ތްރީވޭ އެންޓަޕްރައިސަސް އިން ވިއްކާ ހުވަތައި ކްރީމް ކްރޭކާސް-- ފޮޓޯ: މިހާރު
24 ޖުލައި 2017 - 11:58
މެލޭޝިޔާގެ މަޝްހޫރު ހުވަތައި ބްރޭންޑްގެ ކްރީމް ކްރޭކާސް ބިސްކޯދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.
ހުވަތައި ކްރީމް ކްރޭކާސް ބިސްކޯދު ރާއްޖެ އަށް ތައާރަފްކުރީ ބްރޭންޑެޑް ގިނަ ޕްރޮޑަކްޓްތަކެއް ރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދާ ތްރީ ވޭ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން ބުނި ގޮތުގައި ގިނަ ފިހާރަތަކަކުން މި ބިސްކޯދު މިހާރު ލިބެން ހުންނާނެ އެވެ.
"ރާއްޖޭގައި އާންމުކޮށް ވިއްކާ ކްރީމް ކްރޭކާސް ބިސްކޯދު ފަދައިން ހުވަތައި ބިސްކޯދަކީ ވެސް މުރަނަ، އަދި އަވަހަށް ފޯވާ، ރަހަމީރު ބިސްކޯދެއް. ހުވަތައި ބްރޭންޑަކީ މެލޭޝިޔާގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު ބްރޭންޑެއް. ކާލަން ފަސޭހަ، ރަހަމީރު މި ކްރީމް ކްރޭކާސް ބިސްކޯދު ރާއްޖެ އަށް މުޅިން އަލަށް އަޅުގަނޑުމެން މި ތައާރަފްކުރީ،" ތްރީ ވޭގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ މި ބިސްކޯދު އާންމުކޮށް ވިއްކާ އަގު މިފަދަ އެހެން ބިސްކޯދަށް ވުރެ ހެޔޮ ވާނެ ކަމަށާއި އެންމެ ކޭހެއް ގަތް ނަމަވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.
ހުވަތައި ބްރޭންޑަކީ 1962 ވަނަ އަހަރުން ފެށިގެން ކްރީމް ކްރޭކާސް ބިސްކޯދުގެ އިތުރުން ވަރަށް ގިނަ ތަފާތު ބިސްކޯދު ތައްޔާރުކުރާ މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނީގެ ކްރީމް ކްރޭކާސް ބިސްކޯދުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކަށް ތްރީ ވޭ ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮޅިދާން
25 July 2017
ހުވާތައި އަކީ ރާއްޖެއަށް އާ ނަމެއް ނޫން!
އަހަންމަދު
24 July 2017
ތީރީވޭ ތީ ވަރަށް ކަމުނުދާ ކުންފުންޏެއް. އަޅުގަނޑު އެކްސްޕީރިއަސް ކުރިން.
މެލޭ ނަޖީބު
24 July 2017
ކާކު ބުނީ ތީ މަޝްހޫރު ބްރޭންޑެކޭ މެލޭޝިއާގަ.. ލޮލް
މިއޯ
24 July 2017
މާ ކުރީއްސުރެ ރެޑްވޭވް އަދި އަގޯރާގަ ހުންނަ ބިސްކޯދު ބްރޭންޑެއް ތިޔައީ. ކިހިނެއް މިވަނީ؟
އައިންތު
24 July 2017
ބިސްކޯދު ކެވޭތަ...މިއުޅެނީ ގައުމު ހަމައަކަށް އަޅުވަން
ައަހުމަދު މުހައްމަދު
24 July 2017
ވަރައްމީރު ބިސްކޯދެއް
ވާލުސޮރު
24 July 2017
މިއޮއް ހުރިހާ ދުވަހު ހަމަ ތިޔަ ނަން ކިޔާ ކުންފުންޏެއްގެ 'ކިރިމް ކޭކަރު' ބިސްކޯދު ފިހާރަތަކުން ވިއްކަމުން ދިޔަ އެއީ ފޭކް ބާ؟ މެލޭޝިއާ ތައިލޭންޑް ޗައިނާ އިންޑިއާ ފަދަ ގައުމުތަކުން ބޭނުން ލޭބަލެއް ޖަހާލައިގެން މުދާ ހައްދަދޭ. އެއީ ހަމަ މެޓާ.
އެނޮނީމާ
24 July 2017
ރަނގަޅު ގޮތަކީ ކުރީމް ކުރޭކަރ . މިހާރު ރާއްޖޭގެ ބާޒާރަކުން އެޔެއް މިޔެއް ނޭނގޭނެ. ކޯނޗެއްކަމެއް އޮރިޖިނަލް އަކީ ކޮބާކަމެއް ފޭކަކީ. ބަލާނެ ބަޔަކުނެތްވިއްޔަ އެކަމް ބަރާބަރަށް މުސާރަ ޖަމާވޭވިއްޔަ. ކޮންކަމެއްދޯ.
ފޮނިކަލޯ
24 July 2017
ހަސަނާ.... ހަދަކުރީގައި ތިއުޅުއްވަނީ މަށައްވެސް ރަހަ ދައްކާލާ