ޓޫރިޒަމް މިނިސްޓަރު ޒަމީރު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
21 ޖޫން 2017 - 13:03
ކޮރަޕްޝަންގެ ތެރޭގައި ދެމިނުތިބެވޭ ގޮތް ހެދުމަށް ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ދައުލަތަށް ގެއްލިފައިވާ ކަމަށް، 2008 ވަނަ އަހަރުން ފެށިގެން ނެރުނު އޮޑިޓް ރިޕޯޓްތަކުގައިވާ ފައިސާ ހޯދަން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން މުޅިން ނައްތާލުން ކަމަށެވެ. އެ މަސައްކަތް ކަމާގުޅޭ އެކި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިސާލެއް ނަންގަވަމުން ވިދާޅުވީ ޓޫރިޒަމަށް ރަށްތައް ދޫކުރުން ފަދަ ކަންކަމުގައި އަމަލުކުރާ ގޮތް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އެކަން ކުރުމަށް، ދޫކުރާ ރަށްތައް ގެޒެޓްކުރުމުގެ އިތުރުން އޮޑިޓަ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާ ވެސް މައުލޫމާތު ހިއްސާކުރާ ކަމަށް ޒަމީރު ވިދާޅުވި އެވެ. އޭގެ ބޭނުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މައްސަލައެއް އޮތް ނަމަ، އެކަން ބަލައި ފިޔަވަޅު އެޅުމެވެ.
"އެހެން މިނިސްޓްރީތަކުގައި ވެސް މިގޮތަށް މަސައްކަތް ކުރައްވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ވަނީ. އެހެން ވަޒީރުން ވެސް ޓޫރިޒަމް މިނިސްޓްރީގައި މިގެންދާ ގޮތަށް އޮޑިޓަ ޖެނެރަލްގެ ލަފާގެ މަތިން ނިޒާމްތައް ބަދަލުކުރަމުން އެބަގެންދޭ،" ޒަމީރު ވިދާޅުވި އެވެ.
"ހާއްސަ ގޮތެއްގައި ދެމިގެންދާނެ ގޮތަކަށް ނުނީ ދިގު މުއްދަތެއް ވަންދެން ކޮރަޕްޝަނަށް މަގު ފަހިވާ ކަންކަން ނުކުރެވޭ ގޮތަށް ފިޔަވަޅު އަޅަމުން އަންނަނީ."
ބަންޑާރަ ނައިބު މުހައްމަދު އަނިލް ވެސް ވިދާޅުވީ ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމާ އެއްވަރަށް، ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތް ވެސް އެބަދާ ކަމަށެވެ. ނިޒާމުތައް އިސްލާހުކުރަމުން އަންނަނީ އޮޑިޓަ ޖެނެރަލް ނެރުއްވާ ރިޕޯޓުތަކުގައި ދެއްވާ ލަފާތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
އެ ބަދަލުތަކުގެ ނަތީޖާ އެޓާނީ ޖެނެރަލްގެ އޮފީހުން ފެންނަމުންދާ ކަމަށާއި މިދިޔަ ތިން އަހަރު ވެސް އެ އޮފީހުގެ އޮޑިޓް ރިޕޯޓުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ. މިއީ، ކޮރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށްވ ވެސް އަނިލް ވިދާޅުވި އެވެ.
ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލާގައި މި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނާނާ
28 July 2018
ދުނިޔެހަތަރެސްކަން ހަމަވަނީތިހިރަގެން. ކޮރަޕްޝަނޭކިޔަން އެންމެ ރަނގަޅު ވަޒީރު ތިވާހަކަ ތިދައްކަނީ.
މަލާމާ
22 June 2017
ކޮރަޕްޝަނާ ނުލައި ތަރައްޤީ ނުގެނެވޭނެކަމަށް ޤަބޫލުކުރާ ބަޔަކު ކޮރަޕްޝަންގެ ތެރޭގައި ދެމި ނުތިބެ ޤައުމު ތަރައްޤީ ކުރެވިދާނެތޯ.؟
އަހުމަދު
22 June 2017
ވެރިމީހާ ކިތަންމެ ތެދުވެރި ވިއަސް ދެންތިބި މީހުން ނުފޫޒުގެ ބޭނުންކޮށް އެވަގުތަކު އެމީހަކު ބޭނުންކަމެއް ކުރުމަށް އަމިއްލަ ފައިދާ އަށް މަސައްކަތް ކުރާހާ ހިދަކު ކާމިޔާބެއް ނުލިބޭނެ. މިކަހަލަ ފަރާތްތަކުން މިފަދަ ގޮތަކަށް ކަންކަން ނުކުރެވޭނެ ގޮތަކަށް ސިޔާސަތު ކަޑައެޅުމުން ރަގަޅުވާނެ. ކަން ކުރަން ތިބޭ މީހުންވެސް އެވެނި މީހަކު ވިދާޅު ވީމައޭ ބުނުމުން ބިރުން ދީލާލާތީ މައްސަލައަކީ. ކޮރަޕްޝަން ހުއްޓުވޭނީ އެފަދަ ފަރާތްތަކަށް މުއައްސަސާ ތަކުން އަދަބު ދެވިގެން. ކޮރަޕްޓްވެ އެމީހާ މުއަސަދި ވުމުން ވަކިކުރިއަސް ނުހުއްޓުވޭނެ.
ޙުސެން
22 June 2017
ކޮރަޕްޝަނަކީ އެހެން އަދި ވިދާޅުވާ ބަހަކުން ވާނޭކަމެއްނޫން؛ އޮފީސް އޮފީހުން ކަންތައްތައް ކުރަންވީ ގޮތް ދެފުއްފެންނަ ގޮތަށް އޮތުން ވަރަށް މުހިންމު. މިހާރު ސަރުކާރު އޮފީހަކަށް ގޮއްސިއްޔާ ދެފަހަރު އެކައްޗެއް ނުކިއާނެ. ވެރިން ކޮރަޕްޓް ނުވަންޏާ ތިރީގައި ތިބޭ މުވައްޒަފުން ކޮރަޕްޓް ވާން އުދަނގޫ ވާނެ.
އަޙުމަދު
22 June 2017
ޤާނޫނެއްގެ ދަށުންވިޔަސް ދެފުށްފެންނަ ގޮތަށް ބިޑުނުކޮށް ފަޅުރަށްތަކާއި ފަޅުތައް ވިއްކާއިރު އެއަށް ކޮރަޕްޝަން ނުވަންނާނެ އެއްގޮތެއްވެސް ނޯންނާނެ.
އެކްސް
22 June 2017
ކޮރަޕްޝަނޭ އެބަކިޔާތަ؟
ސާބަސް
22 June 2017
ކޮރަޕްޝަން އަށް ޞަދަޤާތް، ﷲ ގެ މަގުގައި ހޭދަކުރުން، އެހީތެރިކަން، މިފަދަ ނަން ދިނުން އިތުރުކުރީމަ ވަރަށް ރަނގަޅުވާނެ. އޭރުން އެންމެންވެސް ކުރާނީ ޞަދަޤާތެވެ. ﷲ ގެ މަގުގައި ހޭދަކުރާނީއެވެ. ނިކަމެތި ބޭބޭފުޅުންނަށް އެހީތެރިކަމުގެ އަތެއް ދިއްކުރާނީއެވެ.
ޢަބްދުﷲނާފިޒު
22 June 2017
ކޮރަޕްޝަނޭ ކިއާފަ އަނގަހުޅުވަން ޒަމީރު ކަލޭ ލަދެއް ނުގަނޭތަ، މަހަމަ ހައިރާންވޭ، މިވެރިންގެ ކޮރަޕްޝަން ކަންތައްގަނޑު ހުރިހިސާބު މިވެރިކަން ނިމުނު ދުވަހަކުން ބެލޭނެ، ފިސާރި ކަންތައް ހުންނާނެ.
މޫސަ
22 June 2017
ކާނެ ވަރަކަށް ކައި ބަނޑުފުޅުތައް ފުރުނީމާ ބަހަނާ ދައްކަން. ޏުވާނެ ތިކަމެއް.
ހިތާމަ
21 June 2017
ހިތާމައަކީ އަގަރުމެން ރައްޔިތުން ގަމާރުކަން. މިހެން މިމީހުން ދައްކާ މޮޅު ވާހަކައަށް ރައްޔިތުން އަންބުރާލަން ވަރަށް ފަސޭހަ ވީމަ ކިޔޭނުކިޔޭ އެއްޗެއް ނުބަލަައި ވާހަކަ އެދައްކަނީ. މާދަން ޔާމީން އަރާފަ ބުނަންވީ "މިޤައުމު ހަލާކުގެ ތެރެއަށް ދޫކޮށްގެން އަހަރުމެއް ނުވާނެ!" ނުވަތަ "އަޅުގަނޑުގެ އެއްވެސް ކޮރަޕްޓް އަމަލެއް ނޯންނާނެ"... ބުނީމަ ޤަބޫލު ކުރާ މީހުންވެސް ގިނައީ ހަމަ.