ސްޓެލްކޯ: ޑޮލަރު ދޭނެ ކަމަށް ބުނެ ޝަރޫ ކުންފުނިން ސްޓެލްކޯ އަށް ދިން ދެ ލައްކަ ޑޮލަރުގެ ޗެކް ވަނީ ބައުންސްވެފައި --ފޮޓޯ/މިހާރު
16 ޖުލައި 2017 - 15:28
ސްޓެލްކޯ އަށް ޑޮލަރު ހޯދުމަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޝަރޫ ލޯންޗް ކުންފުންޏަށް ދީފައި ވަނިކޮށް ޑޮލަރު ނުލިބުނު މައްސަލާގައި، ސްޓެލްކޯ އިން ދެއްކި ތިން މިލިއަން ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ދިވެހި ރުފިޔާގެ ބަދަލުގައި ޑޮލަރު ދޭނެ ކަމަށް ބުނެ ސްޓެލްކޯ އިން 3،084،000ރ. ހޯދުމަށް ފަހު ޝަރޫ ކުންފުނިން ސްޓެލްކޯ އަށް ދޫކުރި ދެ ލައްކަ ޑޮލަރުގެ ޗެކް ވަނީ ބައުންސްވެފަ އެވެ. އެހެންވެ، ސްޓެލްކޯ އިން ދައުވާކުރީ އެ ކުންފުނިން ދެއްކި ތިން މިލިއަން ރުފިޔާ އަނބުރާ ހޯދުމަށެވެ.
މިދިޔަ ބުރާސްފަތިދުވަހު ކޯޓުން ކުރި ހުކުމުގައި ވަނީ ދެ ފަރާތުން ކުރަން އުޅުނު މުއާމަލާތް ފުރިހަމަ ނުވާތީ، އެއީ ޝަރޫ ކުންފުނިން ސްޓެލްކޯ އަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ. އެހެންވެ، ބުރާސްފަތިދުވަހުން ފެށިގެން 30 ދުވަހުުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށް ގާޒީ ހާތިފް ހިލްމީ ކުރެއްވި ހުކުމުގައި ޝަރޫ ކުންފުންޏަށް އަންގާފައިވެ އެވެ.
ޝަރޫ ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ އެ ކުންފުނިން 17 މިލިއަން ރުފިޔާ ހޯދި ކުންފުންޏެވެ. ޝަރޫ ކުންފުނިން ފެނަކަ އަށް ދޫކުރި އެއް މިލިއަން ޑޮލަރުގެ ޗެކް ވެސް ވަނީ ބައުންސްވެފަ އެވެ. އެ މައްސަލަ ފުލުހުން ބަލަން ފަށައި، ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ. އެކަމަކު މިހާރު އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
17 July 2017
މީދެން ހުކުމެއް ކޮއްގެން ހޯދަން ޖެހޭ ފައިސާއެއްތަ. މަވެސް ބޭނުން ތިތަނަށް ޑޮަލަރު ވިއްކަން.
އަދީބް
17 July 2017
ތިޔަ ލާރިއަށް ވެސް ވީ ގޮތެއް އަދީބް އަށް އެނގޭނެ ކަމަށް ބެލެވޭ!!
ވަތަނަބޭ
17 July 2017
ހުސްކޮށްފި! ތޮށި ކޮޅެއް އަތުޖެހުނަސް ރަނގަޅު! މިކަމާ ކަންބޮޑުވާ ހަމައެކަކު ނެތް! އުޅެނީ ވެރިކަން ނުލިބިގެން! ޖެހުނުތަނަކުން ޖެހުނުގޮތަކަށް ފަރިއްކުޅުވަނީ! މިކަންބަލަން ތިބީ ކޮންބައެއް؟؟؟؟؟
ައަބޫ
17 July 2017
ސަރޫ ކުންފުނީގެ ލޯންޗުތައް ވިއްކާފައި ތި ފައިސާ ހޯދޭނެ... ހުސް ނާޖާއިޒު ގޮތުގައި މުއްސަދިވުމުގެ ވިސްނުން. ދިވެހިން ހަމަ ދިވެހިންގެ ގޮތުގައި.
GAN Island
16 July 2017
އެމްޑީޕީގެ ވެރިކަމުގައި އޭރު ހުންނެވި Auditor General Ibrahim Naeem ގެ މަޤާމް ގެއްލުވާލި މައްސަލަ ހަދާން ހުރި ބަޔަކަށް މިކަން ހިގާފައިވަނީ ރަނގަޅަށް ނޫންކަން އަދި އޭރު ކޯޓުން ކޮށްފައިވާ ހުކުމް ފަދަ ހުކުމެއް ނުވަތަ އެއަށްވުރެން ބޮޑަށް ''މަކަރާއި ހީލަތް ހެދުމުގެ ކުށް'' މިކަމުގައި ހިމެނޭތީ މިމައްސަލައިގަ ހިމެނޭ އެންމެހާ ފަރާތް ތަކަށް މިއަށްވުރެން ބޮޑޫ އަދަބު ލިބެންޖެހޭނެ ކަން ޤަބޫލު ކުރެވޭނެ. . . . ކިތަންމެ ވަރަކަށް ''ގުޅިގެން މިވަގުތު ތިހެން ހެދި ކަމުގައި ވިޔަސް'' ވަގުތު އައިސް ޖެހިފައިވާތީ އަހަރުމެން ނަށް ތިކަން މިވަގުތު މުހިންމެއްނޫން. އިރާދަފުޅާއި މިންވަރު ފުޅުން ވައްކަމާއި ހިޔާނާތުގައި ބައިވެރިވާ އެންމެނަށް އެމީހަކު ވައްކަމުގައި ބައިވެރިވި މިންވަރަށް 2018 ގެ ކުރިން އަދަބުދޭން ފެށޭނެ.
ޢަބްދުﷲނާފިޒު
16 July 2017
ނެގިލާރިން ވިޔަފާރިކޮށްފަ ބޮޑު ފައިދާ ނަގާފަ ދެން އެފައިސާ ދެއްކީމަ ނިމުނީބާ! ކޮބާ މަކަރާ ހީލަތްހެދުމުން ކުށްވެރި ނުވަނީބާ!، ކުންފުނިން ދިން ޗެކު އެއޮތީ ބައުންސްވެފަ ދެން...........!؟
ރިޔާޒް
16 July 2017
ތިޔަ ބުނާ ޝަރޫ ކުންފުނިން ޒިންމާ އުފުލަންޖެހޭ 17 މިލިޔަން އޮއްވާ 03 މިލިއަން ދައްކަން ހުކުމްކުރީ ކޮބާތޯ މަކަރު ހެދުމުން ކުންފުނިން ނަގަންޖެހޭ ޒިންމާ ، މިނިވަންކަންމަތީގައި އެބައިމީހުން އަނެއްކާވެސް އެހެން ބައެއްގެ އަތުން ފައިސާ ހޯދުމަށް ދޫކޮށްލެްވީތޯ ، ބައުންސް ޗެކްގެ ކަންކަން ކިހިނެއް މިހެއްދެވީ ، ޖިނާއީ ކުށެއް ނޫންތޯ ބޮޑުންނާއި ގުޅިފައިވާ ކުންފުންޏެއްތޯ ، ޕޮލިސް އިންވެސް އެމައްސަލަ ބެލުމަށް ނުކުޅެދުނީތޯ ،،،
ޢަބްދުﷲނާފިޒު
16 July 2017
ގުޅިގެން، ހަމަ ގުޅިގެން މުޅި ޤައުމު ކައި ހުސްކޮށްފި ނޫންބާ! ލަދެއް ހަޔާތެއްވެސް ނެތެއްނު.
ޝަރޫ
16 July 2017
މައްސަލައެއް ނެތް. 3 މިލޔަން ރުފިޔާއަށް ގަލްފްކްރާފްޓުން ގަތް ލޯންޗް ދުއްވައިގެން މިހާރު އަގު ހަމަވއްޖެ. ފައިސާ އނބުރރާ ދައްކާކަށް އެއްވެސް ދައްޗެއްނެތް.
އުމަރު
16 July 2017
ފެނަކައިގެ 17 މިލިއަނަށްވީ ކިހިނެއް، އެފައިސާދައްކަން ހުކުމެއް ނުކުރޭތަ؟
ހހ
16 July 2017
އެ ދައްކަން މިވަގުތަކައް ހުކުމް ކުރެވެން ނެތީކަން ނޭގެ. އެ ފައިސާޔައް ވީގޮތް އެގޭނެ ދުވަހެއްވެސް އަންނާނެ.