18 ޖޫން 2017 - 13:58
ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ މެކޭނިކް އިސްމާއިލް އުމަރު (އިއްސެ) އަށް ހަމަލާދީ މަރާލި ކަމަށް، އެ ގަތުލުގެ ތުހުމަތުގައި ހައްޔަރުކުރި އެތަނުގެ ބަންގްލަދޭޝް މުވައްޒަފު އެއްބަސްވެއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިއްސެގެ މަރާ ގުޅިގެން ފުލުހުން އާއްމުކުރި ބަޔާނުގައި ބުނީ ވަޅި ހަރައި އޭނާ މަރާލި ކަމަށް އެއްބަސްވީ، އައިސް ޕްލާންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލާދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާ ކަމަށެވެ. އިއްސެ އަށް ހަމަލާ ދޭން އޭނާ ބޭނުންކުރި ވަޅި އާއި ހަމަލާ ދިންއިރު ލައިގެން ހުރި އަންނައުނު ވެސް މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އިއްސެގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން އައިސް ޕްލާންޓަށް ގޮސް ބެލިއިރު އެތަނުގެ އޮފީސް އަދި އެކޮމޮޑޭޝަން ބްލޮކަށް ވަންނަ ދޮރުގައި ވެސް ލޭ ހުއްޓެވެ. އިއްސެގެ ހަށިގަނޑު ފެނުނީ، އައިސް ޕްލާންޓުގެ އައިސް ޕްރޮސެސިން ޔުނިޓުގެ ތެރޭގައި އޮއްވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާއްމުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސިމެންތިން ހަދާފައި ހުރި ހަނި ދޭތެރެއެއްގައި އިއްސެ އޮތީ ބަރަހަނާ ހާލުގަ އެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހެރުމުން ފޭބި ލޭތައް ވެސް އެ ގޮޅި ތެރޭގައި ހުއްޓެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ އިއްސެގެ މަރަކީ ބަޔަކު ގަސްދުގައި ހިންގާފައިވާ ލާއިންސާނީ އަމަލެއް ކަމަށާއި އޭގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ހަތަރު ބިދޭސީން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ. މި މައްސަލާގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން ދާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
އިއްސެ އަށް ހަމަލާދީ މަރާލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އިއްސެގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ޝުމޮން މިއާގެ އަތެއްވާ ކަމަށް ރައްޔިތުން ޝައްކުކުރީ، އިއްސެ މަރާލާފައި އޮއްވާ ފެނުނުތާ ތިން ދުވަސް ކުރިން އޭނާ ރަށުން ފިލުމުންނެވެ. އެ މީހާ ހޯދަން އިއްސެ އާއި އޭނާގެ ގާތް މީހުން މަސައްކަތް ކުރި ނަމަވެސް ނުފެނުމުން ނިންމައިގެން ތިބީ އޭނާ ފިލައިގެން ދިއްދުއަށް ދިޔައީ ކަމަށެވެ.
އެކަމަކުު އިއްސެ މަރާލި ރޭ ޝުމޮން ޑިންގީއެއްގައި އިހަވަންދޫން ފުރައިގެން ހޯރަފުށްޓަށް ދިޔަކަން އެނގުމާ އެކު، އިއްސެގެ މަރުގެ ފަހަތުގައި އޭނާގެ އަތެއް ވާ ކަމަށް އިހަވަންދޫ މީހުންނަށް ޝައްކުކުރެވުނީ އެވެ. އިހަވަންދޫން ވާހަކަ ދެއްކި މީހުން ބުނެފައިވާ ގޮތުގައި ޝުމޮންއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް އިއްސެ ވަނީ ބުނެފަ އެވެ. އޭނާ ފިލީ ބޮޑު މުސާރައެއް ހޯދަން އެހެން ތަނަކަށް ދާން ވެގެން ކަމަށް އިއްސެ ގަބޫލުކުރި ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން މައުމޫނު
20 June 2017
ސަރުކާރަށް ދަންނަވާލަން އަދިވެސް ޤަވާޢިދާ ޙިލާފަށް ރާއްޖެއަށް އެތެރެވެގެން އުޅެން ސާޅީސްހާސް ބަންގާޅީންނަށް ހުޅުވާލަން. ޚާއްސަކޮށް މިބަންގާޅީންގެ ޢަދަދު ޤައުމަށް ނުކަޓާ، ކޮންފަދަ މުސީބާތެއް،
ހަމަ މީހެއް
19 June 2017
މި ސުރުހީގައި ބަންގްލަދޭޝް މީހާ މިހެން ނުޖަހާ އޭނާގެނަން ބޭނުންކުރެއްވި ނަމަ ދެއްތޯ. މިހިން ޖެނެރަލައިޒް ކުރުން އެހާ ރަގަޅެއްނޫން.
ހޯބޯ
19 June 2017
މި ބަންގާލު މީހާއާއި ހިތާވާނެ ދިވެހި އަންހެން ކުދިންވެސް އުޅޭނެ ދޯ!
ހޯހޯ
19 June 2017
ދިވެހި ޒުވާނެއް މީހަކު މެރުމުގެ ކުށުގައި ހައްޔަރުކޮއްފާ ހުއްޓާ ކޯޓުން ދޫކޮއްލުމުން އަނެއްކާ އެހެންމީހަކު މަރައިގެން އަލުން ހައްޔަރުކޮއް ޖަލުގާ ހުއްޓާ އޭނާއާއި ދިވެހި އަންހެން ކުއްޖެއް ކައިވެނި ކުރި ހަބަރު ނޫސްތަކުން ދެކުނިން.
ވަގުފުލުސް
18 June 2017
ފުލުހުން އަސްލުހަގީގަތެއް އޮޅުންފިލުވާދެންޏާ މިކަމުގެވެސް ސަބަބު އޮޅުންފިލުވާދީ. ފުލުހުންބުނުމުގެކުރިން އާންމުންނަށް އެގޭވާހަކަ ސަޅިބައިސާއަކަށް މިހާރު ނުހިގާނެ
ކަލޯ
18 June 2017
މަރާލި ސަބަބު ކޮބާތަ.... އެއީ ދޯ އެންމެވެސް އެނގެން ބޭނުންވާ އެއްޗަކީ......
ނާނާ
18 June 2017
މިކަހަލަ ކުށްކުރާމީހުން ރާއްޖޭގެ ޖަލުތަކުގައި ސަރުކާރުގެ ޚަރަދު އިތުރުކުރަން ނުބައިތިއްބާ ވަގުތުން ދުވަހަކުވެސް ނާދެވޭގޮތަށް ޑީޕޯޓް ކޮށްލާ. ކޮންމެ ޤައުމަކަށް ކުރިޔަސް ހެޔޮ. އަހަރުމެންގެ ރާއްޖެ ނާދެވޭގޮތަށް. މީ ތަފާތު ކުރުމެއްނޫން. އެކަމަކު ޖަލުގައި ބޭތިއްބީމަ އެމީހުން ކައިބޮއެގެން އަރާމުގައި ތިބެންވީ. ފޮނުވާލީމާ ނިމުނީނުން.
މަރޭ
19 June 2017
ބޭނުމީ ފުރާނަ އަކަށް ފުރާނައެއް... ބަދަލު ހިފުމަކީ ދިރުމެއްވާ ކަމެއް...
މޮހޮނާ
18 June 2017
ކިތަންމެ ޥާހަކައެއްދެއްކިޔަސް ދެނެއް މިގައުމަކުން ބަންގާޅީންނެއް ބޭރެއް ނުކުރެވޭނެ. ބަންގާޅީންނާނުލާ މިއަދު މިތާ އުޅެވޭކަށްނެތް. ދިރިއުޅުމުގެ ކިތަންމެ ކުޑަކަމެއްވެސް ދިވެހީން ކޮށްގެންވާކަށްނެތް. ގައުމުގެ އިޖްތިމާޢީ އަދި އިމްރާނީ ހުރިހާކަމެއް މިައަދުކުރަނީ ބަންގާޅީން. އަގަފުރާލާފާ ބަންގާލީން ބޭރުކުރާށެ ގޮވާމީހުންގެ ޙާލަކީމ.
ހެއުކޮށް
18 June 2017
ދިވެހިން ވ ރޭސިސްޓް. މީހުން ވ ދައްކޮއްލާ ބައެއް. ދޮން ކަޅު ތަފާތުކުރާނެ. މާލެ ނޫން އެހެން ރައްރަށު މީން ތަފާތު ކުރާނެ.
ގުނބޯ
18 June 2017
ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ މިމައްސަލަ ބަލަމުންނޭ؟ ސީރިއަސްކޮށް ބަލަން ބުނި ޑރ އަފްރާޝީމްގެ މަރުގެ މައްސަލަވެސް. ޔާމީން ރަޝީދުގެ މައްސަލަވެސް. މިހެންގޮސް ކިތަންމެ މައްސަލައެއް. ސީރިއަސްވެގެން އެއިން ނިކުތީ ކޮން ނަތީޖާއެއް؟
އަލީ
19 June 2017
ހަމަތަ؟ލޮލް
ޞެންހިޔަ
19 June 2017
ކަލޭ އުޅެނީ މިރާއްޖޭގައިތަ؟ އަފްރާޝީމް މައްސަލަ ބަލައި އެކަން ކުރިމީހާ ހުރީ ޖަލުގަ. ޢެކަން ކުރުވިކަމަށް އެމީހަކު ބުނިމީހާ ހައްޔަރުކުރިނަމަވެސް ދޫކޮށްލީ ހެކިނެތިގެން. އާނ. ދެން އަފަރާޝީމްގެ މަރު ވަކިމީހެއްގެ ބޮލުގައި އަޅުވަން ކަލޭމެން ބޭނުންވާ މީހާ އަދި ހައްޔަރެއްނުވޭ. އަދި ދުވަހަކުވެސް އެކަމުގައި ހައްޔަރެއް ނުވާނެ. އެއީ އެމީހާ ކުރިކަމަކަށް ނުވާތީ.
ލޮލް
19 June 2017
އަލީ ހަމަތަ..
ރަބަރޭ
18 June 2017
ކުރީ ދުވަހަކު ލޯކަލް މާރކޭޓުން ފަތް ބޮޑިއެއް ގަނެގަނެ ހުއްޓާ ފަހަތުން އައި ބަނގާޅީ އެތާހުރި ހުރިހާ ފަތްތަތް ގަނެލއިފިއެވެ.މަށާ އެއްކޮށް ގަނެ ނުލިކަން ނަސީބެކެވެ....ގައުމުގެ ހާލު މިހާރު އޮތް ހިސާބަކީ މިއެވެ