އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި އިބްރާހިމް ދީދީ ބައިވެރިވެވަޑައިގަންނަވަނީ: އޭނާއަށް ދައުވާކުރަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި --ފޮޓޯ/މިހާރު
16 ޖުލައި 2017 - 19:53
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ލިޔުންތަކާ ހަވާލުވާން މާދަމާ ކޯޓަށް ހާޒިރުވާން އޭނާ އަންގައިފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި އަބްދުﷲ ގާޒީ ބަންދު ކުރިއިރު އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި އިބްރާހިމް ދީދީގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅޭ ލިޔުންތަކާ ހަވާލުވާން މާދަމާ މެންދުރު ކްރިމިނަލް ކޯޓަށް ހާޒިރުވާން އޭނާ އަށް މިހާރު ވަނީ އަންގައިފަ އެވެ.
ޝަރީއަތް ފެށުމުގެ ކުރިން މައްސަލައިގެ ލިޔުންތައް، ދައުވާލިބޭ ފަރާތްތަކާ ހަވާލު ކުރުމަކީ އާންމު އުސޫލުން މިހާރު ކޯޓުން ކުރާ ކަމެކެވެ.
އިބްރާހިމް ދީދީގެ މައްޗަށް ދައުވާކޮށް، މިދިޔަ މަހު ދައުލަތުން ކޯޓަށް މައްސަލަ ފޮނުުވީ އެ މައްސަލާގައި އޭނާއަށް ދައުވާ ނުކުރަން ނިންމާފައި އޮތުމަށް ފަހު އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ. އެފަދަ ހުކުމެއް އަތުވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި އިބްރާހިމް ދީދީ އަށް ގެއްލޭނެ އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ކުށް ސާބިތުވެ، ޖަލު ހުކުމް ވަނީ އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
17 July 2017
"ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ މައްޗަށް ކުރާ ދައުވާއާ" ބޮޑު އޮޅުވާލުމެއް. ތިޔަކަމެއްކުރީ އޭރުގެ ސަރުކާރުން އަދި އެހީވީ ސިފައިންނާއި ފުލުހުން. މިކަމުގައި ހިތަދޫ މެދުދާއިރާގެ ރައްޔިތުންނާއި އަދި އެ ރައްޔިތުންގެ މަންދޫބަކާ ގުޅުވާކަށް ނުޖެހޭ.
ޢެމް ޑީ ޕީ
17 July 2017
މޮޔަފުޅުވީ ކޮންބައެއްކަމެއް ނޭގެ ދޯ.. އަބަދުވެސް ރައްޔިތުންގެ ހައްޤޭ ކިޔަިގެން ކުށްވެރިން ހިމާޔަތް ކުރަމުން މިދުވަނީ ކޮންހައްގެއް ރައްޔިތުންނަށް ހޯދަދޭންބާ
ޓެކްސީ
16 July 2017
މިސަރުކާރު މިއޮތީ މޮޔަވެފާތަ
އަލީ
16 July 2017
ބޭއިންސާފު ހުއްޓާލާ. މީހުންނަށް ހައްގަކާ ނުލާ އަނިޔާ ކުރުން ހުއްޓާލާ. މި ދުނިޔެ ނޫން ދުވަހެއް އެބައޮތްކަން ހަދުމަކުރައްވާ.
މުހައްމަދު މަންސޫރު
16 July 2017
ރަނގަޅު ...
ހުސޭނު
17 July 2017
ކޮބާ އަބްދުﷲ ގާޒީއަށް ކުރިއަނިޔާ.
އަހުމަދު
17 July 2017
ޢަބްދުﷲ ގާޒީ އަށް ކުރި އަނިޔާގެ ބޮޑުކަމުން މިހާރު ކްރިމިނަލްކޯޓުގެ ފެމެލީ ކޯޓުގެ ޤާޒީކަމުގަ ..ޗުއްޓީއެއް ލިބިއްޖެނަމަ އަމިއްލަ ވަޒަނަށް ވަޑައިގެން މިނިވަންކަންމަތީގަ އެބައުޅުއްވާ....