ވިޔަފާރި

ދިގަލި މޯލްޑިވްސް: ތަފާތު ޑިޒައިނެއް، ތަފާތު ހިތްގައިމުކަމެއް

ދިިގަލި ރިސޯޓުގެ ޖެޓީ އޭރިއާ: މި ރ. އަތޮޅުގައި ހުޅުވި ފަސްވަނަ ރިސޯޓު. ފޮޓޯ: ދިގަލި

ދިގަލި މޯލްޑިވްސް އިން،  އަބްދުﷲ ޖަމީލު، މިހާރު އަދި

17 ޖުލައި 2017 - 08:23

6 comments

ރާއްޖޭގެ ނިސްބަތުން ބޮޑު ރަށެކެވެ. ރަށުގެ ވަށައިގެން ހިތްގައިމުކޮށް ޑިޒައިންކޮށްފައިވާ މަތީ ފެންވަރުގެ ކޮޓަރިތަކެވެ. ރަށުގެ ލޮބީ އޭރިއާގައި ހުރީ ފުރާޅުގެ ބަދަލުގައި ކޮންކްރީޓް ޝީޓެކެވެ. އެ އިމާރާތް ކޮޅަށް ޖަހާފައި ވަނީ ކޮންކްރީޓް ތަނބުތަކެއްގެ މަތީގަ އެވެ. ވަށައިގެން އެއްވެސް ފާރެއް ނެތެވެ.

މިއީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޮރަލް އެޖްއިން ރ. ދިގަލީގައި ތަރައްގީކޮށްފައިވާ ފަސް ތަރީގެ "ދިގަލި މޯލްޑިވްސް" އެވެ. މިރަށުގެ ބޮޑު މިނުގައި 18.5 ހެކްޓަރު ހުރެ އެވެ. އެއީ ދިގު މިނުގައި އެއް މޭލު އަދި ފުޅާ މިނުގައި ގާތްގަނޑަކަށް 300 މީޓަރެވެ.

މިދިޔަ މަހު ހުޅުވި 180 ކޮޓަރީގެ މި ރިސޯޓުން ފެންނަނީ ގުދުރަތީ ރީތިކަމަށް ބަދަލެއް ނުގެނެސް ރަށުގެ ތިމާވެށި ހިމާޔަތްކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެވެ. ރަށުގެ ވޯކްވޭތަކުގައި އޮތީ އެހެން ރަށްރަށުގައި ވެސް އޮންނަ ގޮތަށް ވެލި މަގުތަކެވެ.

ރަށު ތެރޭގަ އާއި ހޭޅިފަށުގައި ހެދިފައިހުރި ބިޔަ ގަސްތައް، ރަށުގެ އެގްޒެކްޓިވް އެސިސްޓެންޓް މެނޭޖަރު ހަސަން ސައީދު ދައްކާލެއްވި އެވެ. އެ ބިޔަ ގަސްތަކުން ރަށުގެ ފެހިކަން ވަރަށް ފުރިހަމައަށް ދައްކުވައިދެ އެވެ. ރަށުގެ ބިޔަ ފުނަ ގަހާއި ރުއްތަކާއި އެނޫން ވެސް އެކި ވައްތަރުގެ ގިނަ ގަސްތައް ކަނޑާނުލައި ރަށުގެ ވެށި ވަނީ ހިމާޔަތްކޮށްފަ އެވެ.

"މިރަށް ތަރައްގީކުރި ކުންފުނިން އިސްކަންދިނީ ރަށުގެ ވެޖެޓޭޝަން އޮތް ގޮތަށް ބާއްވާފައި ރަށުގެ ވަށައިގެން އިމާރާތްތައް އަޅަން. އެހެންވީމަ ރަށުން ކަނޑަން ޖެހުނީ ވަރަށް މަދު ގަހެއް. ރިސޯޓުގެ މެދުތެރެ އޮންނާނީ އެހެން ފަޅުރަށްތައް ވެސް އޮންނަ ގޮތަށް ޖަންގައްޔެއްހެން،" އޭނާ ވިދާޅުވި އެވެ.

ދިގަލި މޯލްޑިވްސްގެ ލޭގޫން ވިލާއެއް. ފޮޓޯ: ދިގަލި

ހަސަން ވިދާޅުވި ގޮތުގައި ރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓަން ބޭނުންވެ އެވެ. އެގޮތުން ހިނގާ މަގުތައް އޮންނާނީ ރާއްޖޭގެ ރަށްރަށުގެ މަގުތަކުގެ އިހުސާސް ގެނެވޭ ގޮތަށް ވެލިންނެވެ.

ހިތްގައިމު އަރާމު ކޮޓަރިތަކެއް

މި ރަށުގެ 40 ވޯޓާ ވިލާތައް ހަދާފައި ވަނީ ރަށުގެ އިރުމަތީ ކޮޅުން ދެކުނު ފަރާތު ފަޅު ތެރޭގަ އާއި ހުޅަނގުކޮޅުން ދެކުނު ފަރާތު ފަޅު ތެރޭގަ އެވެ. އޭގެ އިތުރުން އެންމެ މަތީ ފެންވަރުގައި ޑިޒައިން ކޮށްފައިވާ ތިން ބީޗް ސުއީޓާއި ދިގަލީގެ ހާއްސަ ސުއިޓެއް ވެސް ހުރެ އެވެ.

މިތަނުގައި ވޯޓާ ވިލާތަކުގެ އިތުރުން މަތީ ފެންވަރުގެ 20 ބީޗް ބަންގަލޯ އާއި 21 ބީޗް ޕޫލް ވިލާ އާއި 33 ޑިލަކްސް ބީޗް ބަންގަލޯ، އަދި ޕްލަންޖް ޕޫލް ހިމެނޭ 62 ބީޗް ވިލާ ހުރެ އެވެ. މި ރިސޯޓުގެ އެންމެ ހިތްގައިމުކަމަކީ އެއްވެސް އިމާރާތެއްގެ ފުރާޅު ފެންނަން ނެތުމެވެ. އޭގެ އިތުރުން ހުރިހާ ކޮޓަރިތަކެއްގެ އެތެރެ ޑިޒައިންކޮށްފައި ޖާގަ ތަނަވަސްކޮށެވެ. ފާޚާނާތަކުގެ ޖާގަ ބޮޑުވެފައި، ޑިޒައިން ހިތްގައިމެވެ.

"މި ރިސޯޓުގެ ޑިޒައިން އެހެން ރިސޯޓުތަކާ ވަރަށް ތަފާތުވާނެ. މިތަނުގެ ރޫމްތަކުގެ ފުރާޅެއް ފެންނާކަށް ނުހުންނާނެ. ފްލެޓް ރޫފެއް އޮންނާނީ. އޭގެ އިތުރުން ރޫމްތަކުގެ އެތެރޭގެ ހުސް ޖާގަ ވެސް ވަރަށް ބޮޑުވާނެ. މިއިން ކޮންމެ ތަނެއްގައި މަޑުކޮށްލާއިރު ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބިގެންދާނެ،" ހަސަން ވިދާޅުވި އެވެ.

މި ރިސޯޓުގައި ހުންނަ ކޮންމެ ބީޗް ބަންގަލޯއެއްގެ ބޮޑުމިނަކީ 70 އަކަމީޓަރެވެ. މިއިން ކޮންމެ ބަންގަލޯއެއް ހުންނަނީ ބިޔަ ގަސްތައް އެކުލެވޭ ބަގީޗާއެއްގެ ތެރޭގައި ފޮރުވިފައި ކަހަލަ ގޮތަކަށެވެ. މަތި ހާމައަށް ފެންނަ ހުންނަ ފެންވަރާ ތަނަކާއި ވާރޭ ވެހޭ ގޮތަށް ފެންވެރޭ ތަނެއްގެ އިތުރުން ބޮޑު ފެންޑާއެއް ވެސް އޮވެ އެވެ.

ރ. ދިގަލީ ރިސޯޓްގެ ވިލާއެއް: މި ރިސޯޓުގައި ތަފާތު އެކި ފެންވަރު 180 ވިލާ ހުރޭ. ފޮޓޯ: ދިގަލި

މި ރިސޯޓުގައި އެންމެ ހިތްގައިމު ވިލާއަކީ "ދިގަލި ސުއިޓް" އެވެ. ގާތްގަނޑަކަށް 400 އަކަމީޓަރުގެ ދިގަލި ސުއިޓުގައި މުޅިން އެކަހެރި ކޯޓްޔާޑަކާއި އިންފިނިޓީ ޕޫލާއި އަދި އޯޕަން އެއާ ފާހަނައެއް ހިމެނެ އެވެ. މި ސުއިޓަކީ އެ ރަށުގެ ފަޚުރެއް ކަމަށް ދެކެ އެވެ. މިތަނުގައި ޒަމާނީ ވަސީލަތްތަކުގެ އިތުރުން މޫދަށް ވާ ގޮތަށް އިންފިނިޓީ ޕޫލެއް ވަނީ ހަދައިފަ އެވެ.

އިބުނު ބަތޫތާއަށް ނިސްބަތްކޮށް ދިގަލީގައި ހަދާފައިވާ ރެސްޓޯރަންޓް: މި ރެސްޓޯރަންޓުން މެދުއިރުމަތިން ފެށިގެން އޭޝިއާ ސަރަހައްދުގެ ރަހަތައް އެކުލެވޭ ކެއުން ލިބެން ހުރޭ. ފޮޓޯ: ދިގަލި

ދިގަލި މޯލްޑިވްސްގެ 250 މީޓަރަށް ފެތުރިފައި އޮންނަ ހިތްގައިމު ގޮނޑުދޮށުގަ އާއި ގަސްގަހާއި ރުއްތަކުގެ ހިޔަލުގެ ހިތްގައިމުކަން ލިބޭ އެކި ހިސާބުތަކުގައި ފަސް ރެސްޓޯރަންޓް ހުރެ އެވެ. އޭގެ ތެރެއިން މެދުއިރުމަތިން ފެށިގެން އޭޝިއާ ސަރަހައްދުގެ ރަހަތަކަށް ހާއްސަ ބަތޫތާ ރެސްޓޯރަންޓް ފާހަގަކޮށްލެވެ އެވެ. އޭޝިޔާ ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނާތީ އެ ރެސްޓޯރަންޓަށް ބޮޑު މަގްބޫލުކަމެއް ލިބޭނެ ކަމާ މެދު ޝައްކެއް ނެތެވެ. މި ރެސްޓޯރަންޓް ނިސްބަތްކޮށްފައި ވަނީ މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަތޫތާ އަށެވެ.

މި ރިސޯޓުގައި 12 ޓްރީޓްމަންޓް ރޫމް ހިމެނޭ ސްޕާއަކާއި ކުޑަކުދިން ކުޅެން ހާއްސަ އޭރިއާއަކާއި މޫދު ކުޅިވަރުތަކާއި ޑައިވިން އަދި ފިޓްނަސް ސެންޓަރެއްގެ ހިދުމަތް ވެސް ލިބެންހުރެ އެވެ. އޭގެ އިތުރުން ހުރިހާ ގެސްޓުންނަށް ބޭނުންކުރެވޭ ގޮތަށް މޫދު ފެންނަ ގޮތަށް ރުއްތަކުގެ ހިޔާ ލިބޭ ގޮތަށް ތިން ސުވިމިން ޕޫލެއް ވެސް މި ރިސޯޓުގައި އޮވެ އެވެ.

މިއީ ރާއްޖޭގައި މިފަހުން ހުޅުވި ރިސޯޓްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެހާމެ ހިތްގައިމު ސިފަތަކެއް އެކުލެވޭ މަތީ ފެންވަރުގެ އެއް ރިސޯޓަށް ވާނެ އެވެ.

6 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 13%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިގަލި ގެސްޓް

25 December 2017

"ދިގަލި" ވަރަށް ތަފާތު ކޮންސެޕްޓެއް. އެ ރިސޯރޓުގައި ހޭދަކުރި ޗުއްޓީ އެއީ ވަރަށް ޚާއްޞަ އަދި އެހާމެ އުފާވެރި ދުވަސްތަކެއް.

The name is already taken The name is available. Register?

މީހާ

18 July 2017

ރ.އަތޮޅު އުތުރުގެ ރައްތައް ކައިރި މާނެން ފުށި (މާނަ ފުށި) އަދިވެސް ނުހަދާ 5 އަހަރު ވަނީ އެރަށް ދޫކޮށްފައި އޮންނަތާ .ކޯޓް މަރުހަލާގަ މަައްސަލަ ޖަހިފަ އޮންނަތާ

The name is already taken The name is available. Register?

ސޯޓް

02 August 2017

ރ އަތޮޅު ކުޑަކުރަތުވެސް ހަމަތިފަދަ... ހީވަނީބައެއްގެ ތަރިކަމުދާހެން.... އިޔެގައި ރަތްޔިތުންނަށް ކާށިކޮޅުނަމަވެސްލިބޭ... މިހާރުކާންދެނީ ހުވަފެން އެވެސް ދުވާލުގެ މެންދުރު.....

The name is already taken The name is available. Register?

ޙަސަން އަޙްމަދު

17 July 2017

ފޮޓޯތަކުން ރަށުގެ ލޭންޑްސްކޭޕް އެއްވެސް މަންޒަރެއް ނުފެނޭ. މުޅިންވެސް ކޮންކްރީޓް ގަނޑެއްގެ ކްލޯޒްއަޕް ފޮޓޯއެއް. އެހެންވެ ރަށުގެ ރީތިކަން ނުފެނުމުން މާޔޫސް ވެއްޖެ.

The name is already taken The name is available. Register?

ޔޫސުފް

17 July 2017

އެއީ ވަރަށްބޮޑުތެދެއް ވަރަށް ސަޅިވީސް ދެން އަހަރެމެންނަކަށް ތިޔަ ހިތްގާމު މަންޒަރެއްވެސް ފެންނާނީއަކީ ނޫވިއްޔާ

The name is already taken The name is available. Register?

އިބޫ

17 July 2017

މިފަދަ އޓިކަަލެއްގަައި ފޮޓޯ އިން އެ ހިތަ ގަައިމު ކަން ދައްކާލި ނަމަސަޅިވީސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454