މާލޭގައި މީހަކު ޒަކާތް ދައްކަނީ:-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
23 ޖޫން 2017 - 22:32
ތ. ވަންދޫގައި ފަގީރުންގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓްރީވެފައިނުވާ ކަމަށާއި އެހެންވެ އެ ރަށުން ލިބުނު ޒަކާތު ފައިސާ އެ އަތޮޅު ހިރިލަންދުއަށް ހަދިޔާކޮށްފައިވާ ކަމަށް ވަންދޫ ކައުންސިލުން މިރޭ ބުުނެފި އެވެ.
ގާތްގަނޑަކަށް 400 މީހުންގެ އާބާދީއެއް އޮންނަ ވަންދޫން ފިތުރު ޒަކާތުގެ ގޮތުގައި 8000 އެއްހާ ރުފިޔާ ލިބުނެވެ. އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސް ވިދާޅުވީ ޒަކާތުން ހައްގުވާ މީހަކު ރަށުގައި ނެތުމުން، ހުރިހާ ފައިސާއެއް ރޭ ހިރިލަންދޫއަށް ހަދިޔާކުރީ އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދުމަށްފަހުގައި ކަމަށެވެ.
"ފަގީރުންގެ ލިސްޓުގައި އެއްވެސް މީހަކު ރަޖިސްޓްރީވެފައިނުވާތީ އެ ފައިސާއާ މެދު އަމަލުކުރާނެ ގޮތުގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީގައި އެދުނީ. އެގޮތުުން އެ ހުރިހާ ފައިސާއެއް އެ ރަށާ ކައިރީގައި އޮންނަ ހިރިލަންދޫ ކައުންސިލަށް ހަދިޔާކުރުމަށް ލަފާ ދިނީ،" ގިޔާސް ވިދާޅުވި އެވެ.
ގިޔާސް ވިދާޅުވީ މިދިޔަ ތިން އަހަރު ވެސް އެއްވެސް މީހަކު ވަންދޫން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައި ނުވާ ކަމަށެވެ. އެއިން ކޮންމެ ފަހަރަކު ވެސް ޒަކާތު ފައިސާއާ މެދު އަމަލުކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ކަމަށް ގިޔާސް ވިދާޅުވި އެވެ.
ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރިވެފައިވަނީ 3180 މީހުންނެވެ. އެ ކޮންމެ މީހަކަށް 1250ރ. ގެ މަގުން ޒަކާތް ބަހަން ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންސޫރު
24 June 2017
ފަގީރުން ނެތަސް ފަގީރުންނަށް ފައިސާ ދޭން ޖެހޭތަ؟
ނާހިދާ
24 June 2017
ގުއިވަސް ނުކެނޑޭ ކުޑަ ކުޑަ ރަށެއް ތިކިޔާ މާލެ އަކީ.. ގޮނޑު ތަނެއް ފާވަސް މުޅި ރައްގަނޑުން ދުވަނީ...
ޢިއްސެ
24 June 2017
ޢެއީ އެއީ އަހަރުމެންގެ މަސައްކަތް މިކަމުގެ މައުލޫމާތު ދެވުމާއި އެފަދަ މީހަކު ނެތްކަން ތާއަބަދު ހަނދާން ކޮށްދިނުމުގެ ނަތީޖާ.
ފަޅުވެރިން
24 June 2017
ދިވެހިންގެ ފަޚްރުވެރި ޒަޢީމް ރައީސް ޔާމީންގެ ވެރިކަމުގައި ޤައުމަށް އަންނަމުންދާ ގިނަގުނަ ހެޔޮ ބަދަލުތަކުގެ ކުޑަކުޑަ ނަމޫނާއެއް! ﷲ އަށް ޙަމްދުހުރި!
އެންދެރި
24 June 2017
ވ. ރަނގަޅު ޒަކާތްނަގާ ގިނަމީހުން ނަކީ ޙައްޤުވާބައެނޫން ލިބޭ އާމްދަނީން ޒަރޫރީ ބޭނުން ފުއްދޭމީހުން ޒަކާތް ނަގައިގެންނުވާނެ ވަންދޫމީހުން ތިދެއްކީ ރީތި ނަމޫނާއެއް
މ
24 June 2017
މ. ވޭވަށުގަ އެއްވެސް ފަޤީރަކުނެތިގެން ފައިސާ އެހެން ރަށްރަށައް ހަވާލުކުރާތާ 6 އެއްކަ އަހަރުވެއްޖެ
ނިބިހޫރު
24 June 2017
400 މީހުންގެ އާބާދީ؟؟؟ ރަށު ސްކޫލުގައި ކިތައް ދަރިވަރުން ކިޔަވާތޯ؟؟؟
އެބިއުޅޭ
24 June 2017
ރަށު ސްކޫލުގަ ކިތަންމެ މަދު ދަރިވަރުން ނެއް ކިޔެވިޔަސް ތ.ވަންދޫ މީހުންނަކީ އެކުވެރި ބައެއް .... ވ.ސަލާމް
އިދިކޮޅު
24 June 2017
ނިސްބަތުން ފަގީރުން ގިނައީ!!!!ރ. އިންނަމާދޫގަ ރަށުގަ މިހާރުގެ ދިރިއުޅޭ މީހުންގެ އާބާދީއަކީ ގާތްގަޑަކަށް 550 ފަގީރުންގެ އަދަދަކީ 194
ޕޮގުބާ
24 June 2017
ޔާމީނިންގެ ވެރިކަމުގަ ރަށްޔެތު މީހާ މުއްސަދި !!! އެހެން ނުބުނެވެނީ ހަޖަމް ނުވަނީ ދޯ
ވާނީ އާދަނު
23 June 2017
ގަބޫލުވެވެނީ ފަގީރަކު ނެތުމަށްވުރެ ލަދުން ތިފައިސާ ހޯދަން ނުކެރެނީ ކަމަށް. 400 މީހުންގެ ތެރެއިން ދެތިން މީހުންނަށް ނުކެރެނީ ތިމާމެންނަކީ ފަގީރުންކަމަށް އެހެންމީހުން ދެކެން.