ޖެފް ބޭޒޯސް: އޭނާގެ މިލްކިއްޔާތުގައި 90.8 ބިލިޔަން ޑޮލަރަށް އެބަހުރި-- ފޮޓޯ: އޭޕީ
28 ޖުލައި 2017 - 06:43
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބް އެމެޒޯންގެ ސީއީއޯ ޖެފް ބޭޒޯ އަށް ލިބިއްޖެ އެވެ.
ފޯބްސް ބިލިއަނާސް ލިސްޓުގެ އެއްވަނާގައި 2013 އިން ފެށިގެން އިއްޔެއާ ހަމައަށް އޮތީ މައިކްރޮސޮފްޓުގެ ބާނީ ބިލް ގޭޓްސް އެވެ. އެ ލިސްޓުން ދައްކާގޮތުގައި ގޭޓްސްގެ މިލްކިއްޔާތުގައި ހުރީ 90.1 ބިލިއަން ޑޮލަރެވެ.
ގޭޓްސްއާ ޖެހިގެން އެ ލިސްޓުގެ ދެ ވަނާގައި އުޅުނީ ބޭޒޯ އެވެ. އޭރު ބޭޒޯގެ މިލްކިއްޔާތަކީ 89.3 ބިލިއަން ޑޮލަރެވެ. ނަމަވެސް އިއްޔެ މާކެޓް ހުޅުވުމާ އެކު އެމެޒޯންގެ ހިއްސާގެ އަގު 1.6 ޕަސެންޓް އުފުލި ބޭޒޯގެ މިލްކިއްޔާތަށް 1.5 ބިލިއަން ޑޮލަރު އިތުރުވީ އެވެ. މިހާރު އޭނާގެ މިލްކިއްޔާތުގައި 90.8 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
އެމެޒޯންގެ 17 ޕަސެންޓް ހިއްސާ އޮންނަނީ ބޭޒޯގެ ނަމުގަ އެވެ. އެމެޒޯންގެ އިތުރުން އެހެން ވިޔަފާރިތައް ވެސް ބޭޒޯ އަމިއްލައަށް ހިންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެ ވިޔަފާރިތަކުގެ މައުލޫމާތު އޭނާ ހާމައެއް ނުކުރެ އެވެ.
ބިލިޔަނަރުންގެ ލިސްޓުގެ އެއް ވަނަ އަށް ބޭޒޯ އަރާފައިވާއިރު، އެމެޒޯންގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެދުއިރުމަތީގެ އެންމެ މަޝްހޫރު ވިޔަފާރި ވެބްސައިޓް ސޫކް.ކޮމް ވަނީ 580 މިލިއަން ޑޮލަރަށް ގަނެފަ އެވެ. އަދި ޕްރައިމްޓައިމްގެ ނަމުގައި މުޅިންއާ ވީޑިއޯ ޕްލެޓްފޯމެއް ވެސް އެ ކުންފުނިން ވަރަށް ފަހުން އާންމުކުރި އެވެ. އަދި ފޭސްބުކް މެސެންޖާ އާއި ވަޓްސްއެޕާ ވާދަކުރަން "އެނީޓައިމް"ގެ ނަމުގާ މެސެޖިން އެޕްލިކޭޝަނެއް ވެސް އަންނަނީ ހަދަމުންނެވެ.
ބިލިޔަނަރުންގެ ލިސްޓުގެ އެއް ވަނާގައި ބޭޒޯ އަދި ދެ ވަނާގައި ގޭޓްސް އުޅޭއިރު ތިން ވަނާގައި އުޅެނީ ސްޕޭންގެ ބިލިޔަނަރު އަމާންސިއޯ އޯޓޭގާ އެވެ. އޯޓޭގާ އަކީ މަޝްހޫރު ފެޝަންލައިން ޒާރާގެ ފައުންޑަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
30 July 2017
ދެންމެވެސް ފޯރބްސް.ކޮމް ބަލާލިއިރު 1 ވަނާގައި ވަނީ 86ބިލިޔަނާއެކު ބިލްގޭޓެވެ. 2 ވަނަ ވޮރެން ބަފެޓްދެމެހެއްޓިއިރު ބޭޒޯސް އޮތީ 72ބިލޔަނާއެކު 3 ވަނައިގަ
އެންދެމޭ ބޭބެ
28 July 2017
އެއް ދުވަހު ހަތަރު ދަން ވެސް ހަމަ ނުވޭ. އެމޭޒަން ގެ ސްޓޮކާ އެއްކޮށް މީނަވެސް ވެއްޓިއްޖެ ދެވަނަޔަށް.
ސްޓިލް
28 July 2017
ފޯރބްސް މެގެޒިން އަށް ނާރާ ދުނިޔޭގެ ވަރަށް ގިނަ މުއްސަނދިން އެބަތިއްބެވެ. އޭގެ ތެރޭގައި ބޮޑެތި ވިޔަފާރި ކުރާ އަމިއްލަ ވިޔަފާރި ވެރިން ވެސް ހިމެނެއެވެ. އަދި އޭގެ އިތުރުން ތައިލެންޑް ގެ ރަސްގެފާނު ގެ މުއްސަނދި ކަމަކީ އެއީ އެއްވެސް ބަޔަކަށް އިނގޭ މުއްސަނދި ކަމެއް ނޫނެވެ. ތައިލެންޑްގެ ރަސްގެފާނުގެ ވިޔަފާރި މުޅި ތައިލެންޑް އާއި އަދި ދުނިޔޭގެ އެތަން މިތާނގައި ހިނގައެވެ. މަމެންނަށް ލަފާ ކުރެވެނީ 900 ބިލިއަންޑޮލަރާއި ގާތް ކުރާ އަދަދަކަށް ފައިސާ ހުންނާނެ ކަމަށެވެ.
މީހާ
29 July 2017
ތަމެން ތިޔާބުނީ ތެދެއް ތޯއްޗެ. މީހުން ކިޔާ އަޑުއިވޭ ރާއްޖޭގެ މީހެއްގެ 800 މިލިއަން ޑޮލަރުގެ ވާހަކަވެސް.