އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ: އެމެރިކާ އަށް ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުން. --ފޮޓޯ:ރޮއިޓާސް
13 ޖޫން 2017 - 13:31
ތެހެރާން (ޖޫން 13) - އިސްލާމިކް ސްޓޭޓް (އައިއެސް) އަކީ އެމެރިކާ އިން އުފެއްދި ބައެއް ކަމަށާއި އައިއެސްއާ ދެކޮޅަށް އެމެރިކާ ހަނގުރާމަ ކުރާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
"މެދުއިރުމަތީގެ ހަމަނުޖެހުމުގެ އަސްލަކީ އެމެރިކާ އާއި އެ މީހުންގެ އެޖެންޓުން. އައިއެސް އުފެއްދީ ކޮން ބައެއް؟ އެއީ އެމެރިކާ އިން ކުރި ކަމެއް. އައިއެސްއާ ދެކޮޅަށް އެމެރިކާ އިން ހަނގުރާމަ ކުރާ ކަމަށް އެ ގައުމުން ބުނާ ވާހަކަ އަކީ ދޮގެއް،" އީރާނުގެ އިސް އޮފިޝަލުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ޚާމަނާއީ ވިދާޅުވި އެވެ.
ރޯދަ މަސް ފެށުނު ފަހުން ޚާމަނާއީ ގެންދަވަނީ އެމެރިކާ އަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެސް ގެންދަވަނީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އީރާނާ ދެކޮޅަށް ހަރުކަށި ބަސްތައް ބޭނުން ކުރައްވަމުންނެވެ. އަދި ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން އުވާލައްވާނެ ކަމުގެ އިންޒާރު ވަނީ ދެއްވައިފަ އެވެ.
ޚާމަނާއީ ތުހުމަތު ކުރައްވާފައިވާ ގޮތުގައި އެމެރިކާ އާއި ސައުދީ އަރަބިއާ އިން ގެންދަނީ އައިއެސް ފަދަ ހަރުކަށި ޖަމާއަތްތަކަށް ފައިސާ ޚަރަދު ކުރަމުންނެވެ. އައިއެސް އިން އީރާނުގައި ފުރަތަމަ ދިން ހަމަލާގައި، މިދިޔަ ބުދަ ދުވަހު ވަނީ 17 މީހުން މަރާލައިފަ އެވެ.
އީރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށް ފަހު އެމެރިކާ އާއި އީރާނުގެ ސިޔާސީ ގުޅުން ވަނީ ކަނޑާލައިފަ އެވެ. ޚާމަނާއީ ވިދާޅުވީ އެމެރިކާއާ ގުޅުން ރަނގަޅު ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އީރާނުން ނުގެންގުޅޭ ކަމަށެވެ.
"އެމެރިކާ އަކީ އަބަދުވެސް އިސްލާމިކް ރިޕަބްލިކް އޮފް އީރާނާ ދެކޮޅު ބައެއް. ދެ ގައުމުގެ މެދުގައިވާ ގިނަ މައްސަލަތައް ހައްލެއް ނުވާނެ. އެމެރިކާ އަކީ ޓެރަރިސްޓް އަދި ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް. އެހެންވީމާ އެފަދަ ގައުމަކާ ގުޅުން ރަނގަޅެއް ނުކުރެވޭނެ." ޚާމަނާއީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއްރު
14 June 2017
ތީ އެންމެނައް އިނގޭ ބޮޑު ސިއްރެއް
ޚުމޭނީ
14 June 2017
އެމެރިކާއަކީ އީރާނު އުފެއްދި ބައެއް
ފަޤީރުކަލޯ!
14 June 2017
ކަލޯ ފާޑު ފާޑަކަށް އީރާނަކާ ނުކުޅެވޭނެ! އިސްލާމީ ތާރީޚުން އިސްވެ ގޮސްފައިވާ ތާރީޚް ކިޔާލާށެވެ. އަދިވެސް އީރާނުގެ ހިމާޔަތުގެ ދަށަށް ޢަރަބުލް ޙިޖާޒު ދާނެ! ލާ ޝައްކު!
ދޮގެއްތަ؟
14 June 2017
ހަމަ ސަތޭކައިގެ ތެދު ވާހަކައެއް.
ހިފަންތޭ
13 June 2017
އެހެންތޭއެވެ މިރޯދަމަހު އެހެންތޭ ރޯދަހިފަމުތޭ ނުހިފަމުދޯ ! ބަލިވެއިނީތޭ ރޯދަނުހިފަނީ !
އެހެންތޭ
13 June 2017
ހަމާސް އުފެއްދީ އެއީ ކޮން ބަޔެއްތޭ. އިރާން ދޯ. ހަމާސް އިން ދުނިޔެ އަށް ކުރަނީ ފައިދާ އެއް ނޫން ގެއްލުން ދޯ. ދުނިޔޭގައި އިންސާނުން އުޅެން ލައްވަވާފައިވާ އިންސްޓްރަކްޝަން މެނުއަލް އަކު ނޯންނާނެ މީހުން މަރަން މީހަކު ކުށެއް ނުކުރަނީސް ދޯ. އެކަން ކުރޭ ދޯ ހަމާސް އިން. އެކަން އެއީ ޕްރޫވެން ދޯ.
ފަޤީރުކަލޯ!
13 June 2017
ކަލެއަށް އެނގޭތަ އެހެންތޭ އެއީ ކޯއްޗެއްކަން!
255
13 June 2017
ބުރޯ ދުނިޔޭގައި ޔަހޫދީން ހިންގާ ބޭންކިން ސިސްޓަމާ ޓެރެރަިސްޓުންނޭ ކިޔާ ކިއުމާ ހުރި ގުޅުން ދިރާސާސާ ކޮށްލަބަލަ. އެބޭންކިންގ ސިސްޓަމްގައި ބައިވެރިނުވާ މަދު ގައުމުތަކުގެ ތެރޭގައި ހިމޭނޭ އިރާނާ، ނޯތްކޮރެޔާއާ ސީރިއާ. މިހާރު މިއުޅެނީ އެތަންތަނަށް ނޭރިގެން. ޖޯންއެފްކެނެޑީ މަރާލީ އެމެރިކާ އެއިން ބޭރުވާން އުޅުމުން ކަމަށްވޭ! ކަލޯމެން ސައުދީ ތާޜީޚާ މިފަދަ ތާޜީކް ތައް ކަން ހިގި ގޮތަށް (ފެކްޓްސް) ގެނެެސްދޭނަމަ ހާދަ މީހުނެއް ކިޔާނޭ. ކިއްވެތަ ނުލިއެ ތިޔަ ތިބެނީ؟
ދދދ
13 June 2017
އަންދަލުސްގެ ހަގީގަތް ދިވެހިންނަށް އަދިވެސް ނޭނގޭބަ؟
ރަދީފް
13 June 2017
ތިޔައީ މުޅި ދުނިޔެ ދަންނަ ހަގީގަތެއް.
ސޮވާސް
13 June 2017
ތިހެންބުނެލަން ކެރުނު މީހަކުނެތް