އެމްޓީސީސީގެ "ސާބަސް ޔަންމާ" ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ ޑިސެންބަރުގެ ނިޔަލަށް-- ފޮޓޯ: އެމްޓީސީސީ
01 އޯގަސްޓް 2017 - 15:33
"ސާބަސް ޔަންމާ" ގެ ނަމުގައި ޚާއްސަ ޑިސްކައުންޓުތަކާ އެކު "އެމްޓީސީސީ ކަށަވަރު" ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މިއީ ފައިސާ ދައްކައިގެން ވަގުތުން ތަކެތި ގަންނަ މީހުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި "އެމްޓީސީސީ ކަށަވަރު" ން ވިއްކަމުންދާ ޔަންމާ 60 ހޯސްޕަވަރުން ފެށިގެން 255 ހޯސްޕަވަރާ ދެމެދުގެ އިންޖީނުތަކަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޓީސީސީން ވަނީ މިދިޔަ ޖޫން އަދި ޖުލައި މަހު "ޖޫން ޖުލާ ޕްރޮމޯޝަން"ގެ ނަމުގައި ވެސް ޕްރޮމޯޝަނެއް ހިންގައިފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ސުޒުކީ އިންޖީނު، ޔަންމާ އޮއިލް އަދި ސްޕެއަ ޕާޓްސްތައް ގަތް މީހުންނަށް ޚާއްސަ ޑިސްކައުުންޓު ރޭޓް ތަކެއް ދީފައި ވެ އެވެ.
ކަސްޓަމަރުންނަށް މިފަދަ ގިނަ ޕްރޮމޯޝަންތަކެއް ހިންގަމުން އަންނަ އެމްޓީސީސީ އަކީ ޔަންމާ އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy