ކުޅިވަރު / މާލޭ ލީގް 2017

ގްރީން ސްޓްރީޓްސް ސީޒަނުގެ އެންމެ މުހިއްމު މެޗަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ މެޗަކީ މި ސީޒަނުގައި ގްރީން ސްޓްރީޓްސް ކުޅޭނެ އެންމެ މުހިއްމު މެޗު ކަމަށް އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.

މި ވަގުތު 18 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް މިރޭ މޮޅުވެއްޖެ ނަމަ އެ ޓީމަށް ގަދަ ހަތަރެއް ގާތްގަނޑަކަށް ކަށަވަރުވެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. ވިކްޓަރީ 15 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތްއިރު މިރޭ މޮޅުވެގެން އެ ޓީމަށް ވެސް ވަރަށް ބޮޑަށް ފުރުސަތު ހުޅުވިގެންދާނެ އެވެ.

"މިއީ މި ސީޒަނުގައި ގްރީން ސްޓްރީޓްސް ކުޅޭނެ އެންމެ މުހިއްމު މެޗު. ގަދަ ހަތަރަކަށް ވަނުމަށް އެންމެ ކައިރިން ވާދަކުރާ އެއް ޓީމު ޓީސީއާ ދެ ބުރުގައި ވެސް ކުޅެފިން. ދެން މި އޮތީ ވިކްޓަރީ. އެހެންކަމުން މިރޭ ޕޮއިންޓެއް ލިބުނަސް އެއީ ގަދަ ހަތަރަކަށް ވަނުމަށް ލިބޭނެ ކުރިއެރުމެއް. އެއަށް ފަހު ދެން ވިސްނާނީ އެންމެ ފަހު މެޗަށް (އީގަލްސް މެޗު)،" ސޮބާ ބުންޏެވެ.

"އަޅުގަނޑު ނުވިސްނަން (ބާކީ ހަތަރު) މެޗު ނަގަން. އެގޮތަށް ނުވެސް ބުނެވޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ކޮލިފައިވާނެ. އެހެންވެ ދެން ވާދަކުރަން އޮތް ޓީމުތަކަށް ބަލާއިރު ވިކްޓަރީ އަތުން މޮޅުވުން ވަރަށް މުހިއްމު."

މި މެޗާ ކުރިމަތިލާއިރު ވިކްޓަރީ އަށް މާލީ މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. އެގޮތުން އެންމެ ފަހުން އީގަލްސްއާ 0-0 އިން އެއްވަރުވި މެޗަށް ޓީމު ހަމަކުރީ ވެސް އުނދަގުލުންނެވެ.

އެކަމަކު ސޮބާ ބުނީ ވިކްޓަރީ އޮތް ހާލަތޭ ބުނެވެން ނެތް ކަމަށާއި މާޒިޔާ އަތުން 4-0 އިން މޮޅުވެފައި އޮތް އީގަލްސްއާ ދެކޮޅަށް އުނދަގޫ ހާލަތެއްގައި އޮވެ ވިކްޓަރީން ޕޮއިންޓެއް ހޯދި ކަމަށެވެ.

"އެ ހާލަތުގައި ވެސް ވިކްޓަރީ މާ އޯގަނައިޒް. އަނެއްކާ ތިބި ކުޅުންތެރިން ވަރަށް ކޮލިޓީ. އަޅުގަނޑުމެން ކުރީ ބުރުގައި ވިކްޓަރީ އަތުން އަދި ނިއު އަތުން މޮޅިވިޔަސް ފެންވަރެއް ނޯޅޭ. އެވްރެޖް ޕްލެޔަރުންތަކެއް މިތިބީ. އަޅުގަނޑުމެން މަސައްކަތްކުރާނީ ކޮންމެ މެޗެއްގައި ވެސް އެ މެޗުގައި ދެއްކޭނެ އެންމެ މޮޅު ކުޅުން ދައްކަން،" ސޮބާ ބުންޏެވެ.

ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ ވިކްޓަރީ އަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި މި ވަގުތު އެންމެ ބޮޑަށް ވިސްނަނީ އެކަމަށް ކަމަށެވެ.

"އިދިކޮޅަށް ނުކުންނަ ޓީމާ މެދު ވިސްނުމަށް ވުރެ ވިކްޓަރީގެ ހާލަތު ރަނގަޅުކޮށް ހުރި ގޮންޖެހުން ސަލާމަތްވާން މަސައްކަތްކުރާނީ. އެކަމަށް މަސައްކަތް ކުރަމުން އަންނަނީ. އެކަން ކާމިޔާބުވެއްޖެއްޔާ އެއީ މެޗަށް ނުކުންނައިރު ވެސް ލިބޭނެ ކާމިޔާބެއް،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ޓީމަށް ދިމާވެފައިވާ މައްސަލަތަކުގެ ޒިންމާ ހަމައެކަނި ޗެއާމަން އިބްރާހިމް ނަޒީމް ނަންގަވަން ނުޖެހޭ ކަމަށާއި ޓީމު ރަނގަޅުކުރެވޭނީ އެންމެން އެއްބައިވެގެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

"އެކަންކަން ރަނގަޅުކުރެވޭނެ. ޗެއާމަން ވެސް މި ވަގުތު ރަށުގައި ވަޑައިގެން އެބަ އުޅުއްވާ. މި ހާލަތުން އަރައިގަނެވޭނެ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ މިރޭގެ މެޗުން މޮޅުވާ ޓީމަކަށް މެތެމެޓިކަލީ ގަދަ ހަތަރެއް 100 ޕަސެންޓް ކަށަވަރުވާނެ ކަމަށާއި އެހެންކަމުން މެޗުގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިފުޓުބޯޅައިގެ ކިންގ

04 July 2017

ގްރީން ކުޅޭ ކޮންމެ މެޗެއްވެސް ވަރަށް ފޯރި ގަދަވާނެ....... އެހެން ޓީމުތަކުގެ ނުތިބޭ ސަޕޯޓަރުންނެއް......."ކުޅިބަލާ މީހުން" ތިބެނީ......މިހެން ބުނީމަ އިނގޭ ނިއުރޭޑިއަންޓުގެ "ކުޅިބަލާ މީހުން" ރުޅި އަންނާނެކަން......ރުޅި އަޔަސް އެންމެ ރަނގަޅު...ނިކަން ކެރެންޏާ ދަނޑަށްވަދެ އަޑުގަދަ ކޮށްލަބަލަ ގްރީން ސަޕޯޓާރުން ގޮތަށް.....ދަނޑަށް ވަންނަ ގޮތަށް ގޮނޑީގަ ވެޑުވިފަ ދަތްދޮޅީގަ އަތް ވިއްދައިގެން ތިއްބަކަސް ބަޔަކު މީހުނަކަށް ނޭނގޭނެ ތީ ކޮޮން ޓީމެއްގެ ބައެއްކަމެއް...ކުޅިބަލަށް ވަންނަ ބައެއް ކަމެއް ސަޕޯޓަރުންކަމެއް އެއެއް ނޭނގޭނެ....ހަބަރު ލިބޭގޮތުން ސަޕޯޓަރެއްގެ އަޑު ނީވޭތީއޯ ތިމީހުން ދަނޑަށް ބެރު ވައްދަނީ !! މީ ތެދެއްތަ<؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454