"ގްރެވިޓީ ބައި ހަބޭސް" ބޭންޑް: މިނިވަން ދުވަހު ޝޯ ދޭނީ އުކުޅަހުގައި.
25 ޖުލައި 2017 - 14:44
މާދަމާ ފާހަގަކުރާ ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހާ ދިމާކޮށް، މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސް އިން މެލޭޝިއާގައި ޝޯއެއް ދޭން ނިންމާފައި އިރު، ހަބޭސްގެ ދަށުން ހިންގާ "ގްރެވިޓީ ބައި ހަބޭސް" އއ. އުކުޅަހުގައި ޝޯއެއް ދޭން ހަމަޖެހިއްޖެ އެވެ.
ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (ހަބޭސް އައްޔަ) ބުނީ މެލޭޝިއާގައި ދޭ ޝޯގައި ހަބޭސްގެ ޕޮޕް ބޭންޑް ވެސް ބައިވެރިވާނެ ކަމަށެވެ. ވޮއިސް އޮފް މޯލްޑިވްސް އިން ވިދާލި ލަވަ ކިތުންތެރިޔާ ހަސަން ތޮލާގް (ތޮލާ) ލީޑް ވޯކަލިސްޓެއްގެ ދައުރު އަދާ ކުރާ އެ ބޭންޑް މިހާރު ވަނީ "ލެވިޓޭޝަން ބައި ހަބޭސް" ގެ ނަމަށް ރިބްރޭންޑްވެސް ކޮށްފަ އެވެ.
އައްޔަ ބުނީ މެލޭޝިއާގައި ދޭ ޝޯއަކީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ޕްރޮމޯޓިން ދަ ކަލާޒް އެންޑް ޓޭސްޓެސް އޮފް މޯލްޑިވްސް" ގެ ހަރަކާތުގެ ތެރެއިން ދޭ ޝޯއެއް ކަމަށެވެ.
މި ޝޯ އަށް ހަބޭސް ބޮޑުބެރު ބޭންޑާއި ލެވިޓޭޝަން ފުރަން ހަމަޖެހިފައި ވަނީ މާދަމާ ރެ އެވެ.
އުކުޅަހުގައި ގްރެވިޓީ ބައި ހަބޭސް އިން ދޭ ޝޯއާ ބެހޭ ގޮތުން އެ ބޭންޑްގެ ލީޑް ގިޓަރިސްޓް އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) ބުނީ އެ ޝޯއަކީ އެ ރަށުގެ ބައެއް ބޭންޑްތަކާއި ޖަމިއްޔާތަކުން ދިން ދައުވަތަކަށް ބާއްވާ ޝޯއެއް ކަމަށެވެ.
"ހަބޭސް ބޮޑުބެރު ބޭންޑް" މި ފަހަރު ޝޯ ދޭނީ މެލޭޝިއާގައި.
އޭނާ ބުނީ ގްރެވިޓީއަކީ މެޓަލް މިއުޒިކަށް ހާއްސަ ބޭންޑަކަށްވި ނަމަވެސް، ޝޯ ކުރިއަށް ގެންދާނީ ދިވެހިން ލޯބިކުރާ ވައްތަރުގެ ލަވަތަކުގެ ރަހަތަކާ އެކުގައި ކަމަށެވެ.
"އެހެންވެ ޝޯ ވަރަށް ކަމުދާނެ ކަމަށް ގަބޫލު ކުރަނީ. މި ޝޯ އަށް ރަސްދޫންނާއި ކައިރި އެހެން ރަށްތަކުން ވެސް މީހުން ދާނެ ކަމަށް އެނގިފައި އޮތީ. އެހެންވީމާ ޝޯ ވަރަށް ފޯރި ގަދަ ވާނެ ކަމަށް އުންމީދު ކުރެވޭ،" ޝަހީދު ބުންޏެވެ.
"ގްރެވިޓީ ބައި ހަބޭސް" އަކީ މޯލްޑިވިއަން އައިޑޮލް އިން ވިދާލި މުއައްޒިން ލީޑް ކުރާ ބޭންޑެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި
25 July 2017
ސުނީތާވެސް އަންނާނެ
ޢަހުމަދު
25 July 2017
ވަރަށް ހަބޭސް ކޮއްލާތި އިނގޭ
ރާނިޔާ
25 July 2017
ސޮރީ ނަންބަރ ދެވޭނީ ޓިކެޓް ދެންޔާ. ތޮލާ އައި ފޭން ޔޫ❤️
ހަބޭސް އައްޔަ
26 July 2017
ޓިކެޓް ދެވިދާނެ.. އެއީ ކޯއްޗެއްދޯ. މިރޭ ފުރަން މިއުޅެނީ
ކޮބާ ރާނީ
27 July 2017
ކޮމެންޓެއް ކޮށްލަބަ؟؟؟
ޢަޅޭ މަބޭނުން ދާން. ހަބޭސް ބަލާލާ ހިތުން
25 July 2017
މަޖިލިހުގެ ގޭޓްތައް ތަޅުލައިފި، ސިފައިން ފޯރިމަރަނީ، ހަބޭސް ބޮޑުބެރު ބޭންޑް މެލޭޝިއާ އަށް، ގްރެވިޓީ ބައި ހަބޭސް އުކުޅަހަށް، ސުނީތާ ލޮސްޓު
ރާނިޔާ
25 July 2017
ޢަޅޭ މަބޭނުން ދާން. ހަބޭސް ބަލާލާ ހިތުން
ވެދުން
25 July 2017
ރާނީގެ ނަމްބަރ ދޭންވީއެއްނު. ގެންދެވިދާނެ