10 ޖުލައި 2017 - 13:37
ފިއުލް ސާޗާޖް ނަގާ މިންގަނޑަށް ވުރެ ދަށް އަގުގައި އެސްޓީއޯ އިން ސްޓެލްކޯ އަށް ތެޔޮ ވިއްކާތީ، ކަރަންޓު ބިލްތަކުގައި ފިއުލް ސާޖް ނުހިމަނާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ތެލުގެ ޑިއުޓީގެ ގޮތުގައި ނަގަމުން އައި މިންވަރު ފަސް ޕަސެންޓަށް މިދިޔަ މަހު ކުޑަކުރުމާ ގުޅިގެން ސްޓެލްކޯގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ވަނީ ފިއުލްް ސާޗާޖް ކަނޑާލައިފަ އެވެ.
ސްޓެލްކޯއިން މިދިޔަ އޭޕްރިލް 23 އިން ފެށިގެން ފިއުލް ސާޗާޖުގެ ގޮތުގައި ނަގަމުން އައީ ޔުނިޓަކަށް 35 ލާރި އެވެ. އޭރު އެ ކުންފުންޏަށް ޑީސަލް ލީޓަރެއް ގަންނަން ލިބުނީ 9.18ރ. އެވެ. ނަމަވެސް ޑިއުޓީ ކުޑަކުރުމާ ގުޅިގެން ސްޓެލްކޯއަށް މިހާރު ތެޔޮ ލީޓަރެއް ގަންނަން ލިބެނީ 7.94ރ. އެވެ.
ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކަށް އެނާޖީ އޮތޯރިޓީން ހުއްދަ ދީފައި ވަނީ ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8ރ. އަށް ވުރެ އިތުރުވާ ނަމަ ކޮންމެ ދިހަ ލާރިއަކުން ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމަށެވެ.
ފިއުލް ސާޗާޖުގެ ގޮތުގައި ނަގަމުން އައި މިންވަރު އުނިކުރުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުއްލަތީފް ވިދާޅުވީ، ފިއުލް ސާޗާޖު އުނިކުރުމުން އެ ކުންފުނީގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކުން ފިއުލް ސާޗާޖުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު މަހަކު 8.54 މިލިއަން ރުފިޔާ ކުޑަވެގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެގެ އައްޔު
11 July 2017
ސަބްސިޑީ ދޭނެތޯ. ކުރީގެ ސަރުކާރުތަކުން ދެމުންއައި ސަބްސިޑީ ކަނޑާލީ ޔާމީނުގެ ސަރުކާރުން. އަދި ކަންޓްބިލްވެސް ބޮޑުކުރީ ޔާމީންގެ ސަރުކާރުން.
ޢެނގޭ މީޙާ
11 July 2017
ޙޫން މިހާރު ޙޫނުފެނަށް ވެއްޓުނީމަ ޕްރެޝަރު މައްޗަށް އެރީމަ އަގުތަށް ތިރިވީ. މާދަމާ އަނެއްކާބުނާނެ މިހާރު ގަންނައަގު މަތިވެއްޖޭ އެހެންވެ މަތިވީއޭ. ޜައްޔިތުން ގުނބޯ ހައްދަން އުޅޭ ބައެއް ތިއީ...
ޤާޒީ
10 July 2017
ގޮތް ހުސްވީމާ ހިޔަޅު ވަނީ
އަހްމަދު
10 July 2017
އެހެންވީމާ ހެޔޮވެރިކަމެއް މި ލިބެނީ، މެޖޯރިޓީ ގެއްލިގެން ކަމަށް ފެނޭ. ދެން އެއްވެސް ބަޔަކު ވެރިކަމުގަ ހުރިއްޔާ ރައްޔިތުން ނުވާނެ ސުޕަމެޖޯރިޓީ މި ކިޔާއެއްޗެއް ދީގެންނެއް. އަބަދުވެސް ވެރިމީހާ ހޫނުފެނުގަ ބަހެއްޓުމަށް ވުރެ ރަނގަޅުގޮތެއްނެތް. ހަނޑޫ ހަކުރު ފުއް އަގުހެޔޮވަނީ ކޮންއިރަކުންނޯ.؟
ނޯނޭމް
10 July 2017
ރައްޔިތުންގެ ފަޅިއަށް ސަރުކާރުވެސް އަރަނީ ބާ؟ ގޮތް ހުސްވަނީ ދޮއްތޮ؟
ޢަލީ
10 July 2017
ސަރުކާރު އޮންނާނީ އަބަދުވެސް ރައްޔިތުންގެ ފަޅީގައެވެ. އެހެން ފަޅިފަޅިއަށް އަރަނީ މީހުންނެވެ.
ޖެނެރޭޓަރު
10 July 2017
މިހާރުގެ ސަރުކާރު އޮތީ ޔާމީނު އަދި އަރިސް މީހުންގެ ފަޅީގަ. ރައްޔިތުންގެ ފަޅީގަ އޮތް ސަރުކާރެއް އަދި ނާދޭ.