވަ އެވެ. އަދި ސައުދީ އަރަބިއާ އެކު ވެސް ތުރުކީން ގާތް ގުޅުމެއް ބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަދީމް
10 June 2017
"މަވެސް ޤަތަރު" " އަހަރެންވެސް ޤަތަރު" ޓީޝާޓް ކޮޅެއް ނެރެދޭނީ ކޮންބައެއްބާ؟؟؟
މުހައްމަދު
09 June 2017
މަހަމަ ގައިމުވެސް ޤަތަރު އާއި އެކު.
ކަނައްކަފޫޅު
09 June 2017
އަންނި އިޒްރޭލާކު ހުރި ދުވަސް ވަރު އެމްޑީ އޮތީ އިޒްރޭލާ އެކު އެވެ.އަންނި ސައުދީ އަރަބިޔާ އާއެކު ގުޅުން ބާއްވަން އުޅުނުން އެމީހުނަށް ސައުދީ ވަރެއް ނެތެވެ އެކަމަކު މިސަރުކާރާ އެކު ސައުދީ ސަރުކާރުން ގާތް ގުޅުމެއް ބާއްވާތި އެމީހުން "ހައްޖައް ދާން" ވެސް ސައުދީ އަރަބިޔާ ކަމަކު ނުދެއެވެ.މިހިރީ އެމްޑީޕީގެ ފިކުރުގެ ނުބައި ކަމެވެ.
ހެޔޮބަސް
09 June 2017
ޑޮންމީހުން އުޅޭ ގޮތަށް އުޅެން އަންނި ބުނުމުން އެމީހުން ރެޑީވީ އެގޮތަށް އުޅޭ ށެވެ.އެކަމަކު އެ ވެރިކަން ﷲ ހަލާކު ކުރައްވާފިއެވެ..
ވައިފައި
09 June 2017
ބާޒާރީން ނަށް ބޭރު ދުނިޔެ ވެސް މާއެގެ އެވެ.އެމީހުނަށް އެގެނީ ހަމައެކަނި "ދަމާ ކަޑާކަށް" ނޫނެވެ..
ައައިންސްޓަ
08 June 2017
ސައުދީ އަރަބިޔާ އުފެދުނު ގޮތް ދިރާސާކޮށްލީމަ ބޮޑު މަންޒަރު ފެންނާނެ.
އާ ސަންދޯއް
09 June 2017
އިޒްރޭލް އުފެދުނު ގޮތް އަންނި ހަނދާން ނައްތާލި ދުވަސް އަހަރެމެން ހަދާން އެބަ ހުއްޓެވެ.ފޮރިން މިނިސްޓަރ މަސްއޮޑި ނަސީމު އިޒްރޭލަށް ގޮސް މާ ބޮޑި ބޭއްވި މަޤްބަރާ ތަކަކީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ގެ ޤާތިލުންގެ މަޤުބަރާ ތަކެވެ. އަންނި ގެ ވެރިކަމުގައި ފެއްޓި އާސަންދަ ޚިދުމަތަށް ވުރެ އަދި ފެރީ ޚިދުމަތަށް ވުރެ އަންނި ދިވެހި ޤައުނިއްޔަތަށް އަދި ދިވެހި ރާއްޖޭގެ އިސްލާމީ ވަންތަ ކަމަށް ދިން ގެއްކުން މާ ބޮޑުވެފައި މާ ނުބައިކަން ބޮޑެވެ.
އިބުރާހިމް
08 June 2017
މިއީ އިސްލާމީ ގައުމުތަކުން ފެންނަން ބޭނުންވާފަދަ ވެރިންނަކީ، އުރުދުއާން ވަރެއްނެތް. ﷲ އުރުދުއާންއަށް ހެޔޮރަހްމަތް ލައްވާށިއެވެ.
ފރެސ
08 June 2017
ތައްޔިބު އުރުދުޣާން ވަރެއް ހަމަ ނެތް :)
ދދ
08 June 2017
ސައުދީ އާއި އިމާރާތުގެ ވެރިން ޔަހޫދީ އެމެރިކާން އާއި ގުޅިގެން ކޮންމެ އަހަރަކު ހަތިޔާރު އުފައްދާ ހަތިޔާރު ގަތުމަށް ޤަލްފު ޤައުމު ތަކުން ފައިސާ ހޭދަކުރާނެ އެކަމަކު މިފަހަރު ޤަތަރުން ހަތިޔާރު ގަންނަން ބޭނުމެއް ނުވި މީ ޖެހުނު މައްސަލަޔަކީ އުފެއްދި ހަތިޔާރު ބާޒާރުގައި ނުވިކުނު!
މުންކޮ
08 June 2017
އައި ސްޓޭންޑް ވިތް ޤަތަރު
ައަލީ
07 June 2017
ތުރުކީއާވެސް ގުޅުން ކަނޑާލާނެ އެކަމް ސައުދީން ކަނޑާލާފިނަމަ. މީ ސައުދީގެ ތައްޕާސް. މިހެން ހެދީމަޔޯ މިއަންނައަހަރު ހައްޖު ކޯޓާ އިތުރު ކޮށްދޭނީ.
ދިވެހިރާއްޖެ
07 June 2017
ޙައްޖު ކޯޓާ އެއްނޫން! ޖީބަށް ބަރުކޮށްދޭނީ!
މަރުމޯލު
08 June 2017
އެދިމާލަށް ނިތް ޖަހަނީވެސް