23 ޖުލައި 2017 - 17:26
ރިޝްވަތުގެ ތުހުމަތުކޮށް ބަންދުކޮށްގެން ގެންގުޅުނު ނަމަވެސް އޭނާ ހުންނެވީ ވަރަށް ހިތްވަރު ގަދަކޮށް ކަމަށާއި އިސްލާހީ މަސައްކަތުގައި އެންމެ ތަންކޮޅެއް ވެސް ދޫ ނުދިނުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އާންމުންނަށް މި މެސެޖް ދެއްވަން އޭނާ އެދިވަޑައިގަތީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މެދުވެރިކޮށެވެ.
"ވަރަށް ހިތްވަރު ގަދަކޮށް ހުންނެވީ. އެހެން މެމްބަރުންނާއި ރައްޔިތުން ވެސް އެ ހިތްވަރުގައި ސާބިތުވެ ތިއްބެވުމަށް [ފާރިސް] އެދިވަޑައިގެންނެވީ،" ޕީޕީއެމްގެ ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމަށް ފަހު ފާރިސް އަނބުރާ ދޫނިދު އަށް ގެންދަން ފުލުހުންގެ ވެހިކަލަށް އަރުވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް އެވެ. މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުު ދޭން އުޅުނު ކަމުގެ ތުހުމަތު ފާރިސްގެ މައްޗަށްކޮށް، ޝަރީއަތް ނިމެންދެން، ހޯމް މިނިސްޓްރީން ކަނޑައަޅާ ރިމާންޑް ޖަލެއްގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ އަމުރާ ފުލުހުން ޚިލާފުވެ، ފާރިސް ދޫނިދޫގައި ގެންގުޅޭތީ ވަކީލުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ފާރިސްގެ ވަކީލް، މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ދޫނިދު އަކީ ރިމާންޑް ޖަލަކަށް ނުވާއިރު އެތަނުގައި ފާރިސް ގެންގުޅެނީ ގާނޫނާ ޚިލާފަށެވެ. އަދި އޭނާގެ ތަހުގީގުގެ އެންމެހާ ކަންކަން ވެސް ކުރިއަށް ގެންދަނީ އިޖުރާއަތުތަކުގެ ބޭރުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބުޅާ
24 July 2017
ޙަޤީޤަތް ދޮގަކަށް ނުވާނެ! އަސްލުގަ މިއަދު، މިހާރު އެމްޑީޕީ އެންމެން ވެސް ވަރަށް އުފާ ކުރާނެ!
ރައްޒަ
23 July 2017
ސާބަސް. 2018 އަށް ރެޑީ. މަގޭ ވޯޓް ފާރިސްއަށް.
ޕޮގުބާ
23 July 2017
ކަލެއަށް ވީގޮތެެއް ބަލާކަށްނޫޅެން
ބޯހަލާކު
24 July 2017
މިޔަށް ކްލިކް ކޮށް ކޮމެންޓް ތިކުރީ ހަމަ ވީގޮތް ބަލަން ބޭނުން ނުވާތީ ދޯ
ބުލްބުލާ
23 July 2017
#ފާރިޝް2018
ސައްދާމް
24 July 2017
ފާރިޝް ގޯހެއް ނޫން............ އެކަމަކު އަނެއްކާވެސް ހަމަ އާއިލާގެ މީހަކަށް ވެރިކަން ދިނުން ގަބޫލު ނުކުރެވޭ..... މައްސަލައެއް ނެތް ނައިބު ރައީސް އަކަށް.......... ހަމަ ތަންކޮޅެއް އަވަސް.........
ޒާ
23 July 2017
ތިހެން ގަދަ ދެއްކޭނީ ދުވަސްކޮޅަކު. ދެން ދާނީ ހުޅުނބު.
ރަދީފް އެންޑް ރަފައިދާ
23 July 2017
ސާބަސް. ގާސިމްވެސް ބުނަނީ އޭނާ އެކޮޅުކޮޅުން އެލުވާފާ އޭކޭ-47 އެއް ޖެއްސިޔަސް ގުޑާނުލާނެކަމަށް.
ގަރުބަޗޯފް
23 July 2017
މީދެން އަޅެ ކާކުތަ ކުއްލިޔަކަށް މާގަޓުހުރެގެން. ހިނިވެސްއާދޭ ފެނުނީމަ.
އާއިޝާ
23 July 2017
ކީއްތަވީ .. ނޭގޭތަ މީ ކާކުކަމެއް... ރައީސް މައުމޫނުގެ ދޮށީ ފިރިހެން ދަރިފުޅު އެއީ.. ގަޓްވެސް ހުރިކަމަށް ހަމަ ފެންނަނީ.. ލޮލް
ހުސޭނުބެ
23 July 2017
ތީ އެއްވެސް މީހެއްނޫން!! ސިޔާސީ ގޮތުން ތަސައްރަފުނުފުދޭ މީހެއް!! ދޫނުކޮށް ތިބެބަލަ!! ތެޅިތެޅި!!
އައިމިން ދައިތަ
24 July 2017
fާރިސް ތީ އެއްވެސް މީހެއް ނޫންކަމުގައި ވިއްޔާ ޚިއްވެތަ ޔާމީނު އޭނާ ދެކެ އެހާ ބިރުން އުޅެނީ. އޭނާ ގާނޫނާއި ހިލާފަށް ހައްޔަރު ކޮށްގެން؟
ހަލީމާ
24 July 2017
ގަޓް ހުރިކަމެއް އަޅެ ނުފެނޭތަ
ވަގުކަލޭގެ
24 July 2017
ގަތުހުންނަނީ ޔާމިން ޢަބުދުލް ގައްޔޫމްގެ އެކަނިތޯ؟
ޔާމީން
23 July 2017
މިއީ ފާރިޝް މައުމޫނުގެ މަޤްބޫލުކަން އިތުރުކުރުމަށް ކުރާ ކަމެއްކަމަށް ބޮޑަށް ބެލެވެނީ މިހާރު ފާރިޝް އަކީ ވަރަށް މަޝްހޫރު ބޭފުޅަކަށް ވެއްޖެ.
ބޭބެ
23 July 2017
ބޭފުޅެކޭތަ!! ބޮޑު ސަކަރާތެއް ތީ!!
އަޑަފި
23 July 2017
ކޮންމެ ގޮތެއް ހަދާފަވެސް އައްނިއަށް އޮތް ތާއީދޫ ނެތިކޮއްލުމަށް މައުމޫނާ އެބޭފުޅާގެ އައުވާނުން ކުރަމުންދާ މަސައްކަތް އެބަ ކާމިޔާބު ވެއެވެ.
އަޑަފިކޮޅު
23 July 2017
އަންނިޔަށް މިހާރު ކެތްނުވާނެ ދޯ ލަންޑަނުގަ ހުންނަން. ހަމަ ސިފަ ވަނީ މައުމޫނު ބޮލުން މި ކުޅެލާ މޮޅުގޭމްގެ ސަބަބުން އަންނި އަށް ކުރާނެ އަސަރު
މަޑުއްވަރި ދާއިރާ
23 July 2017
ސާބަހޭ ބަޑީ އެއްމެ އިންޗިއެއްވެސް ފަހަތައްޖެހި ވަޑައިނުގައްނަވާތި.