ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ: ލަންކާގައި މަރުވި ކުއްޖާ ދިރިއުޅެމުން ދިޔައީ މަންމައާ އެކު
12 ޖޫން 2017 - 12:35
ސްރީ ލަންކާގައި ދިރިއުޅެމުން ދިޔަ ހަތަރު އަހަރުގެ ދިވެހި އަންހެންކުއްޖަކު މަރުވި މައްސަލައެއް އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.
ރާއްޖޭގެ ފުލުހުން ބުނީ މިދިޔަ ހަފުތާގައި ލަންކާގައި މަރުވި އެ ކުއްޖާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ގޮތް ދިވެހި ފުލުހުން ވެސް ބަލަމުން އަންނަ ކަމަށެވެ.
"މި މަރުގެ މައްސަލަ އަޅުގަނޑުމެން ވެސް މި އަންނަނީ ވަރަށް ގާތުން ބަލަމުން،" ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި އެވެ.
ކުއްޖާގެ މަރުގެ މައްސަލަ ލަންކާގެ ފުލުހުން ބަލަނީ އެކަމުގައި ޝައްކުތަކެއް ހުރުމުން ކަމަށް އެނގިފައިވެ އެވެ. އެކަމަކު ޝައްކު އުފެދުނީ ކޮން ކަމާ ހެދި ކަމެއް އަދި ނޭނގެ އެވެ.
ދިވެހި ދެމަފިރިއަކަށް ލިބިފައިވާ ކުއްޖާ ލަންކާގައި އުޅެމުން ދިޔައީ އޭނާގެ މަންމައާ އެކު އެވެ. ކުއްޖާގެ ބައްޕަ ހުރީ މާލޭ ޖަލުގައި ކަމަށް ވަނީ އެނގިފަ އެވެ. ދެމަފިރިންނާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލުދޫނި
14 June 2017
މިހާރު ތި މައިމީހާ ވި ތަނެއް ބަލާ އެނާގެ ކަންކަން ގާތުނ އިންޓެލިގެންސް ރިޕޯރޓް ނެގުން މާ މިހުއްމު އިންސާނުންގެ ސިފައިގަ ތިބޭ ވަރަށް ނުބައި އަމަލުކުރާ މީހުން ފާޅުވެގެން ދާނެ މަ ހިތައް އަރާ ތި އަންހެން މީހާ މިހާރު ވަރަށް ރީޗަށް ދުފާލާފަ ތޯ އެއްޗެއް އުޅޭނީ އޭސްއިފްކަމެއްނުވާހެން
އެނޮނިމަސްމީހާ
13 June 2017
ކުއްޖާ މަންމަ އިހުމާލެއް؟ ފަރުވާކުޑަވެފަތޯ؟ ޤާނޫނީ ޒިންމާ ފުރިހަމަ އަށް އުފިލިތޯ؟ ބަލަން ޖެހޭ މި ގައުމުގައި ކުޑަކުދިނަށް ކުރާ އަނިޔާ އަށް ޒީރޯ ޓޮލަރެންސް އޮންނަން ޖެހޭނެ.
މައިމީހާ
13 June 2017
ދެރަ ވަރަށް ވެސް ދެރަ 4 އަހަރުގެ ތުއްތުކުއްޖެއް މަރުވެފަ އޮއްވާ ފެނިއްޖެ؟ މި ހަބަރުގެ ތަފްސީލުބޭނުން އެ މަރްހޫމް / މަރްހޫމާ ގެ މައިންބަފައިންގެ މައުލޫމާތު ބޭނުން ޖެންޑަރ މިނިސްޓްރީ / ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓް / އަރކް / މިނިސްޓަރު ޒެނީޝާ ކޮބާ ރީތި ފޮޓޯ ނުނަގާ މިކަން ރަނގަޅަށް ބަލާ މިކަން ވީ ގޮތުގެ އަސްލު ހޯދުން މުހިއްމު ވ.އަވސް މިހާރުން މިހާރަށް މި ދިވެހި ގައުމު މެރުންފަދަ ކަމެއް ބޭނުން އެއްޗެއް ހަދަން ވެއްޓެއް ގާއިމް ނުކުރޭ
ކާނަލްޕީޕީ
13 June 2017
މަރާލީ ތޯ އެއްޗެއް؟
ޖަރީމާ
13 June 2017
ތި ވަރަށް ދެރަ ހަބަރެއް އެ މަރްހޫމް / މަރްހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުަމަތައް އެދެން.އާމީން އެނާގެ މަންމަގެ އިހުމާލެއްވޭތޯ ބަލަންޖެހޭނޭ އެއީ ދިވެހި ދަރިއެއް.ކިހިނެއްތޯ އެނާ ކަންތައްކުރީ ބަލަންޖެހޭ.އުމުރުން 4 އަހަރު އެއީ ވަރަށް ތުއްތު ކުއްޖެއް.އޭނާގެ މަންމަ ނުވަތަ ބައްޕަ އެކައްޖާ އާއި މެދު އަޅާލާ ގޮތުގެ ބަލަންޖެހޭނެ.ތި ވަރު ކުއްޖެއް މަރުވުން އަދި ސލަންކާ ސަރުކާރުން ސުވާލު އުފެދޭ ކަމަށް ބުނާ އިރު ދިވެހި ފުލުހުން މިކަން މިހާރުން މިހާރަށް ތަޙުޤީޤުކޮށް ވަށައިގެން ހުރި ކަންކަން ބަލާ މީގެ ތެދަށް ވާސިލް ވުމަށް ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލަން.އަޅުގަނޑުގެ އެދުމަކީ އަދި ބޭނުންވާ ގޮތަކީ ދެވަން އިބްތިދާލް އަށް ޖެއްސި ރަހުމް ކުޑަ ގޮތެއް އެހެން ދިވެއްސެއްގެ ފަރާތުން ތަކުރާރު ނުކުރުމަށް. މާތް ﷲ އެ މަރްހޫމް / މަރްހޫމާ އަށް ނަސްރު ދެއްވާ އަދި މިކަމުން ތި އެންމެނަށް ނަސްރުދެއްވާންދޭވެ. އާމީން ހެޔޮއެދޭފަރާތެއް
ބޫ
12 June 2017
"މި މަރުގެ މައްސަލަ އަޅުގަނޑުމެން ވެސް މި އަންނަނީ ވަރަށް ގާތުން ބަލަމުން،" ޝިފާން ވިދާޅުވި އެވެ. އަހަރެމެންވެސް މިއަންނަނީ ތިކަން ވަރަށް ގާތުން ބަލަމުން. ހަމ އެންމެ ޚަބަރެއްވެސް ނުކިޔާ ދުލެއް ނުކުރަން. މިވަރުންވެސް ފުލުހުން ބަލާވަރަށްވުރެ ގާތުން ބެލޭނެ.