ކުޑަހުވަދޫ އެއާޕޯޓަށް މޯލްޑިވިއަނުން ބޭއްވި ޓެސްޓް ފްލައިޓް: މިއަދު ވަނީ ޝެޑިއުލް ދަތުރުތައް ފަށާފައި.
28 ޖޫން 2017 - 14:58
ދ. ކުޑަހުވަދޫގައި އަލަށް ހެދި ދާލު އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ރަސްމީކޮށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.
ވެލާނާ އިންޓެނަޝަނަލް އެއާޕޯޓުން ދާލު އެއާޕޯޓަށް ފުރަތަމަ ޝެޑިއުލް މަތިންދާބޯޓު ފުރީ މެންދުރު ފަހު 1:50 ގަ އެވެ. ދާލު އެއާޕޯޓަށް އެ މަތިންދާބޯޓު ޖެއްސީ 2:27 ގަ އެވެ.
މޯލްޑިވިއަން އިން ދާލު އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށީ މި މަހުގެ އެއްވަނަ ދުވަހު ޓެސްޓް ފްލައިޓެއް ވެސް އެތަނަށް ބޭއްވުމަށް ފަހު އެވެ.
މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ވިދާޅުވީ ދާލު އެއާޕޯޓަށް ފުރަތަމަ ބޭއްވީ ފުލް ފްލައިޓެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރު ފަހު ކުޑަހުވަދޫ ނުވަތަ ދާލު އެއާޕޯޓަށް ޝެޑިއުލް ފްލައިޓެއް އޮންނާނެ ކަމަށެވެ. އެއްކޮޅު ޓިކެޓެއްގެ އަގަކީ 888ރ. އެވެ.
ހާރިސް ވިދާޅުވި ގޮތުގައި އަމާޒަކީ ދަތުރުތައް ދާ ގޮތަށް ބަލައި، ދުވާލަކު ހަތަރު ދަތުރު ދާލު އެއާޕޯޓަށް ބޭއްވުމެވެ.
މިއަދުން ފެށިގެން މުދާ ކާގޯ ކުރުމުގެ ޚިދުމަތް ވެސް މޯލްޑިވިއަން އިން ދާލު އެއާޕޯޓުގައި ދޭނެ އެވެ.
"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ރޭގަނޑު ވެސް ފްލައިޓްތައް ބާއްވާނަން. އެކަމާ ގުޅޭ ގޮތުން އެއާޕޯޓްގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން މިހާރު ވެސް ކުރަމުން އަންނީ،" ހާރިސް ވިދާޅުވި އެވެ.
"އެހެންވީމާ ސިވިލް އޭވިއޭޝަނުން ހުއްދަ ލިބުމުން ރޭގަނޑު ދަތުރުތައް ކުރިއަށް އޮތް ތަނުގައި ކުޑަހުވަދޫ އެއާޕޯޓަށް ބާއްވާނެ."
ކުޑަހުވަދޫ އެއާޕޯޓަކީ ރިއޯލޯ އިންވެސްޓްމަންޓާ ހަވާލުކޮށްގެން 1،800 މީޓަރުގެ ރަންވޭއަކާ އެކު ހެދި އެއާޕޯޓެކެވެ. އަދި މި އެއާޕޯޓަކީ ރާއްޖޭގައި މިވަގުތު އޮތް ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން ޕްރައިވެޓް ޖެޓްތައް ޖެއްސޭ ގޮތަށް ހެދި ފުރަތަމަ އެއާޕޯޓް ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޯބުރޯ
02 July 2017
888 އަކީ ޑިސްކައުންޓެޑް ފެއާ، ދެތިން ސީޓް ހުންނާނެ އެލޮކޭޓްކޮށްފަ. ދެން އިންނާނީ ނޯރމަލް ފެއާ، ހެސްކިޔާފަ އަގު ބޮޑުވާނެ. ފުވައްމުލަކަށް ދާންވެސް ބައްތިރީސް އަގު އެއްފުލައިޓަކުން. ބައެއް ފަހަރު 1600އަށް ވެސް އަރާ
މެންޓަލިސްޓް
29 June 2017
ތިޔައީވެސް ކުރީގެ ނަޝީދުގެ ސަރުކާރުން ރިއައްލޯ ކިޔާ ކުންހުންޏަކާޢި ހަވާލުކޮއްގެން ހިނގި ކަމެށް ،،،، އަޅުގަނޑު ވަރަށް އުފާކޮއްފިން ތިޔަޕްރޮޖެކްޓްނިމުނީމައި ،،، އެކުންފުނީގެ އެންމެހާ ހިއްސާދާރުންނަށް ޙާއްސަޝުކުރެއްރައްދުކުރަން ،، ،ޙާއްސަކޮށް ޙަލީލްއަށް ،،، ވަރަށްވެދުން
ވަކީލު
29 June 2017
މާތްރަސްކަލާނގެއާ ވަކީލު!..
އަދުހަމް
29 June 2017
ވިލާއިން އުދުހޭނަމަ 600 ރުފިޔާއަށް އުދުހޭނެ.
އިބޫ ހުޅުމާލެ
29 June 2017
ޢިލްމީ ގޮތަކުން ބެލިޔަސް ކުޑަހުވަދޫއަށް ކުރާ ދަތުރުގެ އަގު ޑަބަލް ބޮޑުކަން އަޅުގަނޑު ފާހަގަ ކޮށްލަން.. މިބަލާލަނީ ވެލާނާ އިންޓަނޭޝަނަލް އެއާރ ޕޯރޓާއި ރާއްޖޭގެ ދެކުނުގެ ބައެއް އެއާޕޯރޓާއި ހުރި ދުރުމިނާއި ޓިކެޓުގެ އަގަށް ކިލޯ މީޓަރަކަށް ޖެހިފައިވާ ނިސްބަތް: މާލެން ގަމަށް ކިލޯ މީޓަރަކަށް ޖެހެނީ 2.75ރ ، ފުއަށް މުލަކަށް 2.59ރ، ކާޑެއްދުއަށް 2.49ރ(އެވެރެޖުކޮށް 2.61ރ) އެކަމަކު ކުޑަހުވަދޫ އެއާރޕޯޓަށް ކިލޯމީޓަރަކަށް ޖެހެނީ 4.85ރ ވީމައި ކުޑަހުވަދޫގެ އެއާރ ޕޯޓަށް ޗާޖުކުރާ އަގަކީ ޑަބަލް ޗާޖެއްކަމުގައި އަޅުގަނޑުގެ ހޯދުންތަކުން ހާމަވޭ... އަޅުގަނޑު ދެކޭގޮތުގައި ޢިލްމީ އަލީގައި ބަލާނަމަ ކުޑަހުވަދޫއަށް ކޮޅަކަށް ނެގޭނީ ތިން ތަނުގެ އެވެރެޖަށް ބެލިޔަސް އެންމެ ބޮޑުވެގެން 478ރ މީ ޙަޤީގަތަކީ.. ވަރަށް ސަލާން
މުބީން މޫސާ
29 June 2017
ސާޅިސް ފަސްމިނުޓް އިން ދެވޭތަނަކަށް ތީދެން ބޮޑުވަރު.... 888ރުފިޔާ... ޢަދި ފަހުން 1000ރުފިޔާ އަށް އަގު އުފިލިގެންދާނެ!
ޓިކެޓް އަގު
29 June 2017
ކަލޯ މިހާރު ލިބެން ހުރީ 1400 އަށް.. ދެރަ ކަމެއް މީ..
އައިއޭއެސް
29 June 2017
30 މިނެޓް (ބައިގަޑިއިރު) ތެރޭ ދެވޭނެ.
އަސްލުމީހަ
29 June 2017
ޑޮމެސްޓިކް އެހެން އެއަރޕޯޓް ތަކުން ދ. ޢެއަރޕޯޓްއަށް ޓްރާންސިޓް ނުކުރޭތަ
ޓުރޫ
28 June 2017
ކަލޭމެން ދޭބަލަ ހިލޭ.ހިތެއް ނުފުރޭނެ
ތިއްތަ
28 June 2017
ހުސްދޮގު 1338ރއައް
ފަަހަރި
28 June 2017
މަގެެ ފިރިމިިހަަަަަަަ ދަރި ތިފުލަައިތުން ދިޔަ 1338 އަގަކިި