އައިހަމް: އޮކްސްޕޯޑު ރޯޔަލް އެކަޑެމީން އޭނާ ފުރިހަމަކުރާނީ ލީޑަޝިޕްގެ ޕްރޮގްރާމެއް-- ފޮޓޯ: ގިޔާސުއްދީން ސްކޫލް
02 ޖުލައި 2017 - 11:54
އޮކްސްޕޯޑް ރޯޔަލް އެކަޑެމީގެ ސަމާ ސްކޫލުން ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމަަކުން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރަކަށް ފުރުސަތު ލިބިއްޖެ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ދަރިވަރުން ފުރިހަމަކުރާ މި ޕްރޮގްރާމުން ފުރުސަތު ލިބުނީ ގިޔާސުއްދީން ސްކޫލުގެ ގްރޭޑް ނުވެއްގައި ކިޔަވަމުން އަންނަ އަހުމަދު އައިހަމް މުއްތޮލިބް، 14، އެވެ.
އެ ސްކޫލުން ބުނީ ދެ ހަފުތާގެ ތެރޭގައި އައިހަމް ފުރިހަމަކުރާނީ ލީޑަޝިޕްގެ ޕްރޮގްރާމްތައް ކަމަށެވެ.
ގިޔާސުއްދީން ސްކޫލަށް އައިހަމް ދިން އިންޓަވިއުއެއްގައި ބުނީ އެ ޕްރޮގްރާމަށް ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ. އަދި ތަފާތު އެކި ކަންތައްތައް ތަޖުރިބާކޮށް އެކި ގައުމުގެ ދަރިވަރުންނާ ބައްދަލުކޮށް ގިނަ ކަންތައްތައް ދަސްކުރަން ޝައުގުވެރިވާ ކަމަށް ބުންޏެވެ.
ލީޑަޝިޕްގެ ކަންތައްތަކަށް އެންމެ ފުރަތަމަ ޝައުގުވެރިވީ، ގިޔާސުއްދީން ސްކޫލުގެ ސައިންސް ކްލަބުގެ ރައީސަށް ހޮވުނު ހިސާބުން ކަމަށް ވެސް އައިހަމް ބުންޏެވެ. އަދި އޮކްސްޕޯޑު ރޯޔަލް އެކަޑެމީގެ އެ ޕްރޮގްރާމުގެ ސަބަބުން މުސްތަގުބަލަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
އޮކްސްފޯޑް ރޯޔަލް އެކަޑެމީން ކޮންމެ އަހަރަކު ވެސް 18-25 އަހަރާ ދެމެދުގެ މީހުންނަށް އަމާޒުކޮށް ތަފާތު ޕްރޮގްރާމްތައް ހިންގަ އެވެ. އޭގެ ތެރޭގައި އާޓާއި މެޑިސިން އާއި ލޯ އަދި ކޮމްޕިއުޓާ ސައިންސްގެ ޕްރޮގްރާމްތައް ހިމެނެ އެވެ.
ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދާ ދެ ހަފުތާގެ ތެރޭގައި އޮކްސްފޯޑް ރޯޔަލް އެކަޑެމީ ހުންނަ އިނގިރޭސިވިލާތުގެ އެކި ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރ ސްކޫލް
03 July 2017
ސަމަރ ސްކޫލް.... ރިއަލީ؟ އިޒް ދިސް އަ ޖޯކް؟
ސީނު ޝީނު
02 July 2017
ސުއާލަކީ ތީ އޮކްސްފޯޑް ޔުނިވަރސިޓީ އާ އެއްވެސް ގުޅުމެއް އޮތް ތަނެއްތޯ؟ އަދި ތި ޕްރޮގްރާމް ގެ ޚަރަދާ ޒިންމާވަނީ ސްކޫލުންތޯ ނުވަތަ ދަރިވަރު އަމިއްލަ އަށް ތޯ؟
ވެލްކަމް
02 July 2017
މަރުޙަބާ އައިހަމް
މަ
02 July 2017
ކީއްވެ މަދީނާ ޔުނިވާސިޓީއަކަށް ނުފޮނުވީ؟
އިބްރާހީމް މުއްތަލިބް
02 July 2017
މާޝާ ﷲ