އެކުވެރިއެއްގެ ޗޮކްލެޓް ކާލި މީހަކު ޖަރުމަނުގައި ވަނީ ވަޒީފާއިން ވަކިކޮށްފައި
02 އޯގަސްޓް 2017 - 06:49
ޖަރުމަނުގައި، މީހަކު އޭނާގެ އޮފީހުގައި މަސައްކަތްކުރާ މީހެއްގެ ޗޮކްލެޓް ކާލި މައްސަލައެއްގައި ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރި މީހަކަށް އަލުން ވަޒީފާ ދީފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ތަނަކުން ވަޒީފާއިން ވަކިކުރި ޖޫލިއާން އެލް ނަމަކަށް ކިޔާ މި މީހާ އަކީ އުމުރުން 64 އަހަރުގެ މީހެކެވެ. އެކުގައި މަސައްކަތްކުރާ މީހެއްގެ 2.9 ޑޮލަރުގެ ޗޮކްލެޓް ކާލި މައްސަލާގައި ފެބްރުއަރީ މަހު ވަޒީފާއިން ވަކިކުރި މީހާއަށް އަލުން ވަޒީފާ ދިނީ، ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ފަހުގަ އެވެ.
އެކުވެރިއެއްގެ ޗޮކްލެޓް ކެއުމުން ބޮޑު އަދަބެއް ލިބުނު މި މީހާގެ މައްޗަށް އެހެން ތުހުމަތުތަކެއް ވެސް ކުރެ އެވެ. އެއީ ވަޒީފާ އަދާކުރާ ތަނުގައި ހުންނަ ދޮންނަ މެޝިނު އަމިއްލަ ކަންކަމުގައި ބޭނުންކުރުމާއި އެހެން މުވައްޒަފުންގެ ދަބަހާއި އެހެން ބައެއް އެއްޗެހި ވަގަށް ނަގައި، ތަނުގައި އުޅޭ ކުދިންނަށް ދިނުމުގެ ތުހުމަތެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުމުން ފަނޑިޔާރު ނިންމެވީ ވަގަށް ނެގި ކަމަށް ބުނާ 10 ޑޮލަރުގެ ދަބަހެއްގެ މައްސަލާގައި އެކަށީގެންވާ ހެކި ނެތް ކަމަށެވެ. އަދި އަމިއްލަ ބޭނުމަށް އޮފީހުގެ ދޮންނަމެޝިނު ބޭނުންކުރުމަކީ އޮފީހުގެ އުސޫލުތަކާ ހިލާފު ކަމެއްކަން އެނގެން ނެތް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.
އަންހެން މީހާގެ މައްޗަށް ސާބިތުވީ އެކުވެރިއެއްގެ ޗޮކްލެޓް ކާލުމުގެ މައްސަލަ އެވެ.
"އެހެން މީހެއްގެ މިލްކަކަށް އަރައިގަތުމަކީ މަޖާ ކަމެއް ނޫން،" ފަނޑިޔާރު ޑެނިއެލް އޮބްސްޓް ވިދާޅުވި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
މި މައްސަލަ ނިންމައި އެ މީހާއަށް ވަޒީފާ ދިނީ ނަސޭހަތް ދީ އިންޒާރު ދިނުމަށް ފަހުގަ އެވެ. އެކަމަކު އެ މީހާ ބުނީ އެއްވެސް ކަމެއް ގޯސްކޮށް ކުރެވުނު ކަމަށް ގަބޫލު ނުކުރާ ކަމަށާއި ނިންމުމާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލަޑޭ
02 August 2017
އަހަރުމެން މިއުޅެނީ މިދިވެހިރާއްޖޭގެ ބައިތުލްމާލު ކައި ހުސްކުރާ އިރުވެސް ވެރިކަމުން ވަކިނުވެވިގެން
އަލިބެ
02 August 2017
ކުޑަކޮށް ރަނގަޅު ކޮށްލާނަން.... އަހަންނަށް ބައެއް ނާޅާ ބައިތުލްމާލު ކައި ހުސްކުރާ އިރުވެސް