ރިޕޯޓް / ޑރ. އަފްރާޝީމް އަވަހާރަކޮށްލުން

ހުމާމާ ހިސާބުން މައްސަލަ ނިމިގެން ނުވާނެ

ކޯޓުގައި އޮތް އަޑުއެހުމަކަށް ހުމާމް ގެންދަނީ: އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އޭނާގެ އިތުރުން އެހެން މީހަކަށް އަދަބު ލިބިފައެއް ނެތް --ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަކީ ސިޔާސީ ބޭފުޅެކެވެ. ދީނީ އުސްތާޒެކެވެ. އެކަމަކު އޮކްޓޫބަރު 2012 ގައި އޭނާ އަށް ހަމަލާދީ އަވަހާރަކޮށްލީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ހުސެއިން ހުމާމެވެ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމްގެ އިއުތިރާފުންނާއި އެހެނިހެން ހެކިތަކުން ސާބިތުވެ، އޭނާ މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް އެއަށް ވުރެ ބޮޑު ސުވާލު އޮތީ އޮތް ތަނުގަ އެވެ. އެ ސުވާލަށް ޖަވާބެއް ނުލިބި ހަތަރުވަރަކަށް އަހަރު ވީ އެވެ.

މިއަދު މުޅި މި ގައުމާއި އަފްރާޝީމްގެ އާއިލާ އިން އުފައްދާ ސުވާލުތައް ގިނަ އެވެ. އަފްރާޝީމް ކަހަލަ ސިޔާސީ އަދި ދީނީ އުސްތާޒަކު އަވަހާރަކޮށްލަން، ހުމާމް އެކަނި ހުރިހާ ކަމެއް ކުރާނެ ހެއްޔެވެ؟ އަފްރާޝީމް އަވަހާރަކޮށްލަން ހުމާމް އުޅުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟

ޑރ. އަފްރާޝީމް މަޖިލީހުގެ ޖަލްސާއެއްގައި: އޭނާ އަވަހާރަކޮށްލަން ޖެހުނު ސަބަބެއް، ހަތަރުވަރަކަށް އަހަރު ވީއިރު ނުހޯދޭ --ފައިލް ފޮޓޯ: މަޖިލިސް

ސިޔާސީ އަދި ފައިސާގެ ގޮތުން ވަރަށް ވަރުގަދަ ބަޔަކު އަޑީގައި ނެތި މިވަރުގެ ކަމެއް ހުމާމަށް ކުރެވިދާނެ ކަމަކަށް އެކަކު ވެސް ގަބޫލެއް ނުކުރާނެ އެވެ. ހުދު ފުލުހުންގެ ތަހުގީގު ޓީމު ވެސް ގަބޫލެއް ނުކުރެ އެވެ. ފައިސާ ހަރަދު ކުރި ބަޔަކު ކަމަށް ޝައްކުކުރެވޭ ބައެއްގެ މައްސަލަ ފުލުހުން އޭރު ތަހުގީގުކުރި އެވެ. އެކަމަކު އެއިން މީހަކު ކޯޓާ ހަމައަށް ގެނެސްފައެއް ނުވެ އެވެ. އެހެންކަމުން އެއް ބައެއްގެ ނަޒަރުގައި މިވަރުގެ ބޮޑު ތަހުގީގެއްގައި ފުލުހުން އެ ވަނީ ފޭލްވެފަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މިހާރު ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒް އޭރުގެ ޕްރެސް ބްރީފިންތަކުގައި ވަރަށް އަޑަށް ބާރުލައްވާފައި ވިދާޅުވީ މައްސަލަ ކޮޅެއްގައި ޖައްސަވާނެ ކަމަށެވެ. މުޅި މާލޭގެ އެތައް ސީސީޓީވީ ފުޓޭޖެއް ބަލައި ދިރާސާކޮށް، މާސިންގާ ތަހުގީގެއް ހިންގި އެވެ. ފައިސާ ހަރަދުކުރި މީހުންގެ ތަހުގީގު ވެސް ހިންގި އެވެ.

ރިޔާޒް މިހާރު ވިދާޅުވާ ގޮތުގައި އޭނާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން ވަކިވެވަޑައިގެންނވިއިރު ވެސް، އަރްފާޝީމް އަވަހާރަކޮށްލަން ފައިސާ ހަރަދުކުރި މީހުން ދެނެގަތުމުގެ ތަހުގީގު ދިޔައީ ކުރިއަށެވެ. އެ ތަހުގީގެއް މިއަދާ ހަމައަށް ވެސް ނުހުއްޓެ އެވެ. އޭގެ ތެރޭގައި، މި މައްސަލާގައި އިތުރަށް ބައިވެރިވި މީހުންނަކީ ކޮބައިތޯ ބެލުން ވެސް ހިމެނެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލަން ފައިސާ ހަރަދުކުރި ކަމަށް ހުމާމް ބުނާ ބަޔަކު ތަހުގީގަށް ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތިގެން އޭރު އެމީހުން ދޫކޮށްލީ އެވެ. އަދި މިކަމުގައި އެއްވެސް ތަފުސީލަކާ ހަމައަށް ފުލުހުންނަށް ދެވިފައިވާ ކަމެއް މިހާތަނަކަށް ނޭނގެ އެވެ.

ފައިސާ ހަރަދުކުރި މީހުން، ހުމާމްގެ ވާހަކަތަކުން ތަހުގީގަށް އެނގޭއިރު، އަފްރާޝީމް އަވަހާރަކޮށްލުމުގެ މިސްރާބު ދިޔަ ގޮތް އެ ތަހުގީގަށް ކޮންމެވެސް ވަރަކަށް އެނގޭނެ ކަމަށް ބެލެވެ އެވެ. އެކަށީގެންވާ ހެކި ނެތުމަކީ އެހެން މައްސަލައެކެވެ.

ރިޔާޒް ވިދާޅުވީ މިފަދަ ބޮޑެތި މަރުގެ މައްސަލަތަކަށް ހަރަދުކުރާ މީހުން ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެންވެ މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ރިޔާޒް ވާހަކަ ދައްކަވަނީ: އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމް ދިފާއުކޮށްދޭނެ ހެއްކެއް ނެތް ކަމަށް ރިޔާޒް ވިދާޅުވޭ --ފޮޓޯ: މަޖިލިސް

"މިކަހަލަ މައްސަލަތަކުގައި ފައިސާ ހަރަދުކުރި މީހުން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ. ކޮންމެ ލޯ އެންފޯސްމަންޓެއްގައި ވެސް އެކަން އޮންނާނީ އެހެން. ބޭންކުން ޓްރާންސްފާއެއް ނުކުރާނެ. މާ ބޮޑު ކްލޫއެއް ލިބޭ ގޮތަކަށް ކަންކަމެއް ނުކުރާނެ. މި ސަބަބާ ހެދި، ކޮންޓްރެކްޓް ކިލިން އަށް ހަރަދުކުރާ މީހުން ހޯދުމަކީ ހުރިހާ ތަނެއްގައި ވެސް ބޮޑު ޗެލެންޖެއް،" ރިޔާޒް ވިދާޅުވި އެވެ.

"އެންމެ މުހިންމު ކަމަކީ އެ ކޭސް ކްލޯޒް ނުކޮށް ބޭއްވުން. މައްސަލާގައި ހައްޔަރުކުރާ މީހުންނާ ވެސް ދޭތެރެދޭތެރެއިން އިންޓަވިންކޮށް ހަދަން ޖެހޭނެ. ކުރިން ސުވާލުކުރި މީހުންނަށް ވެސް ފާރަލައި އެމީހުންގެ ހަރަކާތްތައް މޮނީޓަ ކުރަން ޖެހޭނެ."

ހުމާމަށް ހުކުމް ކުރުމަށް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތަށް ފަހު، އޭނާގެ އާއިލާގެ ބައެއް މީހުން ކޯޓު ކައިރީގައ --ފޮޓޯ: ނިޝާން އަލީ/މިހާރު

އަފްރާޝީމް އަވަހާރަކޮށްލަން ފައިސާ ހަރަދުކުރި މީހުންގެ ވާހަކަ ތިލަވީ، ހުމާމަށް މަރުގެ އަދަބު ދޭން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރި ހިސާބުންނެވެ. އެކަމަކު ފުލުހުން އަދި އެއަކަށް ޖަވާބެއް ނުދެ އެވެ.

ހުމާމް ނޫން އެހެން މީހުންގެ ހިލަމެއް ނެތް

ހުމާމަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން ތާއީދުކުރުމުން، އެތައް ބައެއްގެ ހަމްދަރުދީ އޭނާއާ މެދު ވަނީ އުފެދެން ފަށައިފަ އެވެ. އެއް ވިސްނުމަކުން ބަލާއިރު އެހެން އެވީ، އަފްރާޝީމް ފަދަ ބޭފުޅަކު އަވަހާރަކޮށްލުމަކީ ހުމާމަށް އެކަނި ކުރެވޭނެ ކަމަކަށް ނުވެފައި، އޭގެ އަޑީގައި ތިބި ބަޔަކު އަދިވެސް ނުހޯދޭތީ އެވެ.

ރިޔާޒް ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް ހުމާމް ސަލާމަތްވާނެ ގޮތެއް ނެތް ކަމަށެވެ. ހުމާމް ލައިގެން ހުރި ހެދުމުން އަފްރާޝީމްގެ ޑީއެންއޭ ފެނުމާއި ހުމާމްގެ ފޯން ކޯލްގެ ރެކޯޑިން އާއި އަފްރާޝީމް ދިރިއުޅުއްވި ގެއާ ހިސާބަށް ހުމާމާ އެކު ދިޔަ ބައެއް މީހުންގެ ވާހަކަތަކަށް ބަލާއިރު ހުމާމްގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ހުމާމްގެ އިއުތިރާފަށް އެކަންޏެއް ނޫން ތަހުގީގުގައި ބެލީ. އެހެނިހެން ވިޓްނަސް ވެސް އަޅުގަނޑުމެން ތަހުގީގުގައި ބެލިން. އެހެންވީމާ ހުމާމް ދިފާއުކޮށްދޭން އަޅުގަނޑު ދައްކާނެ ވާހަކައެއް ނެތް. އޭނާ އެވަނީ ތަހުގީގުގެ އިތުރުން ކޯޓުގައި ވެސް އިއުތިރާފުވެފައި،" ރިޔާޒް ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމްގެ އިތުރުން، ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލި އެވެ. އެކަމަކު އޭނާ ދޫކޮށްލީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ ސާބިތު ނުވުމުންނެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން މިދިޔަ ހަފުތާގައި "ސަން" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ، ޝާން ޝަރީއަތާ ހަމައަށް އަލުން ގެންނާނެ ކަމަށެވެ.

އުމަރު ވިދާޅުވާ ގޮތުގައި ޝާން އަކީ، އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެކެވެ.

"އެކަން ރޭވި އެކަކު އެއީ. އޭނާ އިންސްޓްރަކްޝަން ދިނީ ހުމާމަށް ވަޅި ޖަހަން. ވަޅި ޖަހަން ވަތް އިރު އޭނާ ވެސް ވަތް. އެކަމަކު އޭނާ ވަތް ކަމަށް ހެކިބަސް ދޭން ހުރީ އެންމެ މީހެއް ވީމާ ކޯޓުން ސަލާމަތްވީ،" އުމަރު "ސަން" ގައި ވިދާޅުވެފައިވެ އެވެ.

ޝާންގެ ފައިގައި މޮނިކޮން އަމުރުގެ ދަށުން ޓެގް އަޅުވައި މޮނިޓަ ކުރަމުން ދިޔަ ނަމަވެސް، އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ދެން ކުރިއަށް ގެންދެވޭނެ ގޮތެއް އަދި ނޭނގެ އެވެ.

ހުމާމްގެ އިއުތިރާފަށް އެކަންޏެއް ނޫން ތަހުގީގުގައި ބެލީ. އެހެނިހެން ވިޓްނަސް ވެސް އަޅުގަނޑުމެން ތަހުގީގުގައި ބެލިން. އެހެންވީމާ ހުމާމް ދިފާއުކޮށްދޭން އަޅުގަނޑު ދައްކާނެ ވާހަކައެއް ނެތް. އޭނާ އެވަނީ ތަހުގީގުގެ އިތުރުން ކޯޓުގައި ވެސް އިއުތިރާފުވެފައި: ރިޔާޒް

ފަހުގެ ތާރީހެއްގައި އެތައް ބަޔަކަށް ބޮޑު ޝޮކެއް ލިބުނު މި ގަތުލުގެ އަސްލު އެނގެން ރައްޔިތުން ބޭނުންވެ އެވެ. މިއީ ސިޔާސީ އަދި ދީނީ ބޭފުޅަކު މި ގޮތަށް ރާއްޖޭގައި އަވަހާރަކޮށްލި ފުރަތަމަ ފަހަރެވެ. އެހެންކަމުން އެ ނުބައި ރޭވުމަށް ފައިސާ ހަރަދުކުރި މީހުން ހޯދުން ހުއްޓާލައިގެން ނުވާނެ އެވެ. އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ ބޭނުމަކަށޭ ބުނެ މިކަން ނިންމާލެވޭކަށް ނެތެވެ.

އަފްރާޝީމްގެ އާއިލާގެ އެދުމަކީ ވެސް އޭނާ އަވަހާރަކޮށްލަން ފައިސާ ހަރަދުކުރި މީހުންނާއި އެހެނިހެން ގާތިލުން ހޯދުމަށް ފަހު، ހުމާމްގެ މަރުގެ ހުކުމް ތަންފީޒު ކުރުމެވެ. އެކަމަކު އެ އެދުމާ ބެހޭ ގޮތުން ދައުލަތު ކަމާ ބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

30 ކޮމެންޓް, 99 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 86%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިއަލިޓީ

27 June 2016

ހުމާމަކީ ތަފާތުއެތައް މައްސަލަތަކެއްގެ ރިކޯޑުއޮތްމީހަކަށްވުމުން އޭނާގެ ބަސް ތެދުކުރާބަޔަކާއި ދޮގުކުރާބައެއް ތިބޭނެ. އަދި އޭނާގެ ބަސްމަގު ޝަރީޢަތުގައި ބަދަލުކޮށްފައިވުމުން އޭނާގެ ބަހުގައި އިތުބާރެއްނެތް. އަނެއްކަމަކީ މިހާރު އޭނާއަކީ މަރުގެހުކުމް އިއްވާފައިވާ މީހަކަށް ވުމާއިއެކު އޭނާބޭނުން ކޮންމެ މީހަކުވެސް މިމައްސަލާގެ ތެރެއަށް ވައްދައި ދުވަސް ދުއްވާލުމަކީ އެކަަށީގެންވާކަމެއް. ހަމަ މިގޮތަށް މީނާގެ ބޭނުން ސިޔާސީފަރާތްތަކުން ކުރާކަމީ ވަރަށްބޮޑު މައްސަލައެއް. އަނެއްކާ ހުމާމް އޭނާއަށް އެނގޭ މައުލޫމާތު ހާމަކުރިޔަސް އެބަޔަކު ހޯދޭނެތޯ؟؟؟ އެއްގޮތަކީ އެބަޔަކީ މާބާރުގަދަ ނުފޫޒުގަދަ ބަޔަކަށްވެގެން ގާނޫނީ ބާރު ނުފޯރުން. އަނެއްގޮތަކީ އެބަޔަކު ރާއްޖޭންބޭރުގައި ވުމުން (ޤައުމެއްގެ ހިމާޔަތުގައި ނުވަތަ ފިލައިގެން) ހޯދޭނެގޮތެއް ނުވުން. ހުމާމު މަރުގެ އަދަބުން ސަލާމަތްކުރުމުގެ ބާރުއޮތީ އަފްރާސީމުގެ ވާރިސުންނަށް. އެބާރު އަދިވެސް އެބައޮތް. ހުމާމު މެރިޔަސް ނުމެރިޔަސް ތިޔަމަރުގެ ފަހަތުގައި ތިބިބައެއް ކަށަވަރުކަމާއިއެކު ހޯދުމަކީ ގާތްގަނޑަކަށް ނުވާނެކަމެއް.

The name is already taken The name is available. Register?

އެމްސް

26 June 2016

އަފްރާޝީމް އަވަހާރަކޮށްލިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒް، ޙުމާމް އާއި ބެހޭގޮތުން ކުރައްވާ ޓްވީޓްތައް ފާހަގަވާވަރަށް މިދުވަސްކޮޅު ގިނަވެއްޖެ! އެގޮތުން "އަވަހާރަ ކޮށްލާފަވަނީ ގޭދޮރުން ވަންފަހުން، ސިޑިން މައްޗަށް އެރުމުގެ ކުރިން. ސީސީޓީވީ ފުޓޭޖުން ގެޔަށް ވަންކަން ޔަގީންވޭ" މިއީ ވަރަށް އާދަޔާ ޚިލާފު ޓްވީޓެއް! އެހެނީ ގޭދޮރުން ވަންފަހުންވެސް ސީސީޓީވީގެ ފުޓޭޖް ހަމަ ކުރިއަށް ދާނެ/ދިޔަ އެކަމަކު އޭގެފަހުން ގެއަށް ވަދެ/ނިކުމެވީ މީހުންނާއި ޙާދިސާތަކަށް ވީނުވީއެއް ދެއްކިފައެއް ނެތް! މިފަދަ ބޮޑެތި މަރުގެ މައްސަލަތަކަށް ހަރަދުކުރާ މީހުން ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ރިޔާޒް އެބަ ވިދާޅުވޭ އެކަމަކު ހުމާމްގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށްވެސް އެބަ ވިދާޅުވޭ! ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް/ކޭސް ކްލޯޒް ނުކޮށް ބޭއްވުމަށް ޙުމާމް ވަރަށް މުހިއްމުކަން އަބްދުﷲ ރިޔާޒް ގެ ވާހަކައިން ވަރަށް ބޮޑަށް އެބަ ދޭހަވޭ!

The name is already taken The name is available. Register?

ނޔޒ

26 June 2016

ކާކުތޯއަހަާނީކޮމިޝަނާކަންލިބުނީކިހިނެއްތޯހުދުއަބިމީހާވެސްނާހާކިހިނެއްތޯކޮންގޮތަކަށްތޯލިބުނީ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

26 June 2016

"ހުމާމްގެ ފޯން ކޯލްގެ ރެކޯޑިން އާއި އަފްރާޝީމް ދިރިއުޅުއްވި ގެއާ ހިސާބަށް ހުމާމާ އެކު ދިޔަ ބައެއް މީހުންގެ ވާހަކަތަކަށް ބަލާއިރު ހުމާމްގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އިއްޒަތްތތެރި ރިޔާޒު، ތިބޭފުޅާގެ ބަސްމަގު ހުރި ގޮތުންވެސް އެބަ ސާބިތުވޭ އަފްރާޝީމްގެ މަރަކީ ހުމާމު އެކަނި ގިނިކަންޏާ ކޮށްގެން އުޅޭ ކަމެއް ނޫންކަން، ދެން ކޮބައިތޯ ހުމާމުގެ ތިބުނާ ފޯނު ކޯލުތަކަށް އަނެއްކޮޅުން ވާހަކަ ދެއްކި މީހުން، އަނެއްކާ ހުމާމު ފޯނުން ވާހަކަދެއްކީ ޖައްވު ނޫނީ ފަޒާޔާ ތޯ. މިކޭސްގެ ހުރިހާ ވާހަކައެއް ހާމަ ކުރާނީ ކޮންވަގުތެއް ޖެހުނީމަތޯ، ރިޔާޒުއާ ސުވާލުކުރަން ކޯޓުތައްވެސް ބިރުގަނޭ، ރިޔާޒަށްވެސް އިނގޭ ނުކެރޭނެކަން ސުވާލުކުރާކަށް، ސުވާލުކޮށްފިއްޔާ ބައެއްގެ ހަތަރެސްކަން ހަމަވާނެކަން، ރިޔާޒޫ ސިއްރުކޮށްގެން މިއަދު ތިހެން ހުރެވިދާނެ ސުޕާރީގެ ބޭނުމަ، ތިފަދަކަމެއް ސިއްރުކުރި މީހެއްގެ ހުކުމް އޮންނަގޮތް ދަންނަ މީހެއްކުރެން ސާފުކޮށްލުން ބުއްދިވެރިވާނެ.

The name is already taken The name is available. Register?

modaf

26 June 2016

ތިކަމުގަ އަހަރެންވެސް ގަބޫލުކުރަން ހުމާމު ކޯޓުގަ ބުނި ވާހަކަ. އަދީބުއަށާ އޭނަގެ ބޮސްގެ ވާހަކަ. ސިޔާސީ ފައިދާއެއް ހޯދަން އަދީބުމެން ނުކުރާނެ އެއްކަމެއްވެސް ނޯންނާނެ. ދުވަސްވަރަކީ 2012. އޭރު ވެރިކަން ބަދަލުވެ ހިނގިކަންތަކުގެ ސަބަބުން އެމްޑީޕީގެ ސަޕޯރޓްއޮތީ އިންތިހާއަށް މަތީގަ. ބޮޑެތި މުޒާހަރާތައް ދިޔައީ ކުރެވެމުން. އެކަންތައް ފަނުފުލުން ދުއްވާލުމަށްޓަކައި އަމިއްލަ ޕާޓީގެ މީހަކު ގަތުލުކުރަންވެސް އެމީހުން ޖެހިލުން ނުވާނެކަން މިހާރު ދިވެހިންނަށް އެނގޭނެ. ސިޔާސީ އޮއިވަރު އެހެންގޮތަކަށް ބަދަލުކޮށް އިދިކޮޅު ފަރާތްތަކުގެ ބޮލުގަ އެގަތުލުގެ އިލްޒާމްއެޅުވުމަކީ އެމީހުން ބޭނުންވިގޮތް. މިކަމަށް އިތުރު ހެއްކަކަށް ފުދެނީ މިކަން ރޭވިކަމަށް އޭރު ހުމާމް ބުނި އަޒްލިފް ރައޫފަކީ އަދީބުގެ ސިދާ ކޮންޓްރޯލްގެ ދަށުގަ ހުރި މީހެއްކަމުން. އޭރު އަދީބު މިކަހަލަ ކަންކަމުގަ އުޅޭކަން މީހުންނަށް ތިލަވެފަ ނެތުމުގެ ސަބަބުން އޭނަގެ ނަން އޭރު ނައީކަމަށް ބެލެވޭ. ދެން ބުނެލަން ބޭނުންވަނީ އަދީބު ކުރާނީ އޭނަގެ ބޮސް އަންގާ ކަންތަކޭ. އޭނަޔަށް ނޭނގި އެއްކަމެއްވެސް އަދީބެއް ނުކުރާނެޔޭ. ހެކި ނެތުން އެއީ އަދި އެހެން ކަމެއްތާ.

The name is already taken The name is available. Register?

ޓައި މޭން

26 June 2016

ހުމާމުކަން ސާބިތުކޮއްދެއްވާ......ގާފޮރޮޅާ ބޭފުޅާގެ 200 ހެކި ތެރެއިން 24 ގަޑިއިރު ތެރެޭ 1 ހެކި ގަޑިއިރަކަށް ދައްކަވާ...އަދި ބޮޑެތިކަން ކަން ނިމޭނީ 30 އަަހަރުން ކަން ބުނެ ލަސް ނުކުރައްވާ ...

The name is already taken The name is available. Register?

ޢައިސްތާ

26 June 2016

ސަތޭކަ ހެކި އަދި 200 ވޯޑިއޯ ފްޓެޖް އެބައޮތޭ ބުނާއިރު ކޮބާތަ އެބޭފުޅާ؟ ޙެހެ....އެބޭފުޅާ ފެނުނަސް މަ ހިނިއާދޭ. ކޮމެޑީ މިހުން ނުލާބަލަ ކަމިސަނަރުކަމަށް.

The name is already taken The name is available. Register?

ޢައިމަން

26 June 2016

އާނ އެސޮރު ހާދަ ފެނެކޭ އެދުވަހު ބުއީ....މުޅިމީހާ ދޮގުތަށް ހަދާ އޮއްސާ ވަރަކަށް ދާހިތްލަނީ...

The name is already taken The name is available. Register?

އަލިބެ

26 June 2016

ދުނިޔޭގެ އެހެން ގައުމުތަކުގައި މަރެއް ސާބިތު ކުރުމަށް މަރާލަން ޖެހުނު ސަބަބު ނުވަތަ މޯޓިވް އަކީ ވަރަށް މުޙިއްމު އެއްޗެކެވެ. ހުމާމު އަފްރާޝީމު ޝަހީދު ކުރި ސަބަބެއް ސާފެއް ނުވެއެވެ. އަފްރާޝީމް ވަޅުފުޅުލީ ވެސް ޕޯސްޓް މޯޓަމެއް ނުހަދައެވެ. އެންމެ ކުޑަ މިނުން ބްލަޑް ޓެސްޓްގެ ރިޕޯޓެއް އޮތް ކަމެއް ވެސް ނޭންގެއެވެ. ބްލަޑް ޓެސްޓް ރިޕޯޓް އޮތް ނަމަ އެމަނިކުފާނު އަވަހާރަކޮށްލީ ޒަހަރެއް އަރުވައިގެންތޯ ނުވަތަ އެނޫން ގޮތަކަށްތޯ ވެސް ބެލުމުގެ ފުރުސަތު އޮތީހެވެ. އަފްރާޝީމް ގެއަށް ވަދެވަޑައިގަތުމަށްފަހު ގޭން ނެރެ ރިލްވާނު ގޮތަށް ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް އަވަހާރަކޮށްލުމަށްފަހު އެމަނިކުފާނުގެ ހަށިގަނޑު ގެއަށް ގެނެސް އެއްލާލި ކަމަށް ވެސް ވެދާނެއެވެ. މި ގަތުލު ތަޙްޤީޤް ކުރަން "ކޮލޮމްބޯ" އެއް ނެތަސް ދިވެހިންގެ ތެރޭގައި ވެސް އެކަން ކުރެވޭނެ ބުއްދި ހުރި މީހުން ތިބޭނެ ކަމަށް ޤަބޫލުކުރެވެއެވެ. ބޮޑު ސިއްރަކީ އެކަން ނުކުރާން އުޅޭ ސަބަބެވެ. ފޮރުވަން ޖެހޭ ކަންތައްތައް ގިނައީތާއެވެ.

The name is already taken The name is available. Register?

ބޮޑުރިޔާ

26 June 2016

ތިޔަކަން ކުރިމީހުންގެ މަގުސަދުކަމަށް ފެންނަނީ އަދާލަތާއި ދީނަށް ލޯބިކުރާމީނުންގެ ބޮލަށް އެކަންކަނޑާލުން އަދި ރާއްޖޭގައި ދީނީހަމަ ނުޖެހުމާއި ދީނީގޮތުން ތަޅާފޮޅުން އޮތްކަންދެއްކުން އެކަމަކު މާތް ﷲ އިރާދަކުރެއްވީ އެގޮތަކަށް ނޫން ކުރެވުނު ތަހުގީގު ތަކުން އެނގޭގޮތުގައި މިހާތަނަށް ހޯދިފައިވާ މީހުންނަކީވެސް އިސްލާމްދީނާ ދުރު ޣައިރުދީންތަކަށް ލޯބިޖެހިފައިވާމީހުން

The name is already taken The name is available. Register?

ދޮންކަލޯ

26 June 2016

ފޮރުވަން އުޅުނުވަރަކަށް ރައްޔިތުންނަށް ލިބޭނީ ނުތަނަވަސްކަން ، ހުމާމް މަރަން ކުރިހުކުމަށް ދެކޮޅުހަދާ މީހުން ގިނަވާނެ ، ތިކަން ސިޔާސީވާނެ ، އަވަހަށް ތިކަމުގަ ހިމެނޭ ހެކިތައް ، ހުމާމުގެ ވީޑިއޯތަކާއި އޯޑިއޯތައް ރައްޔިތިންނަށް ހާމަކުރުން ބުއްދިވެރި ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454