ކުރީގެ ޕީޖީ މުހުތާޒް. އޭނާގެ ހާލު ރަނގަޅު ކަމަށް ކަރެކްޝަންސުން ބުނޭ. - ފޮޓޯ: މިހާރު
26 ޖުލައި 2017 - 11:53
ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ރަނގަޅު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
އެ އިދާރާގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އޭޑީކޭގައި އެޑްމިޓް ކުރި މުހުތާޒަށް މިހާރު އިންޖެކްޝަނެއް ޖަހާފައިވާ ކަމަށެވެ. ލުގްމާނަށް އެޑްމިޓްކޮށްގެން ފަރުވާ ދެނީ ޑޮކްޓަރުން ދިން ލަފައަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ލުގްމާން ނުދެއްވަ އެވެ.
"ދެ ދުވަހެއްގެ ފަހުން ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލައިގައި 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މުހުތާޒު އެޑްމިޓްކުރީ މައިބަދައިގެ މައްސަލައަކަށް ފަރުވާ ހޯދުމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ހުކުމް ކުރި ފަހުން މައިބަދައިގެ މައްސަލަ އަށް މީގެ ކުރިން ވެސް މުހުތާޒު ވަނީ ފަރުވާ ހޯއްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެނބަދޫ އިންޖީނުގެ ޗިމްނީން ދަންނަވަނީ
26 July 2017
ކުރީގެ ޕީޖީ އަށް އަވަސް ޝިފާއަކަށް އެދެން. ސަރުކާރުން ބޭނުންވާ ބަޔަކު ޖަލަށް ލުމަށް ފަހު ބޭނުން ނެތުނީމަ މުހުތާޒުވެސް ޖަލަށް