ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ރިޔާޒު ވާހަކަ ދައްކަވަނީ: އޭނާގެ މައްޗަށް މިއަދު ހުކުމް އިއްވާނެ ކަމަށް ބެލެވޭ.
09 ޖުލައި 2017 - 10:26
ފުލުހުންގެ ތަހުގީގަށް ފޯނެއް ހުޅުވައި ނުދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރާ ދައުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދަށް ތާވަލުކޮށްފި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ، މިދިޔަ މާޗް މަހު ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން ރިޔާޒް އެކަން ނުކުރި ކަމަށް ބުނެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް 10:30 ގައި ހާޒިރުވެވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ރިޔާޒަށް އަންގައިފަ އެވެ.
އާ ގާނޫނުލް އުގޫބާތް ބުނާ ގޮތުން ފުރަތަމަ އޮންނާނީ ކުށް ސާބިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. ކުށް ސާބިތުވެއްޖެ ނަމަ ދައުލަތުގެ ވަކީލާއި ދިފާއީ ވަކީލުންނަށް، ހުކުމާ މެދު ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެ އެވެ. ބައެއް މައްސަލަތަކުގައި ކުށް ސާބިތުކުރުމާއި ހުކުމް އިއްވުން އޮންނަނީ ދެ ދުވަހެއްގަ އެވެ.
އަޑުއެހުންތައް ނިންމާފައިވާ މައްސަލަ އަނބުރާ ގެންދަން ރިޔާޒު ވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެ ދައުވާ އަނބުރާ ގެންދަން ޕީޖީގެ ކިބައިން އޭނާ އެދިވަޑައިގަތީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން، ތިމާއާ ދެކޮޅަށް ދައުވާއެއް އުފުލިދާނެ ފަދަ މައުލޫމާތެއް ނުދިނުމަކީ ހަނު ހުރުމުގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށް އެ ގާނޫނުގައި ބުނެފައިވާތީ އެވެ.
ޕީޖީ އައިޝަތު ބިޝާމަށް ރިޔާޒް ފޮނުއްވި ސިޓީއެއްގައި ވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮތްގޮތުން، ފޯނެއްގެ ކޯޑު ޖަހައި، އެ ފޯނު ހުޅުވައި ނުދީގެން ދައުވާ ކުރުމަކީ އެ ގާނޫނުގެ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށެވެ. ފަހުން ހެދޭ ގާނޫނަކީ ތުހުމަތު ކުރެވޭ މީހާ އަށް ފައިދާވާ ގޮތަށް އޮތް ގާނޫނެއް ނަމަ އެ ގާނޫނު، މާޒީގައި ހިނގާފައިވާ ކަންކަމަށް ވެސް ހިނގާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަން ފާހަގަކުރައްވައި އެ ސިޓީގައި ރިޔާޒް އެދިވަޑައިގެންފައިވަނީ ދައުވާ އަނބުރާ ގެންދިއުމަށެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 48 ވަނަ މާއްދާގެ ބުނާ ގޮތުން ތުހުމަތު ކުރެވޭ މީހާގެ ކިބައިން އަތު ލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނުވަތަ ހަށިގަނޑުގެ އެތެރެއިން ސާމްޕަލެއް ހޯދަން އެދޭ ހާލަތުގައި އެއިން ސާމްޕަލެއް ނުދިނުމަކީ ނަފްސާ ދެކޮޮޅަށް ބަޔާން ނުދިނުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެ ގާނޫނުގެ 49 ވަނަ މާއްދާގެ ރ. ގައި ބުނަނީ ވަކި އެއްޗެއް އޮތް ތަނެއް ނުވަތަ ވަކި ތަނެއް ހުޅުވޭނެެ ގޮތް ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވޯޑެއް ނުވަތަ ތަނެއް ހުޅުވޭނެ ނަމްބަރުތަކެއް ބުނެދިނުމަކީ ހަނު ހުރުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ރިޔާޒްގެ ޝަރީއަތް ހިނގިއިރު ކޯޓުގައި އޭނާގެ ދިފާއީ ވަކީލުން ވަނީ ފޯނު ހުޅުވައި ނުދިނުމަކީ ހަނު ހުރުމުގެ ހައްގު ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެފަ އެވެ. ރައްދުގައި ދައުލަތުން އޭރު ކޯޓުގައި ބުނެފައިވަނީ ފޯނު ހުޅުވަން ކޯޓަކުން އެންގުމުން އެކަން ކުރަން ޖެހޭނެ ކަމަށާއި އެފަދަ ހާލަތެއްގައި އެއީ ހަނު ހުރުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. ޕީޖީ އޮފީހުން ހިންގި އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން ރިޔާޒްގެ ދައުވާ އަނބުރާ ގެންދަން ވެސް އޭނާ ކުރިން އެދިވަޑައިގަތެވެ. އެކަމަކު ޕީޖީން އޭރު ނިންމާފައި އޮތީ ރިޔާޒްގެ ދައުވާ އަނބުރާ ނުގެންދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
09 July 2017
ރައްޔިތު އެންމެން ނިކުމެ ކޯޓުތައްވެސް ބަންދު ކުރެވިދާނެ.. ސިފައިނާ ފުލުހުންވެސް ސައިޒުކުރެވިދާނެ..
ހުކުމް
09 July 2017
ޖަލައްލާ ކޮންމެ އެމްޕީއަކަށް ދެމީހުން އިދިކޮޅާ ގުޅޭނެ،
އިންޓަރގުރިޓީ
09 July 2017
ޢަދުލު އިންސާފު ޤާއިމްކުރުމަށް ތިބޭ ފަރާތްތަކުން އިންސާފުން އެއްކިބާބެތިބެ ޙުކްމް ކުރާނަމަ ޝަރީއަތުން އިންސާފު ލިބިދާނެކަމަށް ދިވެހިން ޤަބޫލެއް ނުކުރާނެ. ދުނިޔެ ތާއަބަދު އެއްގޮތަކަށް ނުހިގާނެ ހަތުރުން މިތުރުންނަށްވެ، މިތުރުން ހަތުރުންނަށްވެ ގުޅިގެން ހިންގާ ޖަރިމާތަށް ފަޅާއަރާނެ. ރާއްޖޭގެ ސިޔާސީ މަސްރަހު މިއަދު މިވަނީ ޓާރނިންގ ޕޮއިންޓެއްގައި މާދަމާ ކަންހިނގާނެ ގޮތެއް އެކަކަށްވެސް ނޭންގޭނެ...
އާސިމް
09 July 2017
ކިތައްމެ ވަރެއްކުރިޔަސް މިފަހަރު މަސީހު ފަކީރު ބޭރުކުރާނެ..... އޭރުން ސަރުކާރުގެ މުގޫ ދިޔައީ...... ޗިސް ޗިސް އަޅެ ހާދަ ދެރައޭ!
ޔޫނުސް22
09 July 2017
ރިޔާޒް ތިޔަހާ ތެދުވެރި އަދި އިޚްލާސްތެރިނަމަ ތިޔަ ފޯންގެ ކޯޑް ދީ އެވެރިން ބަލަން ބޭނުންވާ ހުރިހާ އެއްޗެއް ދެއްކުނީސް ނުންތަ! އެދުވަހު އެކަން ނުކުރުމުން އަހުންނައް ދޭހަވަނީ އެހެން އެއްޗެއް! ރިޓަޔާޑް ސީ.ޕީ ގެ ލަގަބް ހިފައިގެން ހުރެ އަމްލްތައް ހުންނަންވާނެ ގޮތަކައްނޫން ފެންނަނީ!
ކުރާތި
09 July 2017
ރިޔާޒަށް ހުކުމް ކުރުން މިއަދަށް ތާވަލުކޮށްފި ނަމަ މިއަދުން މިއަދަށް މިކަން ނިންމާ 2 އަހަރުގެ ޕެކޭޖެއް މަދުވެގެން ގްރާންޓް ކޮށްލުމުން ދެން އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ. މީ މަމެންގެ ވެރިކަމެވެ. އެމެން އިސްލާހީ އެޖެންޑާ އޭ ކިޔައިގެން މިގައުމު ދެވަނަ ޔަމަން އަށް ބަދަލު ކުރަން ކުރާ މަސައްކަތް ޖެހޭނެ ހުލިވާން މިމަހު. ނަހަލާލު ޕެޓިޝަން ގައި ސޮއި ކުރި އެންމެން ބޮލުން ދުން އަރާ ވަރު ކުރަން ޖެހޭނެ މަމެންގެ ވެރިކަމުގައި. އެއަށް ފަހު ޖެހޭނެ އެ ޗެޕްޓަރ ކްލޯސް ކުރަން.
އޅު
09 July 2017
ރިޔާޒު އަކީ ވެސް ގިން ކަންތައްތަކެއ ކުރެްވި ބޭފުޅެކެވެ. އެހެންވިޔަސް މިހާރު ތިޔަ ހިނގަނީ ސިޔާސީ ދައުވާ އެކެވެ. ކޮންމެ މީހަކާ މެދު ވެސް ކަން ކުރަންވާނީ އިންސާފުންނެވެ.
ޔާމީން
09 July 2017
މަރުހަބާ ރިޔާޒް... ސިޔާސީ މީހަކަށް ޝަރުތު ފުރިހަމަ ވުމުގެ ގޮތުން ކޮންމެހެން ހަދަން ޖެހޭ ކޯހަށް ހޮވޭނެކަމަށް އުއްމީދު ކުރަން.. މިއަދު ތިބާއްވާ ސްކޯލަރޝިޕް ބޯޑުގެ ބައްދަލުވުމަށް ފަހު ކޯހަށް ހޮވޭނެ ކަމުގެ ލިއުން ހަވާލު ކުރާނެކަމަށް މިބަލީ.... އިދިކޮޅު މީހުންނަށް ދޫނީދޫ ޔުނިވާސިޓީން އަދި މާފުށީ ޔުނިވާސިޓީން ކޯސް ދޭން ސަރުކާރު ވަރަށް ފޯރި ހުންނާނެ... ކޯސް ފުރިހަމަކޮށްފަ އާދޭ... އަޅުގަނޑުމެން މިތިބީ ރިޔާޒް އާއި އެކު...
ޖުމެއިލް
09 July 2017
ފަލާޙް ޕްލީޒް ރިމޫވް ރިޔާޒް
މުހައްމަދު
09 July 2017
ގޭމް ޕްލޭން ބަދަލުކޮށްގެން މަސީހާ ދެކޮޅަށް ދޭނެ އެއް ވޯޓް ބާތިލް ކުރަނީ؟